މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ފުނަދޫގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް ސޮއިކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް ސޮއިކޮށްފި

ށ. ފުނަދޫގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ކަމަށެވެ. މިރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުންވެސް ބައެއް ބޭފުޅުން ބައިވެރިވެފައިވެ އެވެ. އެގޮތުން 3 ދުވަސްތެރޭ...

އައިޝަތު ނަސާޔާ
ފޭދޫ ވޮލީކޯޓުގައި ލައިޓް ޖަހައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޭދޫ

ފޭދޫ ވޮލީކޯޓުގައި ލައިޓް ޖަހައިދޭނެ ފަރާތެއް ހޯދަނީ

ށ. ފޭދޫ ވޮލީކޯޓުގައި ލައިޓް ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިބީލަމުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެއިދާރާއިން ދޫކުރާ “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް” ފުރިހަމަކުރެއްވުމަށްފަހު 15 މާރިޗު 2022 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން އެއިދާރާއަށް ނުވަތަ...

އައިޝަތު ނަސާޔާ
ހއ. އަތޮޅުގައި ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި

ހއ. އަތޮޅުގައި ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި

ހއ. އަތޮޅަށް ހުޅުުވާލައިގެން ހިންގާ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް މިއަދު އެ އަތޮޅު ވެރިރަށް ދިއްދޫގައި ފަށައިފިއެވެ. މިކޯހަކީ ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. 25 ބައިވެރިންނާއި ފެށުމަށް ހަމަޖެހިފައިވާ މިކޯހުގައި ދިއްދޫގެ ބައެއް ޒުވާނުންގެ އިތުރުން ސްކޫލްގެ ބައެއް ދަރިވަރުންވެސް ހިމެނެއެވެ. މިކޯސް ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ހެނދުނު ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވ...

އައިޝަތު ނަސާޔާ
ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 3" އަންނަ ހޮނިރު ދުވަހު ބާއްވަނީ 📍 ށ. ފުނަދޫ

ފުނަދޫ އަންހެނުން ކޮމެޓީގެ "ދަންދާނަ ބާޒާރު 3" އަންނަ ހޮނިރު ދުވަހު ބާއްވަނީ

  އަންހެނުންގެ ދުވަހާއި ގުޅިގެން ށ . ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ގެންދާ “ދަންދާނަ ބާޒާރު” ސިލްސިލާގެ ތިން ވަނަ ބާޒާރު، “ދަންދާނަ 3” އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މިފަހަރުގެ ބާޒާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ، މިފަހަރުގެ ދަންދާނަ ޕްރޮގްރާމް ކުރިއަ...

އައިޝަތު ނަސާޔާ
މަނަފަރުން ކަނޑާލި 29 މީހުންގެ މައްސަލަ އަލުން ބަލަން އަންގައިފި

މަނަފަރުން ކަނޑާލި 29 މީހުންގެ މައްސަލަ އަލުން ބަލަން އަންގައިފި

ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރި 29 މީހުންގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަތައް އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ. މަނަފަރު ރިސޯޓުން 2020 ވަނަ އަހަރު ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރުމުގެ ކުރިން އެ މީހުންގެ މުސާރައިން ވެސް އެ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އޮތީ 75 ޕަސެންޓް […]

ހުސައިން ހަބީބް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ހިންގައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ހިންގައިފި

ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ. މި އެކްސަސައިޒް ބާއްވާފައިވަނީ 09 މާޗް 2022 ވީ ބުދަ ދުވަހުގެ ރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ރޭގަނޑު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ހަނިމާދޫ އެއަރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ”އެއާޕޯޓް އިމަޖެ...

އިބްރާހިމް ޚަލީލް
އުތީމަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު، ރައްޔިތުން ނިކުމެ ރަށުން ބާލައިފި 📍 ހއ. އުތީމު

އުތީމަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު، ރައްޔިތުން ނިކުމެ ރަށުން ބާލައިފި

ހއ. އުތީމަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު، އެރަށު ރައްޔިތުން ނިކުމެ އެ ރަށުން ބާލައިފި އެވެ. އުތީމު ކައުންސިލް މެންބަރ ޙުސައިން ނަޞީރު “ތިލަދުން” އަށް ވިދާޅުވީ މިކަން ހިނގާފައިވަނީ ރޭ އިރާ ކޮޅުގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން އެރަށުން ބާލާފައިވަނީ އެރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގޮސްއުޅުނު 6 މީހުންގެ ގުރޫޕަކުން 2 މީހުން ކަމަށެވެ. ބާކީ ތިބި 4 މީހުން ފަތިހުގެ ވަގުތެއްގައި އެރަށުން ފުރާނެކަމަށް ވިދާޅުވި އެވެ. ކައުންސިލް މެންބަރ ހުސައިން ނަޞީރު ވިދާޅުވީ އެގުރޫޕ...

އިބްރާހިމް އަސްވާޤް
ކެމްޕޭން ހުތުރުވީ މަޖިލިސް ތެރޭގައި މެންބަރުންނާއި ދިމާއަށް "މެއްސޭ މާބުރޭ" ގޮވުމުން: ރާޢީ 📍 ހދ. މަކުނުދޫ

ކެމްޕޭން ހުތުރުވީ މަޖިލިސް ތެރޭގައި މެންބަރުންނާއި ދިމާއަށް "މެއްސޭ މާބުރޭ" ގޮވުމުން: ރާޢީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބަށް ތައްޔާރުވުމަށް ކުރިއަށްދާ ކެމްޕޭން ހުތުރުވީ، ރައްޔިތުންގެ މަޖިލިސް ތެރޭ ޕާޓީގެ މެންބަރުންނާ ދިމާއަށް “މެއްސޭ މާބުރޭ” ގޮވުމުން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިހެން ވިދާޅުވީ ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ކުރިން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ފެނޭތޯ...

