މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ތިލަފުށީގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

ތިލަފުށީގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވީ ހަދަމުން ދިޔަ އިމާރާތެއްގެ ތިރީހަކަށް ފޫޓު މަތީގައި ހުރި ޖުންގެއްގެ މަތިން ތިރީ ފްލޯއަށް އެ މީހާ ފުންމާލުމުންނެވެ. އެމީހާ ތިރިއަށް ފުންމާލި ވަގުތު ސިމެންތި ފިލާ ފަޅައިގެންގޮސް ބިންމައްޗަށް ޖެހުނުކަމަށް މަންޒަރުދުއްމީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފަ ވެއެވެ. ފުލުހުންގެ ޚިދުމަތުން ބައެއް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި ތިލަފުށީގައި އިމާރާތްކުރަމުން ދިޔަ...

އައިޝަތު ނަސާޔާ
"ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ" ގައި ނޮޅިވަރަންފަރު ސްކޫލަށް ބޮޑު ކާމިޔާބީއެއް 📍 ހދ. ނޮޅިވަރަންފަރު

"ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ" ގައި ނޮޅިވަރަންފަރު ސްކޫލަށް ބޮޑު ކާމިޔާބީއެއް

ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ” ގައި ހދ. ނޮޅިވަރަންފަރު ސްކޫލަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލް ޕްރިންސިޕަލް އަލީ އަހްމަދު ވިދާޅުވީ ޕާލޭ އިން ކުރިއަަށް ގެންދާ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް […]

އައިޝަތު ނަސާޔާ
"ވައިކަރަދޫ ޔޫތު ކުލަބް ސްޕޯޓްސް އެކަޑަމީ" ގެ ފެށުން އައު އަހަރުގެ ފުރަތަމަ ދުވަހު 📍 ހދ. ވައިކަރަދޫ

"ވައިކަރަދޫ ޔޫތު ކުލަބް ސްޕޯޓްސް އެކަޑަމީ" ގެ ފެށުން އައު އަހަރުގެ ފުރަތަމަ ދުވަހު

ހދ.ވައިކަރަދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ވައިކަރަދޫ ޔޫތު ކުލަބުން އިސް ނަގައިގެން “ވީވައިސީ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި އެކަޑަމީއެއް 01 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ. ވައިކަރަދޫގައި އެކި ކުޅިވަރުތަކުން މޮޅެތި ކުޅުންތެރިން އުފެއްދުމުގެ މަޤުޞަދުގައި ފަށާ މި އެކަޑަމީގައި ތިން ކުޅިވަރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ. މިވަގުތު ފުޓްބޯޅައާއި ވޮލީބޯޅަ ހާއްސަ ކޮށްފައ...

އިބްރާހިމް ޚަލީލް
ރުހުން ނެތް މީހެއް އެސްޖީއަކަށް އައްޔަނުކުރަންއުޅޭތީ ށ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި

ރުހުން ނެތް މީހެއް އެސްޖީއަކަށް އައްޔަނުކުރަންއުޅޭތީ ށ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި

ށ. އަތޮޅު ކައުންސިލުގެ ރުހުން ނެތް މީހެއް އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރުމަށް، ސިވިލްސާވިސް ކޮމިޝަންއިން މަސައްކަތްކުރަމުންދާކަމަށް ބުނެ އެކަން ހައްލުކޮށްދިނުމަށް އެދި ށ. އަތޮޅު ކައުންސިލްގެ ގަރާރެއް ފާސްކޮށްފިއެވެ. މި ގަރާރު ފާސްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އެ ކައުންސިލްގެ ބައްދަލުވުމުގައި، 11 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރު ފާސްކުރަން ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. އެކައުންސިލުގައި ތިއްބަވަނީ 15 މެންބަރުންނެވެ. އެ ގަރާރ...

އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަނުކުރަން އެމްޓީޑީން ނިންމައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަނުކުރަން އެމްޓީޑީން ނިންމައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ވާދަ ނުކުރަން ނިންމައިފިއެވެ. އެމްޓީޑީން ބުނީ ‏މިއަދު ބޭއްވުނު އެޕާޓީގެ ކައުންސިލު ބައްދަލުވުމުގައި، އެ ޕާޓީން މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ވަނީ ނިންމާފަކަމަށެވެ. އެ ޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީ އިން ހުޅުވާލުމުން، އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ކުރިމަތިލި އެ ޕާޓީގެ މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ. އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސ...

