މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ފަށައިފި

ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ފަށައިފި

ހއ. ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ދޭން ފަށައިފި އެވެ. ހއ. އަތޮޅު ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ އެކި ގިންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމާއި، ވިޔަފާރި ކުރިއަށް ގެންގޮސް ދިނުމުގައި ފަންނީ އިރުޝާދު ދިނުމެވެ. ވިޔަފާރިއާ ގުޅުންހުރި ލޯން ނެގުމުގައި އެހީތެރިވުމާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގައި އެހީތެރިވުމާއި، ބިޒްނަސް ޕްލޭން، ބީއޯކިޔޫ ފަދަ ލިއުންތައް ތައްޔާރުކޮށް ދިނުން ހިމެނޭކަމަށްވެސް ހއ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން...

އަޙްމަދު އަރުޝަމް
އިހަވަންދޫ ޕޮލިސް ސްޓޭޝަންނުން މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޕޮލިސް ސްޓޭޝަންނުން މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެ އަތޮޅު މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި އެވެ. އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި މާރަންދޫ ކައުންސިލް އިދާރާ އާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މާރަންދޫ މަމްސް ޖަމިއްޔާ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމްތަށް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 23 އިން 25 ވަނަ ދުވަހާ ހަމައަށެވެ. ފުލުހުން ވިދާޅުވީ މާރަންދޫގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްތަކުގެ ތެރެއިން އެ ރަށު […]

އަޙްމަދު އަރުޝަމް
އެމްޑީޕީގެ ދާއިރާތަކު އިންތިޚާބު: ހަނިމާދޫ ދާއިރާގެ ރައީސްއަކަށް ޝާހިދު 📍 ހދ. ހަނިމާދޫ

އެމްޑީޕީގެ ދާއިރާތަކު އިންތިޚާބު: ހަނިމާދޫ ދާއިރާގެ ރައީސްއަކަށް ޝާހިދު

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ހަނިމާދޫ ދާއިރާގެ ރައީސްއަކަށް ޝާހިދު އާދަމް އިންތިޚާބު ވެއްޖެއެވެ. މި އިންތިޚާބުގައި ފިނޭއަށް ނިސްބަތްވާ ޝާހިދުއާއި ވާދަކުރެއްވީ ހަނިމާދޫއަށް ނިސްބަތްވާ އައްބާސް މުހައްމަދެވެ. އައްބާސްގެ މައްޗަށް ޝާހިދު ކުރި ހޯދީ 18 ވޯޓުގެ ތަފާތަކުންނެވެ. މިގޮތުން ޝާހިދުއަށް 195 ވޯޓު ލިބުނުއިރު އައްބާސްއަށް ލިބުނީ 177 ވޯޓެވެ. ދާއިރާގެ 4 ރަށުގެ ތެރެއިން 3 ރަށަކުން ޝާހިދު ކުރި ހޯދިއެވެ. އެއީ ފިނޭ، […]

އަލީ އާދިލް
އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީ މުބާރާތް އޮކްޓޯބަރު 13 ގައި ފަށަނީ 📍 ހއ. ކެލާ

އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީ މުބާރާތް އޮކްޓޯބަރު 13 ގައި ފަށަނީ

ހއ. ކެލާގައި އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ‘އެންޒެޑް އެމާ ކެލާ އިންވިޓޭޝަން’ ވޮލީ މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ. މި މުބާރަތަކީ ކެލާގައި ހުންނަ އެމާ ފިހާރަ އަދި ޖާރޒީ އާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް އާއި ގުޅިގެން އިންތިޒާމް ކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ވޮލީބޯޅަ މުބާރާތެކެވެ. ‘ތިލަދުން’ އަށް މައުލޫމާތުދެމުން ކެލާގައި ހުންނަ އެމާ ފިހާރަ ހިންގުމާއި ހަވާލުވެ ހުރި އަލީ ޒިޔާމް […]

އަޙްމަދު އަރުޝަމް
ނޮޅިވަރަމް ކައުންސިލް ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރ މަހު ފަށަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލް ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރ މަހު ފަށަނީ

ހދ. ނޮޅިވަރަމް ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރު މަހު ފަށަން އެކައުންސިލުން ނިންމައިފިއެވެ. މައިގަނޑު 2 ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ބަހާލެވިފައިވަނީ 6 އުމުރުފުރާ އަކަށެވެ. އޭގެތެރޭގައި 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި, 12 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރައިގެ އިތުރުން 18 އަހަރުން މަތީގެ އުމުރު ފުރާ ހިމެނެއެވެ. އަދި މި މުބާރާތުގެ […]

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީގައި ފެންބޮޑުވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އުތުރުން ކުޅުދުއްފުށީ ސިޓީގެ އެކި ސަރަހައްދުތަކުގައި ރޭ ފެން ބޮޑުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެ ހިސާބުތަކުން ފެން ހިއްކުމަށާއި، އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް އެހީތެރިވުމަށް މޯލްޑިވިއަން ރެޑްކްރެސެންޓް ހދ. ބްރާންޗުން ހަރަކާތްތެވެފައިވާ ކަމަށް އެ ބްރާންޗުން ރޭ ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައި ވަނީ، އެ ސިޓީގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އެހެނ...

