މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ދިއްދޫ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތްފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތްފަށައިފި

ހދ. ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތް މިއަދު ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިއަދު މެންދުރުފަހު 13:15 ގައި ފެށި މި މުބާރާތް ކުރިއަށް ދަނީ ދިއްދޫގައި ހުންނަ “އަތޮޅު ގޭގެ” މީޓިން ރޫމްގަ އެވެ. މި މުބާތުގައި ޖުމްލަ 209 ދަރިވަރުން ކިޔަވަން ތާވަލުކޮށްފައިވާއިރު، ބަލައިގެން ކިޔެވުމުގެ ބައިގައި 128 ދަރިވަރެއް ކިޔަވާނެއެވެ. 57 […]

ޝިއުނާ އާދަމް
ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ކެލާ

ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، ކެލާއިން މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފަ ވާކަމަށެވެ. އަދި އެމީހާއަކީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ، އޭނާ ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތްތައް ފެނުމުން ކޯވިޑްއަށް ޓެސްޓް ކުރުމުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ. “ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި […]

ޔުމްނާ ޢަލީ
ނޭކުރެންދޫގައި ބޯހިޔާވަހިމެއްނެތް މާމައަކާއި ދެކުދިން، ރައްޔިތުން އެހީވަނީ! 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ބޯހިޔާވަހިމެއްނެތް މާމައަކާއި ދެކުދިން، ރައްޔިތުން އެހީވަނީ!

ހދ. ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދާ ޢާއިލާއަކަށް އެހީތެރިވުމުގެ މަސައްކަތް އެރަށުގެ ކައުންސިލާއި، ރައްޔިތުން ގުޅިގެން ފަށައިފިއެވެ. މިގޮތުން ފަންސާސް އަހަރުން މަތީގެ މާމައަކާއި، 10-12 އަހަރާދެމެދު ދެ މާމަ ދަދަރިން ހިމެނޭ އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް ނޭކުރެންދޫ ކައުންސިލާއި، ރައްޔިތުން ގުޅިގެން ފެށީ ރޭގައެވެ. އެ ޢާއިލާއަކީ ކުރީން ރަށުން ބޭރުގައި ދިރިއުޅެފައި، މިފަހަކުން އެރަށަށް ބަދަލުވި ޢާއިލާއެކެވެ. އެރ...

ޙުސައިން ޝަހުދީ
ބާރަށުގައި އިތުރު ފުޓްސަލް ދަނޑެއް 📍 ހއ. ބާރަށް

ބާރަށުގައި އިތުރު ފުޓްސަލް ދަނޑެއް

ހއ. ބާރަށުގައި ފުޓްސަލް ދަނޑެއް ގާއިމުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ. މިގޮތުން ބާރަށުގައި ފުޓުސަލް ދަނޑެއް ގާއިމުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބާރަށު ކައުންސިލުން ކުރި ޢިއުލާން ގައި ބުނެފައިވަނީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާ...

ޝިއުނާ އާދަމް
ހަނިމާދޫ ސްކޫލަށް ޗެސް ތަޢާރަފް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލަށް ޗެސް ތަޢާރަފް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ޗެސް އެސޯސިއޭޝަނާއި ހަނިމާދޫ ސްކޫލް ގުޅިގެން، އެ ސްކޫލުގެ ދަރިވަރުންނަށް ޗެސް ތަޢާރަފް ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ހަނިމާދޫ ސްކޫލުގެ ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންނަށް ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 18 އޭޕްރިލް 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހަނިމާދޫ ސްކޫލުގައެވެ. މި ޕްރޮގްރާމަކީ، މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލުތަކުގައި ޗެސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިއަށް […]

އިބްރާހިމް ޚަލީލް
ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެމީހާއަކީ އެރަށުގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރި މީހެކެވެ. އެމީހާއަކީ ހޯމް ކަރަންޓީނުގައި ހުރިމީހެއްކަމުން އޭނާއާއި އިތުރު މީހަކާއި ބައްދަލުވެފައިވާކަމެއް އަދި ފާހަގަ ކުރެވިފައެއްނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް “ތިލަދުން” އަށް ވިދާޅުވީ، އެރަށުން މިފަހަރު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އެ ރަށަށް ގޮސް ހޯމް ކަރަންޓީން ފުރިހަމަ ކުރިމީހެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން [...

