މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހދ. އަތޮޅުގެ ހުރިހާ ކައުންސިލަކުން މުއްދަތުގެ ތެރޭގައި ބަޖެޓް ފާސްކޮށް ހުށަހެޅި

ހދ. އަތޮޅުގެ ހުރިހާ ކައުންސިލަކުން މުއްދަތުގެ ތެރޭގައި ބަޖެޓް ފާސްކޮށް ހުށަހެޅި

ހދ. އަތޮޅުގެ ހުރިހާ ރަށަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި 2022 ވަނަ އަހަރުގެ ކައުންސިލް ބަޖެޓް ފާސްކޮށް އެ މަޢުލޫމާތު ހދ. އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ ކަމުގައި އެ ކައުންސިލުން ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން، ކައުންސިލަށް ލިބޭ އާމްދަނީއާއި އެކި ގޮތްގޮތުން ލިބޭ އެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލް ބަޖެޓް ޖަނަވަރީ މަހުގެ 15 ގެ ކުރިން […]

އިބްރާހިމް ޚަލީލް
ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުން، މި ނުކުތީ އެކަންކޮށްދޭން: ހަންނާން 📍 ށ. ކޮމަންޑޫ

ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުން، މި ނުކުތީ އެކަންކޮށްދޭން: ހަންނާން

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދުށުމަކީ، އެންމެ ކުޑައިރުއްސުރެ ކުރަމުން އަންނަ އުންމީދެއްކަމަށާއި، އޭނާ ނުކުންނެވީ އެކަން ހާސިލްކޮށްދޭން މަސައްކަތް ކުރަންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ވަނީ ބަހުސެއް ކުރ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފި

ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ރަށު ކޯވިޑް ޓާސްކް ފޯސްއިން ނިންމައިފިއެވެ. ކޯވިޑް ކޭސްތައް އިތުރު ވުމާއި ގުޅިގެން އެޗްޕީއޭއިން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ 22 ޖަނަވަރީ 2022 ވަނަ ދުވަހުއެވެ. މިވަގުތު ވެސް އެ ރަށް މޮނީޓަރިންގައި އޮތްއިރު އިއްޔެ (25 ޖަނަވަރީ 2022) އެކަނި ވެސް އެ ރަށުން މި ބައްޔަށް 49 ފަރާތެއް ވަނީ ޕޮޒިޓިވެ، ޖުމްލަ މި ބަލި ޖެހިފައިވާ […]

އިބްރާހިމް ޚަލީލް
އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ ވަކީލަކަށް: ފަތުހީ 📍 ށ. ކޮމަންޑޫ

އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ ވަކީލަކަށް: ފަތުހީ

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގެ ރަށްޔިތުން އޭނާ ކޮށްފިނަމަ އޭނާ ވެވަޑައިގަންނަވާނީ ވަކި މީހެއްގެ، ބަޔެއްގެ ވަކީލަކަށް ނޫންކަމަށާއި، އޭނާ ވާނީ ރައްޔިތުންގެ ވަކީލަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ފަތުހީ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން...

ޔުމްނާ ޢަލީ
ތަރައްގީގެ އެތައް މަޝްރޫޢުއެއް މިދަނީ ހިންގަމުން، ސަރުކާރު އޮތީ އަޅުގަނޑުގެ ފަހަތުގައި: ރާޝިދު 📍 ށ. ކޮމަންޑޫ

ތަރައްގީގެ އެތައް މަޝްރޫޢުއެއް މިދަނީ ހިންގަމުން، ސަރުކާރު އޮތީ އަޅުގަނޑުގެ ފަހަތުގައި: ރާޝިދު

ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި މިހާރުވެސް ތަރައްގީގެ އެތައް މަޝްރޫޢުއެއް ކުރިއަށްދާ ކަމަށާއި، ކުރިއަށްއޮތް ތަނުގައި އިތުރު މަޝްރޫޢުތައް އަންނާނެކަމަށާއި، އެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރު އޮތީ އޭނާގެ ފަހަތުގައިކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ...

