ކޯވިޑް-19ށް ޓެސްޓު ނުކޮށް ދެވޭ ރަށްތަށް އެޗްޕީއޭއިން އާންމުކުރި އިރު އޭގެ ތެރޭގައި ޕީސީއާރު ޓެސްޓާއިނުލާ ދަތުރުކުރެވޭ ތިލަދުންމަތީގެ ރަށްތަކުގެ އަދަދު 9 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)ގެ އިން ކަނޑައަޅާފައިވާ މިނގަނޑަށް ވެކްސިން ފުރިހަމަކުރި 88 ރަށަކަށް ޕީސީއާރް ނެގެޓިވް ނަތީޖާއަކާއި ނުލައި ދަތުރުކުރުމުގެ ހުއްދަ ދީފިއެވެ.

Ad
rt

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)ގެ އިން ކަނޑައަޅާފައިވާ މިނގަނޑަށް ވެކްސިން ފުރިހަމަކުރި ރަށްތައް ކުރިން ވެސް އާންމުކޮށްފައިވާއިރު އެ އެންމެ ފަހުން އާންމު ކުރި ލިސްޓްގައި ހިމެނިފައިވާ ތިލަދުންމަތީގެ ރަށްތަކަކީ،

  • ހއ. އަތޮޅުން އުލިގަމް، އުތީމު، ކެލާ އަދި މުރައިދޫ
  • ހދ. އަތޮޅުން ނެއްލައިދޫ، ކުމުންދޫ، ނޮޅިވަރަންފަރ،ު ފިނޭ އަދި ނައިވާދޫ

އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިނގަނޑަށް ވެކްސިން ފުރިހަމަކުރި ރަށްތަކުގެ އަދަދު މިހާރު ވަނީ 88 އަރާފައެވެ. އެރަށްތަކަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާއި ނުލައި ދަތުރުކުރުމުގެ ވަނީ ހުއްދަ ދީފައެވެ.

ޕީސީއާރާއި ނުލައި ދަތުރުކުރެވޭ އިތުރު ރަށްތައް:

  • ނ އަތޮޅުން މަނަދޫ، ވެލިދޫ، މަގޫދޫ އަދި މާޅެންދޫ،
  • ރ. އަތޮޅުން މަޑުއްވަރި، އިންނަމާދޫ، އިނގުރައިދޫ، އަނގޮޅިތީމު، ރަސްމާދޫ، ރަސްގެތީމު، މީދޫ، އަލިފުށި،
  • ބ. އަތޮޅުން ފެހެންދޫ، ފުޅަދޫ، ކެންދޫ، ގޮއިދޫ، ދޮންފަނު، ކިހާދޫ، ހިތާދޫ، ތުޅާދޫ، ދަރަވަންދޫ، ކުޑަރިކިލު، އޭދަފުށި، މާޅޮސް، ކަމަދޫ،
  • ޅ. އަތޮޅުން ނައިފަރު، އޮޅުވެލިފުށި، ކުރެންދޫ، ހިންނަވަރު
  • ކ. އަތޮޅުން މާފުށި، ހިންމަފުށި، ގުޅި، ދިއްފުށި، ގުރައިދޫ، ގާފަރު، ހުރާ
  • އއ. އަތޮޅުން ތޮއްޑޫ، ރަސްދޫ، ފެރިދޫ، އުކުޅަސް، މަތިވެރި،
  • އދ. އަތޮޅުން ދިގުރަށް އަދި ދަނގެތި
  • ވ. އަތޮޅުން ފެލިދޫ، ފުލިދޫ، ކެޔޮދޫ، ތިނަދޫ، ރަކީދޫ
  • މ. އަތޮޅުން ކޮޅުފުށި، ނާލާފުށި، މުލައް، ދިއްގަރު
  • ފ. އަތޮޅުން މަގޫދޫ، ދަރަނބޫދޫ، ފީއަލި،
  • ދ. އަތޮޅުން ބަނޑިދޫ، ރިނބިދޫ، ހުޅުދެލި، މީދޫ، މާއެނބޫދޫ، ކުޑަހުވަދޫ
  • ތ. އަތޮޅުން ތިމަރަފުށި، ގުރައިދޫ، ކިނބިދޫ
  • ލ. އަތޮޅުން ހިތަދޫ، މުންޑޫ، އިސްދޫ ކަޅައިދޫ، މާމެންދޫ
  • ގއ. އަތޮޅުން ދެއްވަދޫ، ނިލަންދޫ، މާމެންދޫ
  • ގދ. ރަތަފަންދޫ
  • ޏ. ފުވައްމުލަށް

ކޯވިޑް-19އާއި ފެތުރުން މަޑުޖެހިފައި ވުމާއެކު އެޗްޕީއޭއިން ވަނީ ދަތުރުފަތުރު ކުރުމުގައި ވެސް ބޮޑެތި ލުއިތަކެއް ދީފައެވެ. މިގޮތުން ރަށަށް ދިއުމަށް ޕީސީއާރް ޓެސްޓް ހަދައި 72 ގަޑިއިރުނުވާ ޓެސްޓްގެ ނަތީޖާއަކާއި އެކު 14 ދުވަހުގެ ކަރަންޓީން ޕީރިއަޑެއް ދަތުރުވެރިންނަށް ވަނީ ދީފައެވެ.

މީގެއިތުރުން އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރަށްރަށަށް ޕީސީއާރު ނެގެޓިވް ނަތީޖާއާނުލައި ދަތުރުކުރުމުގެ ވަނީ ހުއްދަދީފައެވެ. މީގެ ތެރޭގައި 12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 އިންސައްތަ ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސްގެ ވިޔަފާރިކުރާ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަތުރުވެރިންނަށް ޙިދުމަތްދޭ ފަރާތްތަކުގެ 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަވެފައިވާނަމަ އެރަށަކަށް ޕީސީއާރް ޓެސްޓް ނުހަދައި އެރުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.

ރާއްޖޭގައި މިހާތަނަށް 391،738 މީހަކު ކޯވިޑް ވެކްސިން ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 335،926 މީހުންނެވެ.