މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހަނިމާދޫގެ ބައެއް މަގުތަކުގައި "އިންޑިއާ އައުޓް" ޖަހައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ ބައެއް މަގުތަކުގައި "އިންޑިއާ އައުޓް" ޖަހައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހދ. ހަނިމާދޫގައި ތާރު އަޅައިގެން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މަގުތަކުގެ ތެރެއިން ދެ މަގެއްގައި “އިންޑިއާ އައުޓް” ޖަހައިފިއެވެ. ސްޕްރޭ ބޭނުން ކޮށްގެން “އިންޑިއާ އައުޓް” ޖަހާފައި ވަނީ ހަނިމާދޫ ރަންވޭ މަގުގެ ދެ ސަރަހައްދެއްގެ އިތުރުން ހަނިމާދޫ ކަސްޓަމްސް އިމާރާތުގެ ދޮރުމަތިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރުމަށް އޮންނަ މަގުކަމުގައި ވާ އަސްކަރީ ހިނގުމުގައެވެ. ހަނިމާދޫގެ ދެ މަގެއްގައި އިންޑިއާ އައު...

އަލީ އާދިލް
ހަންނާނުގެ ވައުދުތައް އިފްތިތާޙްކޮށްފި 📍 ށ. ކޮމަންޑޫ

ހަންނާނުގެ ވައުދުތައް އިފްތިތާޙްކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ވައުދުތައް މިރޭ އިފްތިތާޙް ކޮށްފިއެވެ. ހަންނާނުގެ ވަޢުދުތައް އިފްތިތާޙްކުރީ ހަންނާނުގެ މާލޭ ކެމްޕެއިން ޖަގަހައިގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހަންނާނުގެ އިތުރުން އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީގެ ނައިބު ރައީސުންނާއި، ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ...

ޝިއުނާ އާދަމް
ކޯވިޑްގެ ހާލަތު ގޯސްވުމުން، ޓެކާސް ފުޓްސަލް މުބާރާތުގެ ހދ އަތޮޅު މެޗުތައް ފެށުން ލަސްކޮށްފި

ކޯވިޑްގެ ހާލަތު ގޯސްވުމުން، ޓެކާސް ފުޓްސަލް މުބާރާތުގެ ހދ އަތޮޅު މެޗުތައް ފެށުން ލަސްކޮށްފި

ކޯވިޑް ހާލަތު ގޯސްވުމުގެ ސަބަބުން ޓެކާސްއިން ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ އަތޮޅުގެ މެޗުތައް ފެށުން ލަސްކޮށްފިއެވެ. ޓެކާސް އިން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި މެޗުތައް ލަސްކޮށްލާފައި މިވަނީ އެ އަތޮޅުގައި ކޯވިޑް ކޭސްތައް އިތުރުވެ އެ ސަރަހައްދުގެ ރަށްތަކުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީއެވެ. މިމެޗްތައް ފެށޭނެ ކަމަށް ޓެކާސްއިން ލަފާކޮށްފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. ޓެކާސްގެ މިމުބާރާތަކީ […]

އައިޝަތު ނަސާޔާ
މަރޮށީގައި ޕޭސްޓްރީ ކޯހެއް ފަށަނީ 📍 ށ. މަރޮށި

މަރޮށީގައި ޕޭސްޓްރީ ކޯހެއް ފަށަނީ

ށ. މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން އިންތިޒާމުކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ފެށުމަށް ނިންމައިފިއެވެ. މަރޮށި ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ކޯސް ފެށުމަށް ހަމަޖެހިގައި ވަނީ މި ފެށޭ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންހެނުންގެ ކޮމިޓީގެ ރައީސާ މާޖިދާ ޙުސައިން 9674633 ނުވަތަ ކައުންސިލަރ ނުހާ ޒާހިރު 9674633 އަށް ތަފްސީލް (ނަން، ދާއިމީ...

އައިޝަތު ނަސާޔާ
ފުނަދޫ ކައުންސިލްގެ ޖޭޕީ މެންބަރު ޒުލްފާ އަދި ޑަބްލިއުޑީސީ ޖޭޕީ މެންބަރު ނަސްރީނާ ޕީޕީއެމްއަށް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލްގެ ޖޭޕީ މެންބަރު ޒުލްފާ އަދި ޑަބްލިއުޑީސީ ޖޭޕީ މެންބަރު ނަސްރީނާ ޕީޕީއެމްއަށް

ށ. ފުނަދޫ ކައުންސިލް މެންބަރު ޒުލްފާ ހާމިދު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އައިޝަތު ނަސްރީނާ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ. އެ ދެ ބޭފުޅުންނަކީ ވެސް ވެރިކަންކުރާ ކޯލިޝަންގެ ޖޭޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރި ދެ ބޭފުޅުންނެވެ. ޖޭޕީގެ މެންބަރުން ކަމަށްވާ ޒުލްފާއާއި، ނަސްރީނާގެ އިތުރުން އެ ޕާޓީގެ މެންބަރުން ގޮތުގައި ތިއްބެވި ފުނަދޫ ކައުންސިލްގެ ކުރީގެ މެންބަރު އަބުދުއްރަޙްމާން އަޙްމަދު އަދި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އަހްމަދު ފާއިޒު […]

އަލީ އާދިލް
ތަޖުރިބާ ދަތުރުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ނޭކުރެންދޫއަށް 📍 ހދ. ހަނިމާދޫ

ތަޖުރިބާ ދަތުރުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ނޭކުރެންދޫއަށް

އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ ތަޖުރިބާގެ ދަތުރުގައި އެ ޖަމިއްޔާގެ މެމްބަރުން އެ އަތޮޅު ނޭކުރެންދޫއަށް ޒިޔާރަތް ކޮށްފިއެވެ. އެ ޖަމިއްޔާއިން 15 ޖަނަވަރީ 2022 ވީ ހޮނިހިރު ދުވަހު ނޭކުރެންދޫއަށް ކުރި ދަތުރުގައި ޖުމްލަ ނުވަ މެމްބަރުން ވަނީ ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ހަ މެމްބަރުންނާއި އަންހެން ތިން މެމްބަރުންނެވެ. ނޭކުރެންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަނ...

