މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނޮޅިވަރަންފަރު ފަޅުން ވެލިނެގުން މަނާކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ފަޅުން ވެލިނެގުން މަނާކޮށްފި

ހދ. ނޮޅިވަރަންފަރު ފަޅުން ވެލި ނެގުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މިގޮތުން ވެލިނެގުން މަނާކޮށްފައި ވަނީ މިފެށޭ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި ނޮޅިވަރަންފަރު ފަޅުގެ އެއްވެސް ހިސާބަކުން ވެލި ނުނެގުމަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ އަންގާފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައި ވަނީ އެރަށުގެ ފަޅުތެރޭގައި އުފެދިފައިވާ ފިނޮޅު ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވުމާއެކު، ފަޅުން ވެލިނެގުން މ...

ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ފުޓްބޯޅަ މުބާރާތް އަންނަ ނޮވެމްބަރަށް ތާވަލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ފުޓްބޯޅަ މުބާރާތް އަންނަ ނޮވެމްބަރަށް ތާވަލުކޮށްފި

ހދ. ހަނިމާދޫގައި ރަށުފެންވަރުގައި ބާއްވަމުން އަންނަ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ މި އަހަރުގެ މުބާރާތް 27 ނޮވެމްބަރ 2021 ގައި ފެށުމަށް ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ތާވަލު ކޮށްފިއެވެ. މި މުބާރާތުގައި ޓީމްތައް ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައި އެ ޖަމްޢިއްޔާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި މުބާރާތަކީ ހަނިމާދޫއިން ފުޓްބޯޅައިގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެއް ކަމުގައިވާ، އެ ޖަމްޢިއްޔާގެ މެމްބަރ އަލްމަރްޙޫމް އާދަމް ސަލީމް...

އިބްރާހިމް ޚަލީލް
2 މީހަކު ޕޮޒިޓިވްވެ، މާއުނގޫދޫ މޮނިޓަރިންއަށް

2 މީހަކު ޕޮޒިޓިވްވެ، މާއުނގޫދޫ މޮނިޓަރިންއަށް

ށ. މާއުނގޫދޫ އިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންނަކީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެރަށު ސިއްޙީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެ މީހުން ކަމަށެވެ. އެ ދެމީހުން ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަލީމް ވިދާޅުވިއެވެ. މިމަހު 24 ވަނަ […]

އަޙްމަދު އަރުޝަމް
ށ. އަތޮޅު ތައުލީމީ މަރުކަޒަށް، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް 📍 ށ. ކޮމަންޑޫ

ށ. އަތޮޅު ތައުލީމީ މަރުކަޒަށް، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް

ށ. އަތޮޅު ތައުލީމީ މަރުކަޒަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ށ. ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް ފޯރުކޮށްދީފި އެވެ. ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 10 ގެ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ސްޓަޑީ ކޭމްޕްތެކެއް ހިންގުމަށް -/62860 ވަނީ ހަދިޔާކޮށްފަ އެވެ. މި އެހީ މިހާރުވަނީ އެދަރިވަރުންގެ ބެލެނިވެރިންނާއި ހަވާލުކޮށްފަ އެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ފައިސާ ހަަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ރަސްމީ ތަޢ...

އަލީ އާދިލް
ކުޅުދުއްފުށީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން

ކުޅުދުއްފުށީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން

ކުޅުދުއްފުށި ސިޓީގައި މަތީ ތަޢުލީމުގެ ކޯސްތަކެއް ހިންގި ފަރާތަކުން ހިންގި ކޯސްތައް ވެލިޑޭޓްނުކުރެވި، ސެޓްފިކެޓް ނުލިބި އަދި ކޯސްތައް ފުރިހަމަނުކުރެވިވާތީ، އެކަމާއި ގުޅިގެން ކުޅުދުއްފުށީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަތީފް ދެއްވައިފިއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ފުރުސަތު ހޯއްދަވައި މެންބަރު ޔާސިރު ވަނ...

ޙުސައިން ޝަހުދީ
2023 ގައި ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ފެށޭނެ 📍 ހއ. ދިއްދޫ

2023 ގައި ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ފެށޭނެ

ބޭނުންފުޅުވަނީ މި އަންނަ އަހަރު ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދިޔުންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ދިއްދޫ ޖޫނިއާ ކޮލެޖާއި ގުޅިގެން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ވަހީދު ސުވާލުތައް ކުރައްވާފައި ވަނީ، ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކު...

ޙުސައިން ޝަހުދީ
ޝިޔާމްއަށް ކިޑްނީ އެއް ހަދިޔާކުރުމަށް އާއިލާގެ މެންބަރެއް ތައްޔާރު، ބޭނުންވަނީ މާލީ އެހީއެއް! 📍 ހއ. ދިއްދޫ

ޝިޔާމްއަށް ކިޑްނީ އެއް ހަދިޔާކުރުމަށް އާއިލާގެ މެންބަރެއް ތައްޔާރު، ބޭނުންވަނީ މާލީ އެހީއެއް!

