މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހދ. އަތޮޅު ތަރައްޤީގެ މަހާސިންތާ، އަންނަމަހު ފަށަނީ

ހދ. އަތޮޅު ތަރައްޤީގެ މަހާސިންތާ، އަންނަމަހު ފަށަނީ

ހދ. އަތޮޅުގައި ތަރައްގީގެ މަހާސިންތާއެއް ފަށަން އެ އަތޮޅު ކަައުންސިލުން ނިންމަވާފި އެވެ. މި މަހާސިންތާ އަކީ ހދ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ގާތުން ފޯރުކޮށްދިނުމާއި މާލީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުމުގައި ހުރި ގޮންޖެހުންތަކާއި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަހި ގޮތްތަކެއް ހޯދުމަށް ކުރިއަށް ގެންދެވޭ މަހާސިންތާއެކެވެ. މި މަހާސިންތާ އަކީ އެ އަތޮޅުގެ ވިޔާފާރިވެރިންނާއި ޖަމިއްޔާތަކުގެ އިސްފަރާތްތަކާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ މަހާސިންތާއެކެ...

އަޙްމަދު އަރުޝަމް
އުލިގަމު ކަސްޓަމްސް އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

އުލިގަމު ކަސްޓަމްސް އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

ހއ. އުލިގަމުގައި އަލަށް އިމާރާތްކުރި ކަސްޓަމްސްގެ އޮފީސް އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ރާއްޖޭގެ އެންމެ އުތުރު ބިތުގައި އޮންނަ އުލިގަމަކީ ރާއްޖެއިން ބޭރުން އަންނަ ޔޮޓު ފަހަރުގެ ވަރަށް މަގުބޫލު މަންޒިލެކެވެ. އެހެންކަމުން އުލިގަމުގައި ކަސްޓަމްސްގެ ޚިދުމަތް ގާއިމު ކޮށްފަ ހުންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ހއ. އުލިގަމުގައި އަލަށް އިމާރާތްކުރި ކަސްޓަމްސް އޮފީސް ހުޅުއްވައި ދެއްވީ މިއަދު އެރަށުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ...

ޔުމްނާ ޢަލީ
ހަނިމާދޫ ބަނދަރުގެ ގްރޮއިން ޖަހަން ބޮޑުހިލަ ގެންގޮސްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބަނދަރުގެ ގްރޮއިން ޖަހަން ބޮޑުހިލަ ގެންގޮސްފި

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމަށް ބޭނުންވާ ބޮޑުހިލަ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި ބޮޑުހިލަ ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 355 މީޓަރުގެ ބޭރުތޮއްޓަކާއި 50 މީޓަރުގެ ސަރަހައްދެއް...

އަޙްމަދު ވަހީދު
އެޗްއާރްސީއެމުން ހއ. އަމާންވެއްޓަށް 📍 ހއ. ދިއްދޫ

އެޗްއާރްސީއެމުން ހއ. އަމާންވެއްޓަށް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދިއްދޫގައި ހުންނަ ހއ. އަމާންވެށި (ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ)އަށް ޒިޔާރަތްކޮށްދިފިއެވެ. އެ ކޮމިޝަނުން ބުނީ އެއީ މޮނިޓަރިންގެ ޒިޔާރާތެއް ކަމަށާއި، އެ ޒިޔާރާތްކުރީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެޗްއާރްސީއެމް އިން ބުނުގޮތުގައި މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ހއ. އަމާންވެށީގައި ތިބި ކުދިންނާ މެދު ޢަމަލު ކުރެވޭގޮތާއި، ތަނުގެ ޢާންމު ޙާލަތާއި، މި ސެންޓަރުގައި ތިބޭ ކުދިންނާމެދު އެއްވެސް އަނިޔާވެރި ލާއިންސާނީ […]

ޝިއުނާ އާދަމް
މަކުނުދޫ މިސްކިތެއްގެ މައިކުގެ ކޭބަލް ބުރިކޮށްލާ ގެއްލުންދީފި 📍 ހދ. މަކުނުދޫ

މަކުނުދޫ މިސްކިތެއްގެ މައިކުގެ ކޭބަލް ބުރިކޮށްލާ ގެއްލުންދީފި

ހދ. މަކުނުދޫ މިސްކިތެއްގެ މައިކުގެ ކޭބަލް ބުރިކޮށްލާ ގެއްލުން ދީފިއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް “ތިލަދުން”އަށް ވިދާޅުވީ، އެރަށު ނޫރު މިސްކިތުގައި ބަންގި ގޮވައި، ނަމާދު ކުރުމަށް އިމާމު ބޭނުންކުރާ މައިކުގެ ކޭބަލް މީހަކު ބުރިކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަން އިނގުނީ ބުދަ ދުވަހުގެ ފަތިސް ނަމާދު ބަންގި ގޮވަން މުދިމް މިސްކިތަށް ދިޔުމުން ކަމަށް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑުމެން އެކަން ވާނީ ފުލުހުންނަށް ރިޕޯޓް ކޮށްފައި” އައުޒަމް ވިދާޅުވިއެވެ. އެރަށުގެ ނޫރު […...

