ބަލި މީހުން އެއްރަށުން އަނެއްރަށަށް އުފުލުމުގައި އަމަލުކުރަންވީގޮތުގެ އުސޫލު އާންމުކޮށްފި
ކޯވިޑް-19 ޕެންޑަމިކްގައި ޞިއްޙީ ކުއްލި ޙާލަތުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލިމީހުން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ. އެ އުސޫލުގައި ކަނޑު އުޅަނދުތަކާއި ސީޕްލޭން އަދި މަތިންދާ ބޯޓުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންދާންދާއިރު އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައިވެއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ސީޕްލޭގައި ބަލިމީހުން ގެންދާނެ ގޮތާ ގުޅޭގޮތުން ބުނެފައިވަނީ ބަލިމީހާ ދަތު...