މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ކުރިނބީ ގޮނޑުދޮށުން ވެލި ނެގި ދެ ބިދޭސީއަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ ގޮނޑުދޮށުން ވެލި ނެގި ދެ ބިދޭސީއަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި

ޤަވާޢިދާ ޚިލާފަށް ހދ. ކުރިނބީ ގޮނޑުދޮށުން ވެލިނެގި 2 ބިދޭސީއަކު ޖޫރިމަނާ ކޮށްފިއެވެ. “ތިލަދުން” މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ އެރަށު ގޮނޑުދޮށުން ވެލި ނަގާފައިވަނީ ބަންގްލަދޭޝްގެ 2 ރައްޔިތުން ކަމަށެވެ. މި ދެމީހުން ގޮނޑުދޮށުން ވެލި ނަގަމުންދާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށާއި އެކަމުގެ ރިޕޯޓު ލިބުމުން ވަގުތުން ކައުންސިލުން އެސަރަހައްދަށް ގޮސްފައިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ކައުންސިލުން...

އައިޝަތު ނަސާޔާ
ށ. ފޭދޫން ހައްޔަރުކުރި 2 މީހުން ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫން ހައްޔަރުކުރި 2 މީހުން ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ށ. ފޭދޫގައި ތަރައްގީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައްވައިފިއެވެ. އެ ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ  ޢާންމު ތަނެއްގައި “އިންޑިއާ އައުޓް” ލިޔެގެން ހައްޔަރު ކުރި ށ. ފޭދޫގެ 2 މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ހައްޔަރުކުރި ރޭ ހަތަރުދަމު އެ ދެ މީހުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި ބައިތިއްބާފައި ވަނީ […...

އައިޝަތު ނަސާޔާ
ކޭއާރުއެޗްގެ ނަރުހުންގެ އައު ޔުނީފޯމް ތައާރަފް ކޮށްފި

ކޭއާރުއެޗްގެ ނަރުހުންގެ އައު ޔުނީފޯމް ތައާރަފް ކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފިއެވެ. ކޭއާރުއެޗްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ވަނީ ކުޅުދުއްފުށީ ސިޓީގެ ސްޓޭޑިއަމް ސަރަހައްދުގައި ޚާއްޞަ ހެނދުނު ނާސްތާއެއް ކުރިއަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލްގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވި މި ނާސްތާގެ ތެރެއިން ވަނީ އެ ހޮސްޕިޓަލް ނަރުހުންނަށް އައު ޔުނިފޯމް ތަޢާރަފް ކޮށްފައެވެ. މި ޔުނިފޯމް ތަޢާރަފް ކޮށްދެއްވީ އެހޮސްޕިޓަލުގެ ޑީސީއީއޯ އަހުމަދު ދާއޫދެވެ. ކެއާރުއެޗުން ގެންދަނީ އެ ހ...

އައިޝަތު ނަސާޔާ
"ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރަތުގެ އޮޑިޝަން ނިންމާ މުބާރާތަށް 20 ބައިވެރިން 📍 ހއ. ދިއްދޫ

"ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރަތުގެ އޮޑިޝަން ނިންމާ މުބާރާތަށް 20 ބައިވެރިން

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ އޮޑިޝަން ނިންމައި މުބާރާތަށް 20 ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް އެދި 34 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. ނަމަވެސް 26 ފެބްރުއަރީ 2022 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އޮޑިޝަންގައި ބައިވެރި ވެފައި […]

އިބްރާހިމް ޚަލީލް
ށ. ފޭދުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. ފޭދޫ

ށ. ފޭދުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ށ. ފޭދޫ ކައުންސިލުން އެރަށުގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި އެރަށުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ށ. ފޭދޫ ގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 28 އަހަރުގެ […]

ޔުމްނާ ޢަލީ
ދިއްދޫ މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ފަށައިފި

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް” ފަށައިފިއެވެ. މި މުބާރާތް 28 ފެބްރުއަރީ 2022 ވީ ހޯމަ ދުވަހު ދިއްދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ހއ. އަތޮޅު ހޮސްޕިޓަލުގެ ޓީމާއި ފެނަކައެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު […]

އިބްރާހިމް ޚަލީލް
މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓަކުން، މަސްތުވާތަކެތި ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓަކުން، މަސްތުވާތަކެތި ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި

މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރި ބޯޓަކުން، މަސްތުވާތަކެތި ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ސިޓީގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ކުޅުދުއްފުށީ ސިޓީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެފ...

އަލީ އާދިލް
އިހަވަން ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަން ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. އިހަވަންދޫ ކައުންސިލުން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އިހަވަން ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ރަމަޟާންމަހާއި ދިމާކޮށް، “އިހަވަން ރަމަޟާން ބާޒާރު” ގެ ނަމުގައި ބާޒާރެއް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގެ ވިޔަފާރިވެރިންނަށް ތަކެތި ވިއްކޭނެ ފަހި ފުރުސަތުތަތެއް ތަނަވަސް ކޮށްދިނުމުގެ އިތުރުން އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ރަމަޟާންމަހަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި އެއްތަނަކުނ...

