މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފުނަދޫ

ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއް ބަލައި އެރަށަށް ދިޔަ ފަސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެމީހުން ބަލައިދިޔަ، ކުރިން ކަންނެލީގެ މަސްވެރިކަމަށް ބޭނުންކުރި “މަހުރޯދި” ނަމަކަށްކިޔާ އެ ދޯނި އެރަށުގެ ބަނދަރުގައި ބާއްވައިގެން ވަނީ މުދާ އުފުލާ ދޯންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އެމީހުން އެރަށަށް ދިޔައީ ފުނަދޫގައި ބާއްވައިގެން ކުރަންހުރި މަސައްކަތް ނިމުމުން އެ ދޯނި ބަލައެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، […]

ޙުސައިން ޝަހުދީ
ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ޕޮޒިޓިވްވެއްޖެ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ޕޮޒިޓިވްވެއްޖެ

ހދ. ހިރިމަރަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ. ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު “ތިލަދުން”އަށް ވިދާޅުވީ، އެމީހާ ޓެސްޓް ކުރީ ބަލީގެ އަލާމަތް ހުރިކަމުގެ މައުލޫމާތު ލިބިގެންނެވެ. “އެއީ ހަނިމާދޫ މަގުން މިކޮޅަށް އައިސް ކަރަންޓީނުގައި ހުރި އިންޑިއާ ޓީޗަރެއް، ކަރަންޓީނުވިތާ ދެތިން ދުވަސްފަހުން ބަލީގެ އަލާމަތް ހުރިކަމަށް މައުލޫމާތު ލިބިގެން ޓެސްޓް ކުރީ، އޭނާ...

ޔުމްނާ ޢަލީ
ފޯކައިދޫ މާކަރީ ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފޯކައިދޫ

ފޯކައިދޫ މާކަރީ ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ

ށ. ފޯކައިދޫ މާކަރީ ބޯޓުގެ އިތުރު ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. މިފަހަރު ޕޮޒިޓިވްވީ އެ ބޯޓުގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ އެވެ. ފޯކައިދޫ މާކަރީ ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވިކަން މިހިނގާ މޭމަހުގެ 5 ވަނަ ދުވަހުއެވެ. އެ ބޯޓު އެ އަތޮޅު ފީވަކުގައި އޮއްވައި އެ ބޯޓުގައި ބައްޔަށް ޝައްކުވާ މީހަކު ހުރިކަން ފޯކައިދޫ ސިއްހީ މަރުކަޒަށް ރިޕޯޓްކުރީ އާންމުންގެ މީހެކެވެ. އެ ބޯޓު ފޯކައިދޫއަށް ބަނދަރުކުރިއިރު ފޯކައިދޫ ސިއްހީ […]

ޝިއުނާ އާދަމް
ދިއްދޫއިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫއިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫއިން އިތުރު 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 61 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ. އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ޕޮޒިޓިވްވެފައެވެ. […]

ޙުސައިން ޝަހުދީ
ތިލަދުންމަތީގެ 4 ރަށެއްގައި ފެނާ ނަރުދަމާ އަޅަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

ތިލަދުންމަތީގެ 4 ރަށެއްގައި ފެނާ ނަރުދަމާ އަޅަން ހަވާލުކޮށްފި

ތިލަދުންމަތީގެ ހދ. މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫ އަދި ށ. ފޭދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރަން މިއަދު ހަވާލުކޮށްފިއެވެ. މި ހަތަރު ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މީގެތެރެއިން މަކުނުދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި އަގަކީ، 56،153،880.76 ރުފިޔާއަށެވެ. ނޭކުރެންދޫގެ އަގަކީ 46،...

