މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފޯކައިދޫ ބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމާއި، ރޮސްޓްރަމްގެ މަސައްކަތް ބީލަމަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމާއި، ރޮސްޓްރަމްގެ މަސައްކަތް ބީލަމަށް

ށ. ފޯކައިދޫ ބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކޮށް، ރޮސްޓްރަމް ތަރައްގީ ކުރުމުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިއްޔެ ކުރި ދެ ޢިއުލާނެއްގައި މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ. ލައިޓިންގ ސިސްޓަމް ގާއިމްކުރުމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ. ރޮސްޓްރަމް ތަރައްގީކުރުމު...

ޝިއުނާ އާދަމް
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިއްޖެ.  #MTCCProjects #RayyithungeKunfuni pic.twitter.com/csD3sIo05o — MTCC Plc (@MTCCPlc) January...

އަޙްމަދު ވަހީދު
ހަނިމާދޫ އަންހެނުންގެ ކޮމެޓީން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަންހެނުންގެ ކޮމެޓީން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެ

ހދ. ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އެރަށުގެ ސިއްހީ މަރުކަޒަށް ޑިޖިޓަލް ނޯޓިސްބޯޑެއް ހަދިޔާ ކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ވިދާޅުވިގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މި އެހީތެރިކަމާއެކު ހަނިމާދޫ ސިއްހީ މަރުކަޒުގައި ޑިޖިޓަލް ނޯޓިސްބޯޑެއް ގާއިމުކުރެވިގެން ދާނެއެވެ. އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ކުރަމުންދާ މަސައްކަތްތަކަށް މި ޑިޖިޓަލް ނޯޓިސްބޯޑުގެ ޒަރީއާއިން ފަސޭހަކަން ލިބިގެންދާނެކަން ފާހަގަކުރައްވައި، މ...

ޔުމްނާ ޢަލީ
ހަނިމާދޫ ކައުންސިލާއި، އަންހެނުން ކޮމެޓީން ހަނިމާދޫ ޕްރީސްކޫލަށް ފައިސާގެ އެހީތެރިކަން 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލާއި، އަންހެނުން ކޮމެޓީން ހަނިމާދޫ ޕްރީސްކޫލަށް ފައިސާގެ އެހީތެރިކަން

ހދ. ހަނިމާދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން، ހަނިމާދޫ ސަޢާދާ ޕްރީސްކޫލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. ހަނިމާދޫ ސަޢާދާ ޕްރީސްކޫލަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހިންގަމުން އަންނަ ޕްރީސްކޫލެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ޙުސައިން ވަޙީދު “ތިލަދުން” އަށް ވިދާޅުވީ، އެ ޖަމިއްޔާއިން ހިންގާ ޕްރީސްކޫލް ހިންގުމުގެ ކަންކަމަށް އެހީތެރިކަން ހޯދުމަށް ހަނިމާދޫ ކައުންސިލަށާއި، އަންހެނުންގެ ތަރައްގީކުރާ ކޮމެޓީއަށް ޕްރޮޕޯސަލް ހުށަހެޅު...

ޔުމްނާ ޢަލީ
ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕަރޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބީލަމަށް 📍 ށ. ކަނޑިތީމު

ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕަރޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބީލަމަށް

ށ. ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕަރޕަސް ހޯލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން ދެވަނަފަހަރަށް އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން  -/500 ރުފ...

އައިޝަތު ނަސާޔާ
ޅައިމަގު ސްކޫލުގެ 8 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ޅައިމަގު

ޅައިމަގު ސްކޫލުގެ 8 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ޅައިމަގު ސްކޫލުގެ 08 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢަކީ 16,782,860.70 (ސޯޅަ މިލިޔަން ހަތް ލައްކަ އައްޑިހަ ދެހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ ހަތްދިހަ ލާރި)ގެ މަޝްރޫޢުއެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެއިތުރުން މިއަދު ވަނީ އއ. ރަސްދޫގައި ހުންނަ، އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ […]

