މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ބޮޑުތަކުރުފާނު ކުރެއްވި ވަޒީރުކަން

ބޮޑުތަކުރުފާނު ކުރެއްވި ވަޒީރުކަން

މިއީ، ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ރާއްޖޭގައި ކުރެއްވި ވަޒީރުކަމުގެ ވާހަކައެވެ. ބައެއް މީހުން ބުނާ އަޑު އިވެއެވެ. ޣާޒީ ރަދުން ރާއްޖޭގައި ރަސްކަމެއް ނުކުރައްވައެވެ. ކުރެއްވީ ވަޒީރުކަމެކެވެ. ތެދެކެވެ. އުތީމު މަހާރަދުން ވަޒީރުކަން ކުރެއްވި ކަމަށް ދެންނެވިދާނެއެވެ. އެކަމަކު އެރަދުން ޚަޠީބުކަމާއި ރަސްކަން ވެސް ކުރެއްވިއެވެ. އެއީ ނުކުރައްވާ ކަންތައްތައް ކަމަކަށް ނުހެދޭނެއެވެ. އުތީމު ޚަތީބު މުޙައްމަދު ތަކުރުފާނާއި އެ މަނިކުފާނުގެ...

ޢަބްދުﷲ ސަޢީދު
ނޮޅިވަރަންފަރުން އިތުރު 5 މީހުން ޕޮޒިޓިވްވެއްޖެ

ނޮޅިވަރަންފަރުން އިތުރު 5 މީހުން ޕޮޒިޓިވްވެއްޖެ

ހދ. ނޮޅިވަންފަރުން އިތުރު 5 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި 5 މީހުންނަކީ އިއްޔެ އެރަށުން ނެގުނު 63 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. ނޮޅިވަރަންފަރުން އިއްޔެގެ ނިލަށް 734 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން 31 ސާމްޕަލެއް ޕޮޒިޓިވްވިއިރު، އެކަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެހެންކަމުން މިވަގުތު އެރަށުން ބަލިޖެހިފައި ތިބި މީހުންގެ އަދަދަކީ 30 އެވެ. ކޯވިޑްގެ އިތުރު ކޭސްތައް ފެންނަމުން ދިޔަނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ […]

ޙުސައިން ޝަހުދީ
އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ދޮރުން ދޮރަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ދޮރުން ދޮރަށް

ހއ. އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް މިއަދު ފަށައިފިއެވެ. މި ހަރަކާތުގެ ދަށުން އެރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ. އެރަށުގައި މީހުން ދިރިއުޅޭ 400 އެއްހާ ގޭބިސީ އެބަހުއްޓެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން”އަށް ވިދާޅުވީ އިހަވަންދޫ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދޮރުން ދޮރަށް ހިނގުމަށް މިއަދު ފެށި ހަރަކ...

ޙުސައިން ޝަހުދީ
ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ  އެރަށުން މާލެ ފޮނުވާލެވުނު ބަލި މީހާ އަކީ 87 އަހަރުގެ ފިރެހެނެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ބަލި މީހާ މާލެ ފުރުވާލާފައިވަނީ ހަނިމާދޫ މަގުން ފްލައިޓެއް ޗާޓަރުކޮށްގެން މިރޭ 21:00 ގައި ކަމަށެވެ. ނޮޅިވަރަމުން މިހާތަނަށް 241 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު މީގެ […]

ޖަލްވާން ޖާދުﷲ
އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ތާވަލާ އެއްގޮތަށް ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓ...

އަޙްމަދު ވަހީދު
ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު

ށ. ކޮމަންޑޫ ސިއްޙީ މަރުކަޒުން ގޭގެއަށް ގޮސް ދާންމަތިވެފާއި ތިބޭ ބަލިމީހުންނަށް ޚިދުމަތް ދޭތާ 7 އަހަރު ވެއްޖެ އެވެ. މިގޮތުން ވޭތުވި ހަތްއަހަރު ވެސް، މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބުތަކާއި ހެދި ހިނގާބިނގާވެ އުޅެން އުނދަގޫ ބަލި މީހުންގެ ގާތަށް ކޮމަންޑޫ ސިއްހީ މަރުކަޒުގެ ޓީމެއް ޒިޔާރަތް ކޮށް ފަރުވާދެމުން ގެންދެއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒާ އަލަށް ގުޅިވަޑައިގައިން ސީނިއާރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު މުފީދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މީހުން […]