އިބްރާހިމް ޚަލީލް
ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށު ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ހަރާކާތަކީ ޓޮޕްސީ އާއި ފުނަދޫ ކައުންސިލާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ކޯސް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ....

އައިޝަތު ނަސާޔާ
ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އިހަވަންދޫގެ ކަރަންޓީން ވެފައިވާ ގޭ ތަކަށް ހަދިޔާ ބަހައިފި 📍 ހއ. އިހަވަންދޫ

ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އިހަވަންދޫގެ ކަރަންޓީން ވެފައިވާ ގޭ ތަކަށް ހަދިޔާ ބަހައިފި

ހއ. އިހަވަންދޫ ގެ ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ކައުންސިލުން، ކޯވިޑްގެ ސަބަބުން އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ ގޭތަކަށް ހަދިޔާގެ ގޮތުގައި ތަކެތި ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ 29 ގެއަށް މިއަދު ހަދިޔާ ދީފައިވާނެ ކަމަށެވެ. ހަދިޔާގެ ތެރޭގައި ސައިބޯނި، ހަނޑޫ ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކަށް ވެސް […]

އައިޝަތު ނަސާޔާ
ހޯރަފުށީ މަގުހެދުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ މަގުހެދުމުގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ހޯރަފުށީގެ 11 މަގެއްގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 2021ގައެވެ. މި މަސައްކަތް އިފުތިތާހު ކ...

އަޙްމަދު ވަހީދު
ބިލެތްފަހި ކައުންސިލްގެ "އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022" ނިންމާލައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ކައުންސިލްގެ "އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022" ނިންމާލައިފި

“އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022 ” ގެ ނަމުގައި ށ. ބިލެތްފަހީ ކައުންސިލުން އިންތިޒާމްކޮށް އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އަދި ފުޓްސެލް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މި މުބާރާތަކީ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށް މިމަހު 11 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ބިލެތްފަހީ ކައުންސިލް އިދާރާ، ބިލެތްފަހީ ސިއްޙީ […]

އައިޝަތު ނަސާޔާ
މަރޮށި ބަނދަރުގެ މަސައްކަތް އިފްތިތާހު ކޮށްފި 📍 ށ. މަރޮށި

މަރޮށި ބަނދަރުގެ މަސައްކަތް އިފްތިތާހު ކޮށްފި

ށ. މަރޮށި ބަނދަރު އަޕްގްރޭޑިންގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މަރޮށި ބަނދަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ގްރޮއިން ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 43.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަޙްމަދު ވަހީދު
ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް

“އުފަލުން” ނަމުގައި ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ފެމިލީ ސޯޝަލް ސަރވިސްގެ ފަރާތުން  އެރަށުގައި ގާއިމުކޮށްފައިވާ ށ. އަމާންވެއްޓަށް ތަކެތި ހަދިޔާ ކޮށްފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް، “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ ހަރަކާތުގައި އެކުދިންނަށް ހަދިޔާ ކޮށްފައިވަނީ އަންނައުނު ކަމަށެވެ. އެގޮތުން އަންނައުނ...

އައިޝަތު ނަސާޔާ
މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކު މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުالله އެވެ. މި ރަސްމިއްޔާތުގައި، މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރު އެއްގަމުތޮށި ލުމާއި، 407 މީޓަރު ބޭރުތޮށި ލުމާއި، 107މީޓަރު ބޭރުތޮށި މަރާމާތުކުރުމާއި، 105 މީޓަރު...

އަޙްމަދު ވަހީދު
ފިނޭ އަންހެނުން ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ހދ. ފިނޭ

ފިނޭ އަންހެނުން ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. ފިނޭ ކަނބަލުންނަށް ހާއްސަކޮށް އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ނައިބު ރައީސް ޝަކީބާ އަލީ ވިދާޅުވީ މި ޕްރޮގްރާމަކީ “ހަށިހެޔޮ ދުޅަހެޔޮ” ހަރަކާތުގެ ތެރެއިން 30 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެއް ކަމަށެވެ. ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 60 ބައިވެރިންނާއި އެކު ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވ...

އައިޝަތު ނަސާޔާ
ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި 📍 ހއ. ކެލާ

ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި

ހއ. ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި “ކެލަވަކި ބަގީޗާ” ހުޅުވައިފި އެވެ. މި ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހިންގާ ގްލޯބަލް އެންވައިރަމެންޓް ފެސިލިޓީ، ސްމޯލް ގްރާންޓް ޕްރޮގްރާމުގެ ދަށުން ކެލާ ޔޫތު ފޯރަމުން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ކެލާ ޔޫތް ފޯރަމް އިން މައުލޫމާތު ދީފައިވާ މިޕްރޮގްރާމް ނިންމާ “ކެލަވަކި ބަގީޗާ” ގެ ނަމުގައި އިއްޔެ ވަނީ އެ ސަރަހައްދު ރަސްމީކޮށް ހުލުވާލާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސަރަޙައްދު ހުޅުވަ...

އައިޝަތު ނަސާޔާ