އަލީ އާދިލް
ހަންނާނުގެ ވައުދުތައް ހިއްސާކޮށްފި، ސަޕޯޓަރުން ބުނަނީ ގޮނޑި ޔަގީންކަމަށް! 📍 ށ. ކޮމަންޑޫ

ހަންނާނުގެ ވައުދުތައް ހިއްސާކޮށްފި، ސަޕޯޓަރުން ބުނަނީ ގޮނޑި ޔަގީންކަމަށް!

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމަށް ދާއިރާއަށް ކުރި ދަތުރު ނިންމާލައިފިއެވެ. މިދަތުރާއެކު ދާއިރާގެ ތާއީދު ހަންނާނަށް ބޮޑުތަނުން އިތުވެގެން ގޮސްފައިވާކަމަށާއި، ގޮނޑި ނަގާނީ ބޮޑު ތަފާތަކުންކަމަށް ހަންނާނުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ. އެ ދާއިރާއިން ވާހަކަ ދެއްކި ހަންނާނުގެ ބައެއް ސަޕޯޓަރުން ބުނިގޮތުގައި ދާއިރާގ...

ޝިއުނާ އާދަމް
ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަންގައި މާލޭގައި ވޯޓު ފޮށި ބަހައްޓަނީ އިސްކަންދަރު ސްކޫލްގައި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަންގައި މާލޭގައި ވޯޓު ފޮށި ބަހައްޓަނީ އިސްކަންދަރު ސްކޫލްގައި

ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މާލޭގައި ބަހައްޓާ ވޯޓްފޮށި ބަހައްޓާނީ އިސްކަންދަރު ސްކޫލްގައި ކަމަށް އިލެކްޝަން ކޮމިޝަން (އީ.ސީ)އިން ބުނެފިއެވެ. އިސީން މިއަދު ކުރި އިއުލާނެއްގައި ކޮމަންޑޫ ދާއިރާގެ އިތުރުން ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި، ވޯޓްފޮށިތައް ބެހެއްޓިފައިވާ ސަރަހައްދުތައް ވަނީ އާންމުކޮށްފައެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓްލުމަށް ށ. ފޯކައިދޫ ސްކޫލްގައި 2 ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވާ...

އައިޝަތު ނަސާޔާ
ކެލާ ކައުންސިލް އިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ކައުންސިލް އިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.ކެލާ ކައުންސިލް އިދާރާގެ ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލްއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ބޭނުންވަނީ އެއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތ...

އައިޝަތު ނަސާޔާ
ނެއްލައިދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނެއްލައިދޫ އައު އިންޖީނުގެ އަދި އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އިއުލާން ކޮށްފި އެވެ. އެކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެފަރާތުން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އެރަށުގެ އައު އިންޖީނުގެ އަދި އޮފީސް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުންފުނީގެ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މީގެކުރިންވެސް މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކުންފުނިން ވަނީ އިއު...

އައިޝަތު ނަސާޔާ
ކޮމަންޑޫއަށް އައު އެންބިއުލާންސް ފޮނުވައިފި

ކޮމަންޑޫއަށް އައު އެންބިއުލާންސް ފޮނުވައިފި

އަތޮޅުތެރެއަށް ބޭނުންކުރުމަށް ގެނެސްފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން ށ. ކޮމަންޑޫއަށް ފޮނުވާ އެމްބިއުލާންސް ރޭގައި ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތަކުގެ ތެރެއިން މީގެކުރިން ށ. އަތޮޅުގެ ފޯކައިދޫ އަދި މަރޮށްޓަށް ވެސް ވަނީ އެމްބިއުލާންސް ފޮނުވާފައެވެ. އެ އެމްބިއުލާންސްތައް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހުއެވެ. އެފަހަރު އެމްބިއުލާންސް ފޮނުވި ރަށް...