ޔުމްނާ ޢަލީ
ނާގޯށީގައި ތައްގީކުރާ ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްތެރޭ ފަށަނީ

ނާގޯށީގައި ތައްގީކުރާ ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްތެރޭ ފަށަނީ

ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ވިދާޅުވެއްޖެއެވެ. އެ ރިސޯޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ކުރިންވެސް އެމްޓީޑީސީން ވަނީ ވިދާޅުވެފައެވެ. އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު “ތިލަދުން”އަށް ވިދާޅުވީ، ނާގޯށީގައި ތަރައްގީކުރަން މަސައްކަތްކުރާ ރިސޯޓުގެ މަސައްކަތަށް ބޭނުންވާ އިދާރީ ކަންކަން ގާތްގަނޑަކަށްހެން މިހ...

ޝިއުނާ އާދަމް
އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާކޮށް ދިއްދޫގައި ވަރުގަދަ ފިޔަވަޅުތަކެއް 📍 ހއ. ދިއްދޫ

އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާކޮށް ދިއްދޫގައި ވަރުގަދަ ފިޔަވަޅުތަކެއް

ކޯވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެފިޔަވަޅުތައް އަޅަން ނިންމިކަން އަންގައި ދިއްދޫ ކައުންސިލުން ވިދާޅުވީ، މިވަގުތު ދިއްދޫގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޞިއްޚީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެ ރަށް މޮނިޓަރިންއަށް ލާފައިވުމުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ދިއްދޫ ކައުންސިލުން ވަނީ އެރަށުގައި ކޯވިޑް ފެތުރުން ކޮނ...

ޔުމްނާ ޢަލީ
ނެއްލައިދޫ ބަނދަރުގެ 65 އިންސައްތަ މަސަައްކަތް ނިންމަާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ބަނދަރުގެ 65 އިންސައްތަ މަސަައްކަތް ނިންމަާލައިފި

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައުމި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެމަސައްކަތެވެ. މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމ...

އަޙްމަދު ވަހީދު
ދިއްދޫ ކްލަސްޓަރ: ޕޮޒިޓިވްވި ޢަދަދު 53 އަށް! 📍 ހއ. ދިއްދޫ

ދިއްދޫ ކްލަސްޓަރ: ޕޮޒިޓިވްވި ޢަދަދު 53 އަށް!

ހއ. ދިއްދޫއިން އިތުރު 12 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 53 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 52 މީހެކެވެ. އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް […]

ޙުސައިން ޝަހުދީ
މުހައްމަދު މޫސާ (މަނިކު) ގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވަމާ! 📍 ހދ. ހަނިމާދޫ

މުހައްމަދު މޫސާ (މަނިކު) ގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވަމާ!

ހދ.ހަނިމާދޫ ކޮކާހިޔާ މުހައްމަދު މޫސާ (މަނިކު) ގެ ދެ ކިޑްނީ ފެއިލްވެ ހަޔާތަށް ކުރިމަތިވި އެންމެ ދަތި ދުވަސްތައް ވީ ރާއްޖެއަށް ވެސް ދިމާވި އެންމެ އުނދަގޫ އެންމެ ދަތި ދުވަސްތަކަށެވެ. އެއީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. ކޯވިޑް ބަލި ރާއްޖޭގައި ފެތުރި މުޅި ރާއްޖެ ލޮކްޑައުން ކުރިވަގުތެވެ. ދަތުރުފަތުރު އެއްކޮށް ހުއްޓުނު ވަގުތެވެ. ސިއްހީ މައްސަލައެއް ދިމާވެއްޖެކަން އިހުސާސް ކުރެވެން ފެށިގޮތް ހިއްސާކުރަމުން މަނިކު ބުނެފައިވަނީ އެ ދުވަސްވަރު ކޮންމެވެސް ވަރަކަށް ފައިތިލަ ދުޅަވުން […]

އިބްރާހިމް ޚަލީލް
އިންޑިއާ ސިފައިންގެ ޢާއިލާއެއްގެ ތިން މީހަކު ހަނިމާދޫއިން ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

އިންޑިއާ ސިފައިންގެ ޢާއިލާއެއްގެ ތިން މީހަކު ހަނިމާދޫއިން ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫ ގައި ހޯމް ކަރަންޓީނުގައި ތިބި އިންޑިއާ ސިފައިންގެ ޢާއިލާއެއްގެ ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އެމީހުން ތިބީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ގެސްޓް ހައުސްއެއްގަ އެވެ. އެ ގެސްޓް ހައުސްގައި އިތުރުބަޔަކު ނުތިބެއެވެ. ހުސްވި އޭޕްރިލް މަހުގެ 20 ވަނަ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް!

