މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ނެއްލައިދޫ ކުނިމެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކުނިމެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ސޯސް ރިކަވަރީ ސެންޓަރ ( ކުނިމެނޭޖުކުރާ މަރުކަޒު) ޤާއިމް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ނެއްލައިދޫ ކައުންސިލުގެ އިދާރާއިން މި މަހުގެ ދިހަވަނަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިކަމަށް ކުރިމަތި ލެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 މެއި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 17 މެއި 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް […]

އިބްރާހިމް ޚަލީލް
ދިއްދޫގައި ކަރަންޓީނު ކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖު ހަދިޔާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކަރަންޓީނު ކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖު ހަދިޔާކޮށްފި

ހއ. ދިއްދޫގައި ކަރަންޓީނުކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖް ހަދިޔާކޮށްފިއެވެ. މިއީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގެ ދިއްގާ ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ބައެއް ރެންޑްމް ސާމްޕަލްތައް ޕޮޒިޓިވް ވުމުން، އެރަށުގައި ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ދިއްދޫ ކައުންސިލަށް ޤަބޫލު ކުރެވޭތީ މިމަހު 8 އިން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް އެރަށުގައި ވަނީ ކާފިއު ހިންގައި، […]

ޔުމްނާ ޢަލީ
ފަޅުވެރިއަކު ޕޮޒިޓިވްވެ، ކުޅުދުއްފުށީ ފާޅު ބޯޓު ކަރަންޓީނުކޮށްފި 📍 ހދ. ކުޅުދުއްފުށި

ފަޅުވެރިއަކު ޕޮޒިޓިވްވެ، ކުޅުދުއްފުށީ ފާޅު ބޯޓު ކަރަންޓީނުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީއާއި މާލެ ސިޓީއާއި ދެމެދު ދަތުރުކުރާ، ކުޅުދުއްފުށީ ސިޓީ ފާޅު ބޯޓުގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބޯޓު ކުޅުދުއްފުށީ ގައި ކަރަންޓީނު ކޮށްފިއެވެ. އެ ބޯޓު ކަރަންޓީނު ކުރީ، ޕޮޒިޓިވްވި މީހާ ޢާއިލާ ކައިރިއަށް ބަދަލުކުރުމަށްފަހު، ބާކީ 9 ފަޅުވެރިންނާއެކު އެވެ. އެ ބޯޓު ކުޅުދުއްފުށީ ސިޓީއަށް ފޯރީ މިއަދު ހެނދުނުއެވެ. ޕޮޒިޓިވްވި ފަޅުވެރިމީހާއަކީ މިމަހު 2 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި 3 މީހުންތެރެއިން އެކަކުގެ […]

ޖަލްވާން ޖާދުﷲ
ހަނިމާދޫއިން 3 މީހަކު ޕޮޒިޓިވްވެއްޖެ، އިންޑިއާ ސިފައިންގެ މީހެއް ވެސް ހިމެނޭ! 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން 3 މީހަކު ޕޮޒިޓިވްވެއްޖެ، އިންޑިއާ ސިފައިންގެ މީހެއް ވެސް ހިމެނޭ!

ހދ. ހަނިމާދޫއިން އިންޑިއާ ސިފައިންގެ މީހަކާއި، އިތުރު ދެ ދިވެހިން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނދުނީ ދެންމެ އެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި އިންޑިއާ ސިފައިންގެ މީހާއަކީ ކުރިން ޕޮޒިޓިވްވި އިންޑިއާ ސިފައިންގެ މީހާގެ ޢާއިލާގެ ތިން މެންބަރުންނާ އެއް ގެސްޓް ހައުސްއެއްގައި ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. “އެ ދުވަހު އެ ގެސްޓްހައުސްއިން 4 މީހުން ޓެސްޓް ކުރީ، […]

ޔުމްނާ ޢަލީ
ދިއްދޫ ކްލަސްޓަރ: އިތުރު 11 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 95 އަށް! 📍 ހއ. ދިއްދޫ

ދިއްދޫ ކްލަސްޓަރ: އިތުރު 11 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 95 އަށް!