އިބްރާހިމް ޚަލީލް
އެސްޓީއޯއިން ކުޅުދުއްފުށި ސިޓީ ކައުންސިލާ އަދި ކޭއާރުއެޗް އާ ބައްދަލު ކޮށްފި 📍 ހދ. ކުޅުދުއްފުށި

އެސްޓީއޯއިން ކުޅުދުއްފުށި ސިޓީ ކައުންސިލާ އަދި ކޭއާރުއެޗް އާ ބައްދަލު ކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާ އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާ ބައްދަލު ކޮށްފިއެވެ. އިއްޔެ ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ތަރައްގީއަށް އެސްޓީއޯއާއި ކައުންސިލާ ގުޅިގެން ކުރެވެން ހުރި ކަންތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. ބައްދަލުވުމަށްފަހު އ...

އަޙްމަދު ވަހީދު
ކެލާއިން 33 ގޯތި ދޫކުރަން ހުޅުވާލި ފުރުސަތަށް 262 ފޯމް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާއިން 33 ގޯތި ދޫކުރަން ހުޅުވާލި ފުރުސަތަށް 262 ފޯމް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ހއ. ކެލާއިން ދޫކުރުމަށް ހަމަޖެހިފައިވާ 33 ބަންޑާރަ ގޯއްދަށް އެދުނު ފަރާތްތަކުގެ ނަންތައް އާއްމުކޮށްފިއެވެ. ކެލާ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ  އެކައުންސިލުން އާއްމުކޮށްފައިވާ ނަންތަކުގެ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ 08 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާއަށް ހުށައެޅުމަށެވެ. އެރަށުން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލި 33 ފުރުޞަތަށް އެދި ޖުމްލަ 262 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައެވެ. ކެލާ އިން ބަންޑާރަ ގޯތި ދޫކުރަން ނިންމައި، […]

އައިޝަތު ނަސާޔާ
ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުބަތު ހުޅުވާލައިފިއެވެ. “ކުޅުދުއްފުށީ ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ 05 އޭޕްރީލް 2022 އިން 06 އޭޕްރިލް 2022 އަށް ޖުމްލަ ދެ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 20 މާރޗް 2022 ވާ އާދީއްތަ ދުވަހުގެ 14:00 […]

އިބްރާހިމް ޚަލީލް
މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި 📍 ހއ. ތުރާކުނު

މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލްގެ ތެރޭގައި ހިމެނުނު ހއ. ތުރާކުނު އަދި އުތީމު ކައުންސިލަށް ހއ. އަތޮޅު ކައުންސިލުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެ ރޭންކިންގައި ތުރާކުނު ހިމެނުނީ މުޅި ރާއްޖެއިން 3 ވަނައިގައެވެ. އެއާއެކު ތުރާކުނު ކައުންސިލަށް ވަނީ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިން ވަނަތައް ހާސިލްކޮށްފައިވާ ރަށު […]

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި 📍 ހއ. އިހަވަންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް 2022 ގައި އިހަވަންދޫ، ނާވައިދޫ، އަދި ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ. ހއ. އަތޮޅު ޗެމްޕިއަންކަން އިހަވަންދޫ ހޯދީ ފައިނަލްގައި 2-0 ގެ ނަތީޖާއިން ހޯރަފުށި މަށްޗައް ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހައިދީފަވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސުހައިލް އެވެ. ދެވަނަ ގޯލް އިހަވަންދޫއަށް ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ނަޝީދު އެވެ. މި ގޯލް ނަޝީދު ޖަހާފައިވަނީ ކައުންޓައެޓޭކެއްގައި އަރިމަތިން ހާމިދު […]

އަލީ ރިޔާޟް
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓް: ދިރާގު ބަލިކޮށް ޗެމްޕިއަންކަން އުރީދޫއަށް

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓް: ދިރާގު ބަލިކޮށް ޗެމްޕިއަންކަން އުރީދޫއަށް

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން އުރީދޫއިން ހޯދައިފިއެވެ. ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު، އުރީދޫއިން ކާމިޔާބު ކޮށްފައި ވަނީ މުބާރާތުގެ އެންމެ ފަހު ޗެމްޕިއަން ޓީމް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގައި އުރީދޫ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފއެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކުރިއިރު، ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

އިބްރާހިމް ޚަލީލް
މަކުނުދޫއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

މަކުނުދޫއިން ކޯވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

ހދ. މަކުނުދޫއިން ކޯވިޑް-19 ބަލީގައި މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ކޯވިޑް ބަލީގެ މީހެއް މަކުނުދޫގައި މިއަދު ވަނީ ނިޔާވެފައެވެ. އެރަށުން ނިޔާވެފައި ވަނީ އުމުރުން 87 އަހަރުގެ މީހެކެވެ. އެމީހާ ނިޔާވީ ހަވީރު 5:40 ގައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހެއް ނިޔާވުމުން މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 297 ވަނަ މީހާއެވެ. ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް […]

ޔުމްނާ ޢަލީ