މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހައްގު މިންވަރު ދިނުމަށް ފިނޭ ކައުންސިލުން ގޮވާލައިފި 📍 ހދ. ފިނޭ

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހައްގު މިންވަރު ދިނުމަށް ފިނޭ ކައުންސިލުން ގޮވާލައިފި

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޙައްޤު މިންވަރު ހަމަޖައްސަވައިދެއްވުމަށް ހދ. ފިނޭ ކައުންސިލުން ގޮވާލައިފިއެވެ. ފިނޭ ކައުންސިލްގެ 4 މެންބަރަކު ސޮއިކޮށް މިއަދު ނެރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2011 ވަނަ އަހަރު އެ ކައުންސިލް އުފެދުނުއިރު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، އެ ކައުންސިލުގައި މަސައްކަތްކުރަން ތިބީ ސިވިލް ސަރވިސްގެ އެންމެ 5 މުވައްޒަފުން ކަމަށެވެ. 2011 ގައި ސިވިލް ސަރވިސް ކޮމިޝަނުން ފާސްކ...

އަލީ އާދިލް
އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިންމާލައިފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އއެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 284 މީޓަރުގެ […]

އަޙްމަދު ވަހީދު
ފުރަތަމަ ހައިސްޕީޑް ފެރީ ޓްސްޓުކޮށްފި

ފުރަތަމަ ހައިސްޕީޑް ފެރީ ޓްސްޓުކޮށްފި

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ދަށުން ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑް ފެރީ ޓެސްޓު ކޮށްފިއެވެ. ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑު ފެރީ މޫދަށް ބެލީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އެދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އިންޖީނު ކޮމިޝަންކޮށް ޓެސްޓްކޮށްފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ދަތުރު ކުރުމަށް ބޭނުންކުރާ ފެރީތަކަކީ 30 ނޮޓުގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ފެރީތައް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާ ގުޅިގެން މިހާރު ދަނީ […]

އަޙްމަދު ވަހީދު
ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ނެއްލައިދޫ ފެރީ ސްޓޮޕުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު ކުރަނީ ފެރީ ސްޓޮޕްގެ ކޮލަމް އަދި މޭޝަނަރީ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުންޏެވެ. މި ފެރީ ސްޓޮޕަކީ އިންޓަރގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަދާ ސްޓޮޕެކެވެ. “އިންޓަގްރޭޓެޑް ނޭޝަނަލް […]

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް އިން އެ ރަށު ސްކޫލުގައި “ރީޑިން” ޕާކެއް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް އިން އެ ރަށު ސްކޫލުގައި “ރީޑިން” ޕާކެއް

ހދ. ނޮޅިވަރަންފަރު ސްކޫލުގައި ދަރިވަރުން ފޮތް ކިޔަން ތިބެން ހާއްސަ ރީޑިން ޕާކެއް ހަދައިފިއެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގެ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައެވެ. މިއީ އެ ރަށުގެ ސްކޫލް ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެެރިކަން އުފައްދައި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމަށް ހިންގި ޕްރޮޖެކްޓެއް ކަމަށް ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބުންޏެވެ. މި ޕާކުގައި ބަހައްޓާފައިވާ ފޮތް ހަރުގަނ...

އަޙްމަދު ވަހީދު
އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ

ހއ.އިހަވަންދޫ ކައުންސިލާއި ކުލަބް ޕޯލްސްޓާގެ އިތުރުން ޕްރައިމް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ދަނޑުވަރެކަމަށް ތައްޔާރުވާނެ ގޮތާއި، ދަނޑުވެރިކަމަށް ބޭނުންވާ...