ކުޅުދުއްފުށީ ސިޓީން ނެގި ހުރިހާ ރެންޑަމް ސާމްޕަލްއެއްގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްއިން ވިދާޅުވިގޮތުގައި އެ ސިޓީއިން 134 ރެންޑަމް ސާމްޕަލްއެއް ނެގިއެވެ. މިރޭ ވެސް އެ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް ވުމާއެކު، އެ ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުން މި ސާމްޕަލްތަކުގެ ނަތީޖާއާ...

ޝިއުނާ އާދަމް
ދިއްދޫއިން އަނެއްކާވެސް 8 މީހަކު ޕޮޒިޓިވްވެއްޖެ

ދިއްދޫއިން އަނެއްކާވެސް 8 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫއިން އަނެއްކާ ވެސް 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. އެކޭހާއި ގުޅިގެން މިހާތަނަށް އެރަށުން 381 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން 203 މީހެއްގެ ސާމްޕަލް ނެގެޓިވްވެފަ ވާއިރު، އަދި ނަތީޖާ ނުލިބޭ 137 ސާމްޕަލެއް ވެއެވެ. ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ ލިބެމުންދާއިރު ދިއްދޫގެ ޕޮޒިޓިވް ނަމްބަރު […]

ޙުސައިން ޝަހުދީ
ފޯކައިދޫ މާކަރީ ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވެ، ފަޅުވެެރިންނާ ދަތުރުވެރިއެއް ބޯޓުގައި ކަރަންޓީނުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ މާކަރީ ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވެ، ފަޅުވެެރިންނާ ދަތުރުވެރިއެއް ބޯޓުގައި ކަރަންޓީނުކޮށްފި

ށ. ފޯކައިދޫ މާކަރީ ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެ ބޯޓުގެ ހުރިހާ ފަޅުވެރިންނާއި، އެ ބޯޓުން ދަތުރުކުރި ދަތުރުވެރިއެއް 14 ދުވަހަށް ކަރަންޓީނުކޮށްފިއެވެ. ފޯކައިދުއާއި، އެ އަތޮޅު ބައެއް އެހެން ރަށްރަށާއި، މާލެ އާއި ދެމެދު ދަތުރުކުރާ އެ ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވިކަން އެނގުނީ މިއަދުއެވެ. ފޯކައިދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަޙްމަދު އަންވަރު “ތިލަދުން”އަށް ވިދާޅުވީ، މާކަރީ ބޯޓުން މާލެއިން ފޯކައިދުއަށް އައި މަގުމަތީ ފީވަކު ބަނދަރުގައި އޮއްވައި އާންމު ފަރާތަކުން ގުޅައި، އެ ބޯޓުގައި ކ...

ޔުމްނާ ޢަލީ
ދިއްދޫގެ އަދަދުތައް މައްޗަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ! 📍 ހއ. ދިއްދޫ

ދިއްދޫގެ އަދަދުތައް މައްޗަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ!

ހއ. ދިއްދޫއިން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެއާއިއެކު ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ ކޭހާއި ގުޅިގެން އެމީހާއާއިއެކު ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 34 އަށް އެރީއެވެ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. އެކޭހާއި ގުޅިގެން މިހާތަނަށް އެރަށުން 381 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން 193 މީހެއްގެ ސާމްޕަލް […]

ޝިއުނާ އާދަމް