މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހދ. އަތޮޅު ކައުންސިލް މެންބަރެއްގެ މުސާރަ، އެކައުންސިލް ރައީސްގެ މުސާރައަށްވުރެ ބޮޑު!

ހދ. އަތޮޅު ކައުންސިލް މެންބަރެއްގެ މުސާރަ، އެކައުންސިލް ރައީސްގެ މުސާރައަށްވުރެ ބޮޑު!

ކައުންސިލްތަކާއި ކުންފުނިތަކުގެ ބޯޑުތައް އާންމުގޮތެއްގައި އެކުލަވާލާފައިވަނީ ހައިރާކީ ތަކަކަށް ބަހާލެވިގެންނެވެ. ރައީސުންނާއި މެންބަރުން ހިމެނޭހެން އެކުލެވިފައިވާއިރު މިމަގާމްތަކުގައި މުސާރައިގެ ފަރަގު ހުރެއެވެ. މުސާރަތައް ތަރުތީބު ކުރެވިފައިވަނީ އެންމެ މަތިން ތިރިއަށް ބޮޑުކޮންނެވެ. އެހެންނަމަވެސް ހދ. އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތުން އެކައުންސިލްގެ ރިޔާސަތު ބަލަހައްޓާނެ އެކައުންސިލްގެ ރައީސްގެ މުސާރައަށްވުރެ ބޮޑު އެހެން މެންބަރަކު އެކައުންސިލްގައި ހިމެނެއެވެ. އެއީ ހދ. ކުޅުދުއްފުށި ސިޓީ އި...

އިބްރާހިމް އަސްވާޤް
ހަނިމާދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް! 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް!

ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން އެރަށުގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން ޕޮޒިޓިވްވުމުން އެ މީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕޮޒިޓިވްވި […]

ޙުސައިން ޝަހުދީ
📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި މަސްޓޭންކަކަށް ބްލީޗްއަޅައިފި، 26 ހާސް ރުފިޔާގެ މަސް މަރު!

ހދ. ނެއްލައިދޫގެ އައިރިސް، އިބްރާޙީމް އާދަމް އޭނާގެ ގޭގައި ހަދާފައި ހުންނަ ބޮޑު މަސްޓޭންކުގައި ހުންނަ މަސްތައް ބަލަހައްޓަނީ ވަރަށް ޝައުގުވެރިކަމާއެކުގައެވެ. އެކަމަށް އޭނާ އެހާ ބޮޑު ހޭދައެއް ކުރާ ކުރުން ވެސް އޭނާގެ ހިތުގައި އެކަމަށް އޮތް ޝައުގާއި ލޯބި ދައްކުވައި ދެއެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް މިއަދު އޮފީސް ނިންމާފައި ގެއަށް އައިސް އިބްރާހީމް ފުރަތަމަ ދިޔައީ މަސްތައް ދެކިލުމަށް މަސްޓޭންކް ކައިރިއަށެވެ. އެވަގުތު އިބްރާޙީމްގެ ނޭފަތުގައި ޖެހުނީ ގަދަ ބްލީޗްގެ ވަހެވެ. […]

ޝިއުނާ އާދަމް
ހޯރަފުށި އައިސްޕްލާންޓުގެ ފައުންޑޭޝަން އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އައިސްޕްލާންޓުގެ ފައުންޑޭޝަން އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީގެ އައިސްޕްލާންޓުގެ ފައުންޑޭޝަން އަޅައިދޭނެ ބަޔަކު ހޯދަން މިފްކޯއިން އިއުލާން ކޮށްފިއެވެ. މިފްކޯއިން ނެރުނު އިއުލާނެއްގައި ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ހޯރަފުށި ކައުންސިލް އިދާރާ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި މަސައްކަތުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ. މު މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ޕްރޮޕޯސަލް...

