މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ގުއަޓެމާލާއަށް M5.6 ގެ ބިންހެލުމެއް އަތުވެއްޖެ - 28 މިނިޓު ކުރިން
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
މާއުނގޫދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

މާއުނގޫދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

ށ. މާއުނގޫދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 07 ސެޕްޓެމްބަރ 2021 ގައި އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ. މާއުނގޫދޫގައި އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އެ ކުންފުނީގެ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. ބިޑްގައި ބައިވެރިވުމަށް […]

އިބްރާހިމް ޚަލީލް
އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ދަނީ ފެންނަމުން:  ސަރުކާރުން

އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ދަނީ ފެންނަމުން: ސަރުކާރުން

އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ފެންނަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ. މިގޮތުން ސަރުކާރުގެ ރަސްމީ ޓްވީޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ. އަތޮޅު ހޮސްޕިޓަލަކީ މީގެ ކުރިން ކޮންމެ 3 އަހަރަކުން 10 ސަރޖަރީ ހެދޭ ހޮސްޕިޓަލެއްކަމަށާއި ނަމަވެސް، މިއަދު މިވަނީ 3 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ސަރޖަރީ ހަދާފައި ކަމަށެވެ. އަދި ސީ.ޓީ.އެސް، ތައިރޮއިޑް ސަރޖަރީ، އަދި ކަރުން މަތީގެ […]

އަޙްމަދު އަރުޝަމް
އިންޓެގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

އިންޓެގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ފަށައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރިއަށް ގެންދާ އިންޓަރގްރޭޓެޑް ހިއުމަންރައިޓްސް އެވެއަރނަސް ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި ފަށައިފި އެވެ. އެޗްއާރުސީއެމް އިން ވިދާޅުވީ، މި އެވެއަރނަސް ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮގްރާމްގައި ކޮމިޝަނުންވަނީ މިއަދު ކުޅުދުއްފުށި ސިޓީކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލުކޮށްފައެވެ. ސިޓީކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގައި އި...

އިބްރާހިމް އަސްވާޤް
ލާމަރުކަޒީ ނިޒާމުގެ ތެރޭން ރާއްޖެ ތަރައްގީކުރަން، ކައުންސިލްތަކުގެ އެއްބާރުލުން ބޭނުން: ރައީސް 📍 ށ. ޅައިމަގު

ލާމަރުކަޒީ ނިޒާމުގެ ތެރޭން ރާއްޖެ ތަރައްގީކުރަން، ކައުންސިލްތަކުގެ އެއްބާރުލުން ބޭނުން: ރައީސް

ލާމަރުކަޒީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކައުންސިލުތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ށ .ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހަވީރު ޅައިމަގު ކައުންސިލު އިދާރާގައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ބައްދަލުކުރެއްވުމުގައި ވާހަކަ...

ޝިއުނާ އާދަމް
ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 180 އަށް އަރައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 180 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 180 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، ރެޔާއި ހަމައަށް އެރަށުން 180 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާތަނަށް އެރަށުން ޖުމްލަ 687 ސާމްޕަލެއް ވަނީ ނަގާފައެވެ. “ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އެކަކު ހިމެނޭ. މީގެ އިތުރުން 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ 6 މީހުންނާއި ދާއިމީ ބޭސްކާ 6 މީހުން ހިމެނޭ” […]

އަލީ އާދިލް
މޮނިޓަރިން އުވާލިތާ 5 ދުވަސް ފަހުން އަނެއްކާވެސް ފީވަކުން ޕޮޒިޓިވް ކޭސް ތަކެއް

މޮނިޓަރިން އުވާލިތާ 5 ދުވަސް ފަހުން އަނެއްކާވެސް ފީވަކުން ޕޮޒިޓިވް ކޭސް ތަކެއް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މޮނިޓަރިންއަށް ލާފައި އޮތް އޮތުން އުވާލިތާ 5 ދުވަސް ފަހުން އަނެއްކާވެސް ށ. ފީވަކުން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖުލައި 29 ވަނަ ދުވަހުގެ 12:40 ގައި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މަހަކަށް ވުރެ […]

