މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ 21 ގެއެއް ކަރަންޓީނަށް! 📍 ށ. ފުނަދޫ

ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ 21 ގެއެއް ކަރަންޓީނަށް!

ށ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 21 ގެއެއް ކަރަންޓީނުކޮށްފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވިކަން ށ. އަތޮޅު ހޮސްޕިޓަލްއިން ވަނީ “ތިލަދުން”އަށް ކަށަވަރުކޮށްދެއްވާފައެވެ. އެ ދަރިވަރު ޕޮޒިޓިވްވިކަން އެނގުނީ އެދަރިވަރާއި އެއްގޭގައި ވަކިން ހޯމްކަރަންޓީނުގައި ތިބި ދެ މީހުން ތެރެއިން އެކަކު ޕޮޒިޓިވްވުމުން، ހޮސްޕިޓަލް ނިންމި ނިންމުމެއްގެ ދަށުން އެ ގޭގައި ދިރިއުޅޭ އެންމެން ކޯވިޑްއަށް ޓެސްޓް ކުރުމުންނެވެ. ހޯމްކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވުން ފުނަދޫގެ ގެއަކަށް ހޯމް ކަރަންޓީނަށް ދެ މީ...

ޙުސައިން ޝަހުދީ
މިފަހަރު މިޑްލް ސްޕޯޓްސް ކްލަބުން ރޯދަވީއްލުމެއް ދިނީ ދިއްދޫގައި އުޅޭ ބިދޭސީންނަށް! 📍 ހއ. ދިއްދޫ

މިފަހަރު މިޑްލް ސްޕޯޓްސް ކްލަބުން ރޯދަވީއްލުމެއް ދިނީ ދިއްދޫގައި އުޅޭ ބިދޭސީންނަށް!

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ހއ. ދިއްދޫ ގައި ތިބި ބިދޭސީންނަށް ރޯދަ ވީއްލުމެއް އިއްޔެ ދީފިއެވެ. އެ ކްލަބުން ވަނީ އެ ރޯދަވީއްލުން އިންތިޒާމް ކުރުމަށްފަހު އެރަށުގައި އުޅޭ ބިދޭސީން، އެ ރޯދަވީއްލުމުގައި ބައިވެރިވުމަށް އެދި އާންމު ދައުވަތެއް ދީފައެވެ. އެ ދައުވަތާއި ގުޅިގެން ދިއްދޫގައި އުޅޭ 150 ވަރަކަށް ބިދޭސީން ވަނީ އެ ރޯދަ ވީއްލުމުގައި ބައިވެރިވެފަ އެވެ. މި ރޯދަވީއްލުން އިންތިޒާމްކޮށް، އެހާ ފުރިހަމަކޮށް އެކަން ގެންގޮސްދީފައި ވާތީ މިޑްލް ސްޕޯޓްސް […]

ޙުސައިން ޝަހުދީ
ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ ދިއްދޫގައި މުޒާހަރާ ކޮށްފި 📍 ހއ. ދިއްދޫ

ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ ދިއްދޫގައި މުޒާހަރާ ކޮށްފި

ހެލްތު މިނިސްޓަރުގެ އަހްމަދު ނަސީމްގެ އިސްތިއުފާއަށް ގޮވާލާ ހއ. ދިއްދޫގައި މުޒާހަރާ ކޮށްފި އެވެ. މިރޭ ދިއްދޫގައި ކުރިޔަށް ދިޔަ މި މުޒާހަރާގެ ބައިވެރިން ވަނީ ދިއްދޫގައި ހުރި ސިއްޙީ ކަންކަމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހެލްތް މިނިސްޓަރަށް ގޮވާލާ އަޑު އުފުލާފައެވެ. އަދި ހއ.އަތޮޅު ހޮސްޕިޓަލްގެ ހިދުމަތަށް މިހާރަށްވުރެ ހަރުދަނާކުރުމަށް ވަނީ އަޑުއުފުލާފައެވެ. ރާއްޖޭގެ ސިއްޙީ ނޒާާމް ފެއިލް ވެފައިވާކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވަނީ ހެލްތު މިނިސްޓަރުގެ އަހްމަދު ނަސީމް މަގާމުން...

