ހއ. އުލިގަމުގައި އަލަށް އިމާރާތްކުރި ކަސްޓަމްސްގެ އޮފީސް އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ރާއްޖޭގެ އެންމެ އުތުރު ބިތުގައި އޮންނަ އުލިގަމަކީ ރާއްޖެއިން ބޭރުން އަންނަ ޔޮޓު ފަހަރުގެ ވަރަށް މަގުބޫލު މަންޒިލެކެވެ. އެހެންކަމުން އުލިގަމުގައި ކަސްޓަމްސްގެ ޚިދުމަތް ގާއިމު ކޮށްފަ ހުންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

Ad
rt

މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ހއ. އުލިގަމުގައި އަލަށް އިމާރާތްކުރި ކަސްޓަމްސް އޮފީސް ހުޅުއްވައި ދެއްވީ މިއަދު އެރަށުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތަކުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބުދުﷲ ޝަރީފްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ޢަބުދުﷲ ޝަމާލް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވެސް ބައިވެރިވެ ވަޑައިގަތެވެ. މީގެއިތުރުން އުލިގަމްގެ މުއައްސަސާތަކުގެ ވެރިންވެސް ވަނީ ބައިވެރިވެފައެވެ.

އުލިގަމަކީ ގިނަ ޔޮޓުތަކެއް ބަނދަރުކުރާ ރަށަކަށް ވުމުން އެރަށުގައި ފަތުރުވެރިކަން ތަރައްގީކޮށް ހިންގުމަށ،ް އެ މަސައްކަތަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓޫރިސް ހޮޓަލެއް ޔޮޓް ބަނދަރަކާއި އެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއިން މިދިޔަ އަހަރު އޮކްޓޯބަރުމަހު ވަނީ ބީލަމަށް ވެސް ހުޅުވާލާފައެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަކަތު އަޕްޑޭޓެއް އެ މިނިސްޓްރީން ހާމައެއް ނުކުރަށްވައެވެ.

ކޯވިޑް-19 ގެ ސަބަބުން ހުއްޓިފައިވާ ޓޫރިޒަމް ސިނާޢަތު މަޑުމަޑުން ފެށެމުން އައިސް، ގިނަ ދުވަސްތަކަކަށްފަހު އުލިގަމުގައި ޔޮޓެއް ބަނދަރުކުރީ ވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

އުލިގަމު ސިޓީ ހޮޓާ އަދި ޔޮޓް މެރީނާ މަޝްރޫޢުއަކީ އެރަށުގެ ރަށްޔިތުންގެ 13 ވަރަކަށް އަހަރުވީ އުންމީދެއްކަމަށް އެރަށުގެ ބައެއް ރައްޔިތުން ކުރިން ބުނެފަވެއެވެ.