އަޙްމަދު އަރުޝަމް
ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި 📍 ހދ. ނޮޅިވަރަމް

ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި

ހދ. ނޮޅިވަރަމްގައި ކޯވިޑް ޖެހިގެން ހޯމް ކަރަންޓީނުގައި ހުރި ބަލި މީހެއް ހާލު ގޯސްވެ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރަށުގައި އެމްބިއުލާންސެއް ނެތުމުން ބަލިމީހުން އުފުލަން ބޭނުންކުރާ ޕިކަޕްގައެވެ. އެއީ އަންހެނެކެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިސަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ވަނީ މިކަން “ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. “އަޅުގަނޑު މިވަގުތު މިހިރީ ސިއްހީ މަރުކަޒުގައި، ހާލު ދެރެވެގެން ގެނައި މީހާއަށް މިހާރު ދަނީ އަވަސް ފަރުވާ...

ޔުމްނާ ޢަލީ
ބޭނުންވަނީ ފުނަދޫ އަކީ ށ. އަތޮޅުގެ "ހަބަކަށް" ހަދަން: ރައީސް 📍 ށ. ފުނަދޫ

ބޭނުންވަނީ ފުނަދޫ އަކީ ށ. އަތޮޅުގެ "ހަބަކަށް" ހަދަން: ރައީސް

ފުނަދޫގައި އެކިއެކި ޚިދުމަތްތައް ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ އަތޮޅުގެ ތަރައްޤީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްޤީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގި...

ޝިއުނާ އާދަމް
"އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

"އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

‘އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް’ މަޝްރޫޢާ ގުޅޭ ގޮތުން ޕްލޭނިންގް މިނިސްޓްރީގެ ބައްދަލުވުމެއް ބާއްވައިފި އެވެ. މި މަޝްރޫޢާ ގުޅޭ ގޮތުން މިއަދު ކުރިއަށްގެންދިޔައީ މި މަޝްރޫޢުއާއިގުޅޭ ސްޓީރިން ކޮމިޓީގެ 26 ވަނަ ބައްދަލުވުމެވެ. މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރަށްތަކުގައި ފެރީ ޓަރމިނަލްތަކުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި، އެ މަސައްކަތްތައް އަވަސް ކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފާވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި ފެރީ ޓިކެޓު ނ...

އަޙްމަދު އަރުޝަމް
ރައީސްގެ ދެކަނބަލުން ފުނަދޫއަށް ވަޑައިގެންފި 📍 ށ. ފުނަދޫ

ރައީސްގެ ދެކަނބަލުން ފުނަދޫއަށް ވަޑައިގެންފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒުނާ އަޙްމަދު މިއަދު ށ. ފުނަދޫ އަށް ވަޑައިގަންނަވައިފި އެވެ. ރައީސްގެ ދެ ކަނބަލުން ފުނަދޫ އަށް މި ވަޑައިގަތީ އެ ދެކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ 8 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެތެރެއިން ފުރަތަމަ މަންޒިލްގެ ގޮތުގައެވެ. ރައީސްގެ ދެ ކަނބަލުން ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. […]

އަޙްމަދު އަރުޝަމް
ހޮވައިގެން ގެނެސް ދިއްދޫ އޮތް ބޯޓުގެ ވެރިފަރާތެއް ނުވި، ނީލަމުގައި ވިއްކާލަނީ 📍 ހއ. ދިއްދޫ

