މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށިން އާރޓްްސް އަދި ކަލްޗާރ ފެސްޓިވަލްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އާރޓްްސް އަދި ކަލްޗާރ ފެސްޓިވަލްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީން އާރޓްްސް އަދި ކަލްޗާރ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ. އާރޓްްސް އަދި ކަލްޗާރ ފެސްޓިވަލް އަކީ މިއަހަރުގެ ޤައުމީ ދުވަހާއި ގުޅުވައިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލް އެކެވެ. މި ފެސްޓިވަލް އިންތިޒާމް ކުރެއްވުމުގެ މަސައްކަތް ކުރަމުން ގެންދަވަނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިންނެވެ. އަދި ފެސްޓިވަލުގެ ހަރަކާތްތައް ބޭއްވުމަށް އެ ސެންޓަރުން ގަސްތުކޮށްފައިވަނީ މާލެ ސިޓީގައެ...

އަޙްމަދު އަރުޝަމް
ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް އެރަށު އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީން ވިދާޅުވެއްޖެ އެވެ. އެ ކޮމިޓީން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އެ ސަރަހައްދު ތަރަށްގީ ކޮށްދެން ޖެހޭނީ އެ ކޮމިޓީން ދެއްވާ މައުލޫމާތާއި އެއްގޮތަށް އެ ފަރާތެއްގެ އަމިއްލަ ތަކެތީގައި ކަމަށެވެ. މިފަދައިން އެ މަސައްކަތް ކޮށްދެން ޝައުގުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފު ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެ...

އަޙްމަދު އަރުޝަމް
މައިކްރޯސޮފްޓް 365އަށް ބަދަލުކުރި ފުރަތަމަ ކައުންސިލަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލް 📍 ހދ. ކުޅުދުއްފުށި

މައިކްރޯސޮފްޓް 365އަށް ބަދަލުކުރި ފުރަތަމަ ކައުންސިލަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލް

ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން ލޯކަލް ކައުންސިލްތައް މައިކްރޯސޮފްޓް 365އަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައި، ކުޅުދުއްފުށި ސިޓީ ކައުންސިލްގައި އެ ނިޒާމް ބޭނުންކުރަންފަށައިފިއެވެ. މިއީ މިނިސްޓްރީ އޮފް އެންވާރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ދާދި ފަހުން މައިކްރޯސޮފްޓްއާއި އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މައިކްރޯސޮފްޓް އޮފީސް 365އަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމަށް ކުރެވޭ މަސައްކަތެކ...

އަޒްފާ ރަޝީދު
ހަނިމާދޫ ފެރީ ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ފެރީ ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ފަށައިފި

ހދ. ހަނިމާދޫ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން ފޫޓިން މަސައްކަތްތައް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ނިންމާލައިފައި ވަނީ އިއްޔެއެވެ. މި ޓާމިނަލަކީ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ ޓާމިނަލެކެވެ. “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެ...

އަޙްމަދު ވަހީދު
މިލަންދޫގައި އަޅާފައިވާ ފިޔަވަޅުތައް ނަގަމުންދާ ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ދެމިއޮންނާނެ 📍 ށ. މިލަންދޫ

މިލަންދޫގައި އަޅާފައިވާ ފިޔަވަޅުތައް ނަގަމުންދާ ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ދެމިއޮންނާނެ

ކޯވިޑް-19ގެ ހާއްސަ ހާލަތާއި ގުޅިގެން ށ. މިލަންދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް، އެރަށުން ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ދެމިއޮންނާނެ ކަމަށް މިލަންދޫ ކައުންސިލުން ބުނެފިއެވެ. މިލަންދޫ ކައުންސިލުން ބުނީ ކޯވިޑްގެ ހާއްސަ ހާލަތާއި، ގުޅިގެން މިލަންދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް މިހާރު ނަގަމުން ގެންދާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބުމާހަމައަށް ދެމިގެންދާނެ ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ. ރެންޑަމް ސާމްޕަލްގެ ނަތީޖާ އަށްފަހު ރައްޔިތުން އަމަލު...