ޖަލްވާން ޖާދުﷲ
ޝިޔާގެ ސްޕެސިއަލް ސަބްމެރިން ސޯސް: މުޅި އުތުރުގައި ރަހަ ލައްވާލައިފި

ޝިޔާގެ ސްޕެސިއަލް ސަބްމެރިން ސޯސް: މުޅި އުތުރުގައި ރަހަ ލައްވާލައިފި

މިއީ މީގެ ދެ އަހަރު ކުރިން ހދ.ނެއްލައިދޫ ފާތުމަތު ޝިޔާޒާ (ޝިޔާ) އޭނާ ދިރިއުޅެމުން އަންނަ ހދ.ކުޅުދުއްފުށީގައި ވަރަށް ކުޑަ ގޮތަކަށް ފަށައިގަތް މަސައްކަތެކެވެ. ގޭގައި ހުރެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ނިޔަތުގައި ސަބްމެރިން ހަދައިގެން ވިއްކަން ފެށިއެވެ. ފުރަތަމަ ޝިޔާގެ ސަބްމެރިންގެ ރަހަ ކުޅުދުއްފުށީގައި ލައްވާލިއެވެ. މަސައްކަތް ފެށި ދުވަހުން ފެށިގެން މިއަދާ ހިސާބަށް ވެސް މި މަސައްކަތުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުން އަންން ޝިޔާގެ ވިޔަފާރި ކުޅުދުއްފުށީގެ އިތުރުން އެންމެ އުތުރުގެ ދެ...

އިބްރާހިމް ޚަލީލް
ތަކަންދޫ އާސިފާއާއި ޒީނާގެ ވޯޓު ހަމަހަމަ، ދެވަނަ ބުރު ބާއްވަންޖެހޭ ރަށްތައް މިއަދު ކަނޑައަޅަނީ! 📍 ހއ. ތަކަންދޫ

ތަކަންދޫ އާސިފާއާއި ޒީނާގެ ވޯޓު ހަމަހަމަ، ދެވަނަ ބުރު ބާއްވަންޖެހޭ ރަށްތައް މިއަދު ކަނޑައަޅަނީ!

މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ޖެހޭ ރަށްރަށާއި ދާއިރާތައް މިއަދު ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ. އީސީން މިގޮތަށް ބުނެފައިވާއިރު އެ ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ހއ. ތަކަންދޫ ކައުންސިލްގެ އަންހުންނަށް ޚާއްސަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް ދެ ކެންޑިޑޭޓެއްގެ ވޯޓުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. އެއީ މިހާރުގެ ވެސް އެރަށ...

ޝިއުނާ އާދަމް
އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި

އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް އިފްތިތާހުކޮށްފި އެވެ. އަފީފުއްދީން ސްކޫލްގެ އިތުރުން ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ވެސް ވަނީ “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކޮށްފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ގާއިމުކުރެވުނު މި “އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް” ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ...

ޔުމްނާ ޢަލީ
ޕްރިންޓިންއަށް ޚާއްޞަ "ހުސްވީ ޕްރިންޓް" ކުޅުދުއްފުށީގައި ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ޕްރިންޓިންއަށް ޚާއްޞަ "ހުސްވީ ޕްރިންޓް" ކުޅުދުއްފުށީގައި ހުޅުވައިފި

ޕްރިންޓިންއާއި ޓެކްނޮލޮޖީއާ ގުޅުންހުރި އެކި މުދަލާއެކު ‘ހުސްވީ ޕްރިންޓް’ މިހާރު ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ. ހުސްވީ ޕްރިންޓުގެ މެނޭޖަރު، އިސްމާއިލް އަހްމަދު ވިދާޅުވި ގޮތުގައި މިއީ އަގުހެޔޮ ކޮލިޓީ ޕްރިންޓިންގް ޚިދުމަތްތައް ކުޅުދުއްފުއްޓަށާއި ކައިރި ރަށްރަށަށް ފޯރުކޮށްދިނުމުގެ އުންމީދުގައި ހުޅުވިގެންދިޔަ ފިހާރައެކެވެ. އަދި ‘ހުސްވީ’ އިން މިހާރުވެސް މާލޭގައި ވިއްކަމުންދާ އެކި ޓެކް ޕްރޮޑަކްޓުތައް މާލޭއާއި އެއް އަގެއްގައި ކުޅުދުއްފުށީގެ ހުސްވީ ޕްރިންޓުން ލިބޭނެ ކަމަށް ‘ހުސްވީ’ މެނޭޖިން ޑިރެކް...