ހއ. ދިއްދޫ، ހިމާލިޔާ، މުޙައްމަދު ޝިޔާމްގެ ދެ ކިޑްނީ ފެއިލްވެފައި ވަނީ 2016 ޑިސްމްބަރ މަހު ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް ނަމަކަށް ކިޔާ ބައްޔަކަށް ޑައިގްނޯސްކުރެވި ފަރުވާކުރަމުން ދަނިކޮށެވެ. ދެ ކިޑްނީ ފެއިލްވެފައިވާކަން ޔަޤީންވެގެން ގޮސްފައި ވަނީ މި އަހަރުގެ ޖަނަވަރީ މަސްތެރޭ ހެދި ޓެސްޓްތަކުންނެވެ. އެ ބަލީގެ ސަބަބުން ދެ ކިޑްނީ ފެއިލްވެ ޝިޔާމް މިހާރު އަންނަނީ ހަފްތާއަކު ތިންފަހަރު ޑައިލިސިސް ހަދަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައު ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ބޭނުންވާ ކިޑ...

އިބްރާހިމް ޚަލީލް
ބިލެތްފަހި ބޭރު ތޮށިލާން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ބޭރު ތޮށިލާން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލާން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެރަށް ގެންގޮސްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ޕްރޮޖެކްޓް ސައިޓަށް މި ޝިޕްމެންޓް ގެންގޮސްފައިވަނީ އަންގާރަ ދުވަހުއެވެ. މި މަޝްރޫގެ ދަށުން 24،125 ކިއުބިކް މީޓަރރު ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މީގެއިތުރުން  98 މީޓަރުގެ ސަރަޙައްދެއްގައި އެއ...

އަޙްމަދު ވަހީދު
އިހަވަންދޫ ސްކޫލްގައި ހުރި ބެލެނިވެރިންގެ ހިޔާ ނަގަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލްގައި ހުރި ބެލެނިވެރިންގެ ހިޔާ ނަގަނީ

ހއ. އިހަވަންދޫ ސްކޫލުގެ އެދުމުގެ މަތިން އެ ސްކޫލުގައި ހުރި ބެލެނިވެރިންގެ ހިޔާ ނެގުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. އެ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އިހަވަންދޫ ސްކޫލުގެ ހުޅަނގުފަރާތުގައި ހަދާފައިވާ ބެލެނިވެރިންގެ ހިޔާ ނެގުމަށް ނިންމީ، ތައްޔާރުކުރެވިފައިވާ ގޮތުން އެބިނާގެ ފުރާޅުން ސްކޫލްގެ ހުޅަނގުފަރާތައް ވިއްސާރަ ދުވަސްވަރު ފެންއެޅި ހަޑިވަމުން ދާތީ ކަމަށެވެ. މީގެއިތުރުން އެ ހިޔާ ހެދުމަށް ޖަހާފައިވާ ތަނބުތަކުން ސްކޫލްގެ ނަންޖެހުމަށް ޙާއްސަ ކުރެވިފައިވާ ތަނުގެ ދޭހައ...

އަޙްމަދު އަރުޝަމް
ކޮމެންޓްކޮށް އެންމެ ގިނަ ރިއެކްޝަން ހޯދައިގެން، ކެލާ ބަލާލަން ދިއުމުގެ ފުރުޞަތު! 📍 ހއ. ކެލާ

ކޮމެންޓްކޮށް އެންމެ ގިނަ ރިއެކްޝަން ހޯދައިގެން، ކެލާ ބަލާލަން ދިއުމުގެ ފުރުޞަތު!

ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 2 މީހަކަށް 2 ދުވަހުގެ އޯލް އިންކްލޫސިވް ޕެކޭޖެއް ދިނުމަށް ހއ. ކެލާ ކައުންސިލުން ނިންމައިފި އެވެ. ކެލާ ކައުންސިލުން އާންމުކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ކެލާގެ ހިތްގައިމު މޫދާއި ގޮނޑުދޮށްތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، ކެލާގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ޕޯސްޓަށް ކޮމެންޓު ކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި ކުރާ ކޮމެންޓުތަކުގެ ތެރެއިން ކެލާގައި 2 ރޭ މަޑުކުރުމުގެ ފުރ...

އަޙްމަދު އަރުޝަމް
ޕީސީއާރު ނުހަދައި މިހާރު ތިލަދުންމަތީގެ 9 ރަށަކަށް ދަތުރުކުރެވޭ

ޕީސީއާރު ނުހަދައި މިހާރު ތިލަދުންމަތީގެ 9 ރަށަކަށް ދަތުރުކުރެވޭ

ކޯވިޑް-19ށް ޓެސްޓު ނުކޮށް ދެވޭ ރަށްތަށް އެޗްޕީއޭއިން އާންމުކުރި އިރު އޭގެ ތެރޭގައި ޕީސީއާރު ޓެސްޓާއިނުލާ ދަތުރުކުރެވޭ ތިލަދުންމަތީގެ ރަށްތަކުގެ އަދަދު 9 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)ގެ އިން ކަނޑައަޅާފައިވާ މިނގަނޑަށް ވެކްސިން ފުރިހަމަކުރި 88 ރަށަކަށް ޕީސީއާރް ނެގެޓިވް ނަތީޖާއަކާއި ނުލައި ދަތުރުކުރުމުގެ ހުއްދަ ދީފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)ގެ އިން ކަނޑައަޅާފައިވާ މިނގަނޑަށް ވެކްސިން ފުރިހަމަކުރި ރަށްތައް ކުރިން ވެސް އާންމުކޮށްފައިވާއިރު އެ އެންމ...

