މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
"ޕާލޭ އެއާ ޗެލެންޖް" ގައި ބޮޑު ކާމިޔާބީއެއް ހޯދި ނޮޅިވަރަންފަރު ސްކޫލަށް އިނާމު ހަވާލުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

"ޕާލޭ އެއާ ޗެލެންޖް" ގައި ބޮޑު ކާމިޔާބީއެއް ހޯދި ނޮޅިވަރަންފަރު ސްކޫލަށް އިނާމު ހަވާލުކޮށްފި

ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ 2021”  ގައި ބޮޑު ކާމިޔާބެއް ހޯދި ހދ. ނޮޅިވަރަންފަރު ސްކޫލަށް ޕާލޭގެ ފަރާތުން އިނާމު ހަވާލުކޮށްފިއެވެ. ޕާލޭ އިން ކުރިއަަށް ގެންދިޔަ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް ސްކޫލް ގެ ގޮތުގައި ނޮޅިވަރަންފަރު ސްކޫލް […]

އައިޝަތު ނަސާޔާ
ފިނޭ އަންހެނުންގެ ކޮމިޓީން ހައްދާފައިވާ ބަރަބޯ ބާޒާރަށް ނެރެފި 📍 ހދ. ފިނޭ

ފިނޭ އަންހެނުންގެ ކޮމިޓީން ހައްދާފައިވާ ބަރަބޯ ބާޒާރަށް ނެރެފި

ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހައްދަމުންދާ ދަނޑުތަކުގައިވާ ބައެއް ބާވަތްތައް ބާޒާރަށް ނެރެފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފިނޭ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ޝަކީބާ އަލީ ވިދާޅުވީ މިމަސައްކަތަކީ އެކޮމިޓީއަށް އާމްދާނީ ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާތަނަށް އެދަނޑުތަކުގައި ހައްދާފައިވާ ތަކެތީގެ ތެރޭގައި ބަރަބޯ، ދަނޑި އަލުވި، ރަންގު ކައްޓަލައިގެ އިތުރުން...

އައިޝަތު ނަސާޔާ
އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު 📍 ހއ. އުތީމު

އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު

ހއ. އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައި މިވަނީ އެރަށުަގއި ކޯވިޑް-19 ގެ ގިނަ ކޭސްތަކެއް މިދުވަސްކޮޅު ފެންނަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެރަށުގެ ޓާސްކްފޯސްއިން ކައުންސިލަށް އެގޮތަށް ލަފާ ދެއްވާފައިވާތީއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގ...

އައިޝަތު ނަސާޔާ
ފީވަކު އަންހެނުންގެ ކޮމޮޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ފީވަކު އަންހެނުންގެ ކޮމޮޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ރީޝާ ވިދާޅުވީ މި ޕްރޮގްރާމަކީ ކޮންމެ މަހަކު އެއް ފަހަރު ނުވަތަ ދެފަހަރު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިއަދުގެ ހަރަކާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވޭ ގޮތް ނުވި ނަމަވެސް އެކޮމިޓީގެ މެމްބަރުން ވަނީ އެހަރަކާތް ކުރިއަށް ގެންގޮސްފައެވ...

އައިޝަތު ނަސާޔާ
މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގެ ފައިނަލަށް ފެނަކާއާއި ހޮސްޕިޓަލް 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގެ ފައިނަލަށް ފެނަކާއާއި ހޮސްޕިޓަލް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް” ފުޓްސަލް މުބާރާތުގެ ފައިނަލުން ދިއްދޫ ފެނަކަ ބްރާންޗާއި ހއ.އަތޮޅު ހޮސްޕިޓަލްގެ ޓީމް ޖާގަ ހޯދައިފިއެވެ. މި މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. ޕޮއިންޓް ތާވަލުގެ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމްގެ މެދުގައި ސެމީ […]

އިބްރާހިމް ޚަލީލް
އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް 📍 ހއ. އިހަވަންދޫ

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް

ހއ. އިހަވަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ކުލަބް ޕޯލްސްޓާއާއި، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ އިތުރުން އެ ރަށު ވިމެންސް ކޮމިއުނިޓީ ގުޅިގެން އިހަވަންދޫގައި ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ. ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 8 ވަނަ ދުވަހެވެ. އިހަވަންދޫގައި ޖުމްލަ ހަތަރު ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހަރަކާތްތ...

އިބްރާހިމް ޚަލީލް
ދިއްދޫ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތް ފަށައިފި

ހއ. ދިއްދޫގައި ކުރިއަށް ގެންދާ “ދިއްދޫ ޔޫތު ޗެމްޕިއަން ޝިޕް 1 ވަނަ ވޮލީ މުބާރާތް” މިއަދު ފަށައިފިއެވެ. މި މުބާރާތަކީ ދިއްދޫ ކައުންސިލާއި އެރަށު ޔޫތު ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަދު ހަވީރު 16:00 ގައި ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ދިއްދޫ ބީއެކްސް ސްޕޯޓްސްއާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ. މުބާރާތް ހުޅުމުގެ ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދާއި، ދިއްދޫ ކައުންސިލްގެ ރައީސްގެ […]

ޝިއުނާ އާދަމް
ފަރަށް އެރި ކެލާ ސަވާރީ ބޯޓުގައި ތިބި 19 މީހަކު މާލެ ގެނެސްދީފި 📍 ހއ. ކެލާ