ހޮވައިގެން ގެނެސް ދިއްދޫ އޮތް ބޯޓުގެ ވެރިފަރާތެއް ނުވި، ނީލަމުގައި ވިއްކާލަނީ

ކަނޑުމަތިން ހޮވައިގެން ގެނެސް، ހއ. ދިއްދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބޯޓެއް ނީލަމުގައި ވިއްކާލުމަށް އެ ކައުންސިލުން ނިންމައިފި އެވެ. އެ ކައުންސިލުން މިއަދު ނެރެނު އިއުލާނެއްގައި ބުނެފައިވަނީ އެ ބޯޓު ގަތުމަށް ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެއެވެ. ކައުންސިލުގެ އިއުލާނުގައި ވާގޮތުން، މި ބޯޓަކީ ފައިބަރ ނުވަތަ ލަކުޑިން ހަދާފައިވާ ދިގުމިނުގައި 64 ފޫޓު، ފުޅާ މިނުގައި 16.7 ފޫޓު އަދި ފުންމިނުގައި 5.2 ފޫޓު ހުންނަ މުށި […]

އަޙްމަދު އަރުޝަމް
ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި 📍 ހދ. ނޮޅިވަރަމް

ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި

ކޯވިޑް-19 ބަލިމަޑުކަން ފެތުރި ހާލަތު ގޯސްވެފައިވާ ހދ.ނޮޅިވަރަންގައި، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ހިންގާ ވަގުތު އިތުރުކޮށްފިއެވެ. ކޯވިޑްއާއި ގުޅިގެން ފާއިތުވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން އިއްޔެއާއި ހިސާބަށް އެ ރަށުގައި 18:00 އިން ހެނދުނު 06:00  އަށް އައިސްފައިވަނީ ކާފިއު ހިންގަމުންނެވެ. ނަމަވެސް ބަލީގެ ހާލަތު އަދިވެސް ގޯސްކޮށް [...

އިބްރާހިމް ޚަލީލް
ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން މަނާކޮށްފި

ހއ. ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މިގޮތުން ހޯރަފުށީ ކައުންސިލްއިން ނެރެފައިވާ އިޢުލާންގައި ބުނެފައިވަނީ، އާންމުކޮށް ކުނި އަޅަމުން އަންނަ ސަރަހައްދު މިހާރު ސާފުކޮށްފައިވާކަށާއި، ކުނިކޮށި ފިޔަވައި އިތުރު ސަރަޚައްދުތަކަށް ކުނި އަޅާ ފަރާތްތަކާއި މެދު ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޤާނޫނުގައި ބުނެފައިވާގޮތަށް އަމަލުކުރާނެކަމަށެވެ. އެރަށު ކުނިކޮށްޓަށް ކުނި އެޅުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 18:00 އަށެވެ. އ...

އަޒްފާ ރަޝީދު
ނޮޅިވަރަންފަރުން އިތުރުން 6 މީހަކު ޕޮޒިޓިވް، ފިޔަވަޅުތައް ވަރުގަދަ ކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން އިތުރުން 6 މީހަކު ޕޮޒިޓިވް، ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ހދ.ނޮޅިވަރަންފަރުން ކޯވިޑް-19 ޖެހިފައިވާ އިތުރު ހަ މީހުން ފެނުމާއިއެކު އެ ރަށުގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން އެ ރަށުގެ ކޯވިޑް ހާލަތު ބަޔާންކޮށް 6 ސެޕްޓެމްބަރ 2021 ގައި އާންމު ކޮށްފައިވާ ތަފާސްހިސާބު ބުނާގޮތުން މި މަހުގެ ފަސްވަނަ ދުވަހު އެ ރަށުން ނެގުނު 26 ސާމްޕަލުގެ ތެރެއިން 6 ސާމްޕަލެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ 2 ފްލޫ ސާމްޕަލަކާއި 4 ކަރަންޓީން ފުލޫ […]

އިބްރާހިމް ޚަލީލް
ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ބުނީ ނިޔާވީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. މިއީ ރާއްޖޭގައި މި ބަލި ޖެހިގެން ނިޔާވި 227 ވަނަ މީހާއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް މަދުވެފައިވާއިރު، މި ބަލީގައި މީހުން މަރުވާ ރޭޓުވެސް ވަނީ އިންތިހާއަށް މަދުވެފައެވެ. އެގޮތުން މި ދިޔަ މަހު ވެސް މި ބަލީގައި ނިޔާވީ […]

ޝިއުނާ އާދަމް