މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިއްޔެ ވަނީ އޭބީސީ ފަށަލަ އެޅުމުގެމަސައްކަތް ފަށައިފައެވެ. އަދި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ. މި މަޝްރޫއު ނިމޭއިރު ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެ އެވެ. އަދި މަގުގައި ދުއްވޭ ގޮތަށް […]

އަޙްމަދު ވަހީދު
ތިލަދުންމަތީ ހުނަރުވެރިން: ތަކަންދޫ އިން އުފަންވި މަޝްހޫރު ޕްރެޒެންޓަ އަދި ކުޅަދާނަ ނޫސްވެރިޔާ! 📍 ހއ. ތަކަންދޫ

ތިލަދުންމަތީ ހުނަރުވެރިން: ތަކަންދޫ އިން އުފަންވި މަޝްހޫރު ޕްރެޒެންޓަ އަދި ކުޅަދާނަ ނޫސްވެރިޔާ!

މިއީ ތިލަދުންމަތީ އުތުރުބުރީ ހއ.ތަކަންދޫ، ވެޔޮދަށުގެ އަޙްމަދު ހަމީދު އާދަމެވެ. މަޝްހޫރު ޕްރެޒެންޓަރެކެވެ. ކުޅަދާނަ ނޫސްވެރިޔެކެވެ. ބަޔާން ކުރެވިދިޔަ ދާއިރާތަކުން މިހާރު ރާއްޖޭގެ އެންމެން ދަންނަ ފަރިތަ ނަމެކެވެ. ހަމީދު މިއަދު ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވީ ނަމަވެސް، އެ މަޤުބޫލްކަމާއި ހިސާބަށް ވާޞިލްވުމުގައި ކަޑަތު ކޮށްފައިވާ އުނދަގޫ މަރުހަލާތަކަކީ މުހިންމު ވާހަކަތަކެކެވެ. ހަމީދު އެންމެ ފުރަތަމަ ތަޢުލީމް ހާސިލް ކޮށްފައިވަނީ އުފަން ރަށުގައެވެ. ހއ.ތަކަންދޫ މަދަރުސަތުލް ޝަހީދު އަލީ ތަކުރުފާނު ސ...

އިބްރާހިމް ޚަލީލް
ކުމުންދޫގެ ތާރީޚްގައި ރައީސް ޞާލިޙްގެ ނަންފުޅު ރަންއަކުރުން ލިޔެވޭނެ: ރާޢީ 📍 ހދ. ކުމުންދޫ

ކުމުންދޫގެ ތާރީޚްގައި ރައީސް ޞާލިޙްގެ ނަންފުޅު ރަންއަކުރުން ލިޔެވޭނެ: ރާޢީ

ހދ. ކުމުންދޫގެ ތާރީޚްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނަންފުޅު ރަންއަކުރުން ލިޔެވިގެންދާނެކަމީ މުޖައްރިބުކަމެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއް ކަމަށާއި، ތާރީޚްގައި ލިޔެވޭނެ ބޮޑު ދުވަހެއް ކަމަށެވެ. ރާޢީ ވިދާޅުވީ، ވެރިކަމެއް ބަދަލުވެ އާ ވެރިއެއް ބަދަލުވާ ކޮންމެ ފަހަރަކ...

އަލީ އާދިލް
''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތުން 86 ހާހަށްވުރެ ގިނަ ރުފިޔާ! 📍 ހއ. ދިއްދޫ

''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތުން 86 ހާހަށްވުރެ ގިނަ ރުފިޔާ!

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔަ ”މަވެސް ފަޞީލްއަށް އެހީވާނަން” ހަރަކާތަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ. މިގޮތުން ބުރާސްފަތި އަދި ހުކުރު ދުވަހު ދިއްދޫ ބޮޑު މަގުގެ ދެ ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުން 86،711.75 ރުފިޔާއާއި، 81 ޔޫއެސް ޑޮލަރު ވަނީ ހޯދާފައެވެ. މި ހަރަކާތާއި ގުޅޭގޮތުން މިޑްލް […]

ޙުސައިން ޝަހުދީ
މިދަތި ހާލަތުގައި ވެސް ރައީސް ޞާލިޙް އިސްކުރެއްވީ ރައްޔިތުން: ޝާހް 📍 ހދ. ކުމުންދޫ

މިދަތި ހާލަތުގައި ވެސް ރައީސް ޞާލިޙް އިސްކުރެއްވީ ރައްޔިތުން: ޝާހް

ކޯވިޑް-19 ބަލިމަޑުކަމާގުޅިގެން މުޅި ދުނިޔެއާއި، ރާއްޖެގެ އިޤްތިޞާދު ވެސް ހީނަރުވެފައި އޮތް ދުވަސްވަރެއްގައި ފެނާ ނަރުދަމާ ފަދަ އަސާސީ ޚިދުމަތެއް ގުރުބާން ނުކުރަށްވާ ރައީސްއަކަށް ފެނުނީ މިއަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ. ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިފްތިތާޙް ކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުނ...

