📍 ށ. ނޫމަރާ
ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށް އެހީއަށް އެދިއްޖެ
ށ. ނޫމަރާ ފަރަށް އެރި ބާޖުގެ ސަބަބުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތް ކުރުމަށް އެރަށު ކައުންސިލުން އެހީއަށް އެދިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީއު ވިދާޅުވީ ބާޖު ފަރަށް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް މަސައްކަތްކުރުމަށް، މި މައްސަލާގައި ޖޫރިމަނާކޮށްފައިވާ ބާޖުގެ ރާއްޖޭގެ އެޖެންޓް، ރޮހޮފް ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަން ލިބޭނެ މަގެއް ހޯއްދަވައިދެއްވުން އެދި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ދަންނަވާފައިވާނެ...