ތިލަދުންމައްޗަށް "މާލީ ފުދުންތެރިކަމާއި ބާރުވެރިކަން ހޯދަން" 3 އަތޮޅު އެއް އަމާޒަކަށް
ބޮޑުތިލަދުންމަތީގެ ތަރައްޤީއާއި ތިންއަތޮޅުގެ މާލީ ފުދުންތެރިކަމާއި ބާރުވެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށް ނިންމަވައިފިއެވެ. މިކަން ކުރުމަށް ނިންމާފައިވަނީ ހދ. އަތޮޅު ކައުންސިލުން އިސްވެ ކުޅުދުއްފުށީ ސިޓީގެ މޭޔަރ އަދި ހއ، ހދ، އަދި ށ އަތޮޅު ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގެން މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިންނެވެ. މިކަމާ ގުޅިގެން ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖު ވިދާޅުވީ މި އެމް.އޯ.ޔޫގެ މަޤްޞަދަކީ 3 އަތޮޅުގެ...