މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ދިހަ އަހަރަށް ފަހު، ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫން ބަންޑާރަ ގޯތި ދޫކުރަނީ 📍 ށ. ފޯކައިދޫ

ދިހަ އަހަރަށް ފަހު، ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫން ބަންޑާރަ ގޯތި ދޫކުރަނީ

ދިހަ އަހަރަށް ފަހު، ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫން ބަންޑާރަ ގޯތި ދޫކުރަން ނިންމައިފި އެވެ. ފޯކައިދޫ ކައުންސިލުން އިއްޔެ ވަނީ އިއުލާނެއްކޮށް އެކަން އާންމުކޮށް ހުޅުވާލާފަ އެވެ. ޖުމްލަ 69 ހެކްޓަރުގެ ބޮޑުމިން ހުންނަ ފޯކައިދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓޫގެ 120 ގޯއްޗެވެ. އެރަށުން ގޯތި ދިނުމަށް ހުޅުވާލާފައިވާއިރު ގޯތި ބޭނުންވާ ގިނަ ބަޔަކު އެރަށުގައި އެބަތިއްބެވެ. ފޯމު ދޫކުރުމާއި ބަލައިގަރުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 […]

އަލީ އާދިލް
ހަތަރު ސަބަބެއް ބަޔާންކޮށް އަދާލަތުގެ ތާއިދު އެމްޑީޕީ ކެންޑިޑޭޓަށް 📍 ށ. ކޮމަންޑޫ

ހަތަރު ސަބަބެއް ބަޔާންކޮށް އަދާލަތުގެ ތާއިދު އެމްޑީޕީ ކެންޑިޑޭޓަށް

އަންނަ މަހުގެ ފަހެއްގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއިދުކުރަން އަދާލަތު ޕާޓީ (އޭޕީ) އިން ނިންމައިފި އެވެ. ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އޭޕީ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ތާއިދުކޮށްދިނުމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައ...

އަލީ އާދިލް
ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ 📍 ށ. ކޮމަންޑޫ

ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ޤާސިމް އިބްރާޙީމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ޖޭޕީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވަނީ ޤާސިމް، ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ނިންމާފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. މީގެކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ރާޝިދުގެ ކެމް...

ޔުމްނާ ޢަލީ
ރާޝިދުގެ ކެމްޕެއިނަށް ރައީސް ނަޝީދާއި އެމްޑީޕީ ލީޑަޝިޕް ކޮމަންޑޫ ދާއިރާއަށް 📍 ށ. ކޮމަންޑޫ

ރާޝިދުގެ ކެމްޕެއިނަށް ރައީސް ނަޝީދާއި އެމްޑީޕީ ލީޑަޝިޕް ކޮމަންޑޫ ދާއިރާއަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމައްދު ނަޝީދާއި، އެމްޑީޕީގެ ލީޑަޝިޕް ބޭފުޅުން މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފިއެވެ. މިދަތުރުގައި ރައީސް ޞާލިޙް ވެސް ބައިވެރިވެ ވަޑައިގަތުމަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ހެއްދެވި ޕީސީއާރު ޓެސްޓުން އެމަނިކުފާނު ކޯވިޑ...

އަލީ އާދިލް
ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފި 📍 ހއ. ބާރަށް

ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފި

ކޯވިޑް-19 ކޭސްތައް ގިނަވެ، ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހއ. ބާރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. ބާރަށު ސިއްހީ މަރުކަޒުން ފާހަގަކުރަށްވާފައިވާ ގޮތުގައި އެރަށުގައި މި ވަގުތު ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 20 އަށް އަރާފައެވެ. ޕޮޒިޓިވްވެފައި ވަނީ ހުމާއި ރޯގާގެ އަލާމާތްތައް ފެނިގެންނާއި މާލެއަށް ދަތުރުކުރުމަށްފަހު އަދި ކުރިން ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތަކެއްކަމަށް...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ މޮނިޓަރިން ހާލަތަށް ގެނެސްފި

ކުޅުދުއްފުށީ މޮނިޓަރިން ހާލަތަށް ގެނެސްފި

ކޯވިޑްގެ ހާލަތު ގޯސްވުމުން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންނަށް ގެނައި މިއަދުއެވެ. ކުޅުދުއްފުށީ ސިޓީގެ ކޯވިޑްގެ ހާލަތު ގޯސްވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސިޓީ ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ކުޅުދުއްފުށީގެ އިތުރުން ހދ. އަތޮޅުން ނޮޅިވަރަންފަރު، ހަނިމާދޫ އަދި ނެއްލައިދޫ ވެސް އޮތީ މޮނިޓަރިންގައެވެ. ހއ. އަތޮޅުން ވެރިރަށް ދިއްދޫގެ އިތުރުން އިހަވަންދޫ ވެސް އޮތީ މޮނިޓަރިންގައެވެ....

ޔުމްނާ ޢަލީ
ފީވަކު ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއި، ހދ. އޭއީސީ އޮފީސް އަދި ނ. މާޅެންދޫ ސްކޫލުގެ މަސައްކަތް ބީލަމަށް 📍 ނ. މާޅެންދޫ

ފީވަކު ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއި، ހދ. އޭއީސީ އޮފީސް އަދި ނ. މާޅެންދޫ ސްކޫލުގެ މަސައްކަތް ބީލަމަށް

ށ. ފީވައް ސްކޫލުގެ މަލްޓި ޕާޕަސް ހޯލާއި، ވަށާފާރު އަދި ހދ. ކުޅުދުއްފުށީ އޭ.އީ.ސީގެ އޮފީސް އިމާރާތުގެ މަސައްކަތުގެ އިތުރުން ނ. މާޅެންދޫ ސްކޫލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން ވަނީ މި މަސައްކަތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު 20 ޖަނަވަރީ 2022 ގައި ހުޅުވާލާފައެވެ. މި ބީލަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށީ ސިޓީގެ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރަށް (6527177) ގުޅުއްވައިގެން ނުވަތަ https://forms.office.com/r/fty81aAbu9 މި ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު […]

އިބްރާހިމް ޚަލީލް
ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ނޫމަރާ

ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާން ކޮށްފިއެވެ. މި ފުރުސަތު އާންމުކޮށް ހުޅުވާލަމުން ނޫމަރާ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ރަށު ފުޓްސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ދުވަސްތަކުގައި ނޫމަރާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ” ބީލަން ހުށައަޅާ ފޯމް” މެދުވެރިކޮށް ބ...