ޖަލްވާން ޖާދުﷲ
ނޭކުރެންދޫގައި ހާލުގައި އުޅެމުންދާ މާމައަށާއި ދެކުދިންނަށް ހިޔާ ފައުންޑޭޝަނުން އެހީތެރިވެއްޖެ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ހާލުގައި އުޅެމުންދާ މާމައަށާއި ދެކުދިންނަށް ހިޔާ ފައުންޑޭޝަނުން އެހީތެރިވެއްޖެ

ހދ. ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދަނިކޮށް، މިހާރު އެ ރަށު ކައުންސިލުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ މާމައަށާއި ދެކުދިންނަށް ހިޔާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދާ ފަންސާސް އަހަރުން މަތީގެ މާމައަކާއި، 10-12 އަހަރާދެމެދު ދެ މާމަ ދަދަރިން ހިމެނޭ އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް ނޭކުރެންދޫ ކައުންސިލާއި، ރައްޔިތުން ގުޅިގެން އަން...

ޙުސައިން ޝަހުދީ
ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތަށް ދިއްގާ ފައުންޑޭޝަނުން 10 ހާސް ރުފިޔާ ހަދިޔާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތަށް ދިއްގާ ފައުންޑޭޝަނުން 10 ހާސް ރުފިޔާ ހަދިޔާކޮށްފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ ކައުންސިލުގެ ނުވަވަނަ ޤުރުއާން މުބާރާތުގެ އިނާމްދިނުމުގެ ޖަލްސާއަށް، ދިއްދޫ ދިއްގާ ފައުންޑޭޝަންގެ ފަރާތުން ދިހަހާސް ރުފިޔާ ހަދިޔާ ކޮށްފިއެވެ. މި ފައިސާ 29 އޭޕްރިލް 2021 ވީ ބުރާސްފަތި ދުވަހު ދިއްދޫ ކައުންސިލާއި ހަވާލު ކޮށްދެއްވާފައި ވަނީ މިވަގުތު ރަށުގައި ތިއްބެވި ދިއްގާ ފައުންޑޭޝަންގެ އަންހެން މެމްބަރުންނެވެ. ދިއްދޫ ކައުންސިލުގެ ފަރާތުން މި ފައިސާއާއި ހަވާލުވެލައްވާފައި ވަނީ އެ ކައުންސިލުގެ ރައީސް މުޙައްމަދު ހާޝ...

އިބްރާހިމް ޚަލީލް
ހަނިމާދޫ މޮނިޓަރިން ހާލަތުން ނަގައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ މޮނިޓަރިން ހާލަތުން ނަގައިފި

ހދ. ހަނިމާދޫއިން ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިއޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހުގެ 22 ވަނަ ދުވަހު ހަނިމާދޫން ޕޮޒިޓިވް ދެ ކޭސް ފެނުނުމުން އެދުވަހުގެ ހަވީރުއެވެ. އެރަށް އެހާލަތުން ވީއްލީ މިއަދު ހަވީރުއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 […]

ޔުމްނާ ޢަލީ
ހއ. އަމާންވެށީގައި ތިބި ކުދިންނަށް މިޑްލް ސްޕޯޓްސް ކްލަބްގެ ރޯދަވީއްލުމެއް 📍 ހއ. ދިއްދޫ

ހއ. އަމާންވެށީގައި ތިބި ކުދިންނަށް މިޑްލް ސްޕޯޓްސް ކްލަބްގެ ރޯދަވީއްލުމެއް

ހއ. އަމާންވެށީގައި ތިބި ކުދިންނަށް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ރޯދަވީއްލުމެއް ދީފިއެވެ. މި ރޯދަވީއްލުން ދީފައި ވަނީ އިއްޔެއެވެ. ރޯދަވީއްލުން އިންތިޒާމް ކޮށްފައި ވަނީ އެ ކްލަބްގެ މެންބަރެއްގެ ގޭގަ އެވެ. އެ ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް ”ތިލަދުން”އަށް ބުނީ އެއީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ އެ ކުދިން ދައުލަތުގެ ފަރާތުން ވަކިތަނެއްގައި ބަލަހައްޓަމުންދާއިރު، އެގޮތަށް ޢާއިލާތަށް ކައިރިއަށް ނުކުމެ އެފަދަ ކަމެއްގައި ބައިވެރިވާން ފުރުޞަތު ލިބިގެން...