އަލީ އާދިލް
އެމްއެންޕީގެ ހަންނާނު ފޯމު ހުށަހަޅައިފި 📍 ށ. ކޮމަންޑޫ

އެމްއެންޕީގެ ހަންނާނު ފޯމު ހުށަހަޅައިފި

‏ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްގެ ކެނޑިޑެންސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ. ހަންނާނަކީ މި އިންތިޚާބުގައި ވާދަކުރުމަށް އީސީއަށް ފުރަތަމަ ފޯމް ހުށަހެޅި ފަރާތެވެ. އޭނާއަށް އެމްއެންޕީގެ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ކޮމަންޑޫއަށް އުފަން، މިހާރު ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވަމުން އަންނަ ހައްނާނަކީ ތައުލީމީ ދާއިރ...

ޔުމްނާ ޢަލީ
ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޕޮލިހަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޕޮލިހަށް

ހއ.ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓް 2021 ގެ ޗެމްޕިއަންކަން ހޯރަފުށީ ޕޮލިސްޓޭޝަނުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ 26 ޑިސެމްބަރ 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހޯރަފުށީ ސްޕޯޓްސް އެރީނާ ވޮލީ ކޯޓުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ހޯރަފުށީ ޕޮލިސްޓޭޝަންއާއި ހޯރަފުށީ ފެނަކަ ބްރާންޗްގެ ޓީމެވެ. މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ތަށި ހޯރަފުށީ ޕޮލިސް ޓީމުން ވަނީ އުފުލާލާފައެވެ. މެޗުގެ ސެޓްތައް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ޝޯޓުލިސްޓްކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދު މި ފުރުސަތު ހުޅުވާލީ އިކޮނޮމިކް މިނިސްޓްރީންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރާނެއެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމ...

އަޙްމަދު ވަހީދު
ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ. ހިރިމަރަދޫ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒު ކޮށްދޭ މޮނިއުމެންޓެއް ހަދާއިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. ހިރިމަރަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް އިއުލާނު ކޮށްފައިވާނެ ކަމަށާއި އެ އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށައަޅާފައިނުވާތީ ދެވަނަ ފުރުސަތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2021 ވާ އަ...

އައިޝަތު ނަސާޔާ
ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ފަށަނީ 📍 ހއ. ދިއްދޫ

ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމެއް ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ފަށަނީ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ސްޕީޗް ތެރަފިސްޓެއް އެ ރަށަށް ގެނެސް އެ ޚިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް ހިލޭ ދެއްކުމުގެ ފުރުޞަތުލިބޭ ޕްރޮގްރާމެއް ފެށުމަށް އެ ކުލަބުން ތައްޔާރުވެއްޖެއެވެ. އެ ކުލަބުންވަނީ މީގެ މަހެއްހާ ދުވަސްކުރިން ސްޕީޗް ތެރަޕީ ބޭނުންވާ ފަރާތްތަކުގެ ނިސްބަތް ދެނެގަތުމުގެ ގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލާފައެވެ. އެ ފުރުޞަތުގެ ދަށުން ސާޅީހަށްވުރެ ގިނަފަރާތް ރަޖިސްޓަރީ ކުރި ނަމަވެސް އިތުރަށް އެ […]

އިބްރާހިމް ޚަލީލް
ނެއްލައިދޫގައި ފަޔާ ފައިޓިން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ފަޔާ ފައިޓިން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ހދ. ނެއްލައިދޫ ކައުންސިލްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން އެރަށުގައި ފަޔަރ ފައިޓިންގް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލް މެމްބަރ އަދި މި ޕްރޮގްރާމް އިންތިޒާމް ކުރުމާއި ހަވާލުވެ ހުންނެވި އައިޝަތު ދިމްނާ ވިދާޅުވީ މިއީ ނެއްލައިދޫ ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށްނަށާއި އާއްމު ރައްޔިތުންނަށް ވެސް ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި މަހުގެ 28 ވަނަ [...

