ހދ.ކުޅުދުއްފުށީ ސިޓީގެ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރަށް (6527177) ގުޅުއްވައިގެން ނުވަތަ https://forms.office.com/r/fty81aAbu9 މި ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

Ad
rt

މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހގެ 11:00 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ނިންމާފައިވާއިރު، މަޢުލޫމާތި ދިނުމުގެ ސެޝަނުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

ރަޖިސްޓަރީ ކުރާ ކޮންމެ ފަރާތަކަށް އެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުމުގެ ގޮތުން ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 06 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހު 11:00 ގައި އެ ސިޓީ ކައުންސިލު އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ދިނުމަށް ހަމަޖެހިފައިވާއިރު، މި ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަން ދިނުމަށް އެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.