އަޙްމަދު ވަހީދު
ދިއްދޫ ރައްޔިތުންގެ ޝަކުވާތަކުން އަދި ހައްލުވީ "ކޯރެއްގެ ކޯވަރެއް"!؟ 📍 ހއ. ދިއްދޫ

ދިއްދޫ ރައްޔިތުންގެ ޝަކުވާތަކުން އަދި ހައްލުވީ "ކޯރެއްގެ ކޯވަރެއް"!؟

ހއ. ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަން ކުރާރަށެވެ. އެ އަތޮޅުގެ އާބާދީ ވެސް އެންމެ ބޮޑު ރަށެވެ. ދިއްދޫގެ ރައްޔިތުންނާއި ޒުވާނުން ފާހަގަވެފައިވަނީ ދިއްދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ އަޑު އެކި ސިފަސިފާގައި އުފުލާ ބައެއްގެ ގޮތުގައެވެ. ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކޮށްގެންނެވެ. ނުވަތަ މީސްމީޑިޔާގެ އެކި މަންސަތަކުގެ އޮޅިތައް މެދުވެރިކޮށެވެ. ނުވަތަ އަމިއްލަ އެކައުންޓްތައް މެދުވެރިކޮށެވެ. މިފަދަ އަޑު އުފުލުން ތަކުގެ ސަބަބުން ދިއްދޫއަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރާއި އަދި...

އިބްރާހިމް ޚަލީލް
ހަނިމާދޫއިން ނެގި ސާމްޕަލްތައް ނެގެޓިވް، މިރޭ ރެންޑަމް ސާމްޕަލް ނަގަނީ! 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ނެގި ސާމްޕަލްތައް ނެގެޓިވް، މިރޭ ރެންޑަމް ސާމްޕަލް ނަގަނީ!

ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި އިތުރު ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން ޕޮޒިޓިވްވުމުން އެ މީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ [...

ޝިއުނާ އާދަމް
ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ 📍 ށ. ފޭދޫ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެ މީހާއަކީ މާލެއިން އެރަށަށް ގޮސް،  15 އޭޕްރިލް 2021 ވަނަ ދުވަހު ހޯމް ކަރަންޓީނުވި މީހެއް ކަމަށް ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ. އެމީހާ ޕޮޒިޓިވް ވުމުން އެމީހާ ހުރިގެ އިތުރު 14 ދުވަހަށް ހޯމް ކަރަންޓީނު ކުރެވިފައިވާ ކަމަށް ވެސް އެރަށު […]

ޔުމްނާ ޢަލީ
އެމްޓީސީސީން ތިލަދުންމަތީ ރަށްތަކަށް ވަޒީފާގެ ފުރުސަތު، 50 އިންސައްތަ އަންހެނުންނަށް

އެމްޓީސީސީން ތިލަދުންމަތީ ރަށްތަކަށް ވަޒީފާގެ ފުރުސަތު، 50 އިންސައްތަ އަންހެނުންނަށް

އެމްޓީސީސީން އެކުންފުނީގެ 70 ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އެކުންފުނިން ބުނީ، ވަޒީފާތަކަށް ހުޅުވާލާފައިވަނީ ހދ. ހއ. އަދި ށ އަތޮޅުގެ ރައްތަކަށް ހާއްސަ ކޮށްގެން ކަމަށެވެ. އަދި މި ވަޒީފާތަކުގެ 50 އިންސައްތަ ހާއްސަ ކޮށްފައިވަނީ، އަންހެނުންނަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި ވަޒީފާތަކަށް ކުރިމަތި ލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް އެކަންޏެވެ. އެ ކުންފުނިން ހުޅުވާލި ވަޒީފާގެ ތެެރޭގައި ފެރީ ކޮންޑަކްޓާ އާއި ސްޕީޑްބޯޓް […]

އަޙްމަދު ވަހީދު
އުތުރުގެ ތިން އަތޮޅު: ކުލަޔަކުން ދޭ ޖަވާބު

އުތުރުގެ ތިން އަތޮޅު: ކުލަޔަކުން ދޭ ޖަވާބު

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ، ހދ އަދި ށ އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމް އެއް ކުލައަކަށް ގޮސް ހުސްވެފައި ވީ ނަމަވެސް ދެން ފެންނަންހުރި އެހެން ގޮނޑިތަކުން ދައްކުވައި ދެނީ ތަފާތު ކުލަތަކެވެ. އަދި މީގެއިތުރުން އެއްވެސް ކުލައެއް ނުޖެހޭ ގޮނޑިތައް ވެސް މީގެ ތެރޭގައި ގިނައަދަދަކަށް ހިމެނޭކަން ފާހަގަ ކުރެވެއެވެ. ތަންކޮޅެއް ތިލަކޮށް ދަންނަވަނީނަމަ މި ތިން އަތޮޅުގެ އަތޮޅު ކައުންސިލުގެ ގޮނޑިތަކުގެ ބާރު ލިބިގެންދާ […]

އިބްރާހިމް ޚަލީލް
ހަނިމާދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި 20 މީހުންގެ ސާމްޕަލްގެ ތެރެއިން އެކަކުގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެމައިން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުނ...