އަލީ އާދިލް
ތިލަދުންމަތިން ފެނުނީ ހަގީގީ ދިވެހި ރާއްޖެ: އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ

ތިލަދުންމަތިން ފެނުނީ ހަގީގީ ދިވެހި ރާއްޖެ: އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ މިދިޔަ ހަފްތާގައި ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ފެނިގެން ދިޔައީ ހަގީގީ ދިވެހި ރާއްޖެ ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިފަދައިން ވިދާޅުވީ “ތިލަދުން” އިންް ގެނެސްދޭ “ތިލަދުންމަތީ ޑައިރީސް” ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ދެއްވި އެކްސްކްލޫސިވް އިންޓަރވިއު އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތިލަދުންމަތީގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ތިލަދުންމަތީގައި ފަތުރުވެރިކ...

އަޙްމަދު އަރުޝަމް
ތިލަދުންގެ ޚާއްސަ އިންޓަވިއު: އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ

ތިލަދުންގެ ޚާއްސަ އިންޓަވިއު: އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ

“ތިލަދުން” އިންް ގެނެސްދޭ “ތިލަދުންމަތީ ޑައިރީސް” ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި މިގެނެސްދެނީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ އެވެ. މިއެކްސްކްލޫސިވް އިންޓަރވިއު އަކީ ދާދިފަހުން އެކަމަނާ ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅަށް ފަހު އެދަތުރުގެ ވާހަކަތައް ގެެސްދީފައިވާ އިންޓަވިއުއެކެވެ. ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުކުރުން ހުއްޓުމަކަށް އައިސް އޮތުމަށްފަހު އަލުން ހުޅުވާލުމުން އިނގިރޭސި ސަފީރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރުމަށް...

ތިލަދުން
ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ 📍 ހއ. ދިއްދޫ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 7,750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެއެވެ. އަދި ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރ...

އަޙްމަދު ވަހީދު
މަރޮށި ބަނދަރު ހަދަން ހަވާލުކޮށްފި 📍 ށ. މަރޮށި

މަރޮށި ބަނދަރު ހަދަން ހަވާލުކޮށްފި

ށ. މަރޮށި ބަނދަރު ހަދަން މިއަދު ހަވާލުކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫޢުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢު އެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ. މި މަޝްރޫއުގެ […]

ޔުމްނާ ޢަލީ
ހޮނޑާފުށި މުވައްޒަފުންނަށް ސާވިސްޗާޖު ނުދޭތާ 6 މަހަށްވުރެއް ގިނަވެ، ޝަކުވާ ބޮޑުވެއްޖެ

ހޮނޑާފުށި މުވައްޒަފުންނަށް ސާވިސްޗާޖު ނުދޭތާ 6 މަހަށްވުރެއް ގިނަވެ، ޝަކުވާ ބޮޑުވެއްޖެ

ހދ. އަތޮޅުގައި އޮތް ހަމައެކަނި ރިސޯޓްކަމުގައިވާ ހޮނޑާފުށީގައި މަސައްކަތް ކުރަމުން އަންނަ އެއްވެސް މުވައްޒަފަކަށް ސާވިސްޗާޖް ނުދޭތާ 6 މަހަށްވުރެ ގިނަދުވަސް ފާއިތުވެގެން ގޮސްފައިވާތީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މެދުގައި ޝަކުވާ ބޮޑުވެއްޖެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން “ތިލަދުން” އިން ވަނީ ރަސްމީ ސިފައެއްގައި އެ ރިސޯޓްގެ މެނޭޖްމެންޓަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު އެރިސޯޓުގެ ޖެނެރ...