ޔުމްނާ ޢަލީ
އެލްޖީއޭގެ ސީއީއޯ އަފްޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކޮށްފި 📍 ހދ. ކުޅުދުއްފުށި

އެލްޖީއޭގެ ސީއީއޯ އަފްޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކޮށްފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަފްޝަން ލަތީފް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުން އޮތީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގައެވެ. އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ބައްދަލުވުމުގައި ކުޅ...

ޔުމްނާ ޢަލީ
ދައްޕަރުގެ މައްސަލާގައި މަޝްވަރާކޮށްފި 📍 ހއ. ފިއްލަދޫ

ދައްޕަރުގެ މައްސަލާގައި މަޝްވަރާކޮށްފި

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ފިއްލަދޫ ކައުންސިލާއި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފިއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަސަން މިއަދު “ތިލަދުން”އަށް ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ކުރިއަށް ދިޔަ މި މަޝްވަރާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލްއާއި، ޓޫރިޒަމް މިނި...

ޙުސައިން ޝަހުދީ
ށ. ފޭދޫ ކައުންސިލުން ރައްޔިތުންގެ ހާލު ބަލަން ދޮރުން ދޮރަށް 📍 ށ. ފޭދޫ

ށ. ފޭދޫ ކައުންސިލުން ރައްޔިތުންގެ ހާލު ބަލަން ދޮރުން ދޮރަށް

ށ. ފޭދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ހާލު ގާތުންބަލައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ފަށައިފިއެވެ. މި ގޮތުން މިއަދު ފެށި މި ހަރަކާތުގެ އެންމެ ބޮޑު މަގްސަދަކީ، ރައްޔިތުންގެ ހާލުބަލައި، އެ ރައްޔިތުންނަށް ދިމާވާ ދަތިތައް އޮޅުން ފިލުވުމާއި، އަދި ކައުންސިލް ހިންގުންކަމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުންކަމަށް ފޭދޫ ކައުންސިލުން ވިދާޅުވިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް “ތިލަދުން”އަށް ވިދާޅުވީ، މިއަދު ފޭދޫ ކައުންސިލުން ފެށި ހަރަކާތަކީ ނިމުނު...

ޙުސައިން ޝަހުދީ
މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި 📍 ހއ. ފިއްލަދޫ

މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން ދައްޕަރު ވަކިކޮށް، އެތަނުގައި ހިންގަން އުޅޭ މަޝްރޫޢާއި ގުޅިގެން ފިއްލަދޫގެ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކޮށް އަޑު އުފުލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކުރީ ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރައްވާ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު އެރަށަށް ވަޑައިގަތުމުންނެވެ. އިބްރޭ އެރަށަށް ވަޑައިގަތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ކުރެއްވި ޒިޔާރަތެއްގައެވެ. ފިއްލަ...

އަލީ އާދިލް
އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ނެއްލައިދޫ ބޯޅަދަނޑުގެ ވަށާފާރު ނަގައިދެނީ 📍 ހދ. ނެއްލައިދޫ

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ނެއްލައިދޫ ބޯޅަދަނޑުގެ ވަށާފާރު ނަގައިދެނީ

ހދ. ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމަށްޓަކައި މިހާރު ހުރި ބާވެ، ހަލާކުވެފައިވާ ވަށާފާރު ނެގުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެ ކުންފުނިން މި މަސައްކަތް ކޮށްދެނީ އަމިއްލަ ހަރަދުގައި، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. އެމްޓީސީސީ އިން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުންފުނިން އަންނަނީ ށ. ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކޮށް...