ހއ. ދިއްދޫއިން އިތުރު 11 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 95 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 83 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 11 މީހެކެވެ. އެރަށުން […]

ޙުސައިން ޝަހުދީ
ށ. ފޭދޫ "ޝާޒީ-4 ބޯޓު"ގެ 5 ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފޭދޫ

ށ. ފޭދޫ "ޝާޒީ-4 ބޯޓު"ގެ 5 ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ

ށ. ފޭދޫ “ޝާޒީ-4 ބޯޓު”ގެ 5 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ ބޯޓަކީ ފޭދޫއާއި، އެ އަތޮޅު އެހެން ބައެއް ރަށްތަކާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެކެވެ. އެ ބޯޓުގައި މިވަގުތު މަސައްކަތް ކުރަނީ 8 މީހެކެވެ. ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެ ބޯޓުގައި މަސައްކަތްކުރާ 8 މީހުންގެ ވެސް ސާމްޕަލް މިއަދު ނެގި ކަމަށެވެ. އޭގެ ތެރެއިން 5 ފަޅުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވެފަ ވާކަމަށް އެ މަރުކަޒުން ހާމަކުރަށްވަ އެވެ. ފޭދޫ ކައުންސިލްގެ […]

ޝިއުނާ އާދަމް
ދެ ޑޯޒް ހަމަކޮށް ޅައިމަގަށްދިޔަ މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް! 📍 ށ. ޅައިމަގު

ދެ ޑޯޒް ހަމަކޮށް ޅައިމަގަށްދިޔަ މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް!

ށ. ޅައިމަގު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޅައިމަގު މޮނިޓަރިން ހާލަތަށް ގެނައީ މިއަދު މެންދުރުފަހު ދެގަޑި ބައިހާ އިރުއެވެ. ޅައިމަގު ސިއްހީމަރުކަޒުގެ މެނޭޖަރު އާދަމް އަޒުމް “ތިލަދުން”އަށް ވިދާޅުވީ، އެރަށުމީހުން ހޯމް ކަރަންޓީނުގައި ތިބި ދެ ގެއަކުން އިއްޔެ ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ކަމަށެވެ. އޭގެތެރެއިން 5 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ ކަމަށް އޭނާ ވިދާޅުވިއެވެ. “އެއްގެއެއްގައި ކަރަންޓީނުގައި ހުރީ އެކަކު، އޭނާގެ ފިރިމީހާއަކީ ވެކްސިންގ...

ޔުމްނާ ޢަލީ
ދިއްދޫއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫއިން އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫއިން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިފަހަރު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި ތިން މީހެއް ހިމެނެއެވެ. މިއާއިއެކު އެރަށުން ރެންޑަމް ސާމްޕަލް ނެގި 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަލާމަތްތައް ހުރެގެން ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 84 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން […]

ޙުސައިން ޝަހުދީ
ވައިކަރަދޫ ވޮލީ ޓީމްގެ ފަރާތުން ބިދޭސީންނަށް ރޯދަވީއްލުމެއް ބާއްވައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ވޮލީ ޓީމްގެ ފަރާތުން ބިދޭސީންނަށް ރޯދަވީއްލުމެއް ބާއްވައިފި

ހދ. ވައިކަރަދޫ ވޮލީ ޓީމްގެ ފަރާތުން އިންތިޒާމްކޮށްގެން އެރަށުގައި އުޅޭ ބިދޭސީންނަށް ރޯދަވީއްލުމެއް ބާއްވައިފި އެވެ. ވައިކަރަދޫ ވޮލީ ޓީމް އިން އިންތިޒާމުކޮށްގެން އެރަށުގައި އުޅޭ ބިދޭސީންނަށް ރޯދަވިއްލުމެއް ބާއްވައިފައިވަނީ އެރަށު ވޮލީ ކޯޓުގައެވެ. ވޮލީޓީމުގެ ފަރާތުން މިނޫހަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މިއީ ވައިކަރަދޫ ގައި  އެކި އެކި މަސައްކަތްތައް ކުރުމަށް ރަށުގައި މިހާރު ދިރިއުޅެމުންދާ ބިދޭސީންނަށް ހާއްސަކޮށްގެން އިންތިޒާމުކުރި ރޯދަ ވީއްލުމެއް ކަމަށެވެ.  އެގޮތުން އެރަށުގެ ވޮލީއަށް ލޯބިކު...

