މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން "ހޯރަފުށީ ޑޭ" ނަމުގައި ހާއްސަ ދުވަހެއް ފާހަގަކުރަނީ 📍 ހއ. ހޯރަފުށި

ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން "ހޯރަފުށީ ޑޭ" ނަމުގައި ހާއްސަ ދުވަހެއް ފާހަގަކުރަނީ

ހއ. ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން “ހޯރަފުށީ ޑޭ” ނަމުގައި ދުވަހެއް ފާހަގަ ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުގެ 17 ވާ އަންގާރަ ދުވަހުއެވެ. އެ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި މިފަދަ ދުވަހެއް ފާހަގަކޮށް އެވޯޑް ދިނުމުގެ ބޭނުމަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް […]

އިބްރާހިމް ޚަލީލް
"އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް"ގެ ޗެމްޕިއަންކަން ފެނަކައަށް

"އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް"ގެ ޗެމްޕިއަންކަން ފެނަކައަށް

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް” ގެ ޗެމްޕިއަންކަން ފެނަކައިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 06 މާޗް 2022 ވީ އާދީއްތަ ދުވަހުގެ ރޭ ދިއްދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު މި މެޗުގައި ބައްދަލު ކޮށްފައިވަނީ ދިއްދޫ ފެނަކަ ބްރާންޗްގެ ޓީމާއި ހއ.އަތޮޅު ހޮސްޕިޓަލުގެ ޓީމެވެ. މި މެޗު 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ […]

އިބްރާހިމް ޚަލީލް
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، ހއ. ދިއްދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް  📍 ހއ. ދިއްދޫ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، ހއ. ދިއްދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް 

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެޓަރުން އިސްނަގައިގެން ދިއްދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފި އެވެ. މިމުބާރާތަކީ ހއ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން އިސްނަގައި ދިއްދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މަސްވެރިކަމަށް ލޯބިކުރާ ޒުވާނުންނާއި ހާއްޞަކޮށް ކަނބަލުންނަށް އަމާޒްކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގެ މަޤުޞަދަކީ މަސްވެރިކަމަށް ޝައުޤްވެރިކަން ހުންނަ ފަރާތްތ...

އިބްރާހިމް އަސްވާޤް
ބިޔަ ބޮޑެތި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ނުދާތީ، ހއ އަތޮޅު ކައުންސިލުން ހާއްސަ ރިޕޯޓެއް ހުށަހަޅަނީ

ބިޔަ ބޮޑެތި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ނުދާތީ، ހއ އަތޮޅު ކައުންސިލުން ހާއްސަ ރިޕޯޓެއް ހުށަހަޅަނީ

ހއ. އަތޮޅުގެ ތަރައްޤީއަށް ހުރި ބިޔަ މަޝްރޫޢުތައް ބަރު ދުވެލީގައި ކުރިއަށް ނުދާތީ ހާއްސަ ރިޕޯޓެއް ތައްޔާރުކުރުމަށް ހއ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެކައުންސިލްގެ 04 ވަނަ ދައުރުގެ 34 ވަނަ އާންމު ބައްދަލުވުމުގައި، އެޖެންޑަރ ކުރެވުނު، ޚިދުމަތް ތަކާއިގުޅިގެން ގުޅުހުންހުރި ވުޒާރާތަކަށް ޒިޔާރަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއްނިންމުމަށް ކުރެވުނު ބަހުސްގަ އެވެ. ހއ. އަތޮޅުގެ ކުރިއެރުމާ ލާބަޔަށް ހުރި ބިޔަ ބޮޑު މަޝްރޫޢުތަކާއި ނަފާހުރި ޕްރޮޖެކްޓްތައް އެހ...

އައިޝަތު ނަސާޔާ
ފައިބެ އަހަރު، ހދ އަތޮޅުގެ އާބާދީ އަށް އިތުރުވީ 357 މީހުން

ފައިބެ އަހަރު، ހދ އަތޮޅުގެ އާބާދީ އަށް އިތުރުވީ 357 މީހުން

ހދ އަތޮޅުގެ އާބާދީ އަށް އަހަރެއްގެ ތެރޭގައި 357 މީހުން އިތުރުވެފައިވާކަމަށް އެއަތޮޅު ކައުންސިލުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެކައުންސިލުން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް އެއަތޮޅު ގެ އާބާދީ އަކީ 28،094 އެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 28،451 މީހުންނަށް އިތުރުވެފައިވާކަމަށް އެކައުންސިލުން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ […]

އައިޝަތު ނަސާޔާ
ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ބަޖެޓް ފާސްކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ބަޖެޓް ފާސްކޮށްފި