ޔުމްނާ ޢަލީ
ނެއްލައިދޫގައި ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ނެއްލައިދޫގައި ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅާ ނިންމާލައިފި އެވެ. ނެއްލައިދޫ ކައުންސިލުން ބުނެފައިވަނީ، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން, ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ފުރިހަމަ ކަމާއެކު ނިމިފައިވާކަމަށެވެ. ނެއްލައިދޫގެ ތަރައްޤީއަށް އަދުގެ ސަރުކާރުން ކޮށްދެއްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށް ރައްޔިތުންގެ ނަމުގައި ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވާކަމަށް އެކައުންސިލުން ބުނެފައިވެއެވެ. ހއ.ދިއްދޫ އާއި ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕް...

އިބްރާހިމް އަސްވާޤް
މަކުނުދޫ އެމްވައިއެމްގެ އިޙްޔާ ފޯރަމް މާދަމާ ރޭ! 📍 ހދ. މަކުނުދޫ

މަކުނުދޫ އެމްވައިއެމްގެ އިޙްޔާ ފޯރަމް މާދަމާ ރޭ!

ހދ. މަކުނުދޫ، މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް) އިން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ އިޙްޔާ ފޯރަމް މާދަމާރޭ އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ. މަކުނުދޫ ހުޅަނގު ފަރާތު ސްޓޭޖް ސަރަހައްދުގައި ކުރިއަށްދާ މި ފޯރަމް ފެށޭނީ މާދަމާރޭ 21:00 ގައިކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ. މި ފޯރަމްއަށް ޚާއްޞަކުރެވިފައިވާ މައުލޫއަކީ “ގެއްލުންނުވާނެ ވިޔަފާރި”އެވެ. މި ފޯރަމްގައި ދަރުސް ދެއްވާނީ އައްސައިޚް އާޒިމް ޚާލިދު އެވެ. މި އިޙްޔާ ފޯރަމާއި ގުޅޭގޮތުން އެމްވައިއެމްގެ ރައީސް އަ...

ޙުސައިން ޝަހުދީ
ހަނިމާދޫއިން ޕޮޒިޓިވްވި މީހުންނާ ސީދާ ބައްދަލުވި 20 މީހެއް! 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ޕޮޒިޓިވްވި މީހުންނާ ސީދާ ބައްދަލުވި 20 މީހެއް!

އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމައިން އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. އެމީހުން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަތިވެރިން ޕޮޒިޓިވް 10 ކޭސް ފެނުމުން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، އިއްޔެ ހަނިމާދޫން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން ރޭ 20 […]

ޔުމްނާ ޢަލީ
 ދިއްދޫ އާއި ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ދިއްދޫ

 ދިއްދޫ އާއި ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ދިއްދޫ އާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ. އެ ދެ ރަށުގައި ޖޫނިއާ ކޮލެޖު އަޅައި ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި ބުނެފަވަނީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އެދިލެއްވުމުގެ ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އަމިއްލަ ހަރަދުގައި އެ ތަންތަން ހ...

ޔުމްނާ ޢަލީ
ދެމީހަކު ޕޮޒިޓިވްވެ، ހަނިމާދޫ މޮނިޓަރިންނަށް! 📍 ހދ. ހަނިމާދޫ

ދެމީހަކު ޕޮޒިޓިވްވެ، ހަނިމާދޫ މޮނިޓަރިންނަށް!

އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހަނިމާދޫން ޕޮޒިޓިވްވީ އަންހެނަކާއި، ކުޑަކުއްޖެކެވެ. އެއީ ދެމައިންނެވެ. އެމީހުން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ޕޮޒިޓިވް 10 ކޭސް ފެނުމުން މަތިވެރި މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، މަތިވެރިން އެރަށަށް ދަތުރުކުރި ތިން މީހެއްގެ ސާމްޕަލް ނެގީ...

ޔުމްނާ ޢަލީ