ފީވަކުން 3 ވަނަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިރޭގެ ވަގުތެއްގައި ށ.ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިކަންވަނީ ފީވަކު ހެލްތް ސެންޓަރުން މިހާރު “ތިލަދުން” އަށް ކަށަވަރު ކޮށްދީފައެވެ. އޭނާ ޕޮޒިޓިވްވެ ވެފައިވަނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ނެގި ރިލީސިންގް ސަަމްޕަލްގައެވެ. ފީވަކުން މިރޭގެ ވަގުތެއްގައި ޕޮޒިޓިވް ވެފައިވަނީ، ފީވަކުގައި ކުރިއަށްދާ ނަރުދަމާގެ މަސައްކަތް ކުރުމަށްޓަކާ އައިސްފައިވާ ސްރީލަންކާގެ 27 އަހަރުގެ ފިރެހެނެއް ކަމަށްވެސް، ފީވަކު ހެލްތް ސެންޓަރުން ވަނީ މ...