މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާން 📍 ހދ. ނޮޅިވަރަމް

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާން

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ނޮޅިވަރަމް ދާއިރާގެ ރައީސްކަން އަލީ އަބްދުލްރަހްމާން (ނާސާ އައްޔަ) ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާންގެ އިތުރުން 5 ކެންޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ އަޙުމަދު އާތިފް، އަލީ ސަލީމް، އަޙްމަދު ނާޠިމް އަދި އަލީ އާރިފް އަހުލާމް ރުޝްދީ އެވެ. 88 ދޯދި / ށ.ކަނޑިތީމު އަޙުމަދު […]

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބާރަށު ދާއިރާގެ ރައީސްކަމަށް ނައުޝާދު 📍 ހއ. ބާރަށް

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބާރަށު ދާއިރާގެ ރައީސްކަމަށް ނައުޝާދު

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ބާރަށު ދާއިރާގެ ރައީސްކަން ނަޢުޝާދު އިބްރާހިމް ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ބާރަށު ދާއިރާގެ ރައީސްކަމަށް ނަޢުޝާދު އިބްރާހިމްގެ އިތުރުން 3 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޝިހާމް އަބްދުލްއަޒީޒް އާދަމް އާއި މުހައްމަދު އަބްދުލް ސަލާމް އަދި ދާޢޫދު އިބްރާހިމް އެވެ. ނަޢުޝާދު އިބްރާހިމް އަށް ލިބިފައިވަނީ 273 ވޯޓްއެވެ. ޝިހާމް […]

އަލީ އާދިލް
50 މޭލަށް ވައިގަދަވެ އުދައަރާނެކަމަށް ލަފާކޮށް، ތިލަދުންމަތިން ހައްދުންމައްޗަށް ޔެލޯ އެލާޓް

50 މޭލަށް ވައިގަދަވެ އުދައަރާނެކަމަށް ލަފާކޮށް، ތިލަދުންމަތިން ހައްދުންމައްޗަށް ޔެލޯ އެލާޓް

 50 މޭލަށް ވައިގަދަވެ އުދައަރާނެކަމަށް ލަފާކޮށް، ތިލަދުންމަތިން ހައްދުންމައްޗަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކުގެ އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެކަމަށާއި މެންދުރު ފަހުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ޔެލޯ އެލާޓް ނެރެފައިވަނީ 7:20 އިން 11:30 އާއި ދެމެދުގެ ވަގުތު ތަކަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަ...

އިބްރާހިމް އަސްވާޤް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން އިބްރާޙީމް ވަހީދު ކާމިޔާބު ކުރައްވައިފި

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން އިބްރާޙީމް ވަހީދު ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާޙީމް ވަހީދު ކާމިޔާބު ކުރައްވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާޙީމް ވަހީދު އިންތިޚާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން އިބްރާޙީމް ވަހީދު ކާމިޔާބު ކުރެއްވިއިރު، ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކާމިޔާބު ކުރަށްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ...

އަލީ އާދިލް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސަކަށް މޭޔަރު އާތިފް

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސަކަށް މޭޔަރު އާތިފް

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަމަށް މޭޔަރު އާތިފްއާއި ވާދަކުރެއްވީ ހުސައިން މުހައްމަދެވެ. އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކާމިޔާބު ކުރެއްވިއިރު މާލޭ ސިޓީގެ ރައީސްކަން ކާމިޔާބު ކުރެއްވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ. އެމްޑީޕ...

އަލީ އާދިލް
ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ މީހެއް ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެއްސެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 2:30 ގައެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 231 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން މީހަކު ނިޔާވެފައެވެ. އެއީ 46 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ […]

ޙުސައިން ޝަހުދީ
މިލަންދޫ ވެސް އާންމު ހާލަތަށް ގެނެސްފި 📍 ށ. މިލަންދޫ

މިލަންދޫ ވެސް އާންމު ހާލަތަށް ގެނެސްފި

ކޯވިޑް-19ގެ ސަބަބުން އަރާ ފޭބުން މަނާކޮށްފައި އޮތް ށ. މިލަންދޫ އާންމު ހާލަތަށް ގެނެސްފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް ވުރެ ދަށްވެފައިވާ ކަމަށާއި، އެއީ މުޅިންވެސް ކުރީގެ ކޭސްތަކާއި ގުޅުންހުރި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި ވަނީ ރަށުގައި ބަލި ފެތުރިފައިވާ […...

ޙުސައިން ޝަހުދީ
ފެރީ ނެޓްވޯކުގެ ފުރަތަމަ ލޯންޗު ފެރީ ބާލައިފި

ފެރީ ނެޓްވޯކުގެ ފުރަތަމަ ލޯންޗު ފެރީ ބާލައިފި

ރާއްޖޭގެ ރަށަތައް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން ފެށި ފެރީ ނެޓްވޯކުގެ ފުރަތަމަ ލޯންޗު ފެރީ ބާލައިފިއެވެ. މި ފެރީ ބަލައިފައިވަނީ މިއަދު އެމްޓީސީސީ ބޯޓުޔާޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ލޯންޗު ފެރީ މޫދަށް ބޭލުމުގެ ވީޑިއޯއެއް ހިއްސާ ކުރައްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވައުދުފުޅު ފުއްދެވުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕްލޭނިން މިނިސ...