ޝިއުނާ އާދަމް
ފިއްލަދޫ ސުޕޯރޓްސް އެކެޑެމީން މިފަހަރު ދިއްދޫ އަށް 📍 ހއ. ދިއްދޫ

ފިއްލަދޫ ސުޕޯރޓްސް އެކެޑެމީން މިފަހަރު ދިއްދޫ އަށް

ހއ. ފިއްލަދޫ ސުޕޯރޓްސް އެކެޑެމީގެ ފުޓުބޯޅަ ޓީމާއި ހއ. ދިއްދޫ އެކަޑެމީގެ ފުޓުބޯޅަ ޓީމާ މެދު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ތަކެއް ކުޅެފިއެވެ. ފިއްލަދޫ ސްޕޯޓްސް އެކެޑެމީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމެޗްތައް ކުޅެފައިވަނީ އިއްޔެ ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ. އެގޮތުގައި އިއްޔެގެ މެޗްތައް ހާއްސަކޮށްފައިވަނީ 14 އަހަރުން ދަށުގެ ޓީމްތަކަށާއި 11 އަހަރުން ދަށުގެ ޓީމްތަކަަށެވެ. 14 އަހަރުން ދަށުގެ ޓީމުގެ މެޗް 3 ގޯލު ޖަހައިގެން ކާމިޔާބު ކުރީ ދިއްދޫޓީމެވެ. އަދި 11 […]

އައިޝަތު ނަސާޔާ
މޮނިޓަރިންގައި އޮތް ނެއްލައިދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި 📍 ހދ. ނެއްލައިދޫ

މޮނިޓަރިންގައި އޮތް ނެއްލައިދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ. ނެއްލައިދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮޮތުގައި ރަށް މޮނިޓަރިން އަށް ލެވިފައި މިވަނީ މިމަހުގެ 4 ވީ އަންގާރަ ދުވަހު އެރަށު ސިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި ފަރާތެއްގެ ފުލޫ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިހާރު ވަނީ އެރަށުގައި ކޯވިޑް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގެ ތެރޭގައި ހިމެނެނީ: ރޭގަނޑު […]

އައިޝަތު ނަސާޔާ
ށ. އަމާންވެށީގެ އަހަރީ ދުވަހާއި ގުޅިގެން ފަތިސް ނަމާދަށްފަހު ހަތިމު ކުރުން ކުރިއަށް ގެންގޮސްފި

ށ. އަމާންވެށީގެ އަހަރީ ދުވަހާއި ގުޅިގެން ފަތިސް ނަމާދަށްފަހު ހަތިމު ކުރުން ކުރިއަށް ގެންގޮސްފި

ށ. ފުނަދޫގައި ގާއިމް ކޮށްފައިވާ ށ. އަމާންވެށީގެ އަހަރީ ދުވަހާއި ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ށ. އަމާންވެށީގެ އަހަރީ ދުވަސް ކަމަށްވާ މި މަހުގެ 6 ވަނަ ވީ ބުރާސްފަތި ދުވަސް ފެށިގެން ދިޔައީ އެތަނުގެ ކުދީންނާއިއެކު ފަތިސްނަމާދުންނެވެ. އަދި ނަމާދަށްފަހު ޤުރުއާން ހަތިމު ކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން އެދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކުދިން […]

އައިޝަތު ނަސާޔާ
ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްޖެ

ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްޖެ

ހދ. ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްގެން އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުޑަމުރައިދޫއަށް ދަތުރުދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެ އިދާރާގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ދޯންޏަކީ “ފެމެލީ” ކިޔާ ދޯންޏެކެވެ. އެ ދޯނި އިންޖީނު ހުއްޓުނީ ކުޑަމުރައިދޫއިން ފުރައިގެން ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރި މަގުމަތީގައި ކަމަށް އެމްއެންއެންޑީއެފުން ވިދާޅުވެ...

ޔުމްނާ ޢަލީ
ކަނބަލުންނަށް ޚާއްޞަކޮށްގެން މުރައިދޫ ކައުންސިލުން ބާއްވާ 7 ވަނަ ވޮލީ މުބާރާތް ފަށައިފި 📍 ހއ. މުރައިދޫ

ކަނބަލުންނަށް ޚާއްޞަކޮށްގެން މުރައިދޫ ކައުންސިލުން ބާއްވާ 7 ވަނަ ވޮލީ މުބާރާތް ފަށައިފި

