މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އެމްޓީޑީންވެސް ކޮމަންޑޫ ދާއިރާއަށް ވާދަކުރާނެ 📍 ށ. ކޮމަންޑޫ

އެމްޓީޑީންވެސް ކޮމަންޑޫ ދާއިރާއަށް ވާދަކުރާނެ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް  (އެމްޓީޑީ) އިންވެސް ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ، އެ ޕާޓީގެ މެންބަރުންނަށް ފުރުޞަޠު ހުޅުވާލަމުން އެމްޓީޑީ އިން ބުނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00އާ ހަމައަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ. އެ ޕާޓީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަ ކުރަން ބޭނުންވާ އެންމެހާ މެންބަރުން އެ ޕާޓީގެ އީމެއިލް، secretariat@mtd.mv އަށް މެއިލް ކުރުމަށް އެމްޓީޑީން ވަނީ އެދިފައެވެ. […...

އަލީ އާދިލް
"އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021" ފަށައިފި

"އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021" ފަށައިފި

ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021 ފަށައިފިއެވެ. މި މުބާރާތް ފަށާފައި ވަނީ 24 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިއްދޫ ހީވެސްނުވޭ ސްޕޯޓްސް ކުލަބާއި އިހަވަންދޫ ސެންސިޓީއެވެ. މި މެޗު 1-0 […]

އިބްރާހިމް ޚަލީލް
ހަންނާނަށް މިރޭ ޓިކެޓް ހަވާލުކުރަނީ 📍 ށ. ކޮމަންޑޫ

ހަންނާނަށް މިރޭ ޓިކެޓް ހަވާލުކުރަނީ

މޯލްޑިވަސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެނޑިޑޭޓް ތަޢާރަފްކޮށް، ޓިކެޓް ހަވާލުކުރުން މިރޭ އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ، މިކަމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:45 ގައި ސްޓެލްކޯ އޮޑިޓޯރިއަމް ރޫމްގައެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ އެމްއެންޕީގެ ކެންޑިޑޭޓަކީ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސް އެވެ. ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު ހަންނާނަކީ އަމިއްލަ ވިޔަފާރީގ...

އަލީ އާދިލް
ދިއްދޫ ސާފްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި 📍 ހއ. ދިއްދޫ

ދިއްދޫ ސާފްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހއ. ދިއްދޫ ކައުންސިލުގެ އިދާރާއިން އިސްނަގައިގެން އެ ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގުރާމު ކުރިއަށް ގެންގޮސްފައި ވަނީ ދިއްދޫގެ ކައުންސިލުގެ އިސްނެގުމާއިއެކު އެ ރަށުގެ ހުރިހާ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ދިއްދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ގުޅިގެންނެވެ. 25 ޑިސެމްބަރ 2021 ވީ ހޮނިހިރު ދުވަހު (މިއަދު) ގެ ހެނދުނު 06:00 ފެށިގެން ކުރިއަށް ގެންދިޔަ ސާފް ކުރުމުގެ މި ޕްރޮގްރާމްގެ ދަށުން ވަނީ އެ ރަށުގެ ހުޅަނގުފަރާތާއި ތާރު އެޅިމަގުތަކުގެ […]

އިބްރާހިމް ޚަލީލް
އަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފި 📍 ހދ. ކުޅުދުއްފުށި

އަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފި

ކުޅުދުއްފުށީ ސިޓީގެ ޢަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ. އަފީފުއްދީން ސްކޫލްގެ ކެޑޭޓް ދަރިވަރުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު އޮތީ މިމަހުގެ 22 ވަނަ ދުވަހު ހަވީރު 16:00 ގައި އެ ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ގައުމީ ދިފާއީ ބާރުގެ ނޯދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ނާޒިމް އެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަށް އަފީފުއްދީން ސްކޫލްގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ސްކޫލްގެ […]

ޝިއުނާ އާދަމް
ބީޒެޑްޑީ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ދިއްދޫއަށް، ފިރިހެން ބައިގެ ޗެމްޕިއަންކަން ބާރަށު ސޫރިޔާ ސްޕޯޓްސްއަށް

ބީޒެޑްޑީ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ދިއްދޫއަށް، ފިރިހެން ބައިގެ ޗެމްޕިއަންކަން ބާރަށު ސޫރިޔާ ސްޕޯޓްސްއަށް

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސްގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގައި ފިރިހެން ޑިވިޛަންގެ ޗެމްޕިއަންކަން ބާރަށު ސޫރިއާ ސްޕޯޓްސް ހޯދިއިރު އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު 17 ޑިސެމްބަރ 2021 ގައި ކުޅެފައިވާއިރު […]

އިބްރާހިމް ޚަލީލް
"ޝަޓަލް ޓައިމް" ގެ ނަމުގައި، ނޫމަރާގައި ބެޑްމިންޓަން ތަޢާރަފްކުރުމުގެ ޕްރޮގްރާމެއް 📍 ށ. ނޫމަރާ

"ޝަޓަލް ޓައިމް" ގެ ނަމުގައި، ނޫމަރާގައި ބެޑްމިންޓަން ތަޢާރަފްކުރުމުގެ ޕްރޮގްރާމެއް

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާގައި ބެޑްމިންޓަން ތަޢާރަފް ކުރުމުގެ ގޮތުން “ޝަޓަލް ޓައިމް” ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައި ނޫމަރާ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ބެޑްމިންޓަނަކީ ރާއްޖޭގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރަކަށް ވުމާއެކު، އެ ކައުންސިލާއި ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން އުމުރުން 6 އަހަރާއި 50  އަހަރާއި ދެމެދުގެ ދެޖިންސުގެ މީހުންނަށް ވެސް ބައިވެ...