ހއ. ފިއްލަދޫގައި ޕޮލިސް ޑެސްކެއް ގާޢިމް ކުރުމަށް ފިއްލަދޫ ކައުންސިލުން ބަޖެޓް ފާސްކޮށްފި އެވެ. މިކަން އެކައުންސިލުން އިއްޔެ އާންމުކުރީ، އެކައުންސިލްގެ 3 ވަނަ ދައުރުގެ 26 ވަނަ އާއްމު ބައްދަލުވުމުގައި ނިންމާފައިވާ މުހިއްމު ނިންމުންތައްކުގެ ތެރޭގަ އެވެ. އެރަށުގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް -/415000 ރުފިޔާގެ ސަޕްލަމެންޓަރީ ބަޖެޓް ފާސްކޮށްފައި ވަނީ އެކައުންސިލް މެމްބަރުންގެ އިއްތިފާޤުންނެވެ. މީގެ އިތުރުން އެކައުންސިލްއިން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަ...

އައިޝަތު ނަސާޔާ
ކުޅުދުއްފުށީ ގައި ސައިކަލެއް ހޮޅިދަނޑިއެއްގައި ޖެހި އަލިފާން ރޯވެއްޖެ

ކުޅުދުއްފުށީ ގައި ސައިކަލެއް ހޮޅިދަނޑިއެއްގައި ޖެހި އަލިފާން ރޯވެއްޖެ

ކުޅުދުއްފުށީ ސިޓީގައި ދުއްވާފައި ދިޔަ ސައިކަލެއް ހޮޅިދަނޑިއަކަށް މުޑިއަރައި އަލިފާން ރޯވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ. ކުޅުދުއްފުށީ ސިޓީން “ތިލަދުން” އަށް ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ބާރު ސްޕީޑްގައި ދުއްވި އެ ސައިކަލް ހޮޅިދަނޑީގައި ޖެހުނީ ކޮންޓްރޯލް ނުވެގެން ކަމަށެވެ. “ދުއްވާފައި ދަނިކޮށް ސައިކަލް ހުއްޓޭ ކަހަލަ ގޮތެއްވެ ސްޓަކެއްވާތީ ސްޕީޑަށް ހިފާލީ ކަމަށް ވެސް އަޑުއިވޭ،” އޭނާ ބުންޏެވެ. ކުޅުދުއްފުށީ ގައި ސައިކަލެއް ހޮޅިދަނޑިއެއްގައި ޖެހި އަލިފާން […]

ޔުމްނާ ޢަލީ
ހަނިމާދޫގައި ކުނިކޮށި އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކުނިކޮށި އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫގައި ކުނިކޮށި އަޅެމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުނިކޮށި އަޅެމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 15 މާޗް […]

އިބްރާހިމް ޚަލީލް
މާއުނގޫދޫގައި އާ ފުޓްސަލް ދަނޑެއް އަޅަން ހަވާލުކޮށްފި

މާއުނގޫދޫގައި އާ ފުޓްސަލް ދަނޑެއް އަޅަން ހަވާލުކޮށްފި

ށ. މާއުނގޫދޫގައި އާ ފުޓްސަލް ދަނޑެއް އަޅަން އެރަށު ކައުންސިލުން ބަޔަކާ އިއްޔެ ހަވާލުކޮށްފިއެވެ. އެރަށުގައި މިހާރުއޮތް ފުޓުސަލްދަނޑު އޭ ގްރޭޑްއަށް ފެތޭގޮތަށް ބޮޑުކޮށް، އާ ފުޓުސަލްދަނޑެއްއެޅުމަށް މާއުނގޫދޫ ކައުންސިލުން މި މަސައްކަތް ހަވާލުކުރީ އެޝުއަރ ސަޕްލައި އާއި އެވެ. މާއުނގޫދޫ ކައުންސިލުގެ ޖަލްސާކުރާ މާލަމްގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ޙަވާލުކުރުމަށް އެއްބަސްވުމުގައި އެޝުއަރ ސަޕްލައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބުރާހިމް ލަތީފްއެވެ. ކައުންސިލުގެ...

ޔުމްނާ ޢަލީ
ޓެކާސް ފުޓްސަލް މުބާރާތުގެ އުތުރުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް

ޓެކާސް ފުޓްސަލް މުބާރާތުގެ އުތުރުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް

“ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ގެ އުތުރުގެ ޗެމްޕިއަންކަން ހދ. ކުޅުދުއްފުށި ސިޓީ ހޯދައިފިއެވެ. އުތުރުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދީ ޕެނަލްޓީ ޖަހައިގެން 11-10 ގެ ނަތީޖާއިން ރ. ދުވާފަރު ބަލި ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ދެގޯލްވެސް ޖަހާފައިވަނީ ދުވާފަރު ޓީމުންނެވެ. ދެ ލަނޑުގެ ލީޑުގައި ދުވާފަރަށް ހިފާއްޓާލެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ. ކުޅުދުއްފުށީ ޓީމްގެ އަހްމަދު ދާއޫދު (ޑޭވިޑް) ދުރުން ފޮނުވާލި ބާރުހަމަލާ ގޯލް ތެރެއަށް ވައްދާލައިގެން މެޗުގެ ނަތީޖާ ފަރަގު ކުޑަކުރިއެވެ. ފުރަތަމަ [...

އަލީ ރިޔާޟް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީކޮށް ނިންމާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީކޮށް ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް އެ ޖަމިއްޔާއިން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ ޖަމިއްޔާއިން ވަނީ ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެ ލައިބްރަރީގައި ރީޑިން ކޯނާއެއް ތަރައްޤީ ކޮށް، ފޮތް ބެހެއްޓުމަށް އެކި...

އިބްރާހިމް ޚަލީލް
ރީތިރަށް ރިސޯޓުން، ނައިވާދޫ ކައުންސިލަށް 50 ބައިސްކަލް ހަދިޔާކޮށްފި 📍 ހދ. ނައިވާދޫ

ރީތިރަށް ރިސޯޓުން، ނައިވާދޫ ކައުންސިލަށް 50 ބައިސްކަލް ހަދިޔާކޮށްފި

ރީތިރަށް ރިސޯޓުން، ހދ. ނައިވާދޫ ކައުންސިލަށް 50 ބައިސްކަލް ހަދިޔާކޮށްފި އެވެ. ނައިވާދޫ ކައުންސިލުން ވިދާޅުވީ ރީތިރަށް ރިސޯޓުން އެކައުންސިލަށް ހަދިޔާކޮށްފައިވާ ބައިސްކަލްތައް ހޯދުމުގައި ރީތިރަށުގައި މަސައްކަތްކުރާ ނައިވާދޫ ފެމިލީކުދިންގެ ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައިވާކަމަށެވެ. މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށާއި މި ކަމަކީ ނައިވާދޫ އަކީ ތިމާވެއްޓާއި ރައްޓެހި ރަށަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ 2 ވަނަ ބައެއްކަމަށް އެކައުންސިލުން ބުނ...

އިބްރާހިމް އަސްވާޤް
ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް އަލުން ބީލަމަށް 📍 ހއ. ދިއްދޫ

ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް އަލުން ބީލަމަށް

ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އަލުން އިޢުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް 6 ޖެނުއަރީ 2022 ގައި ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށްފައިވާ ކަމަށެވެ. އެ ބީލަންތައް ބާތިލުކޮށް، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ބީލަން ހުށަ...

ޔުމްނާ ޢަލީ
ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ވެލިނަގަނީ، ހައްލެއްނެތް މައްސަލައެއް ނުބެލޭ!

ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ވެލިނަގަނީ، ހައްލެއްނެތް މައްސަލައެއް ނުބެލޭ!

ހއ. އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ވެލިނަގަމުންދާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ. އާއްމު ފަރާތަކުން ވެލިނަގަމުން ދާ މަންޒަރު ރިކޯޑުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނެފައިވަނީ އެރަށުން ވެލިނަގަމުންދަނީ އެރަށުގައި މަސައްކަތްކުރާާ ފަރާތުންކަމަށެވެ. މިމަންޒަރުތައް ނަގާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ މެންދުރު 13:10 ގަ އެވެ. “މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަވަނީ މީގެކުރިން 2 ފަހަރަކު ފެންމަތިވެ ފުލުހުންގެ ސަމާލުކަމަށް ގެނެވި މިކަމަށް އަލިމަގެއްނ...

އައިޝަތު ނަސާޔާ
ށ އަތޮޅު ކައުންސިލުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރަނީ

ށ އަތޮޅު ކައުންސިލުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރަނީ

ށ އަތޮޅު ކައުންސިލްގެ ފަރާތުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރާތް ކުރުމުގެ ދަތުރު މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރައިޝަމް ވިދާޅުވީ، މިދަތުރަކީ ށ. އަތޮޅުގެ ކައުންސިލްގެ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ޕްރޮގްރާމަތަކާއި ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާ ބެހޭ މަޢުލޫމާތު ރަށްރަށުގައި ހުރި ދަޢުލަތުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބުޖަމް...

އައިޝަތު ނަސާޔާ