ޔުމްނާ ޢަލީ
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ކަނޑިތީމު ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން އަމީން ފައިޞަލް 📍 ށ. ކަނޑިތީމު

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ކަނޑިތީމު ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން އަމީން ފައިޞަލް

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ކަނޑިތީމު ދާއިރާގެ ރައީސްކަމަށް އަމީން ފައިޞަލް އިންތިހާބު ވެއްޖެ އެވެ. ދާއިރާގެ ރައީސް ކަމަށް އަމީން ފައިސަލް އާއި ވާދަކުރެއްވީ ވާސިޢު އިމްދާދު އެވެ. އަމީން އަށް 544 ވޯޓް ލިބިފައިވާއިރު ވާސިޢުއަށް ލިބުނީ 223 ވޯޓެވެ. ދާއިރާގެ ނައިބު ރައީސްކަމަށް 2 ބޭފުޅަކު ވާދަކުރެއްވި އެވެ. އަހުމަދު ސުނީލް އަައި ވާދަކޮށް ކާމިޔާބު ކުރެއްވީ ޙުސައިން ނިހާދު އެވެ. އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ […]

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ހޯރަފުށީ ދާއިރާ އާއި ކޮމަންޑޫ ދާއިރާގެ ވޯޓެއް ނެތް! 📍 ހއ. ހޯރަފުށި

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ހޯރަފުށީ ދާއިރާ އާއި ކޮމަންޑޫ ދާއިރާގެ ވޯޓެއް ނެތް!

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ހޯރަފުށީ ދާއިރާ އާއި ށ. ކޮމަންޑޫ ދާއިރާގައި ވޯޓުލާކަށް ނުޖެހުނެވެ. މިދެދާއިރާގައި ވޯޓުލާން ޖެހިފައިނުވަނީ މަގާމްތަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓަކަށް ވުމުންނެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ހޯރަފުށީ ދާއިރާގެ ރައީސްކަމަށް ހޮވިފައިވަނީ އަރުޝަދު އަޝްރަފް އެވެ. ދާއިރާގެ ނައިބު ރައީސްކަމަށް ހުސައިން ޝާފިއު އަދި ސެކްރެޓަރީ އަކަށް އިބްރާހިމް ފަލާހް...

އަލީ އާދިލް
ނައިބު ރައީސް، ށ. ފޭދޫ ކައުންސިލާ ބައްދަލު ކުރައްވައިފި 📍 ށ. ފޭދޫ

ނައިބު ރައީސް، ށ. ފޭދޫ ކައުންސިލާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ށ. ފޭދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ފޭދޫގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރު ވަނީ އެރަށަށް މިވަގުން މިވަގުތައް ބޭނުންވެފައިވާ މުހިންމު ކަންކަން ފާހަގަ ކުރައްވާފައެވެ. މ...

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ވައިކަރަދޫ ދާއިރާގެ ރައީސްކަމަށް މަޖުދީ 📍 ހދ. ވައިކަރަދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ވައިކަރަދޫ ދާއިރާގެ ރައީސްކަމަށް މަޖުދީ

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ވައިކަރަދޫ ދާއިރާގެ ރައީސްކަން އަހްމަދު މަޖުދީ (މަޖޭ) ކާމިޔާބު ކުރައްވައިފި އެވެ. ހދ. ނެއްލައިދޫއަށް އުފަން މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ އިތުރު 4 ކެންޑިޑޭޓުންނާއި ވާދަކޮށްގެންނެވެ. މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ 9 ވޯޓުގެ ތަފާތަކުންނެވެ. މަޖުދީއަށް 203 ވޯޓު ލިބިފައިވާއިރު ވައިކަރަދޫ ދާއިރާގެ ރައީސްކަން ފެށުނީންސުރެއް ކުރައްވަމުން އަންނަ އަޙްމަދު ހާޝިމް އަށް ލިބިފައިވަނީ 194...

