ހޮސްޕިޓަލެއް ހިންގުމަށް އާންމުންގެ އިތުބާރު މުހިއްމު: ކޭއާރުއެޗް
ކުޅުދުށްފުށި ހޮސްޕިޓަލަށް އައިސްފައިވާ ތަރައްޤީއާއި އެކު އެ ހޮސްޕިޓަލުން ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުވެ އާންމުގެ ފަރާތުން ލިބެމުން އަންނަ އިތުބާރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ. ކުޅުދުއްފުށި ހޮސްޕިޓަލްގެ ފެންވަރު އިތުރަށް ރަގަޅުކުރުމަށް ހޮސްޕިޓަލުން ވަރަށް ބައިވަރު މަސައްކަތްތަކެއްކުރަމުން އަންނަކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ބަލާއިރު ފާއިތުވި 2020 ވަނަ އަހަރު މާލެ ލޮކްޑައުން ކުރެވުމާއި އެކު ހޮސްޕިޓަލަށް ވިހެއުމަށް އައިސްފައިވާ މީހުނ...