މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް ބީލަމަށް 📍 ހއ. ދިއްދޫ

ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް ބީލަމަށް

ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠު ހަމަވާ ފަރާތްތަކަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ ތެރެއިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގ...

ޝިއުނާ އާދަމް
ހަނިމާދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ޕިކްނިކް އޭރިއާއެއް ތަރައްގީ ކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ޕިކްނިކް އޭރިއާއެއް ތަރައްގީ ކުރަނީ

ހދ. ހަނިމާދޫގައި ޕިކްނިކް އޭރިއާއެއް ގާއިމް ކުރުމަށް އެއްބަސް ވުމުގައި ސޮއިކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން ޕިކްނިކްއޭރިއާ ތަރައްގީ ކުރުމުގެ މިއެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާއިރު، މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކައުންސިލްގެ ސެކެރްޓްރީ ޖެނެރަލް މުހައްމަދު އާސިފެވެ. އަދި އަރުތަ އިންވެސްޓްމެންޓް ފަރާ...

އައިޝަތު ނަސާޔާ
މޫސުމީ ދަނޑުވެރިކަމަށް ވައިކަރަދޫއިން ބިން ދޫކުރަނީ 📍 ހދ. ވައިކަރަދޫ

މޫސުމީ ދަނޑުވެރިކަމަށް ވައިކަރަދޫއިން ބިން ދޫކުރަނީ

ހދ. ވައިކަރަދޫގައި “މޫސުމީ ދަނޑުވެރިކަމަށް” ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ވައިކަރަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޫސުމީ ދަނޑު ހެއްދުމަށްޓަކައި ރަށުން ބިންދެވެންއޮތް ސަރަހައްދު ތަކުން ބިން ދިނުން މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މޫސުމީ ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން މިމަހުގެ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން “މޫސީ ދަނޑަށް އެދޭ ފޯރމް” ފުރިހަމަކުރެއްވުމަށްފަހު އެއިދާރ...

އައިޝަތު ނަސާޔާ
އުރީދޫ ކޮރަލް ކަޕްގެ ޗެމްޕިއަންކަން މީޓިއޯސްއަށް 📍 ހދ. ކުޅުދުއްފުށި

އުރީދޫ ކޮރަލް ކަޕްގެ ޗެމްޕިއަންކަން މީޓިއޯސްއަށް

ހދ.ކުޅުދުއްފުށީ ކުލަބް ކޮރަލްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “އުރީދޫ ކޮރަލް ކަޕް 2021” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މީޓިއޯސް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ 05 ޖަނަވަރީ 2022 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ރެޑިޝްއާއި ޓީމް މީޓިއޯސްއެވެ. ފައިނަލް މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ […]

އިބްރާހިމް ޚަލީލް
ހޯރަފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ހއ. ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، ހޯރަފުށީގެ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 90.5...

އަޙްމަދު ވަހީދު
އުތީމު ގައި ވޮލީބޯޅަ ޓްރެއިނިން ކޭމްޕެއް ފަށައިފި 📍 ހއ. އުތީމު

އުތީމު ގައި ވޮލީބޯޅަ ޓްރެއިނިން ކޭމްޕެއް ފަށައިފި

ހއ. އުތީމުގެ ޒުވާނުންނަށް އަމާޒުކޮށްގެން އެރަށުގައި ވޮލީބޯލް ޓްރެއިނިންގެ ކޭމްޕެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އިއްޔެ ފަށާފައިވާ މި ކޭމްޕަކީ ހއ އަތޮޅު ގެ ފުލުހުންގެ އެހީތެރިކަމާއި އެކު ފަށާފައިވާ ކޭމްޕެއް ކަމަށެވެ. އެގޮތުން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕް ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް އެ ކައުންސިލުން ވަނީ […]

އައިޝަތު ނަސާޔާ
ވެއްޓި ބޯފަޅައިގެން ދިޔަ ބާރަށު މީހެއް ފަރުވާއަށް މާލެ ގެންދެވޭނެގޮތެއްނެތި އާއިލާ ހާސްކަމުގައި!