އަޙްމަދު އަރުޝަމް
ރެޑްކްރެސެންޓް އިން ކޭއާރްއެޗްއަށް 2 މޯބައިލް އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި

ރެޑްކްރެސެންޓް އިން ކޭއާރްއެޗްއަށް 2 މޯބައިލް އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި

މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް 2 މޯބައިލް އޮކްސިޖެން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި އެވެ. މޯބައިލް އޮކްސިޖެން ކޮންސެންޓްރޭޓަރ އަކީ ނޭވާލުމަށް އުނދަގޫ ފަރާތްތަކަށް ބޭނުން ކުރާ ތަންތަނަށް އުފުލާހެދޭފަދަ ކުޑަ އޮކްސިޖަން މެޝިނެކެވެ. ކޭއާރްއެޗް އިން މީސްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވާގޮތުން މިތަކެތި ހަދިޔާކޮށްދެއްވާފައިވަނީ ކޭއާރްއެޗާއި ރެޑްކްރެސެންޓާއި ދެމެދު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކޭއާރްއެޗ...

އަޙްމަދު އަރުޝަމް
ފުނަދޫ އަބްދުﷲ އަބްދުލް ކަރީމް ޕްރީ ސްކޫލް ހުޅުވައިފި 📍 ށ. ފުނަދޫ

ފުނަދޫ އަބްދުﷲ އަބްދުލް ކަރީމް ޕްރީ ސްކޫލް ހުޅުވައިފި

ށ. ފުނަދޫ “އަބްދުﷲ އަބްދުލް ކަރީމް” ޕްރީ ސްކޫލް ހުޅުވައިފި އެވެ. މި ޕްރީ ސްކޫލް ރަސްމީކޮށް ހުޅުވީ އިއްޔެ އެރަށުގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ފުނަދޫގައި އަލަށް ހުޅުވުނު މި ޕްރީސްކޫލާއި ގުޅޭގޮތުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ‘ތިލަދުން’ އަށް ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ރަސްމީކޮށް އެ ޕްރީ ސްކޫލް ހުޅުއްވާދެއްވާފައިވަނީ ފުނަދޫ ސްކޫލުގެ ދިވެހި މުދައްރިސް އާދަމް ޝަރީފް އާއި، އެރަށުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ގިނަދުވަސްތ...

އަޙްމަދު އަރުޝަމް
ނޮޅިވަރަންފަރުގެ ހާލަތު: 200 ދަރިވަރުން މިއަދު ސްކޫލަށް ހާޒިރެއްނުވޭ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ހާލަތު: 200 ދަރިވަރުން މިއަދު ސްކޫލަށް ހާޒިރެއްނުވޭ

ކޯވިޑް ފެތުރެމުންދާތީ ބިރުވެރިކަން ކުރިމަތިވެފައިވާ ނޮޅިވަރުންގައި މިއަދު އެރަށު ސްކޫލްގެ 200 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. ކޯވިޑްގެ އިތުރު ކޭސްތައް ފެންނަމުން ދަނިކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ މިމަހުގެ 9 ވަނަ ދުވަހުގެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ. މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ...

ޔުމްނާ ޢަލީ
ނ. އަތޮޅު ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ފަށައިފި

ނ. އަތޮޅު ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ފަށައިފި

ނ.އަތޮޅު ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުން ނ. ވެލިދޫގައި މިއަދު ފަށައިފިއެވެ. މިމަސައްކަތު ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސްއާއި ކައުންސިލަރުންގެ އިތުރުން އެލް.ޖީ.އޭ ގެ ސީއީއޯ އާއި އޮމްބަޑްސްމަން އޮފީހުގެ ޤާނޫނީ ބޭފުޅުންގެ އިތުރުން ވިމެން ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) ގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. 170 ލޯކަލް ގަވަރންމެންޓް އޮފިޝަލުންނާއި އެކު ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ލާމެހިފައިވާ އަތޮޅު ޕްލޭންއެއްގެ ތެރެއިން ތަރައްގީގެ ޕްލޭނ...