އިބްރާހިމް ޚަލީލް
ފިއްލަދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް

ހއ. ފިއްލަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި މި ކޯސް އެރަށުގައި ހިންގަން ނިންމީ އެރަށުގެ އަންހެން ކަނބަލުންނަށް ގޭގައި ތިއްބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުންނެވެ. މި ކޯހުގައި އެކި އެކި ޑިޒައިންތަކަށް ހެދުމުގެ މޭމަތި އަދި ފަސްބައި ތައްޔާރު ކުރާނެގޮތާއި ބުރުގާއާއި...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ކޯޗިން ކޯސް ނިންމާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ކޯޗިން ކޯސް ނިންމާލައިފި

ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ” އެފްއޭއެމް “ޑީ” ސެޓިފިކެޓް ފުޓްބޯޅަ ކޯޗިން ކޯސް” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ކޯހަކީ ނޮޅިވަރަންފަރު ކައުންސިލާއި، ނޭޝަނަލް އިންސްޓިޓިއުޝަން އޮފް ސްޕޯޓްސް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯސް ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 22 އިން 30 އަށެވެ. ކޯސް ކުރިއަށް ގެންގޮސްދެއްވާފައި ވަނީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗް […]

ޙުސައިން ޝަހުދީ
ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ އާލާކުރުމުގެ ހަރަކާތެއް 📍 ހއ. ވަށަފަރު

ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ އާލާކުރުމުގެ ހަރަކާތެއް

ހއ. ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ، އާލާ ކުރުމުގެ ހަރަކާތަކާއި، އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަށަފަރު ކައުންސިލުން ވިދާޅުވާ ގޮތުގައި މިހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން އެ ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އިންތިޒާމް ކުރި ހަރަކާތެކެވެ. އިއްޔެ ވަށަފަރުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރަށުގެ ގެސްޓް ހައުސްހިންގާ ފަރާތްތަކާއި، ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ އިތުރުން ސްކޫލް ދަރިވަރުން ވެސް ވަނީ ބައިވެރިވެ އެއްބާރު...

ޙުސައިން ޝަހުދީ
ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި

ހދ. ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި އެވެ. ނައިވާދޫގައި ދިރިއުޅޭ ސްކޫލް ކުދިންްނަށް ހާއްސަކޮށް ފަށާފައިވާ މި އެކަޑަމީ އަލަށް އިފްތިތާހުކުރުމާއި އެކު އެކަޑަމީގައި ބައިވެރިވި ހުރިހާ ކުދިންނަށް ވަނީ ފުޓްބޯޅަކުޅޭ ޖާޒީ އާއި، ބޫޓު އަދި އިސްޓާކީނު ހަދިޔާކޮށްފައެވެ. ނައިވާދޫގެ ޒުވާނުންތަކެއް އިސްނަގައިގެން އުފެއްދި ޓްރެއިނާސް ކްލަބް ރަޖިސްޓްރީކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެކުލަބުގެ މި އެކަޑަމީގައި 6 ކޯޗުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކޯޗުކަން ކޮށްދިނުމަށް...

އަލީ އާދިލް
ކުޅުދުއްފުށީގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް

ކުޅުދުއްފުށި ސިޓީގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެމްއެންޑީއެފްގެ ނޮދަރން އޭރިއާގެ ފަޔަރ އެންޑް ރެސްކިއު ޓިމުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެމްއެންޑީއެފްއިން ވިދާޅުވެފައިވާ ގޮތުގައި ކުޅުދުއްފުށީ ސިޓީގެ 13 މުއައްސަސާއެއްގެ 227 ފަރާތެއް މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ތަމްރީން ހޯދާފައި ވެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމުގައި ބައިވެރިވި 13 މުއައްސަސާއަށް ފަޔަރ އެންޑް ރެސްކިއުގެ އޮފިސަރުން ޒިޔާރަތްކުރައްވާ އެތަންތަނުގެ ފަޔަރ އިންސްޕެކްޝަނެއްވެސް ކުރިއަށްގެންދެވިފައިވާކަ...

