ރާއްޖޭގެ 15-65 އަހަރާ ދެމެދުގެ %4.7 މީހުން ހިތުގެ ބައްޔާއި ސްޓްރޯކް ތަޙައްމަލު ކުރޭ: ރިޕޯޓް
ދިވެހިރާއްޖޭގެ 15 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ %4.7 މީހުންނަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައިގެން އެޗްޕީއޭ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި މަރުވާ މީހުންގެ %84 އަކީ ގައިންގަޔަށް ނާރާ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ކަމަށެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ […]