މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
އޯޝަންލިންކް އަދި ދަމާސްގެ ފަރާތުން އިހަވަންދޫއަށް ހައިޑްރޯލިކް ސްލިޕްވޭ ވިންޗެއް ހަދިޔާކޮށްފި 📍 ހއ. އިހަވަންދޫ

އޯޝަންލިންކް އަދި ދަމާސްގެ ފަރާތުން އިހަވަންދޫއަށް ހައިޑްރޯލިކް ސްލިޕްވޭ ވިންޗެއް ހަދިޔާކޮށްފި

އޯޝަންލިންކް ޕްރައިވެޓް ލިމިޓެޑް އަދި ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. އިހަވަންދޫ ކައުންސިލަށް ހައިޑްރޯލިކް ސްލިޕްވޭ ވިންޗެއް ހަދިޔާކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ އެދެކުންފުނީގެ ފަރާތުން ކައުންސިލާއި ވިންޗް ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށެވެ. މިއީ 30 ޓަނުގެ ވިންޗެކެވެ. ވިންޗް ހަވާލުކުރުމުގެ ބައްދަލުވުމުގައި އެދެކުންފުނީގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ. ކައުންސިލްގެ ފަރާތުން ވިންޗާއި ހަވާލުވެފައިވަނީ ކަ...

އައިޝަތު ނަސާޔާ
ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފުނަދޫ

ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ

ށ. ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ލޭންޑްޔޫސް ޕްލޭން ހަދަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 24 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ. އަދި މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތ...

އައިޝަތު ނަސާޔާ
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން އެ ރަށު ސްކޫލުގެ އިންކުލޫސިވް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދީފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން އެ ރަށު ސްކޫލުގެ އިންކުލޫސިވް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދީފި

ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށު ސްކޫލުގެ އިންކުލޫސިވް ޑިޕާޓްމަންޓަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ. އެ ކޮމެޓީން 02 މާޗް 2022 ވީ ބުދަ ދުވަހު ހަދިޔާކޮށްފައިވާ ސާމާނުގެ ތެރޭގައި ހިމެނެނީ ފަހާފޮށްޓާއި، ފެހުމަށް ބޭނުންވާ އިތުރު ސާމާނެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު ވިދާޅުވެފައި ވަނީ ނޮޅިވަރަންފަރު ސްކޫލުގެ ސެން ކުލާހަށް ފަހާފޮށީގެ އިތުރުން ފެހުމަށް ބޭނުންކުރެވޭނެ ސާމާނު ހަދިޔާ ކުރުމުގެ...

އިބްރާހިމް ޚަލީލް
ދިއްދޫގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ދިއްދޫގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ.ދިއްދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވެފައި ވަނީ މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރ...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ފަސް ބަނބުކެޔޮގަސް ކުއްޔަށް ދޫކުރުރަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ފަސް ބަނބުކެޔޮގަސް ކުއްޔަށް ދޫކުރުރަނީ

ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަސް ބަނބުކެޔޮގަސް މީލާދީގޮތުން އެއް އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް މި މަހުގެ އެއްވަނަ ދުވަހު އެ ކައުންސިލުން ކޮސްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ މީލާދީ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް (އެ ސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާހާ […]

އިބްރާހިމް ޚަލީލް
ފިނޭ ކައުންސިލަށް ލަފާދިނުމަށް އިޤްތިސާދީ ކޮމިޓީއެއް އެކުލަވާލަނީ 📍 ހދ. ފިނޭ

ފިނޭ ކައުންސިލަށް ލަފާދިނުމަށް އިޤްތިސާދީ ކޮމިޓީއެއް އެކުލަވާލަނީ

ހދ. ފިނޭ ކައުންސިލަށް ލަފާދިނުމަށް އިޤްތިސާދީ ކޮމިޓީއެއް އެކުލަވާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޓީ އެކުލަވާލުމަށް ނިންމާފައި މިވަނީ އެރަށު ކައުންސިލުން އިޤްތިސާދީގޮތުން އެރަށް ތަރައްޤީ ކުރުމަށް ރާވަމުންދާ އަދި ކުރަމުންދާ ކަންތައްތަކަށް އެފަރާތްތަކުގެ ލަފާ ހޯދުމުގެ ގޮތުންކަމަށެވެ. އެގޮތުން މިކޮމިޓީގެ މެމްބަރަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެއިދާރާއަށް ވަޑައިގެނ...

އައިޝަތު ނަސާޔާ
ކޭއާރުއެޗްގެ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ކޭއާރުއެޗްގެ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް( ކޭއާރުއެޗް )ގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެ ހޮސްޕިޓަލުގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެހޮސްޕިޓަލްގެ ޚިދުމަތް ދެމުންދާތާ އިއްޔެއަށް 40 އަހަރު ވެފައިވާއިރު، މިމުނާސަބާތާއި ގުޅުވައިގެން އެ ހޮސްޕިޓަލުގެ ނަރުހުންނަން ވަނީ އައު ޔުނީފޯމެއްވެސް ތައާރަފް ކޮށްފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުގެ އެކި ޑިޕާޓްމެންޓްތަކުން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން އިއްޔެ ހެނދުނު އެހޮސްޕިޓަލުގެ މުވައްޒަފުންނާއިއެކު ހާއްސަ ހެނދު...

އައިޝަތު ނަސާޔާ
ކުޅުދުއްފުށި ސިޓީގެ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެސިޓީގައި ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މާރޗް މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި މާކެޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެފަރާތްތަކުން އެމުއްދަތުގެ ތެރޭގައި “ކުޅުދުއްފުށި...

އައިޝަތު ނަސާޔާ
ރިސޯޓް ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ބޮޑު ބައެއް މައާފްކޮށްދެނީ

ރިސޯޓް ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ބޮޑު ބައެއް މައާފްކޮށްދެނީ

ރިސޯޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކުގެ ތެރެއިން ބޮޑު ބައެއް މައާފްކޮށްދެވޭ ގޮތަށް ސަރުކާރުން ގަވާއިދެއް ހަދައިފި އެވެ. ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ކުލި ނުދައްކާ ކޮންމެ ދުވަހަކަށް 0.5 ޕަސެންޓްގެ ރޭޓުން ޖޫރިމަނާއެއް ނަގަމުން އަންނަނިކޮށް 2020 ވަނަ އަހަރު ސަރުކާރުން އޮތީ ޖޫރިމަނާގެ ރޭޓް 0.04 ޕަސެންޓަށް ދަށްކޮށްފަ އެވެ. އެހެން ނަމަވެސް އެހާތަނަށް ނުދައްކާ ހުރި ބޮޑެތި ޖޫރިމަނާތަކަށް އެއްވެސް ލުޔެއް އޭރު ދީފައެއް ނުވެ އެވެ. އާ ގަވާއިދުގެ ދަށުން އެއަށް ބޮޑެތި […]

ހުސައިން ހަބީބް
ޑރ. ފާޠިމަތު ފައިރޫޒް ހއ. އަތޮޅު ހޮސްޕިޓަލުގައި ޚިދުމަތްކުރަށްވަން ފައްޓަވައިފި 📍 ހއ. ދިއްދޫ

ޑރ. ފާޠިމަތު ފައިރޫޒް ހއ. އަތޮޅު ހޮސްޕިޓަލުގައި ޚިދުމަތްކުރަށްވަން ފައްޓަވައިފި

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގެ ޑެންޓަލް އޮފިސަރެއްގެ ގޮތުގައި ދިއްދޫއަށް ނިސްބަތްވެވަޑައިގަންނަވާ އެރަށު ފެހިވިލާގެ ޑރ. ފާޠިމަތު ފައިރޫޒް ޚިދުމަތް ކުރައްވަން ފައްޓަވައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ފައިރޫޒްއަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައިވާއިރު، “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ ހުސެއިން ޝިމާން ވިދާޅުވީ، ޑރ. ފާޠިމަތު ފައިރޫޒްއަށް ތަނަވަސް އެތައް ފުރުސަތެއް އޮވެމެ، ރަށާއި އަތޮޅަށް ޚިދުމަތް ކުރުމުގެ މަތިވެރި މަޤްޞަދުގައި، އެ...

އައިޝަތު ނަސާޔާ
އިންޖީނަށް ދިމާވި މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް މޭޔަރުގެ އިލްތިމާސެއް 📍 ހދ. ކުޅުދުއްފުށި

އިންޖީނަށް ދިމާވި މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް މޭޔަރުގެ އިލްތިމާސެއް

ކުޅުދުއްދުއްފުށީ ސިޓީގެ އިންޖީނެއްގައި އަލިފާން ރޯވުމާއި ގުޅިގެން ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އެ ސިޓީގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދ ހެނދުނު 09:45 ހާއިރުއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މޭޔަރު އާތިފް ވިދާޅުވީ، އިންޖީނުގައި އަލިފާން ރޯވުމާއި ގުޅިގެން 45 މިނިޓަށް މުޅި ސިޓީއިން އެއްކޮށް ކަރަންޓް ކެނޑުނު ކަމަށެވެ. ނަމަވެސް މިހާރު ރަށުގެ 90 […]

އައިޝަތު ނަސާޔާ
ފޯކައިދޫގައި އިންޑޯ ޖިމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫގައި އިންޑޯ ޖިމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގައި އިންޑޯ ޖިމެއް ޤާއިމްކުރުމަށް ބޭނުންވާ ހޯލުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500ރ (ފައްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެ ކަމަށެވެ. ފައިސާ ދެއްކުމާއި ބީލަމަށް ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީވުން އޮންނާނީ 02 މާރޗް 2022 ވ...

އައިޝަތު ނަސާޔާ
ކުޅުދުއްފުށީގައި ފެނަކައިގެ މައި އޮފީހެއް ގާއިމުކުރެވިއްޖެނަމަ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބޭނެ: ރާޢީ 📍 ހދ. މަކުނުދޫ

ކުޅުދުއްފުށީގައި ފެނަކައިގެ މައި އޮފީހެއް ގާއިމުކުރެވިއްޖެނަމަ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބޭނެ: ރާޢީ

ކުޅުދުއްފުށީ ސިޓީގައި ފެނަކައިގެ މައި އޮފީހެއް ގާއިމުކުރެވިއްޖެނަމަ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާއީ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ހުށަހަޅުއްވާފައިވާ ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ދެވަނަ ފުރުސަތެއް ހޯއްދަވައި ވާހަކަ ދައްކަވަމުނ...

އަލީ އާދިލް
ހިރަފުސް އިންޓަ އޮފީސް ފުޓްސަލް ޗެލެންޖާއި ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހިރަފުސް އިންޓަ އޮފީސް ފުޓްސަލް ޗެލެންޖާއި ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖާއި، ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިންޓަ އޮފީސް ފުޓްސަލް ޗެލްނެޖް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ  ކުޅުދުއްފުށީގައި ހުންނަ މުއައްސަސާތަކަށާއި ކުންފުނިތަކަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކ...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ އާއި ނަރުދޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން އޭޕްރިލް 16 ގައި 📍 ށ. ނަރުދޫ

ނޭކުރެންދޫ އާއި ނަރުދޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން އޭޕްރިލް 16 ގައި

ހދ. ނޭކުރެންދޫއާއި ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނޭކުރެންދޫ އަންހެނުންގެ ކޮމިޓީއަށް 2 މެމްބަރު އަދި ނަރުދޫ އަންހެނުންގެ ކޮމިޓީއަށް މެމްބަރެއް ހޮވަން ޖެހޭ ކަމަށެވެ. އެގޮތުން މެމްބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ (2 މާރޗް 2022) އިން ފެށިގެން 17 މާރޗް 2022 ވަނަ […]

އައިޝަތު ނަސާޔާ