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީ އެއާޕޯޓަށް ހަފުތާގެ ކޮންމެ ދުވަހަކު ފްލައިޓް ބާއްވައިދިނުމަށް އެދިއްޖެ

ކުޅުދުއްފުށީ އެއާޕޯޓަށް ހަފުތާގެ ކޮންމެ ދުވަހަކު ފްލައިޓް ބާއްވައިދިނުމަށް އެދިއްޖެ

ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ހަފުތާގެ ހުރިހާ ދުވަހެއްގައި ފްލައިޓް ބާއްވައިދިނުމަށް އެދިއްޖެއެވެ. މިގޮތަށް އެދިފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް، ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއިއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމަށްފަހު މެންބަރު ޔާސިރު ވިދާޅުވީ، އެމްޑީ މިހާދުއާއި ބައްދަލުކޮށް ކުޅުދުއްފުށި ސިޓީއާއި، އަވައްޓެރި ގިނަ ރަށްރަށުގެ ރައްޔިތުން ދަތުރު...

ޙުސައިން ޝަހުދީ
ކިޑްނީ ފެއިލްވެފައިވާ 9 އަހަރުގެ އަޒާން އަށް އެހީހޯދުމަށް، ނޭކުރެންދޫގައި މަސައްކަތު ދެވަހެއް ބާއްވަނީ 📍 ހދ. ނޭކުރެންދޫ

ކިޑްނީ ފެއިލްވެފައިވާ 9 އަހަރުގެ އަޒާން އަށް އެހީހޯދުމަށް، ނޭކުރެންދޫގައި މަސައްކަތު ދެވަހެއް ބާއްވަނީ

ކިޑްނީ ފެއިލްވެފައިވާ އުމުރުން 9 އަހަރުގެ އަޒާން މުޙައްމަދު ވަހީދު އަށް އެހީތެރިވުމުގެ ގޮތުން ހދ. ނޭކުރަންދޫގައި 2 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހު މަސައްކަތު ދުވަހެއް ބާއްވަން ނިންމައިފި އެވެ. މި ހަރަކާތަކީ ނޭކުރަންދޫ ކައުންސިލާ އެރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަދި ކްލަބު ޖަމިއްޔާތައް ގުޅިގެން އިންތިޒާމް ކޮށް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. ނޭކުރަންދޫ ފަރިވިލާގެ، މުޙައްމަދު ވަހީދު އަދި ހދ. ކުރިނބީ ޖަވާހިރުމާގެ، ފަޒުނާ އަބްދުއްރަޙްމާނަށްް ލިބިފައިވާ […]

އަޙްމަދު އަރުޝަމް
"އެންމެން އެކުގައި އާ މާރަންދޫއަކަށް" މި ނަމުގައި ހާއްސަ ޕްރޮގްރާމެއް 📍 ހއ. މާރަންދޫ

"އެންމެން އެކުގައި އާ މާރަންދޫއަކަށް" މި ނަމުގައި ހާއްސަ ޕްރޮގްރާމެއް

ހއ. މާރަންދޫ ކައުންސިލާއި، މާރަންދޫ ސްކޫލް ގުޅިގެން “އެންމެން އެކުގައި އާ މާރަންދޫއަކަށް” ނަމުގައި ހޭލުންތެރިކުރުވުމާއި، ހުނަރުވެރިކުރުވުން އަދި މަޢުލޫމާތު ތާޒާކޮށް ދިނުމުގެ ޕްރޮގްރާމް މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި ޕްރޮގްރާމަކީ ހޭލުންތެރިކަން އިތުރުކޮށް، ހުނަރު ލިއްބައިދީ އަދި މައުލޫމާތު ތާޒާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ މިރެއިން ފެށިގެން މިފެށޭ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މާރަންދޫ ސްކޫލްގައެވެ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން “ތި...

ޙުސައިން ޝަހުދީ
ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް 📍 ހއ. ފިއްލަދޫ

ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި އެ ނިންމުން މުރާޖައާކޮށް ދެއްވުން އެދި އިލްތިމާސްކޮށް ހއ. އަތޮޅު ކައުންސިލްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފޮނުވައިފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ޤާނޫނީގޮތުން ހިމެނިފައިވާ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމާ ގުޅިގެން އެރަށު ރައްތިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުން...

ޙުސައިން ޝަހުދީ