އައިޝަތު ނަސާޔާ
އެމްއެންޕީގެ ކެންޑިޑޭޓް ތަޢާރަފްކޮށް، ޓިކެޓް ހަވާލުކޮށްފި 📍 ށ. ކޮމަންޑޫ

އެމްއެންޕީގެ ކެންޑިޑޭޓް ތަޢާރަފްކޮށް، ޓިކެޓް ހަވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ވާދަކުރާ، ކެންޑިޑޭޓް ތައާރަފްކޮށް، ޓިކެޓް ހަވާލުކުރުމުގެ ގޮތުން ޖަލްސާއެއް ރޭގައި ބާއްވައިފިއެވެ. އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ޓިކެޓް ހަވާލުކޮށްފައި ވަނީ، ކޮމަންޑޫގެ ވިޔަފާރިވެރިއެއް ކަމުގައިވާ އަބްދުލްް ހަންނާން އިދްރީސްއަށެވެ. ހަންނާނުއަށް ޓިކެޓް ހަވާލުކޮށްފައި ވަނީ އެމްއެންޕީގެ އިންތިގާލީ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު...

އައިޝަތު ނަސާޔާ
ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ނައިވާދޫ ރައްޔިތުންނަށް ބޮޑު އެހީތެރިކަމެއް! 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ނައިވާދޫ ރައްޔިތުންނަށް ބޮޑު އެހީތެރިކަމެއް!

ހދ. ނެއްލައިދޫ ރައްޔިތުންގެ ފަރާތުން ހދ. ނައިވާދޫ އަށް ބޮޑު އެހީތެރިކަމެއް ވެއްޖެ އެވެ. ނައިވައިދޫ ކައުންސިލުން ވިދާޅުވީ، ރަށުގެ ކޮވިޑްގެ މިޙާލަތުގައި އަވައްޓެރި ނެއްލައިދޫގެ ރައްޔިތުންގެ ފަރާތުން މި ލިބުނު ދީލަތިއެހީއަކީ އަޅުގަނޑުމެން ހިތުގެ އެންމެ ފުންމިނުން ބަލައިގަނެ، ހިތުގެ އަޑިން ޝުކުރުވެރިވާ ކަމެއްކަމަށެވެ. “ތި ދެއްވި އެހީތެރިކަމާއި ބެހެއްޓެވި އަޚުވަންތަކަމަށް ނައިވާދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ނެއްލައިދޫ ކައުންސިލު މެންބަރުންނަށާއި އަދި އ.ތ.މ ކޮމިޓީއާއި ނެއްލައިދޫގެ ލޮބުވެތި ރައ...

އިބްރާހިމް އަސްވާޤް
ދިއްދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމަށް ކައުންސިލާއި ހަވާލު ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމަށް ކައުންސިލާއި ހަވާލު ކޮށްފި

ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތް އިއުލާންކޮށްގެން ކުރިޔަށް ގެންދިޔުމަށް ޔޫތް މިނިސްޓްރީއިން އެރަށު ކައުންސިލާއި ހަވާލުކޮށްފިއެވެ. ޔޫތް މިނިސްޓްރީއިން މިހެން ބުނެފައިވަނީ މިއަދު އެ މިނިސްޓްރީއިން ކުރައްވާފައިވާ ޓްވީޓެއްގައެވެ. ދިއްދޫގެ އިތުރުން ކ. މާފުށީގެ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކުރުމުގެ މަސައްކަތް ވެސް އިއުލާންކޮށްގެން ކުރިޔަށް ގެންދިޔުމަށް ޔޫތް މިނިސްޓްރީއިން ވަނީ އެރަށު ކައުންސިލާއި ހަވާލުކޮށްފައެވެ. ދިއްދޫ ޓާފް ދަނޑުގެ ޓާފް އަޅާ ނިމިފައިވަނީ މި އަހަރުގެ...

އައިޝަތު ނަސާޔާ
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ވިލުންވެރި ފެސްޓު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ވިލުންވެރި ފެސްޓު ނިންމާލައިފި

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ވިލުންވެރި ފެސްޓުގެ ލިޔުމާއި ކުރެހުމުގެ މުބާރާތުން ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދެއްވައިފިއެވެ. ރޭގައި ކުރިއަށް ގެންދިޔަ މި އިނާމު ދިނުމުގެ ރަސްމިއްޔާތު ގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރގެ އިތުރުން އެންޑީއެމްއޭގެ ޑެޕިއުޓީ ސީ.އީ.އޯ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ)، ކުޅު...

އައިޝަތު ނަސާޔާ