އައިޝަތު ނަސާޔާ
ކުޅުދުއްފުށީ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނަގަން އިލްތިމާސް ކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނަގަން އިލްތިމާސް ކޮށްފި

ހދ.ކުޅުދުއްފުށި ސިޓީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނެގުމަށް އެ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. ކުޅުދުއްފުށީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމުގެ މައްސަލައާއި ގުޅިގެން 24 ޖަނަވަރީ 2022 ވީ ހޯމަ ދުވަހު އެ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ރަށްގިރުމަށް މެދުވެރިވެ ރަށަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ […]

އިބްރާހިމް ޚަލީލް
އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން މަޖިލީހަށް ބޭނުންވޭ، ފަތުހީއަކީ އެފަދަ ބޭފުޅެއް: ސައިޚް ލަޠީފް 📍 ށ. ކޮމަންޑޫ

އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން މަޖިލީހަށް ބޭނުންވޭ، ފަތުހީއަކީ އެފަދަ ބޭފުޅެއް: ސައިޚް ލަޠީފް

މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝަ އިޚު މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ސެއިޚް ލަޠީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށެވެ. “އެކަންކަން ނުދަންނަ ޖާހިލުން” ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. “ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުޙީ އަކީ އެރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާ ބޭފުޅެއް. އެންމެން އޭނާއަށް...

އަލީ އާދިލް
އުތީމުގައި އަލަށް އިމާރާތްކުރި އިންޖީނުގެ މަސައްކަތްނިމި ޚިދުމަތް ދިނުމަށް ތައްޔާރުވަނީ 📍 ހއ. އުތީމު

އުތީމުގައި އަލަށް އިމާރާތްކުރި އިންޖީނުގެ މަސައްކަތްނިމި ޚިދުމަތް ދިނުމަށް ތައްޔާރުވަނީ

ހއ. އުތީމުގައި ފެނަކަ ކޯޕަރޭޝަން އިން އަލަށް އިމާރާތްކުރި އިންޖީނުގެ މަސައްކަތް ނިމި ޚިދުމަތް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވާންފަށައިފި އެވެ. އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވީ އެރަށުގައި އަލަށް އިމާރަތް ކުރެވުނު އިންޖީނުގެ މިހާރުވަނީ އިމާރަތްކޮށް ނިމި ރީލޮކޭޝަން ކުރުމުގެ މަސައްކަތް ފެށިފައި ކަމަށެވެ. މިކަމަށް ބޭނުންވާ ސާމާނުތައްވެސް ވަނީ ފެނަކަ އިން އެރަށަށް ފޮނުވާފަ ކަމަށްވެސް ހަމްދޫން ވިދާޅުވި އެވެ. އޭގެތެރޭގައި 400 ކިލޯވޯޓްގެ އައު ޖަނަރޭޓަރެއްވެސް [...

އަލީ އާދިލް
ދިއްދޫ ޕްރީސްކޫލްގެ ފީ ކުޑަކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ޕްރީސްކޫލްގެ ފީ ކުޑަކޮށްފި

ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަތުން ނަގަމުންދާ ފީ ކުޑަކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސޯޝަލް މީޑިއާގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކައުންސިލް މެމްބަރުންގެ ތާއިދާއިއެކު އެރަށު ޕްރީސްކޫލްއިން މިހާރު ނަގަމުންދާ ފީއިން 50 ރުފިޔާ އުނިކޮށްފައިވާ ކަމަށެވެ. އެގޮތުން އަންނަ ފެބުރުއަރީ މަހުން ފެށިގެން އެސްކޫލް ކުދިންގެ އަތުން ފީއެއްގެ ގޮތުގައި ނަގަމުންދާނީ -/300 (ތިންސަތޭކަ) ރުފިޔާއެވެ....

އައިޝަތު ނަސާޔާ
ކޯވިޑް ފެތުރޭތީ ކާފިއު ހިންގައި ދިއްދޫގައި ވަރުގަދަ ފިޔަވަޅުތަކެއް 📍 ހއ. ދިއްދޫ

ކޯވިޑް ފެތުރޭތީ ކާފިއު ހިންގައި ދިއްދޫގައި ވަރުގަދަ ފިޔަވަޅުތަކެއް

ހއ. ދިއްދޫގައި ކޯވިޑް-19 ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ކާފިއު ހިންގައި ގޭގެއަށް ޒިޔާރަތްކުރުން މަނާކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. ދިއްދޫ ކައުުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިމިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކޯވިޑް-19 ދިއްދޫ ޓާސްކް ފޯސްއިން ކައުންސިލަށް ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ. އެގޮތުން މިއަދުން ފެށ...

އައިޝަތު ނަސާޔާ