ހއ. ދިއްދޫއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މިފަހަރު ޕޮޒިޓިވްވީ އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހެކެވެ. މިހާތަނަށް އެރަށުންނެގި 12 ރެންޑަމް ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ.
ދިއްދޫގެ މިހާރުގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 99 އެވެ.
އެއީ ދިއްދޫ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހެއްގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 83 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 12 މީހެއް އަދި ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 3 މީހެކެވެ.
ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 96 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ.
ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ބައެއް ރެންޑްމް ސާމްޕަލްތައް ޕޮޒިޓިވް ވުމުން، އެރަށުގައި ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ދިއްދޫ ކައުންސިލަށް ޤަބޫލު ކުރެވޭތީ މިމަހު 8 އިން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް އެރަށުގައި ވަނީ ކާފިއު ހިންގައި، ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި އެރަށުގެ 270 ގެއެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!