އިބްރާހިމް ޚަލީލް
މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2021 ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ދިއްދޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. ދިއްދޫގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމަށް މަޤުޞަދުގައި ކުރިއަށް...

އިބްރާހިމް ޚަލީލް
އިދިކޮޅު ޓިކެޓް މޫސާ ފަތުހީއަށް 📍 ށ. ކޮމަންޑޫ

އިދިކޮޅު ޓިކެޓް މޫސާ ފަތުހީއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓް ދޭނެ ފަރާތަކީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ކަމަށް ނިންމައިފިއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެ ކޯލިޝަންގައި ހިމެނޭ ޕީ.ޕީ.އެމްއާއި ޕީ.އެން.ސީގެ މެމްބަރުންގެ ތެރެއިން އެ އެކޯލިޝަންގެ ޓިކެޓްގައި އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މެންބަރުނަށް ޕްރައިމަރީއަށް ކުރިމަތިލުމަށް މި މަހުގެ 21 ވަނަ ދުވަހު ހުޅުވާލާފައެވެ. އެ ފުރުޞަތު ބަންދުވީ 23 ޑިސެމްބަރުގައެވެ. އެ...

ޔުމްނާ ޢަލީ
ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށީގައި ކުރެހުމާއި ލިޔުމުގެ މުބާރާތެއް ބާއްވަނީ

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށީގައި ކުރެހުމާއި ލިޔުމުގެ މުބާރާތެއް ބާއްވަނީ

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ކުރެހުމާއި ލިޔުމުގެ މުބާރާތެއް ބާއްވައްވަން ނިންމައިފިއެވެ. މިއީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ސިޓީކައުންސިލާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިގޮތުން ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ކުރިއަށްގެންދާ “ވި...

އައިޝަތު ނަސާޔާ
މޯލްޑިވް ގޭސް އިން ކޭއާރުއެޗް އަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކޮށްފި

މޯލްޑިވް ގޭސް އިން ކޭއާރުއެޗް އަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކޮށްފި

މޯލްޑިވް ގޭސް އިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އޮކްސިޖަން ރެގިއުލޭޓަރު ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން ކޭއާރުއެޗްއަށް ހަދިޔާ ކުރީ 10 އޮކްސިޖަން ރެގިއުލޭޓަރެވެ. މި އެހީއަށް ކޭއާރުއެޗުން ވަނީ މޯލްޑިވް ގޭސްއަށް ޝުކުރު އަދާ ކޮށްފައެވެ. އޮކްސިޖަން ރެގިއުލޭޓާއަކީ، އޮކްސިޖަން މަދުން ލިބޭ ވަގުތު ބަލި މީހުންނަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ބޭނުންކުރާ އެއްޗެކެވެ. މީގެ ސަބަބުން އޮކްސިޖަން ހަށިގަނޑަށް ފޯރުކޮށްދިނުން ފަސޭހަވެ، ނޭވާލުން ސްޓޭބަލް ކޮށްދެއެވެ. ކޯވިޑް-19ޖެހޭ ބައެއް މީހުނ...

އަޙްމަދު ވަހީދު
ބިލެއްފަހި ސްކޫލްގެ 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް 📍 ށ. ބިލެތްފަހި

ބިލެއްފަހި ސްކޫލްގެ 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ބީލަމަށް

ށ. ބިލެއްފަހި ސްކޫލްގައި 4 ކުލާސްރޫމާއި މަލްޓިޕާރޕަސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު 23 ޑިސެމްބަރ 2021 އިން ފެށިގެން 10 ޖަނަވަރީ 2021 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ...

އިބްރާހިމް ޚަލީލް
ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމަށް ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމަށް ހަވާލުކޮށްފި

ށ. ފުނަދޫ ސްކޫލްގައި 15 ކްލާސް ރޫމް އިމާރަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވި ގޮތުގައި މި މަސައްކަތު އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީއާއި، ސްވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތާއި އެކުންފުނިން ހަވާލުވެފައި މިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 15,316,272.89 ރުފިޔާގެ ގެ މަޝްރޫޢުއެކެވެ. ފުނަދޫ ސްކޫލްއަކީ 1996 ވަނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހު ކިޔަވާދ...

އައިޝަތު ނަސާޔާ
ހދ. އަތޮޅުގައި ތިން އެއާޕޯޓެއް އޮތުމަކީ ބޮޑު ތިލަދުންމައްޗަށް ފަހުގެ ތާރީޚެއްގައި އަންނާނެ އެންމެ ބޮޑު ކުރިއެރުން: ރާޢީ 📍 ހދ. މަކުނުދޫ

ހދ. އަތޮޅުގައި ތިން އެއާޕޯޓެއް އޮތުމަކީ ބޮޑު ތިލަދުންމައްޗަށް ފަހުގެ ތާރީޚެއްގައި އަންނާނެ އެންމެ ބޮޑު ކުރިއެރުން: ރާޢީ

ހދ. އަތޮޅުގައި ތިން އެއާޕޯޓް އޮތުމަކީ ބޮޑު ތިލަދުންމައްޗަށް ފަހުގެ ތާރީޚެއްގައި އަންނާނެ އެންމެ ބޮޑު ކުރިއެރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވެފައި މިވަނީ ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކުރުމާއި ގުޅިގެންނެވެ. މިވަގުތު ހދ. އަތޮޅުގައި ދެ އެއާޕޯޓެއް އެބައޮތެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓެވެ. މ...

އިބްރާހިމް ޚަލީލް
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ވޯޓާސް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ނެރެފައިވާ އިއުލާާނެއްގައި ބުނެފައިވަނީ މިއަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާއްމު ކޮށްފައިވާ ކަމަށެވެ. މިގޮތުންމި މި ލިސްޓް ސ...

އައިޝަތު ނަސާޔާ