އަޒްފާ ރަޝީދު
ރާޢީ، ކުމުންދޫއާއި ނޭކުރެންދޫގައި ޓިއުޝަން ސެންޓަރު ހުޅުވައިފި، ޤްރުއާން ކިޔަވައިދޭނީ ހިލޭ

ރާޢީ، ކުމުންދޫއާއި ނޭކުރެންދޫގައި ޓިއުޝަން ސެންޓަރު ހުޅުވައިފި، ޤްރުއާން ކިޔަވައިދޭނީ ހިލޭ

ހދ. މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އޭނާ ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރައްވާ ދާއިރާގެ ދެ ރަށް ކަމުގައިވާ ކުމުންދޫއާއި، ނޭކުރެންދޫގައި، ދެ ޓިއުޝަން ސެންޓަރު ހުޅުވައިފިއެވެ. މިގޮތުން ކުމުންދޫގައި “މީޒާން ޓިއުޝަން ސެންޓަރ” ގެ ނަމުގައި ހުޅުވު ޓިއުޝަން ސެންޓަރާއި، ނޭކުރެންދޫގައި ” ރާސްތާ ޓިއުޝަން ސެންޓަރ” ގެ ނަމުގައި ހުޅުވި ޓިއުޝަން ސެންޓަރ ރަސްމީކޮށް 09 ސެޕްޓެމްބަރ 2021 ވީ ބުރާސްފަތި ދުވަހު ހުޅުވައި ދެއްވާފައި ވަނީ ރާޢީއެވެ. މި ދެ ސެންޓަރުން […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ރައްޔިތުން އަދިވެސް ގޭގައި، ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ރައްޔިތުން އަދިވެސް ގޭގައި، ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މޮނިޓަރިން ހާލަތުން ވީއްލާފައި ވީނަމަވެސް އަދިވެސް ރައްޔިތުންތިބީ ގޭގައި ކަމަށާއި، މިރޭ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގީ އިއްޔެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ. މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ އާންމު ސިއްހަތުގެ...

އަލީ އާދިލް
ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް

ކޯވިޑް ބަލީގެ ހާލަތު އިންތިއާއަށް ގޯސްވެ، ހާސްކަން މަތީގައިވާ ހދ. ނޮޅިވަރަމް ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިއީ ކޯވިޑްގެ ސަބަބުން ގޭ ބަންދުވެފައި ތިބި ނޮޅިވަރަމްގެ ރައްޔިތުންނަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީގެ ފަރިރީތި ފިހާރައިންނާއި، އެޑްމޭން ފިހާރައިން ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ވަނީ ހަދިޔާކޮށްފައެވެ. މީގެއިތުރުން ބައެއް ރަށްރަށުންނާއި، އެކިއެކި ފަރުދުން އަންނަނީ ނޮޅިވަރަމަށް ދީލަތި އެހީ ފޯރ...

އަޒްފާ ރަޝީދު
މޮނިޓަރިން ހާލަތުން ނަގާފައި އޮތް ނަމަވެސް ފިޔަވަޅުތަކަށް ބޯލެނބުމުގައި ދެމި ތިބުމަށް އެދެފި 📍 ހދ. ނޮޅިވަރަންފަރު

މޮނިޓަރިން ހާލަތުން ނަގާފައި އޮތް ނަމަވެސް ފިޔަވަޅުތަކަށް ބޯލެނބުމުގައި ދެމި ތިބުމަށް އެދެފި

ކޯވިޑް-19އާ ގުޅިގެން ހދ. ނޮޅިވަރަންފަރު މޮނިޓަރިން އަށް ލާފައި އޮތުމަށް ފަހު ރަށް އެ ހާލަތުން ނެގިޔަސް، ކޯވިޑް ފެތުރުން ކޮންޓްރޯލްކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުންމަތީ ދެމި ތިބުމަށް ނޮޅިވަރަންފަރު ޓާސްކްފޯހުން އިލްތިމާސްކޮށްފިއެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ރަށުން ޕޮޒިޓިވް ކޭހެއް ފެނި ރަށް މޮނިޓަރިން އަށް ލުމަށް ފަހު މޮނިޓަރިން އިން ނެގީ އިއްޔެއެވެ. އެކަމަކު އަދިވެސް ރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނުނިމޭ ކަމަށް އެރަށު ސިއްހީ […]

ޝިއުނާ އާދަމް
ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 216 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ކޯވިޑް ބަލި ޖެހުނު މީހުންގެ ޢަދަދު 216 އަށް އަރާފައިވާ ކަމަށެވެ. އެ ބަލިޖެހިފައިވޭތޯ ޓެސްޓް ކުރުމަށް މިހާތަނަށް 855 ސާމްޕަލެއް ނެގިފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާލަތުގައި ޚިދުމަތްދޭން ތިބި ބައެއް ސިއްހީ ޚިދުމަތްތެރީންނާއި، ފުލުހުންގެ އޮފިސަރެއް ވެސް ހިމެނޭ...

އަލީ އާދިލް