ފަރަށް އެރި ކެލާ ސަވާރީ ބޯޓުގައި ތިބި 19 މީހަކު މާލެ ގެނެސްދީފި

ހއ. ކެލާއިން ފުރައިގެން މާލެ ދަތުރުކުރި ކެލާ ސަވާރީ ބޯޓު ރޭ މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި އޮތް ފަރަކަށް އަރާފައިވާއިރު، އެމްއެންޑީއެފުން އެ ބޯޓުގައި ތިބި 19 މީހަކު މިއަދު މާލެ ގެނެސްދީފިއެވެ. ސަވާރީ ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ފަތިހު 04:01 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ކޯސްޓްގާޑް […]

ޔުމްނާ ޢަލީ
އިހަވަންދޫގައި ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާތީ ސަމާލުވާން އެދިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާތީ ސަމާލުވާން އެދިއްޖެ

ހއ. އިހަވަންދޫގައި މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާތީ ރައްޔިތުން ސަމާލުވުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ އެރަށުގެ ރައްޔިތުންގެ ސަމާލުކަމަށް އެދި އާންމުކުރި ލިޔުމެއްގައެވެ. އެ ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ ވިޔަފާރިވެރިންނާއި، އޮޑި ދޯނިފަހަރުގެ ވެރިންނަށް އަމާޒުކޮށްގެން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އަމަލުތައް މިދުވަސްވަރު އެރަށުގައި އިތުރުވެފައިވާކަމަށް އިހަވަންދޫ ޕޮލިސް ސުޓޭޝަނުން އެ ކައުންސިލަށް މައުލ...

ޔުމްނާ ޢަލީ
ކެލާއިން 2000 ރުއް ނަގައި ބޭރުކުރާކަމަށް ބުނެ ފަތުރަނީ ދޮގެއް: ކައުންސިލް

ކެލާއިން 2000 ރުއް ނަގައި ބޭރުކުރާކަމަށް ބުނެ ފަތުރަނީ ދޮގެއް: ކައުންސިލް

ހއ. ކެލާއިން 2000 ރުއްނަގައި ބޭރުކުރާކަމަށް ބުނެ ބްލޫ ޕީސް ކިޔާ ޖަމިއްޔާއަކުން ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ޖަމިއްޔާގެ މިއަމަލު ކުށްވެރިކޮށް ކެލާ ކައުންސިލްގެ ރައީސްއާއި ނައިބްރައީސް ހިމެނޭހެން އެ ކައުންސިލްގެ ފަސް މެމްބަރުން ސޮއިކޮށް އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މިވަގުތު ޕޮލިސްޓޭޝަން އެޅުމަށް ބޭނުންވާ ބިން އަލިކުރުމުގެ މަސައްކަތާއި އެ ރަށުގެ ދަނޑުބިމުގެ ބައުންޑަރީ ސާފުކުރުމާއި އަދި ގެސްޓް […]

އިބްރާހިމް ޚަލީލް
މެމްބަރު އިބްރޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ 📍 ހއ. ފިއްލަދޫ

މެމްބަރު އިބްރޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ)، ކެލާ ދާއިރާގައި ހިމެނޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ރައްޔިތުންނާއި މެމްބަރު އިބްރޭ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މި މާރިޗް މަހުގެ 5 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ. ފިއްލަދޫ އެކައުންސިލުން ވަނީ މިބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދިލައްވާފައެވެ. އަދި ބައްދަލު...

އައިޝަތު ނަސާޔާ
ފިނޭ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ފިނޭ

ފިނޭ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ފިނޭ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރިންކޮށްފައިވާ ޢިއުލާނަށް ބަދަލުގެނެސް އަލުން އިއުލާން ކުރާކަމަށެވެ. މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށް އެ ޢިއުލާންގައި ބަޔާންކޮށްފައިވާއިރު، މިބީލަމުގައި ބަ...

އައިޝަތު ނަސާޔާ
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) އެޕްރޫވް ވުމާއެކު މި މަސައްކަތް ފެށީ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަސަސްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 250 ދުވަހުގެ ތެރޭގައެވެ. މިއީ 19.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް...

އަޙްމަދު ވަހީދު
ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ހަދަން ހަތަރު ފަރާތެއް ޝައުގުވެރިކަން ފާޅުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ހަދަން ހަތަރު ފަރާތެއް ޝައުގުވެރިކަން ފާޅުކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަން ޓާމިނަލް ތަރައްގީ ކުރަން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ބީލަން ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު އެ މުއްދަތުގައި ބީލަން ހުށަހެޅީ ހަތަރު ފަރާތަކުން ކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާއިރު އެއާބަސް A320 އާއި، ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށް، 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް […]

އަޙްމަދު ވަހީދު
އިހަވަންދޫގައި މީހަކު މަރާލުން: މިމަހު ހުކުމް ކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި މީހަކު މަރާލުން: މިމަހު ހުކުމް ކުރަނީ

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) މަރުގެ މައްސަލާގެ ހުކުމް މިމަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. ޖޫން، 2017 ގައި އިހަވަންދޫގައި އައިސްޕްލާންޓް ތެރޭގައި ޅ. ހިންނަވަރު އިއްސެ މަރާލި މައްސަލާގައި ދައުވާލިބޭ ބަންގްލަދޭޝްގެ ސުމޮން މިއާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލަމުން މިމަހުގެ ކޮންމެވެސް ދުވަހެއްގައި ހުކުމް އިއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އިއުލާން ކުރެއްވި އެވެ. އެދުވަހު އެންމެ ފުރަތަމަ އޮންނާނީ […]

ހުސައިން ހަބީބް