އިބްރާހިމް އަސްވާޤް
މިލަންދޫން ބިދޭސިއަކު ޕޮޒިޓިވްވެއްޖެ 📍 ށ. މިލަންދޫ

މިލަންދޫން ބިދޭސިއަކު ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫ ސިއްޙީ މަރުކަޒުން ބުނީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީންކުރެ އެކަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެ މީހާ ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ. “މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން.” މިލަންދޫ ސިއްހީ މަރުކަޒުން ބުނެފަ ވެއެވެ. މިލަންދޫ މީގެ ކުރިން ވެސް ބައެއް ކޯވިޑް ޕޮޒިޓިވް […]

ޝިއުނާ އާދަމް
ޢާޠިފާ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި 📍 ހދ. ކުޅުދުއްފުށި

ޢާޠިފާ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި

ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް އެ ސިޓީގެ މެދު ދެކުނު ދާއިރާގެ އިންތިޚާބީ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ. ”ތިލަދުން”އިން ޢާޠިފާއާއި ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން އެބަހުރިކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަންނަވަން ނިންމަވައިގެން ހުންނެވި ކަމަށެވެ. “މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މިހިރީ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލާން ނިންމައިގެން، އަޅުގަނޑަށް ތާއީދު ކުރާ ވަރަށް ގިނަ ފަރާތްތ...

ޔުމްނާ ޢަލީ
ކްލަބް ޕޯލްސްޓަރ އިން އިހަވަންދޫ މަސްވެރިންނަށް ފުޓްސެލް މުބާރާތެއް ބާއްވަނީ 📍 ހއ. އިހަވަންދޫ

ކްލަބް ޕޯލްސްޓަރ އިން އިހަވަންދޫ މަސްވެރިންނަށް ފުޓްސެލް މުބާރާތެއް ބާއްވަނީ

ހއ. އިހަވަންދޫ ކްލަބް ޕޯލްސްޓަރ އިން އިންތިޒާމްކޮށްގެން މަސްވެރިންނަށް ހާއްސަކޮށް ފިޝްމެން ފުޓުސެލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މި މުބާރާތުގެ މަގްސަދަކީ މަސްވެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި އިހަވަންދޫގައި ހުނަރުވެރި ކުޅަދާނަ  ފްޓްސަލް ކުޅުންތެރިން އުފެއްދުމަށާއި، އިހަވަންދޫގެ މަސްވެރިންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުންކަމަށް އެކުލަބުން މަޢުލޫމާތުދެ އެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫގައި ކަނޑު މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެ...

އައިޝަތު އިލްމާ އަދުނާން
ތިލަދުންމަތީ ހުނަރުވެރިން: ސުމައްޔާގެ މޭކަޕްގެ ޖާދޫ! 📍 ހދ. ކުޅުދުއްފުށި

ތިލަދުންމަތީ ހުނަރުވެރިން: ސުމައްޔާގެ މޭކަޕްގެ ޖާދޫ!

އަނެއްކާ ވެސް ތަފާތު ހުނަރުވެރިއެކެވެ. ހދ.ކުޅުދުއްފުށީގެ ގިނަ ކައިވެނި ޚަފްލާތަކަށް މޭކަޕް ކޮށްދީ އެ ޚަފްލާތަށް އިތުރަށް ފުރިހަމަ ކޮށްދިނުމުގައި މިހާރު ކުޅުދުއްފުށީގެ އެންމެ މަޤުބޫލް އެއް މޭކަޕް އާޓިސްޓަކީ އެރަށު ފިނިފެންޖަންބުގޭ ސުމައްޔާ އިބްރާހީމެވެ. އެކުވެރިންގެ ނަމުންނަމަ ސުމައްޔާއެވެ. އާޓްގެ ތަފާތު މަސައްކަތްތަކަށް އެންމެ ކުޑައިރުއްސުރެ ވެސް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ސުމައްޔާ ތަޢުލީމް ހާސިލް ކޮށްފައި ވަނީ ވެސް އާޓްގެ ދާއިރާއިންނެވެ. ނަމަވެސް އެ ދުވަސްވަރު އުނގެނުމުގެ މަރުހަލާ ނިންމާލުމަށ...

އިބްރާހިމް ޚަލީލް
📍 ހއ. އިހަވަންދޫ

އިމަގުން ރޯދައަށް ހާއްސަ ހަރަކާތްތަކެއް

އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން ރޯދައަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަހަރުގެ ރަމަޟާންމަހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައްދަނީ އިއުލާންކުރަމުންނެވެ. އެގޮތުން، މިހާތަނަށް ދެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ އިމަގު މަދަހަ މުބާރާތާއި ގުރުއާން މުބާރާތެވެ. މިއަހަރު އިމަގު މަދަހަ މުބާރާތް ކުރީގެ އަހަރުތަކާ ތަފާތުކޮށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމަގުގެ މީޑި...

އައިޝަތު އިލްމާ އަދުނާން