ވެއްޓި ބޯފަޅައިގެން ދިޔަ ބާރަށު މީހެއް ފަރުވާއަށް މާލެ ގެންދެވޭނެގޮތެއްނެތި އާއިލާ ހާސްކަމުގައި!

މިދިޔަ ހޯމަ ދުވަހު ވެއްޓި ބޯފަޅައިގެން ދިޔަ ހއ. ބާރަށް، އުމުރުން 78 އަހަރުގެ އަބްދުއްރައްޒާގު ގެ ހާލު ދެރަވެ، މާލެ ގެންދެވޭނެ ގޮތެއް ނެތުމުން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެމުން އަބްދުއްރައްޒާގުގެ ދަރިއަކު ބުނެފައިވަނީ ބައްޕައަކީ ނުހިނގޭ މީހެއް ކަމަށާއި ނަފްސާނީ ގޮތުން ވެސް ބަލި މީހެއް ކަމަށެވެ. އަދި ބާރަށު ސިއްޚީ މަރުކަޒުން އެންމެ އެދެވޭ ޚިދުމަތެއް ލިބެން ނެތުމުން އެރޭ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޭނާ […]

އައިޝަތު ނަސާޔާ
އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެނީ އޭއެސްޕީ ސްޓޫޑިއޯއިން 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެނީ އޭއެސްޕީ ސްޓޫޑިއޯއިން

ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދިނުމުގެ މަސައްކަތާ އެރަށުގެ އޭ.އެސް.ޕީ ސްޓޫޑިއޯއިން ހަވާލުވެއްޖެއެވެ. އެ މަސައްކަތް އޭ.އެސް.ޕީ ސްޓޫޑިއޯއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު އިހަވަންދޫ ކައުންސިލް އިދާރާގައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަދި ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޞަބާޙް “ތިލަދުން”އަށް ވިދާޅުވީ، އެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމައި، ކައުންސިލާ ހަވާލުކުރާގޮތަށް އެއްބަސް ވެވިފައިވާ ކަމަށެވެ. ހިލޭ ސާބަހަށް މި މަސައްކ...

ޙުސައިން ޝަހުދީ
ފީވަކުގައި ކުރިއަށްދާ "ބަލްމާ ފުޓްސަލް ޗެލެންޖް 2021"ގެ ފައިނަލަށް ހަކުރު އެފްސީ އަދި ކްލަބް ފުއްޓަރު

ފީވަކުގައި ކުރިއަށްދާ "ބަލްމާ ފުޓްސަލް ޗެލެންޖް 2021"ގެ ފައިނަލަށް ހަކުރު އެފްސީ އަދި ކްލަބް ފުއްޓަރު

ށ. ފީވަކުގެ ޖަމިއްޔާއެއް ކަމަށްވާ އެރަށު “ޒުވާނުންގެ ގުޅުމުން “އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ބަލްމާ ފުޓްސަލް ޗެލެންޖް 2021” މުބާރާތުގެ ފައިނަލަށް ހަކުރު އެފްސީ އަދި ކްލަބް ފުއްޓަރު ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:30 ގައި ފީވަކު ފުޓްސަލް ދަނޑުގައެވެ. މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ފަށާފައިވާ މި މުބާރާތުގެ ފައިނަލް މެޗް ފިޔަވައި އެހެން މެޗްތައް މިހާރު ނިމިފައިވާއިރު، މި މުބާރާތުގެ ފައިނަލަށް […]

އައިޝަތު ނަސާޔާ
އިއާދަކުރަނިވި ހަކަތަ އާއި އެކު، މާރަންދޫގެ މިސްކިތެއް އެއަރކޯން ކޮށްފި 📍 ހއ. މާރަންދޫ

އިއާދަކުރަނިވި ހަކަތަ އާއި އެކު، މާރަންދޫގެ މިސްކިތެއް އެއަރކޯން ކޮށްފި

އިއާދަކުރަނިވި ހަކަތަ އާއި އެކު، ހއ. މާރަންދޫ މަސްޖިދުލް ފަލާހް މިސްކިތުގައި އެއާރކޯން ގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނި 3 ފޭސްއަކަށް ބަހާލެވިގެން ކަމަށާއި އެގޮތުން ފުރަތަމަ ފޭސްގެ ދަށުން 18000btu ގެ 6އެއާރ ކޯން އަދި 2 ވިންޑް ކާރޓަން ހަރުކުރެވިފައިވާ ކަމަށެވެ. ދެވަނަ ފޭސްގައި 3 ފޭސް ކަރަންޓް ލާފައި ވާއިރު އަދި […]

އައިޝަތު ނަސާޔާ
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކުޅުދުއްފުށީ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ 09 ޖަނަވަރީ 2022 ގެ...

