އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ދިއްދޫ ދާއިރާގެ ރައީސްކަން މުޙައްމަދު ނަޢީމް ކާމިޔާބު ކުރައްވައިފި އެވެ.
މުހައްމަދު ޝާކިރު އާއި ވާދަކޮށް ނަޢީމް ކާމިޔާބު ކުރެއްވީ 40 ވޯޓުގެ ތަފާތަކުންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ނަޢީމް އަށް ލިބިފައިވަނީ 383 ވޯޓެވެ. ޝާކިރުއަށް ލިބިފައިވަނީ 343 ވޯޓެވެ.
14 ވޯޓު ބާތިލްވެފައިވާއިރު މިދާއިރާގައި ވޯޓު ލާފައިވަނީ މާލެއިން 151 މީހަކާއި ދިއްދޫއިން 589 މީހުންނެވެ. ޖުމްލަ 740 މީހުންނެވެ. މިއީ ދިއްދޫގައި އެމްޑީޕީގެ ދަފްތަރުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ 62.29 އިންސައްތަ އެވެ.
ދިއްދޫދާއިރާގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ނެވެ. އެހެންކަމުން ވޯޓަކާ ނުލާ އައްފާން ޢަލީ ވަނީ އިންތިހާބުވެފަ އެވެ.
އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުނެފައި ވެ އެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!