މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރި-ރެޖިސްޓްރޭޝަނަށް 4 ދުވަސް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރި-ރެޖިސްޓްރޭޝަނަށް 4 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި އަންނަ ފެބުރު އަރީމަހު ބޭއްވުމަށް ނިންމާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ދެ ކޮމިޓީއެއްގެ ރި-ރެޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އީސީއިން މިއަދު ބުނީ އެ ދާއިރާތަކަށް ވޯޓުލާ މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 24ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއެކު އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަން އަކީީ ތ. ވިލުފުށ...

އަލީ އާދިލް
މިލަންދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމާއި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމާއި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ށ.މިލަންދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާއި ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދޭން ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. ރޮސްޓްރަމް ގާއިމް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) ވަޑައިގަތުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. […]

އިބްރާހިމް ޚަލީލް
ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެ: ހަނިމާދޫ ސިއްހީ މަރުކަޒު 📍 ހދ. ހަނިމާދޫ

ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެ: ހަނިމާދޫ ސިއްހީ މަރުކަޒު

މެދުވެރިވެފައިވާ ހާލަތާއި ގުޅިގެން ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. އެ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖު އަދި ވައިބާ ގްރޫޕްމެދުވެރިކޮށް އާންމުކޮށްފައިވާ މެސެޖެއްގައި ވިދާޅުވީ، ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވޭ ސާމްޕަލް ތަކުގެ އަދަދު ވަރަށް ބޮޑު އިތުރުވެފައިވާ ކަމަށެވެ. އަދި މިވަގުތު ކޯވިޑާއި ގުޅިގެން ޕީ.ސީ.އާރު ލެބް ގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުން ކަރަންޓީން ކުރެވިފައިވު...

ޝިއުނާ އާދަމް
ފީވަކު ކައުންސިލް މުވައްޒަފުން ބޭނުންކުރަން ހާއްސަ ޔުނީފޯމެއް

ފީވަކު ކައުންސިލް މުވައްޒަފުން ބޭނުންކުރަން ހާއްސަ ޔުނީފޯމެއް

ށ. ފީވަކު ކައުންސިލްގެ މުވައްޒުފުން ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޙާއްސަ ޔުނީފޯމް ކިޓް މިއަދު އިފްތިތާޙު ކޮށްފިއެވެ. މި ކިޓުގައި ފީވަކު ކައުންސިލް އިދާރާގައި މަސަައްކަތް ކުރަށްވާ ފިރެހެން ބޭފުޅުންނަށް ތައްޔާރުކޮށްފައި ވަނީ ގިރުވާންލީ ޓީޝާޓާއި ފަޓުލޫނެވެ. އަދި އަންހެން މުވައްޒިފުންނަށް ތައްޔާރުކޮށްފައި ވަނީ، ދަނބު ކުލައިގެ ބުރުގާއާއި ދަނބު ކުލައިގެ ދިގު ހެދުމެވެ. މި ކިޓަކީ ފީވަކު ކައުންސިލް އިދާރާގައި މަސައްކަތްކުރަށްވާ ސިވިލް ސާވަންޓުންގެ ދީލަތި ހަދިޔާއެއް ކަމަށް މައުލޫމާތު ލިބިފަވެއެވެ. މިއީ ފ...

ޔުމްނާ ޢަލީ
އިންތިޚާބުވެއްޖެ ނަމަ ލިބޭ މުސާރަ ހޭދަކުރާނީ ދާއިރާގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރަން: ހަންނާން 📍 ށ. ކޮމަންޑޫ

އިންތިޚާބުވެއްޖެ ނަމަ ލިބޭ މުސާރަ ހޭދަކުރާނީ ދާއިރާގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރަން: ހަންނާން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ކޮމަންޑޫ ދާއިރާގެ ރައްޔިތުން އޭނާ އެ ދާއިރާގެ ގޮނޑިއަށް އިންތިޚާބުކޮށް ދެއްވައިފިނަމަ ލިބޭ މުސާރަ ހޭދަކުރާނީ ދާއިރާގެ ރައްޔިތުންނަށް ތަނަވަސް، ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ހަންނާންގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރެއެ...