ޔުމްނާ ޢަލީ
ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ. މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އާއި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު އެވެ. އެމްޑަބްލިއުއެސްސީން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ ދަށުން ކުމުންދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ...

އަޙްމަދު ވަހީދު
ޒެޑްއެޗް ކޮންސްޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖެގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓްއަށް

ޒެޑްއެޗް ކޮންސްޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖެގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓްއަށް

ކުޅުދުއްފުށީ ހިރަފުސް ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައިގެން ” ޒެޑްއެޗް ކޮންޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖް 2021″ ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 01 އޭޕްރިލް 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށި ޓާފް ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ޕޯޓް ޓީމުން ހޯދާފ...

އިބްރާހިމް ޚަލީލް
''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތް މާދަމާވެސް ދިއްދޫގައި ކުރިއަށްދާނެ! 📍 ހއ. ދިއްދޫ

''މަވެސް ފަޞީލްއަށް އެހީވާނަން'' ހަރަކާތް މާދަމާވެސް ދިއްދޫގައި ކުރިއަށްދާނެ!

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ރަށު ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން މިއަދު އެރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތް މާދަމާ ވެސް ކުރިއަށް ދާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ. ”މަވެސް ފަޞީލްއަށް އެހީވާނަން” ނަމުގައި މިއަދު ދިއްދޫގައި ފެށި މިހަރަކާތަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. މިގޮތުން ފަޞީލަށް އެހީވުމަށް ފައިސާ ހޯދުމަށް މިއަދުގެ ހަރަކާތުގައި ވިއްކަން ބެހެއްޓި ޓީޝާޓްތައް ހަރަކާތް […]

ޙުސައިން ޝަހުދީ
މަސްތުވާތަކެތީގެ މައްސަލައެއްގައި އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި 📍 ހއ. އިހަވަންދޫ

މަސްތުވާތަކެތީގެ މައްސަލައެއްގައި އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އިހަވަންދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ. މިމައްސަލައާއި ގުޅިގެން ތިލަދުން އަށް މަޢުލޫމާތުދެމުން ފުލުހުންބުނީ އެމީހާ ދޫކޮށްލާފައިވަނީ ކޯޓަށް ނުގެންގޮސްކަމަށެވެ. މައްސަލައިގެ ތަހުޤީޤު ދަނީ ކުރަމުން. ބަންދުގައި ބެހެއްޓޭނެ މިންވަރަށް ހެކި ލިބިފަ ނުވާތީ އެމީހާ ވަނީ ދޫކޮއްލައިފަ. ފުލުހުން ބުނެފައިވެއެވެ. ފުލުހުންގެ ވެބްސައިޓުގައި އިއްޔެ އާންމުކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ އިހަވަންދޫގައި ހިންގި މަސްތުވާތަކެ...

އަލީ އާދިލް
ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފެށިގެން ދާއިރުގައި މުޅި އަތޮޅަށް މަންފާ ކުރުމަކީ އުންމީދެއް: ވަޙީދު 📍 ހއ. ދިއްދޫ

ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފެށިގެން ދާއިރުގައި މުޅި އަތޮޅަށް މަންފާ ކުރުމަކީ އުންމީދެއް: ވަޙީދު

ހއ. ދިއްދޫގައި ޕޯސްޓް ޚިދުމަތް ފެށިގެންދިޔައިރު، ހއ. އަތޮޅުގެ ހުރިހާ ރަށަކަށް އެ ޚިދުމަތުގެ މަންފާ ލިބިގެން ދިޔުމަކީ އުންމީދެއްކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެ އެވެ. މެންބަރު ވަޙީދު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ދިއްދޫގައި ޤާއިމުކުރި ޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ރޭ ދެއްކެވި ވާހަކާގަ އެވެ. ވަޙީދު ވިދާޅުވީ ރެޔަކީ ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފެށިގެންދާ އުފާވެރި ރޭ ކަަމަށެވެ. އަދި އުންމީދަކީ އެ ޚިދުމަތް ދިއްދޫގ...