ޙުސައިން ޝަހުދީ
ހޯރަފުށީ ހަހެތި ޖަމިއްޔާގެ "ހަހެތި ހޯރަ މަދަހަ މުބާރާތް" ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ހަހެތި ޖަމިއްޔާގެ "ހަހެތި ހޯރަ މަދަހަ މުބާރާތް" ފަށަނީ

ހއ. ހޯރަފުށި ހަހެތި ޖަމިއްޔާއިން “ހަހެތި ހޯރަ މަދަހަ މުބާރާތް 1442” ނަމުގައި، މަދަހަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މި މުބާރާތަކީ އެރަށު އަތަމާގެ، އަމީނާ އަބްދުއްރަހްމާން ހަނދާނުގައި އެ ޖަމިއްޔާއިން ބާއްވާ މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ނަން ނޯޓުކޮށް މިހާރު ނިމިފައިވާއިރު، މި މުބާރާތް އަމާޒުކޮށްފައި ވަނީ އެރަށުގެ 7 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ ކުދީންނަށެވެ. މި މުބާރާތުން އެއްވަަނަ އަށް އަންނަ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް […]

އާއިޝަތު ރަފާހް ޢަލީ
މަނަފަރުން 498 ޑޮލަރުގެ ސާވިސް ޗާޖެއް، މިމަހު ވެސް އެންމެ ކުރީގައި އިތާފުށި!

މަނަފަރުން 498 ޑޮލަރުގެ ސާވިސް ޗާޖެއް، މިމަހު ވެސް އެންމެ ކުރީގައި އިތާފުށި!

ރާއްޖޭގެ އެންމެ އުތުރު ބިތުގައި ހިންގާ ރިސޯޓެއް ކަމަށްވާ ޖޭއޭ މަނަފަރު ރިސޯޓުން މި މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފަކަށް 498 ޑޮލަރު ދީފި އެވެ. ރިސޯޓު މުވައްޒަފުން ސާވިސް ޗާޖުގެ މައުލޫމާތު އާއްމު ކުރާ ރިސޯޓް ވޯކާސް ޕޭޖުގައި މިހާރު ވަނީ މިމަހުގެ ސާވިސް ޗާޖުދިން ބައެއް ރިސޯޓުތަކާއި، ދިން ޢަދަދުތަކަކަށް އާންމުކޮށްފަ އެވެ. އެ ޕޭޖުގައި ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މި މަހު މިހާތަނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ އިތާފުށި […]

ޔުމްނާ ޢަލީ
ނައިވާދޫ ސްކޫލްގެ ދަރިވަރުންނަށް އޮންލައިން ދަރުހެއް ކުރިއަށް ގެންގޮސްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ސްކޫލްގެ ދަރިވަރުންނަށް އޮންލައިން ދަރުހެއް ކުރިއަށް ގެންގޮސްފި

ހދ. ނައިވާދޫ ސްކޫލްގެ ގްރޭޑް 1 އިން 9 ގެ ދަރިވަރުންނަށް އޮންލައިން ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ. މި ދަރުސްގެ މަޢުލޫއަކީ، “ނަމާދާއި މިސްކިތުގެ އަދަބުތައް” އެވެ. މި ދަރުހަކީ ޖަމިއްޔަތުލް ސަލަފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ދަރުހެކެވެ. މި ދަރުސްގައި ނައިވާދޫ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދެއްވީ، އައްޝެއިޚް އަޙްމަދު ސަމީރަށާއި އައްޝެއިޚް ނިމާލު މުޙައްމަދެވެ. ނައިވާދޫ ސްކޫލް ވަނީ، މި ދަރުސް ކުރިއަށް ގެންދެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި، ޖަމިއްޢަތުއް ސަލަފަށް ޝުކުރު...