ޝިއުނާ އާދަމް
ކުނި އުކައިދިނުމުގެ ފީގެ ގޮތުގައި ހަނިމާދޫ ކައުންސިލަށް 6،94،666 ރުފިޔާ 📍 ހދ. ހަނިމާދޫ

ކުނި އުކައިދިނުމުގެ ފީގެ ގޮތުގައި ހަނިމާދޫ ކައުންސިލަށް 6،94،666 ރުފިޔާ

ފާއިތުވެދިޔަ 2021 ވަނަ އަހަރު ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 694666.00 (ހަލައްކަ ނުވަދިހަ ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވާކަން އެ ކައުންސިލުން ހާމަކޮށްފިއެވެ. ހަނިމާދޫގައި ތިންސަތޭކައަށްވުރެ ގިނަ ގޭބިސީގައި މީހުން ދިރިއުޅެމުން އަންނައިރު، ފާއިތުވީ އަހަރުގައި މީހުން ދިރިއުޅޭ ގޭބިސީތަކުން ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 558466.00 (ފަސްލައްކަ ފަންސާސް އަށް ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވެއެވެ. އާންމު ގޭބިސީތަކުން ކުނި ފީގެ ގޮތުގައި ދަ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ކޯވިޑްގެ ހާލަތު ގޯސްވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިލްތިމާސްކޮށްފި

ކުޅުދުއްފުށީގައި ކޯވިޑްގެ ހާލަތު ގޯސްވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އިލްތިމާސްކޮށްފި

ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19ގެ ހާލަތު ގޯސްވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މިގޮތުން އެކައުންސިލުން ވަނީ ކޯވިޑްގެ ހާލަތު ގޯސްވަމުން ދާތީ ޒަރޫރީ ބޭނުންތައް ފިޔަވާ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުމާއި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކޮށްފައެވެ. މީގެއިތުރުން މާސްކު ރަނގަޅަށް ބޭނުންކޮށް، ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނ...

އައިޝަތު ނަސާޔާ
އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ހދ. އަތޮޅަށް އަމާޒުކޮށް އެޗް.އާރު.ސީ.އެމް އިން ކުރިއަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމްގެ ފޮލޯއަޕް މީޓިން ނިންމާލައިފި

އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ހދ. އަތޮޅަށް އަމާޒުކޮށް އެޗް.އާރު.ސީ.އެމް އިން ކުރިއަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމްގެ ފޮލޯއަޕް މީޓިން ނިންމާލައިފި

އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ހދ އަތޮޅަށް އަމާޒުކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އިން ކުރިއަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމްގެ ފޮލޯއަޕް މީޓިންއެއް ކުރިއަށް ގެންގޮއްސިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޝަންއިން ވިދާޅުވީ ހިއުމަން ރައިޓްސް ޑިފެންޑަރަސް ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 8 އިން 12 އަށް ކުރިއަށް ގެންގޮސްފައިވާ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ރަށްރަށުގެ ބޭފުޅުންނާއ...

އައިޝަތު ނަސާޔާ
މަރޮށި އިޖުތިމާއީ މަރުކަޒުގައި އިންޑޯޖިމް ގާއިމު ކޮށްދޭނެ ފަރާތެއްް ހޯދަނީ 📍 ށ. މަރޮށި

މަރޮށި އިޖުތިމާއީ މަރުކަޒުގައި އިންޑޯޖިމް ގާއިމު ކޮށްދޭނެ ފަރާތެއްް ހޯދަނީ

ށ.މަރޮށީ އިޖުތިމާއީ މަރުކަޒުގައި އިންޑޯޖިމް ގާއިމްކުރުމާއި ފުޓްސަލްދަނޑުގެ ލައިޓްތައް އުސްކޮށްދޭނެ ފަރާތެއް ހޯދުމަށް މަރޮށި ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި، މަރޮށީ އިޖުތިމާއީ މަރުކަޒުގެ އެތެރެއަށް ބައެއް ބަދަލުގެނައުމާއި، ފުޓްސަލްދަނޑުގެ ލައިޓްތައް އުސްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަހ...

އައިޝަތު ނަސާޔާ
ހަނިމާދޫ އިން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި ރޯވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި ރޯވެއްޖެ

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި ރޯވެއްޖެ އެވެ. އެ އެއަރޕޯޓުގެ އޮފިސަލަކު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ މިހާދިސާ ހިނގީ، ރަންވޭ މަތިގައި ފުރަން ތައްޔާރުވެފައިއޮއްވައި ކޮކްޕިޓެޓް ތެރެއިން ކަމަށެވެ. ރޯވެފައިވަނީ ކޮން އެއްޗެއްގައި ކަމެއް ސާފުނުވާކަމަށާއި ދުން އަރާފައިވަނީ ކެޕްޓަނުން ތިބޭ ކޮކްޕިޓް ތެރެއިންކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެއަރ ޕޯޓުގެ ފަޔަރ ޓީމް އިން ރަންވޭމަތިގައި ހަރަކާތްތެރިވަމުން އަންނަ ކަމަ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކްގެ ޑިޒައިން ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކްގެ ޑިޒައިން ނިންމާލައިފި

ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކް ޑިޒައިން މަސައްކަތް ނިންމާ ކައުންސިލާ ހަވާލުކޮށްފިއެވެ. އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދެމުން ދަނީ އެރަށުގެ އޮޓޯސޭވް ޕްރޮޑަކްޝަން (އޭ.އެސް.ޕީ) ސްޓޫޑިއޯއިންނެވެ. އިހަވަންދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތުގެ ތެރެއިން ލައިސަންސް ޓްރެކް ޑިޒައިންގެ މަސައްކަތް އެ ސްޓޫޑިއޯއިން އިއްޔެ ވަނީ ކައުންސިލާއި ހަވާލުކޮށް...

އައިޝަތު ނަސާޔާ
އުތީމު ކައުންސިލްގެ ސިއްކަ ފަރުމާކުރުމުގެ ފުރުސަތު، އެންމެ މޮޅު ފަރުމާއަކަށް ފައިސާގެ އިނާމެއް 📍 ހއ. އުތީމު

އުތީމު ކައުންސިލްގެ ސިއްކަ ފަރުމާކުރުމުގެ ފުރުސަތު، އެންމެ މޮޅު ފަރުމާއަކަށް ފައިސާގެ އިނާމެއް

ހއ. އުތީމު ކައުންސިލް އިދާރާގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާންކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން ސިއްކަ ފަރުމާކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެސް info@utheem.gov.mv އަށް ސިއްކަ ފަރުމާކުރުމަށްފަހު މެއިލް ކުރުމަށް އެކައުންސިލުން ވަނީ އެދިލައް...

އައިޝަތު ނަސާޔާ
ކޮޗިން ފެރީއިން، އިންޑިއާ ސިފައިން ހަނިމާދޫއަށް ހަތިޔާރު އެތެރެކުރި: ޝުޖާޢު

ކޮޗިން ފެރީއިން، އިންޑިއާ ސިފައިން ހަނިމާދޫއަށް ހަތިޔާރު އެތެރެކުރި: ޝުޖާޢު

ކޮޗިން ފެރީއިން، އިންޑިއާ ސިފައިން ހދ. ހަނިމާދޫއަށް ހަތިޔާރު އެތެރެކުރިކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ތުހުމަތު ކުރަށްވައިފިއެވެ. އިދިކޮޅު ކޯލިޝަނުން ރޭ އެ ކޯލިޝަންގެ މާލޭ ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާޢު ވިދާޅުވީ، ދިވެހިންނާ ބައްދަލުވެފައި ވަނީ އަމާން ދުވަސްތަކެއް ނޫން ކަމަށެވެ. މި ސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑެތި […]

އަލީ އާދިލް
ޖަލާލުއްދީން ސްކޫލުގައި 8 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ޖަލާލުއްދީން ސްކޫލުގައި 8 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި އަށް ކުލާސް ރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ޖަލާލުއްދީން ސްކޫލުގައި އަށް ކުލާސް ރޫމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިޢުލާން ކޮށްފައި ވަނީ 03 ޖަނަވަރީ 2022 ގައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ މިނިސްޓްރީން ވަނީ މި މަސައްކަތަށް ކޮށްދިނުމަށް އެދި ބީލަން ހ...

އިބްރާހިމް ޚަލީލް
މެނިފެސްޓޯގައި ނުވާވަރުކަމެއް، ނުފުއްދޭވަރުގެ ވައުދެއް ނޯންނާނެ: ހަންނާން 📍 ށ. ކޮމަންޑޫ

މެނިފެސްޓޯގައި ނުވާވަރުކަމެއް، ނުފުއްދޭވަރުގެ ވައުދެއް ނޯންނާނެ: ހަންނާން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ނުވާވަރުކަމެއް، ނުފުއްދޭވަރުގެ ވައުދެއް ނޯންނާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ކެންޑިޑޭޓު ނަމްބަރު 3، ހަންނާނުގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިރެޔަކީ މުޅި މުސްތަގުބަލް ބިނާކުރުމަށްޓަކައި އަތުކުރި އޮޅާލައި، އެ އުންމީދު ދާއިރާގެ ރައްޔިތުންނާއި ހަމައަށް ގެނެ...

ޝިއުނާ އާދަމް