📍 ހދ. ކުޅުދުއްފުށި
"މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021" ގެ ބައިވެރިން ކުޅުދުއްފުށީ ސިޓީން ހޫނު މަރުހަބާއެއް
”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ ގެ ބައިވެރިން ކުޅުދުއްފުށީ ސިޓީއަށް ދިޔުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ”މޯލްޑިވްސް ޖެޓްސްކީ ޓުއަރ 2021″ ގެ ބައިވެރިން ކުޅުދުއްފުށީ ސިޓީއަށް އިއްޔެ ގޮސްފައިވާއިރު، މި ޓުއަރގެ ބައިވެރިންނަށް މަރުޙަބާ ދެއްނެވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްގެ އިތުރުން އެ ސިޓީގެ ބައެއް ކައުންސިލަރުން ވެސް ވަޑައިގަތެވެ. އަދި މި ޓުއަރގެ ބައިވެރިންނަށް އެ ސިޓީން މަރުހަބާ ކިޔާފައި ވަނީ ގައުމީ ސިފަތަށްއެކުލެވޭ ސަގާފީ ވައްޓަފާޅިއާއިއެކުގައެވެ. މި ޓުއަރގެ ތެރެއިން...