އިބްރާހިމް ޚަލީލް
ބާރަށުން 3000 އަކަފޫޓުގެ 100 ބަންޑާރަގޯތި ދޫރަނީ 📍 ހއ. ބާރަށް

ބާރަށުން 3000 އަކަފޫޓުގެ 100 ބަންޑާރަގޯތި ދޫރަނީ

ހއ. ބާރަށުން 3000 އަކަފޫޓުގެ 100 ބަންޑާރަގޯތި ދޫކުރަން ނިންމައި، ޝަރުޠު ހަމަވާ ފަރާތްތަކަށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ބާރަށު ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 31 ޖެނުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުމަށް ފުރުޞަޠު ހުޅުވާލާފައިވާ ކަމަށެވެ. ފޯމް ހުށަހަޅާފަރާތްތަކަށް އީ-މެއިލް info@baarah.gov.mv ގެ ޒަރީއާއިން ނުވަތަ gov.mv...

ޝިއުނާ އާދަމް
އުލިގަމު ބޮޑު ބާބަކިޔުގައި ބައިވެރިވުމަށް ދަޢުވަތު

އުލިގަމު ބޮޑު ބާބަކިޔުގައި ބައިވެރިވުމަށް ދަޢުވަތު

ހއ. އުލިގަމުގައި ކުރިއަށްގެންދާ މަސްފިހުމުގެ ބޮޑު ހަރަކާތުގައި ބައިވެރިވުމުގެ ދައުވަތު ރަށުގެ އެންމެހާ ރައްޔިތުންނަށް ދީފިއެވެ. އުލިގަމު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްފިހުމުގެ ބޮޑު ހަރަކާތުގައި ރަށުގެ ކުދިބޮޮޑު އެންމެހާ ރައްޔިތުންނަށާއި ރަށުގައި ދިރިއުޅުއްވާ އެހެނިހެން ރަށްރަށުގެ ބޭފުޅުންނަށްވެސް ދައުވަތު އަރުވާ ކަމަށެވެ. އުލިގަމު ބަނދަރު ސަރަހައްދުގައި މިރޭ 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ބާބެކިޔު ބޭއްވިގެންދަނީ ކޯވިޑް-19 އިނ...

އައިޝަތު ނަސާޔާ
ކަނޑިތީމު ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ، ފެންސްޖަހަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމު ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ، ފެންސްޖަހަނީ

ށ. ކަނޑިތީމު ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ކަނޑިތީމު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ، ފެންސްޖަހާ އަދި ގޯލް ފެންސްޖަހާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ ކައުންސިލުން ވަނީ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 04 ޖެނުއަރީ 2022 (އަންގާރަ) ދުވަހުގެ 10:...

އައިޝަތު ނަސާޔާ
މަރޮށި ފުޓްސަލްދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަންޑޭ ކަޕެއް، ބައިވެރިވާ ކޮންމެ ޓީމަކަށް ޖާޒީ ބައެއް 📍 ށ. މަރޮށި

މަރޮށި ފުޓްސަލްދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަންޑޭ ކަޕެއް، ބައިވެރިވާ ކޮންމެ ޓީމަކަށް ޖާޒީ ބައެއް

ށ. މަރޮށީ ފުޓްސަލްދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަންޑޭ ކަޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މަރޮށީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ކަޕަކީ އެރަށު ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން ބޭއްވޭ ކަޕެކެވެ. އެގޮތުން މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކަޕުގައި ބައިވެރިިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެ ކައުންސިލުން ވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 10 […]

އައިޝަތު ނަސާޔާ