ޔުމްނާ ޢަލީ
ހަންނާނުގެ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާ ކުރުމަށް ހަންނާން އާއި އެމްއެންޕީގެ ލީޑަޝިޕް ކޮމަންޑޫ ދާއިރާއަށް  📍 ށ. ކޮމަންޑޫ

ހަންނާނުގެ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާ ކުރުމަށް ހަންނާން އާއި އެމްއެންޕީގެ ލީޑަޝިޕް ކޮމަންޑޫ ދާއިރާއަށް 

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް އާއި، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ކޮމަންޑޫ ދާއިރާއަށް ކުރާ ދަތުރެއްގައި މިއަދު ފުރައިފިއެވެ. އެމްއެންޕީން ބުނީ މި ދަތުރުގައި މައިގަނޑު ގޮތެއްގައި ކުރާނެ ކަމަކީ، ހަންނާނުގެ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާ ކުރުން ކަމަށެވެ. އަދި މިދަތުރުގެ ތެރެއިން ޙަންނާންއަށް ތާއީދު ހޯދުމަށް ޖަލްސާ ބޭއްވުމުގެ އިތުރުން ޑޯޓުޑޯ ހަރަކާތް ހިންގުމަށް ހަމަޖެހިފައި...

ޝިއުނާ އާދަމް
ކުމުންދޫ ސްކޫލްގެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭން ގޮވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ސްކޫލްގެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދޭން ގޮވާލައިފި

ކުމުންދޫ ސްކޫލްގައި ކިޔަވައިދެމުން ދަނީ ވަރަށް ނުރައްކާތެރި ހާލަތުގައި ހުރި އިމާރާތެއްގައި ކަމަށާއި، އެ އިމާރާތުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ގޮވާލަށްވައިފިއެވެ. އަމީންގެ މި ކަންބޮޑުވުމާއެކު ވަނީ އެ ސްކޫލްގެ އިމާރާތެއް ހާލަތު ފެންނަ ވީޑިއޯއެއް ވެސް ޓްވީޓާގައި އާންމު ކުރަށްވާފައެވެ. އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޢަލީ އާއި، އެޗްއާރުސީއެމް އަދި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ޓެ...

އަލީ އާދިލް
ނައިވާދޫ ރައްޔިތުންގެ ދީލަތި އެހީ ނެއްލައިދޫއަށް 📍 ހދ. ނެއްލައިދޫ

ނައިވާދޫ ރައްޔިތުންގެ ދީލަތި އެހީ ނެއްލައިދޫއަށް

ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މިވަގުތު އަރާ ފޭބުން މަނާކޮށްފައި އޮތް ހދ. ނެއްލައިދޫއަށް، އެ އަތޮޅު ނައިވާދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިކަން ފާހަގަ ކުރަށްވައި ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އަވަށްޓެރި ނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނެއްލައިދޫގެ ރައްޔިތުންނަށް ވެދެއްވި ދީލަތި އެހީތެރިކަމަށް، ނެއްލައިދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ނައިވާދޫގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. “މިފަދަ ދަނޑިވަޅެއްގައި، ތިދެއްވި...

ޔުމްނާ ޢަލީ
ހިރިމަރަދޫގައި އިތުރު މިސްކިތެއް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގައި އިތުރު މިސްކިތެއް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ

ހދ ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުމުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި އެކުއެވެ. މި އެއްބަސްވުމުގައި ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިސްމާއިލް ޖަލީލެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓާ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މި މިސްކިތުގެ ޢަމަލީ މަ...

އަޒްފާ ރަޝީދު
މާލެ ސަރައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ހަންނާން ދޮރުން ދޮރަށް 📍 ށ. ކޮމަންޑޫ

މާލެ ސަރައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ހަންނާން ދޮރުން ދޮރަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް، މާލެ ސަރައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ފައްޓަވައިގެން ކުރިއަށްދާކަމަށް އެ ޕާޓީން ބުނެފިއެވެ. މިހަރަކާތަކީ ހަންނާނަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެމްއެންޕީން ބުނެއެވެ. މިހަރަކާތުގައި އެމްއެންޕީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ...

ޝިއުނާ އާދަމް
ކޭއާރުއެޗްގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީއާރުވީ އޭސީ އަދި ފްރެޝް އެއާ ސިސްޓަމް ގާއިމްކުރަން ހަވާލުކޮށްފި

ކޭއާރުއެޗްގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީއާރުވީ އޭސީ އަދި ފްރެޝް އެއާ ސިސްޓަމް ގާއިމްކުރަން ހަވާލުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީއާރުވީ އޭސީ އަދި ފްރެޝް އެއާ ސިސްޓަމް ގާއިމްކުރަން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ކޭއާރުއެޗް އިން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެކު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. ކޭއާރުއެޗުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީ.އާރު.ވީ އޭސީ އަދި ފްރެޝް އެއާރ ސިސްޓަމް ޤާއިމްކުރެވިގެންދާ...

ޝިއުނާ އާދަމް