އަޙްމަދު ވަހީދު
މާރަންދޫ ސްކޫލްގައި 02 ކްލާސްރޫމް، ސައިންސްލެބް، ސްޓާފްރޫމްގެ އިތުރުން ހެލްތުރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. މާރަންދޫ

މާރަންދޫ ސްކޫލްގައި 02 ކްލާސްރޫމް، ސައިންސްލެބް، ސްޓާފްރޫމްގެ އިތުރުން ހެލްތުރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. މާރަންދޫ ސްކޫލްގައި 02 ކްލާސްރޫމާއި ސައިންސްލެބާއި ސްޓާފްރޫމްގެ އިތުރުން ހެލްތުރޫމްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު  16 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން  26 ސެޕްޓެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ރަޖިސްޓްރީ ވުމަށް  https://forms.moe.gov.mv/ މި ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް އެ މ...

އިބްރާހިމް ޚަލީލް
ކޯވިޑް ޖެހިގެން އިތުރު ފަރުވާއަށް މާލެ ފޮނުވި ނޮޅިވަރަމް މީހާ ނިޔާވެއްޖެ 📍 ހދ. ނޮޅިވަރަމް

ކޯވިޑް ޖެހިގެން އިތުރު ފަރުވާއަށް މާލެ ފޮނުވި ނޮޅިވަރަމް މީހާ ނިޔާވެއްޖެ

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ފޮނުވި މީހާ ނިޔާވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” އަށް ވިދާޅުވީ އެ މީހާ ނިޔާވިކަމުގެ މައުލޫމާތު ލިބިފައިވަނީ ދާދި ދެންމެ ކަމަށެވެ. ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މަރިޔަމް ހަބީބް ވެސް ވަނީ އެކަން މި ނޫހަށް ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމީހާ ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން […]

ޙުސައިން ޝަހުދީ
ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ .ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޢިމަރާތްކޮށް ތަރައްޤީ ކޮށްދޭނެފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 16 ސެޕްޓެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި ބާވަތުގެ މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 21 ސެޕްޓެމްބަރ 2021 ވާ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމުގައި އޮތް އެންބިއުލާންސް މަރާމާތު ކުރުމުން، ޕިކަޕުގައި ބަލިމީހުން އުފުލުން ނިމުމަކަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި އޮތް އެންބިއުލާންސް މަރާމާތު ކުރުމުން، ޕިކަޕުގައި ބަލިމީހުން އުފުލުން ނިމުމަކަށް

ހދ. ނޮޅިވަރަމުގެ އަމިއްލަ ޕިކަޕުގައި ބަލިމީހުން އުފުލުމާއި ސިއްހީ ޚިދުމަތްތެރިންގެ ބޭނުންތަކަށް އަމިއްލަ ސައިކަލު ބޭނުން ކުރަން ޖެހުމުގެ މައްސަލައަަށް ވަގުތީ ހައްލެއް ލިބިއްޖެ ކަމަށާއި އެހެންނަމަވެސް އެކަމަށް ދާއިމީ ހައްލެއް އަދިވެސް ނުލިބޭ ކަމަށް ނޮޅިވަރަމު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން (ސެންޓޭ) ވިދާޅުވެއްޖެ އެވެ. ސެންޓޭ ވިދާޅުވި ގޮތުގައި މި މައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވަނީ އެރަށުގައި އޮންނަ ބާވެ، ހަލާކުވެ ބަދަލަކަށް ބޭނުންވެފައިވާ އެމްބިއުލަންސް މަރާމާތުކުރުމުން ކަމަށ...

އަޙްމަދު އަރުޝަމް
ކަސްޓަމްސްގެ އުތުރު ސަރަހައްދީ ހެޑް އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކަސްޓަމްސްގެ އުތުރު ސަރަހައްދީ ހެޑް އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގެ އުތުރު ސަރަހައްދީ އޮފީސް ކުޅުދުއްފުށި ސިޓީގައި ރަސްމީކޮން ހުޅުވައިފި އެވެ. ކުޅުއުއްފުށި ސިޓީގައި މިއަދު ހަވީރު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ ދީދީ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ މާރިއާ ދީދީ ގެ އިތުރުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި އެސިޓީގެ މުވައްސަސާތަކުގެ އި...

އަޙްމަދު އަރުޝަމް