އަޒްފާ ރަޝީދު
ކައުންސިލްތަކަށް ބިލްކުރާ އަގު، ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދިނުމަށް ހއ. އަތޮޅުން އެދެނީ

ކައުންސިލްތަކަށް ބިލްކުރާ އަގު، ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދިނުމަށް ހއ. އަތޮޅުން އެދެނީ

ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުންނާއި ތަކެތިން ގަވަރމެންޓް ރޭޓުން ބިލްކުރާކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަށް ހުށަހަޅަން ހއ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ. މި ގޮތަށް އެދުމަށް ނިންމާފައިވަނީ ހއ. އަތޮޅު ކައުންސިލް މެންބަރު، މުރައިދޫ ކައުންސިލްގެ ރަޢީސް ޢަލީ ޝިނާން ހުށަހަޅުއްވާފައިވާ “ޤާނޫން ނަންބަރު: 4/96 އާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ އާ ގުޅޭގޮތުން ކައުންސިލްގައި މަޝ...

އަޙްމަދު އަރުޝަމް
މަތި އުތުރު ރީޖަންގެ ކޮމާންޑަރަކަށް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް

މަތި އުތުރު ރީޖަންގެ ކޮމާންޑަރަކަށް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް

ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމުގެ ގޮރުން، ރާއްޖޭގެ ހުރިހާ ރީޖަން ތަކަކަށް ކޮމާންޑަރުން އައްޔަން ކުރައްވައިފި އެވެ. އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ރީޖަނަލް ކޮމާންޑަރުން އައްޔަން ކުރައްވާ އެބޭފުޅުންނަށް މަޤާާމުގެ ލިއުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރުގެ އިތުރުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކ...

އަޙްމަދު އަރުޝަމް
ކޭއާރުއެޗްގައި ކާމިޔާބުކަމާއެކު ސްޕީޗް ތެރަޕީގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗްގައި ކާމިޔާބުކަމާއެކު ސްޕީޗް ތެރަޕީގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

ކުޅުދުއްފުށި ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ކާމިޔާބުކަމާއެކު ސްޕީޗް ތެރަޕީގެ ގްރޫޕް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ކޭއާރުއެޗްއިން މަޢުލޫމާތުދެއްވި ގޮތުގައި މިދިޔަ ހަފްތާގައި އެ ހޮސްޕިޓަލްގައި ވަނީ ސްޕީޗް ތެރަޕީއާއި އިންޓަރ އެކްޓިވް ލާރނިންގް ތެރަޕީ ގްރޫޕް ސެޝަންސްތަކެއް ކުރިއަށްގެންގޮސްފައެވެ. ކޭއާރުއެޗްއިން ކުރިއަށްގެންދިއަ މިސެޝަންތަކުގައި އެ ގޮސްޕިޓަލުން ސްޕީޗް ތެރަޕީ އަދި އުނގެނުމުގައި ދަތިތައް ހުންނަ ކުދިންނަށް ފަރުވާދިނުމަށް ބޭނުންވާނެ ފަދަ އެކި ކަހަލަ ހަރަކާތްތައް ކުދިންނާއި އެކު ކުރި...

އަޒްފާ ރަޝީދު
ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް ހުޅުވާލައިފި، 1 ވަނަ އަށް -/5000 ރުފިޔާ

ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް ހުޅުވާލައިފި، 1 ވަނަ އަށް -/5000 ރުފިޔާ

ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް އާންމުންނަށް ހުޅުވާލައިފި އެވެ. އަދި ފަރުމާކުރާ ސިއްކަ ތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ ފަރާތަކަށް -/5000 ރުފިޔާ ދޭން އެކައުންސިލުނެ ވަނީ ނިންމާފައެވެ. މިފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ހއ. އަތޮޅު ކައުންސިލުން ނެރުއްވި އިއުލާނެއްގައެވެ. މި އިއުލާނުގައި ވަނީ ސިއްކަ ފަރުމާކުރުމުގައި ހުންނަންވާނެ ޝަރުތުތައްވެސް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން، ސިއްކަ ހުންނަން ވާނީ އެ އިދާރާގެ ތީމު ކުލަކަމަށްވާ ‘ފެހި’ ކުލައިގަ ކަމަށާއި އެ ސިއްކައިން ހއ. އަތޮޅަށް […]

އަޙްމަދު އަރުޝަމް