ޝިއުނާ އާދަމް
%50 މެއިލް އަންނީ އަތޮޅުތަކަށް، ފެންނަނީ އަތޮޅުތެރެއާއި ޕޯސްޓާއި ގުޅިފައިއޮތް މިންވަރު: ޝަފީޤް 📍 ހއ. ދިއްދޫ

%50 މެއިލް އަންނީ އަތޮޅުތަކަށް، ފެންނަނީ އަތޮޅުތެރެއާއި ޕޯސްޓާއި ގުޅިފައިއޮތް މިންވަރު: ޝަފީޤް

ޕޯސްޓަލް ނިޒާމްގެ ތެރެއަށް ވަންނަ މެއިލްގެ 50 ޕަސަންޓަކީ އަތޮޅުތަކަށް އެޑްރެސް ކުރެވިފައިވާ މެއިލް ކަމަށާއި، އެ ކަމުން ދޭހަކޮށްދެނީ ޕޯސްޓާއި އަތޮޅުތެރޭގެ ރައްޔިތުންނާއި ގުޅިފައިއޮތް މިންވަރު ކަމަށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަފީޤް މުޙައްމަދު ވިދާޅުވެއްޖެ އެވެ. ޝަފީޤް މިހެން ވިދާޅުވީ، ހއ. ދިއްދޫގައި އެ ކުންފުނިން ޤާއިމުކުރި ޕޯސްޓް އޮފީސް ހުޅުވުމަށް ރޭ ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރެޔަކީ ޕޯސްޓްގެ ވިއުގަފުޅާކޮށް ޚިދުމަތްތައް ތަރައްގީކުރުމަށް ކ...

ޙުސައިން ޝަހުދީ
ދިއްދޫ ޕޯސްޓް އޮފީހާއިއެކު ރައްޔިތުން އުފަލުން 📍 ހއ. ދިއްދޫ

ދިއްދޫ ޕޯސްޓް އޮފީހާއިއެކު ރައްޔިތުން އުފަލުން

ހއ. ދިއްދޫގައި މިރޭ ޕޯސްޓް އޮފީހެއް ހުޅުވިގެން ދިޔުމަކީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފަލެއްކަން ޔަޤީނެވެ. އެ އޮފީސް ދިއްދޫއަށް ގެނައުމަށްޓަކައި، ދިއްދޫގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދިޔައީ އެކަމަށް އެދެމުންނެވެ. ޚާއްޞަކޮށް ދިއްދޫ ރައްޔިތުންގެ ތަރައްގީއަށާއި، ކުރިއެރުމަށް ވަކާލާތުމުން އަންނަ ހަރަކާތެއް ކަމަށްވާ ”ދިއްދޫ ރައްޔިތުން އަޑުން” ވަނީ އެކަމަށް ޚާއްޞަ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ. ޕޯސްޓް އޮފީސްތަކަކީ ރައްޔިތުންނަށް ބޭނުންތެރި ޒަމާނީ، ޚިދުމަތްތަކެއް ލިބޭހެން ފަ...

ޔުމްނާ ޢަލީ
ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވައިފި

ހއ. ދިއްދޫގައި ޕޯސްޓް އޮފީހެއް ގާއިމުކޮށް، ރަސްމީކޮށް އެ އޮފީސް މިރޭ ހުޅުވައިފިއެވެ. އެކަމަށްޓަކައި ދިއްދޫގައި މިރޭ ކުރިއަށްދާ ރަސްމިއްޔާތުގައި ދިއްދޫ ޕޯސްޓް އޮފީސް ހުޅުއްވައި ދެއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދާއި، އެކުންފުނީގެ ޗެއާމަން މުޙައްމަދު ޢަބުދުﷲ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ދިއްދޫ ކައުންސިލްގެ ރައީސްއާއި، އަދި ދިއްދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަތ...

ޙުސައިން ޝަހުދީ
އުރީދޫ ސުޕަނެޓް މަކުނުދޫއަށް 📍 ހދ. މަކުނުދޫ

އުރީދޫ ސުޕަނެޓް މަކުނުދޫއަށް

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، އުރީދޫ ސުޕަރނެޓް ހދ. މަކުނުދޫއަށް ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު ކަމަށްވާ 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށްފަރުމާކޮށްފައިވާހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެއެވެ. އުރީދޫގެ އެކްޓިން ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ މުޖުތަމައުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ހައި ސްޕީޑް ބްރޯޑްބޭންޑުހިދުމަތްކޮންމެހެން...

އަޙްމަދު ވަހީދު
ބީނާފުށްޓާއި، ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް: ހައި ކޯޓު

ބީނާފުށްޓާއި، ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް: ހައި ކޯޓު

ރިސޯޓް ހަދަން ޔޮޓް ޓުއާސް ކުންފުންޏަށް ދޫކުރި ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަޖިލީހުުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް 2013 ވަނަ އަހަރު ސަރުކާރުން ދޫކުރި ބީނާފުށްޓާއި ކަނޑާލިފިނޮޅު ސަރުކާރުން އަތުލީ ކުލި ނުދައްކާ ކަމަށް ބުނެ 2016 ވަނަ އަހަރު އެވެ. ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ އެތަން އަތުލީ […]

އަލީ އާދިލް