ހއ. މުރައިދޫ ކައުންސިލުން އެރަށު ކަނބަލުންނަށް ޚާއްޞަކޮށް ބާއްވާ 7 ވަނަ ވޮލީ މުބާރާތް އިއްޔެ ފަށައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދީފައިވާ މި މުބާރާތަކީ 8 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ. 4 ޓީމަކުން ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތުގެ އިއްޔެ ކުރިއަށް ދިޔަ މެޗްގައި ބައްދަލުކޮށްފައި ވަނީ ޖީނިޔަސް އާއި ވައިލްޑްވިންގް އެވެ. މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކޮށްފައިވަނީ ޖީނިޔަސް އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް […]

އައިޝަތު ނަސާޔާ
ކޮމަންޑޫ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް، އާ އިންޖީނުގޭގެ ހިދުމަތް ފަށައިފި 📍 ށ. ނަރުދޫ

ކޮމަންޑޫ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް، އާ އިންޖީނުގޭގެ ހިދުމަތް ފަށައިފި

ށ. ކޮމަންޑޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު އެ ރަށުގެ ރައްޔިތުންނަށް 32 އަހަރަށްފަހު ހިތް ފަސޭހަކަން ލިބުނީއެވެ. މިއީ އެ ރަށުގެ ރައްޔިތުންގެ އެތައް އަހަރެއްވަންދެން އެދެމުން އައި ކަމެކެވެ. އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށުމާއެކު ރަށޔ ތެރޭގޤި ހުރި ބާ އިންޖީނުގެ ވަނީ ނިއްވާލާފައެވެ. އެކަމަށް އިއްޔެ ބޭއް ރަސްމިއްޔާތުގައި އިންޖީނުގެ ނިއްވާލަދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. Sh. Komandoo 32 aharu vee […]

އަޙްމަދު ވަހީދު
ރައީސް ޞާލިޙް ކޮމަންޑޫ އަށް 📍 ށ. ކޮމަންޑޫ

ރައީސް ޞާލިޙް ކޮމަންޑޫ އަށް

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ށ. ކޮމަންޑޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަދި ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީގެ އެންމެ އިސް ލީޑަރެވެ. އެމްޑީޕީން މިއަދު ބުނީ މިއީ އެ ޕާޓީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރައީސް ޞާލިޙް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ. އެ ޖަލްސާ އޮންނާނީ މިރޭ ކޮމަންޑޫގައެވެ. އެ އިންތިޚާބުގައި ވާދަކ...

އަލީ އާދިލް
ފީވަކު ޒުވާނުންގެ ގުޅުމުން ބޭއްވި "ބަލްމާ ފުޓްސަލް ޗެލެންޖް 2021"ގެ ޗެމްޕިއަންކަން ހަކުރު އެފްސީއަށް

ފީވަކު ޒުވާނުންގެ ގުޅުމުން ބޭއްވި "ބަލްމާ ފުޓްސަލް ޗެލެންޖް 2021"ގެ ޗެމްޕިއަންކަން ހަކުރު އެފްސީއަށް

ށ. ފީވަކުގެ ޖަމިއްޔާއެއް ކަމަށްވާ އެރަށު ޒުވާނުންގެ ގުޅުމުން އިންތިޒާމްކޮށްގެން ބޭއްވި “ބަލްމާ ފުޓްސަލް ޗެލެންޖް 2021” ގެ ޗެމްޕިއަންކަން ހަކުރު އެފްސީން ހޯދައިފިއެވެ. ފީވަކުގެ “ހަކުރު” ޢާއިލާއަށް ނިސްބަތްވާ، ހަކުރު އެފްސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ފީވަކު ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި، 0 – 4 އިން ކްލަބް ފުއްޓަރު ބަލިކޮށްގެންނެވެ. ހަކުރު އެފްސީގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އަޙްމަދު ނިހާން އަދި ހުސެއިން އާދިލް އެވެ. ނިހާން […]

ޙުސައިން ޝަހުދީ
ދިއްދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް ލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް އަލުން ބީލަމަށް ލައިފި

ހއ. ދިއްދޫގައި މިސްކިތެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަޠު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން ވަނީ ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީން މި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ޢަލުން ޢިއުލާންކޮށްފައި މިވަނީ ކުރިން މިކަމަށް ކުރި ޢިއުލާން ބާތިލު ކުރުމަށްފަހުއެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމު...

ޔުމްނާ ޢަލީ