ޔުމްނާ ޢަލީ
އިހަވަންދޫ ކްލަބް ޕޯލްސްޓާގެ 19 ވަނަ ޤުރުއާން މުބާރާތް ބާއްވަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކްލަބް ޕޯލްސްޓާގެ 19 ވަނަ ޤުރުއާން މުބާރާތް ބާއްވަނީ

ހއ. އިހަވަންދޫ ޕޯލްސްޓާގެ 19 ވަނަ ގުރުއާން މުބާރާތް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިބެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ކްލަބުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އިހަވަންދޫގެ ކުދިބޮޑު އެންމެންގެ މެދުގައި ކީރިތި ޤުުރުއާނަށް ލޯބިޖެއްސުމާއި، ރީތިކޮށް ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ގުރުއާން ކިޔެވުމުގެ ރޫޙު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުން ހިމެނެއެވެ. އަދި ޤުރުއާން ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤުރުއާން ކިޔެވުމުގެ ޤ...

އައިޝަތު އިލްމާ އަދުނާން
ހަނިމާދޫއިން އިތުރު 20 ރެންޑަމް ސާމްޕަލް ނަގައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން އިތުރު 20 ރެންޑަމް ސާމްޕަލް ނަގައިފި

ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން އެރަށުގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އިތުރު 20 ރެންޑަމް ސާމްޕަލްއެއް ނަގައިފިއެވެ. އެރަށުން ވަނީ މިމަހު 25 ވަނަ ދުވަހުގެ ރޭ ވެސް ރެންޑަމް 20 ސާމްޕަލެއް ނަގާފަ އެވެ. އެހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން […]

ޔުމްނާ ޢަލީ
ހޮނޑާފުށިން ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިން ގޮތް ސާފުކޮށްދޭން އެދެފި

ހޮނޑާފުށިން ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިން ގޮތް ސާފުކޮށްދޭން އެދެފި

ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ހޮނޑާފުށި އައިލެންޑް ރިސޯޓްގެ އިތުރުން އަދި އެ ބޭފުޅާގެ މަސްލަގަތު އޮންނަ އިތުރު ދެ ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކެއް ދެއްކުން ފަސްކޮށްދިން ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެއެވެ. 2019 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލް ކޮށްފައިވާ ހަ […]

އިބްރާހިމް ޚަލީލް
ބޭރުތޮށި ނުސާފު، ނަޖިސް ހަރުލާފަ ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުންމަނާ!

ބޭރުތޮށި ނުސާފު، ނަޖިސް ހަރުލާފަ ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުންމަނާ!

ބޭރުތޮށި ނުސާފު، ނަޖިސް ހަރުލާފަ ހުންނަ ކުކުޅު ބިސް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ. އެމްއެފްޑީއޭއިން މިގޮތަށް ބުނެފައި ވަނީ ދިވެހިރާއްޖެއަށް ކުކުޅު ބިސް އިމްޕޯޓްކޮށް ވިއްކަން ބެހެއްޓޭނެ މިންގަނޑުތަކެއް ކަނޑައަޅާ މިއަދު ނެރުނު ޢިއުލާނެއްގަ އެވެ. މި ޢިއުލާންގައި އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ކޮށްފަ އެވެ. އެ އުސޫލުގައިވާ...

ޝިއުނާ އާދަމް
ދިއްދޫގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކަކަށް ބަދަލުކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތަކަކަށް ބަދަލުކުރަނީ

ދިއްދޫގައި ތާރުއަޅައިގެން ހަދާފައިވާ ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ މަގުތަކަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. ދިއްދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކުގެ ތެރެއިން ބައެއް މަގުތަކުގައި އެއްގަމުގައި ދުއްވާ އެއްޗެހި އެއްކޮޅަށް ދުއްވާ ގޮތަށް ހެދުމުގެ މަސައްކަތް އެ ކައުންސިލުން ކުރަށްވަމުން ގެންދަވާ ކަމަށެވެ. ދިއްދޫގައި އެއްކޮޅަށް ދުއްވޭ މަގުތައް ގޮތުގައި ހަމަޖައްސަން ނިންމާފައިވާ މަގުތައް ރަބީ ހިނގުން (މި މަގުގައ...

ޔުމްނާ ޢަލީ