އަޙްމަދު ވަހީދު
އޭސިއާ ފައުންޑޭޝަންގެ އެހީގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި 📍 ހދ. ހަނިމާދޫ

އޭސިއާ ފައުންޑޭޝަންގެ އެހީގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި

އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ. މިއީ އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ހިންގަމުން އަންނަ މަދަނީ ޖަމްޢިއްޔާތައް ބާރުވެރި ކުރުވައި އެ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ސަޕޯޓިން ރީޖަނަލް ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން އިން ދަ މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފި

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހދ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފިއެވެ. ނޮޅިވަރަމް މޮނިޓަރިން ހާލަތުން އާންމު ހާލަތަށް ގެނެސްފައި މިވަނީ އެރަށް އެ ހާލަތުގައި އޮންނަތާ 28 ދުވަސްފަހުންނެވެ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފައިވާކަން އެރަށަށް އަންގާފައިވާކަމަށް ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. މުސްތަފާ ވިދާޅުވިގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނެސް...

ޙުސައިން ޝަހުދީ
ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިރޭ މެންދަމު 03:30 އާ ހަމައަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް މެޓް […]

އަލީ އާދިލް
ގެއްލުން ދޭތީ މިލަންދޫ މާކޯ ރުއްދަނޑަކީ ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފި 📍 ށ. މިލަންދޫ

ގެއްލުން ދޭތީ މިލަންދޫ މާކޯ ރުއްދަނޑަކީ ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފި

ށ. މިލަންދޫ މާކޯ ރައްދަނޑު އޮންނަ ސަރަހައްދަކީ ވަކި ސަރަހައްދެއްގެ ގޮތުގައި މިލަންދޫ ކައުންސިލުން ކަނޑައަޅައިފިއެވެ. މިކަން މިގޮތަށް ނިންމީ އެ ރުއްދަނޑަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާތީ އެކަން ހައްލު ކުރުމަށްޓަކައި އެރަށު ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. އަދި އެ ނިންމުމުގައި ވާގޮތުން މާކޯ ރުއްދަނޑު ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ އިން ކަނޑައެޅުމަށް ފަހު ބިޑް އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް […]

އަޙްމަދު އަރުޝަމް
ފުނަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކައުންސިލުން 2 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކައުންސިލުން 2 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ށ. ފުނަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށު ކައުންސިލުން 2 މިިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފިއެވެ. މި ބަޖެޓް ފާސްކޮށްފައިވަނީ ފުނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ހުރި 4 ޖަނަރޭޓަރުގެ ތެރެއިން 1200 ވޯޓުގެ ޖަނަރޭޓަރު އަދި 800 ވޯޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން 24 ގަޑިއިރު މުޅިރަށަށް އެއްފަހާރާ ކަރަންޓު […]

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީ މަގު ބައްތިތަކަށް ދިމާވާ މައްސަލަތައް ކައުންސިލަށް ރިޕޯޓް ކުރުމަށް ޝަކުވާ ފޯމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަގު ބައްތިތަކަށް ދިމާވާ މައްސަލަތައް ކައުންސިލަށް ރިޕޯޓް ކުރުމަށް ޝަކުވާ ފޯމެއް

ކުޅުދުއްފުށީ ސިޓީގެ މަގުބައްތި ތަކަށް ދިމާވާ މައްސަލަތައް ކައުންސިލަށް ރިޕޯޓުކުރުން ފަސޭހަކުރުމުގެ ގޮތުން ޝަކުވާ ފޯމެއް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތައާރަފްކޮށްފިއެވެ. އެ ކައުންސިލުން މިއަދު ފޭސް ބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއްވެސް މަގުބައްތިއެއްގެ މައްސަލަ ފާހަގަކުރެވިއްޖެނަމަ، އެ ފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުށް އެދޭކަމަށެވެ. އަދި އެ މައްސަލައެއް ހިއްސާކުރުމުން، ވީއެންމެ އަވަހަކަށް އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ކައުންސިލުން ވިދާޅުވެފަވެއެ...

އަޙްމަދު އަރުޝަމް
ކެލާ ކައުންސިލުން ސީއައިޓީއެމް ގޮވައިގެން ކޯޓަށް 📍 ހއ. ކެލާ

ކެލާ ކައުންސިލުން ސީއައިޓީއެމް ގޮވައިގެން ކޯޓަށް

ހއ. ކެލާގައި ކޮމްޕިއުޓަރު ކޯހެއް ހިންގާފައިވާ، ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީ.އައި.ޓީ.އެމް) ގޮވައިގެން ކޯޓަށް ދާން ކެލާ ކައުންސިލުން ނިންމައިފި އެވެ. ކެލާ ކައުންސިލުން ވިދާޅުވި ގޮތުގައި މި ގޮތަށް މިކަން ކުރަން ނިންމެވީ އެރަށުގައި އެ ސެންޓަރުގެ ފަރާތުން ކޮމްޕިއުޓަރ ކޯސްތައް ހިންގުމަށް އެ ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީއެވެ. މީގެއިތުރުން އެ ކޯސްތައް ފުރިހަމަކޮށްފައި ނުވުމާއި އަދި ކޯހުގެ ސެޓްފިކ...

އަޙްމަދު އަރުޝަމް