ޖަލްވާން ޖާދުﷲ
ދިއްދޫގައި ކާފިއު އިއުލާންކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކާފިއު އިއުލާންކޮށްފި

ހއ. ދިއްދޫގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބައެއް ގަޑިތަކުގައި ކާފިއު ހިންގައި، އެރަށުގައި އަޅާފައިވާ ރަށްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. އެކަން އާންމުކޮށް އަންގައި، ދިއްދޫ ކައުންސިލުން ވިދާޅުވީ އެ ނިންމުން ނިންމީ އެރަށުގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ރެންޑްމް ސާމްޕަލްތަކުން 3 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފަ ވުމުން، އެރަށުގައި ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ. މިގޮތުން މިއަދު ހަވީރު 4:00 އިން މިމަހު 14...

އައިޝަތު އިލްމާ އަދުނާން
ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް އޮތުން މިއަދު ނިމުމަކަށް ގެނެސްފިއެވެ. އެ ސިޓީ މޮނިޓަރިން ހާލަށް ގެނައީ، އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވުމުން ހަމަ އެދުވަހުއެވެ. އެއީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެ ސިޓީ މޮނިޓަރިން ހާލަތުން ނެގީ ތިން ދުވަސް މަތިން ކޭއާރުއެޗްއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމުންނެވެ. މިގޮތުން […]

ޔުމްނާ ޢަލީ
ނިޔާ އެކަޑަމީ ޤުރުއާން މުބާރާތް 1442 ފަށައިފި 📍 ހއ. މުރައިދޫ

ނިޔާ އެކަޑަމީ ޤުރުއާން މުބާރާތް 1442 ފަށައިފި

ހއ. މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން “ނިޔާ އެކަޑަމީ ޤްރުއާން މުބާރާތް 1442” ގެ ނަމުގައި ޤުރުއާން މުބާރާތެއް ފަށައިފިއެވެ. މި މުބާރާތުގެ 07 މެއި 2021 ވަނަ ދުވަހު ފަށާފައިވާއިރު، މި މުބާރާތުގައި ފަސް އުމުރު ފުރާއެއްގައި ޖުމްލަ 55 ކުދިން ވަނީ ބައިވެރި ވެފައެވެ. ބަލައިގެން ކިޔުމުގެ ބަޔާއި ނުބަލާ ކިޔުމުގެ ބައި ހިމެނޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ހިމެނޭ ފަސް އުމުރު ފުރާއަކީ 6 އަހަރުން […]

އިބްރާހިމް ޚަލީލް
ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް 📍 ށ. ފުނަދޫ

ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް

ށ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެ މަސައްކަތަށް ގޮސް ތިބީ ފަސް ބިދޭސީންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ މިރެއެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، އެމީހުން ޓެސްޓް ކުރީ ކަރަންޓީނު 10 ދުވަސް ހަމަވުމުންނެވެ. “ފަސް ބިދޭސީން ތެރެއިން ދެ މީހަކު މިވަނީ ޕޮޒިޓިވްވެފަ، އެމީހުންގެ ޑައިރެކެޓް ކޮންޓެކްޓު ރަށުތެރޭ އެބަތިބި، އެމީހުން ދެނެގަތުމުގެ މަސައްކަތް […...

ޙުސައިން ޝަހުދީ
ދިއްދޫއިން އިތުރު 14 ޕޮޒިޓިވް ކޭސް، 3 ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވް! 📍 ހއ. ދިއްދޫ

ދިއްދޫއިން އިތުރު 14 ޕޮޒިޓިވް ކޭސް، 3 ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވް!

ހއ. ދިއްދޫއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 75 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 71 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 3 މީހެކެވެ. ދިއްދޫއިން […]

ޙުސައިން ޝަހުދީ
ހަނިމާދޫއިން 3 މީހަކު ބަލިން ރަނގަޅުވެ، 8 ގެއެއް ކަރަންޓީނުންވީއްލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން 3 މީހަކު ބަލިން ރަނގަޅުވެ، 8 ގެއެއް ކަރަންޓީނުންވީއްލައިފި

ހދ. ހަނިމާދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ތިންމީހެއް ބަލިން ރަނގަޅުވެ، އެކޭސްތަކާއި ގުޅުގެން ކަރަންޓީނުކުރި 8 ގެއެއް ކަރަންޓީނުން ވީއްލައިފިއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ ދެކޭހާ ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު މީހެއް ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ މަންމައެވެ. އެމީހުންނާއި ސީދާ ބައްދަލުވި މީހުން ހިމެނޭ […]

ޔުމްނާ ޢަލީ