ޙުސައިން ޘަޤީފް
ހަނިމާދޫ މަގުތައް ހެދުމުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުތައް ހެދުމުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރްކެޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި، މި މަޝްރޫއުގެ ދަށުން ދުވާރު ހެދުމުގެ 89 އިންސައްތަ އަދި ސަބްގްރޭޑްގެ 65 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ 60 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16,518 އަކަ މީޓަރުގެ ސަރަހައްދެއް […]

އަޙްމަދު ވަހީދު
ހަކުރުބައްޔާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކުޅުދުއްފުށީގައި އައުޓްރީޗް ކޭމްޕެއް ފަށަނީ 📍 ހދ. ކުޅުދުއްފުށި

ހަކުރުބައްޔާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކުޅުދުއްފުށީގައި އައުޓްރީޗް ކޭމްޕެއް ފަށަނީ

ޑައިބެޓިކްސް ނުވަތަ ހަކުރުބައްޔާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އައުޓްރީޗް ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުމަށް ހަމަޖެހިފައި ވާކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ވިދާޅުވެއްޖެ އެވެ. މި ޕްރޮގްރާމަކީ ނޭޝަނަލް ޑައިބެޓިކް ސެންޓަރ އަދި ކޭއާރްއެޗް ގުޅިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. އަދި މި އައުޓްރީޗް ކޭމްޕުގެ މައިގަނޑު މަގްސަދަކީ ހަކުރުބަލީގެ ޝިކާރައަކަށް ވެފައި ތިބި އެންމެހާ ފަރާތްތަކަށް އެންމެ ފެންވަރު ރަނގަޅު ފަރުވާ ދިނުމާއި ކޭއާރްއެޗްގެ ޑޮކްޓަރުންނާއި...

އަޙްމަދު އަރުޝަމް
ވައިކަރަދޫ ކައުންސިލްގެ ވިސްނުމަކީ ސޯލާޕެނަލްތައް ހަރުކުރާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުން: ޒާމިރު 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކައުންސިލްގެ ވިސްނުމަކީ ސޯލާޕެނަލްތައް ހަރުކުރާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުން: ޒާމިރު

ހދ. ވައިކަރަދޫގައި ސޯލާ ޕެނަލްތައް ހަރުކުރުމަށް ކަނޑައަޅާފައިވާ ބިމާއި، ބަނދަރާއި ދޭތެރޭ ޖާގަ ބޮޑުކުރުމަކީ ވައިކަރަދޫ ކައުންސިލްގެ ވިސްނުންކަމަށް ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ވައިކަރަދޫ ބްރާންޗާއި އަދި ވައިކަރަދޫ ކައުންސިލް ގުޅިގެން ހދ.ވައިކަރަދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ސޯލާޕެނަލްތައް އެ ރަށުގައި ހަރުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަނދަރުގެ ތޮށިގަނޑާއި ކައިރި ބޮޑުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން އެކަމާއި ހިތް...

އިބްރާހިމް ޚަލީލް
އެމްޓީސީސީން ބިލެތްފަހީގެ ކުނިގޮނޑަށް ދާ މަގު ސާފު ކުރަނީ 📍 ށ. ބިލެތްފަހި

އެމްޓީސީސީން ބިލެތްފަހީގެ ކުނިގޮނޑަށް ދާ މަގު ސާފު ކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އިޖްތިމާއީ ޒިންމާގެ ދަށުން ށ. ބިލެއްފަހީގައި ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ. އެމްޓީސީސީން އަންނަނީ އެ ރަށުގެ ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައިދިނުމުގެ މަސައްކަތްވެސް މި އެ ކުންފުނިން ކުރާނެއެވެ. ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ށ. ބިލެއްފަހި ކުނިގޮނޑަށް ދާންއޮންނަ މަގު ސާފުކުރުމާއި، ލެވެލް ކުރުމާއި، ވިއްސާ...

އަޙްމަދު ވަހީދު
ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ބިލެތްފަހީގައި ކުރިއަށް ގެންގޮސްފި 📍 ށ. ބިލެތްފަހި

ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ބިލެތްފަހީގައި ކުރިއަށް ގެންގޮސްފި

ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. ބިލެތްފަހީގައި ކުރިއަށް ގެންގޮސްފިއެވެ. ޖެންޑަރ މިނިސްޓްރީއިން މަޢުލޫމާތުދީފައިވާ ގޮތުގައި މިއީ ނުކެޅެދުންތެރިކަން ހުންނަ މީހުންނަށް ފާގަތި ކުރިމަގެއް ހޯދައިދިނުމަށާއި، މިފަދަ ފަރާތްތަކަކީ މުޖުތަމަޢުގެ މުހިއްމު ހިއްސާއަކަށް ހެދުމާއި، އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް ބައިވެރިވެވޭނެ ފަދަ ފުރުސަތުތައް ފަހި ކުރުމަށްޓަކައި އެ މިނިސްޓްރީއާއި، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކެއްކަމަށ...

އަޒްފާ ރަޝީދު