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ދިއްދޫ ދާއިރާގެ ރައީސްކަމަށް ނަޢީމް 📍 ހއ. ދިއްދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ދިއްދޫ ދާއިރާގެ ރައީސްކަމަށް ނަޢީމް

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ދިއްދޫ ދާއިރާގެ ރައީސްކަން މުޙައްމަދު ނަޢީމް ކާމިޔާބު ކުރައްވައިފި އެވެ. މުހައްމަދު ޝާކިރު އާއި ވާދަކޮށް ނަޢީމް ކާމިޔާބު ކުރެއްވީ 40 ވޯޓުގެ ތަފާތަކުންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ނަޢީމް އަށް ލިބިފައިވަނީ 383 ވޯޓެވެ. ޝާކިރުއަށް ލިބިފައިވަނީ 343 ވޯޓެވެ. 14 ވޯޓު ބާތިލްވެފައިވާއިރު މިދާއިރާގައި ވޯޓު ލާފައިވަނީ މާލެއިން 151 މީހަކާއި ދިއްދޫއިން 589 މީހުންނެވެ. ޖުމްލަ […]

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ފުނަދޫ ދާއިރާގެ ރައީސްކަމަށް ޞަބްރީ 📍 ށ. ފުނަދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ފުނަދޫ ދާއިރާގެ ރައީސްކަމަށް ޞަބްރީ

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ރައީސްކަން އަޙްމަދު ޞަބްރީ ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ފުނަދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ޞަބްރީގެ އިތުރުން 2 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޢަބްދުލްޙަންނާން ޙުސައިން އާއި މުހައްމަދު އަބްދުލް ސަލާމް އަދި އަހުމަދު ޒުމްރަތު އެވެ. ފުނަދޫ ދާއިރާގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ 3 ފަރާތަކުންނެވެ. ނ...

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: މަކުނުދޫ ދާއިރާގެ ރައީސްކަން މައުސޫމް ދިފާއުކޮށްފި 📍 ހދ. މަކުނުދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: މަކުނުދޫ ދާއިރާގެ ރައީސްކަން މައުސޫމް ދިފާއުކޮށްފި

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. މަކުނުދޫ ދާއިރާގެ ރައީސްކަން އަހްމަދު މައުސޫމް ދިފާއުކުރައްވައިފި އެވެ. މިއީ މަކުނުދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު މައުސޫމް އިންތިހާބުވި 3 ވަނަ ފަހަރެވެ. މައުސޫމް ވާދަކޮށްފައިވަނީ މަނުޢުމާން އަޙްމަދު އާއެވެ. މައުސޫމް އަކީ އެމްޑީޕީގެ ފައުންޑަރ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މީގެ އިތުރުން މައުސޫމް އަންނަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސީ) ގެ ޗެއާމަންގެ މަގާމުވެސް...

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: 293 ވޯޓުގެ ތަފާތަކުން އިހަވަންދޫ ދާއިރާގެ ރައީސްކަމަށް މިސްބާހު 📍 ހއ. އިހަވަންދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: 293 ވޯޓުގެ ތަފާތަކުން އިހަވަންދޫ ދާއިރާގެ ރައީސްކަމަށް މިސްބާހު

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. އިހަވަންދޫ ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން މުހައްމަދު މިސްބާހު ކާމިޔާބު ކުރައްވައިފި އެވެ. މިސްބާހް މިމަޤާމް ކާމިޔާބުކޮށްފައިވަނީ ޢަބްދުﷲ ޙުސައިންއާއި ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން މިސްބާހް 573 ވޯޓް ހޯދާފައިވާއިރު ޢަބްދުﷲ ޙުސައިން އަށް ލިބިފައިވަނީ 280 ވޯޓެވެ. މިދެ ކެނޑިޑޭޓުންގެ ވޯޓްގެ ފަރަގަކީ 293 ވޯޓެވެ. އިހަވަންދޫ ދާއިރާގައި 4 ވޮޓުފޮއްޓެއް ބަހައްޓާފައިވާއިރު  ޖުމްލަ 6...

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބޮޑު ތަފާތަކުން މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރު 📍 ށ. މިލަންދޫ

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބޮޑު ތަފާތަކުން މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރު

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. މިލަންދޫ ދާއިރާގެ ރައީސްކަން އަޙްމަދު ފާޒިރު ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރުގެ އިތުރުން ވާދަކުރެއްވީ އަހްމަދު ނިޔާޒު އެވެ. އަޙްމަދު ފާޒިރު އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. އެއީ 462 ވޯޓެވެ. އަހްމަދު ނިޔާޒުއަށް ލިބިފައިވަނީ 94 ވޯޓެވެ. ދާއިރާގެ ނައިބް ރައީސްކަމަށް [...

އަލީ އާދިލް