އަލީ އާދިލް
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލުން، ވެލި ނަގައި ގާއަޅައިގެން ވިއްކާތާ އަހަރެއް!

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލުން، ވެލި ނަގައި ގާއަޅައިގެން ވިއްކާތާ އަހަރެއް!

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި އެޅިގާ އަޅައިގެން ވިއްކަމުން ދާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެކަމަށް ހއ. އަތޮޅުގެ ބައެއް މީހުން މައުލޫމާތު ދީފިއެވެ. އެ މަންޒަރުފެނިފައިވާ އެ އަތޮޅު ބައެއް މީހުން “ތިލަދުން”އަށް މައުލޫމާތު ދިން ގޮތުގައި މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި ވިޔަފާރީގެ ގޮތުން ފުޅާ ދާއިރާއެއް ގައި އެޅިގައި އަޅައިގެން ވިޔަފާތި ކުރަމުންދާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެއެވެ. މި ނޫހަށް ވާހަކަ […]

އަލީ އާދިލް

އަލިދޫގެ ކުލި ނުދެއްކުމުން ޔޮޓް ޓުއާސްގެ އެކައުންޓްތައް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓް

ހއ. އަލިދޫ ރިސޯޓާއި އެ އަތޮޅު ބީނާފުށީގެ އިތުރުން ކަނޑާލިފިނޮޅުގެ ކުއްޔަށް އެތައް މިލިއަން ޑޮލަރެއް ނުދައްކާ އޮތް މައްސަލާގައި މީގެ ފަސް އަހަރު ކުރިން ޔޮޓް ޓުއާސްގެ ބޭންކް އެކައުންޓްތައް މީރާއިން ފްރީޒްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް ކުރިން ދޫކުރި އެ ތިން ރަށުގެ ކުލި ނުދައްކާތީ އެ ކުންފުނީގެ އެކައުންޓްތައް މީރާގެ އެންގުމަކަށް 2017 ވަނަ އަހަރު ފްރީޒްކުރުމުން […]

ހުސައިން ހަބީބް
ކުމުންދޫގެ ނެރު ފުން ކުރުމުގެ މަަސައްކަތް ފަށައިފި

ކުމުންދޫގެ ނެރު ފުން ކުރުމުގެ މަަސައްކަތް ފަށައިފި

ހދ.ކުމުންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން، 14،301 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 242 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 35.6 މިލިއަން ރުފިޔާ...

އަޙްމަދު ވަހީދު
ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، އެރަށަށް އަރާފޭބުމުގެ އުސޫލު އާންމުކޮށްފި 📍 ހއ. ފިއްލަދޫ

ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، އެރަށަށް އަރާފޭބުމުގެ އުސޫލު އާންމުކޮށްފި

ހއ.ފިއްލަދޫ އިޚްތިޞާޞް ގައިވާ ހއ.ދައްޕަރަށް އަރާ ކޮންމެ ފަތުރުވެރިއެގެ އަތުން 77 ރުފިޔާ ނަގާގޮތަށް ކަނޑައަޅައި، ދައްޕަރަށް އަރާފޭބުމާއި އެ ރަށުގައިވާ ތަކެތި ބޭނުން ކުރުމާއި ބޭރުކުރުމުގެ އުސޫލް ފިއްލަދޫ ކައުންސިލުން އާންމުކޮށްފިއެވެ. ފިއްލަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި އުސޫލް އެކުލަވާލުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ދައްޕަރު ބެލެހެއްޓުމާއި އެ ސަރަހައްދުގައިވާ އެންމެހާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ކޮށްގެން ކައުންސިލަށް އާމްދަނީއާއި މަން...

އިބްރާހިމް ޚަލީލް
އެމްޑަބްލިއުއެސްސީން ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރަށް ޓީވީ ހަދިޔާ ކޮށްފި

އެމްޑަބްލިއުއެސްސީން ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރަށް ޓީވީ ހަދިޔާ ކޮށްފި

މާލެ ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރަށް ޓީވީ ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން ހަދިޔާ ކުރީ 55 އިންޗީގެ ޓީސީއެލް ހަތް ޓީވީއެވެ. ހދ. އަތޮޅު އެޑިއުކޭޝަމް ސެންޓަރުން ވަނީ އެމްޑަބްލިއުއެސްސީގެ މި އެހީއާ ގުޅިގެން އެ ކުންފުންޏަަށް ޝުކުރު އަދާ ކޮށްފައެވެ. މިއީ އެ ސްކޫލް ޑިޖިޓަލް ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ އިތުރު ލުޔެކެވެ.

އަޙްމަދު ވަހީދު
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއަދު ހަވީރު އެކަމަށްޓަކައި އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެޚްމާނަކީ މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރުޑީސީ) މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކެވެ. މީގެ އިތުރުން ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދާއި، އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްގެ އިތުރުން ސިޓީގެ ކ...

ތިލަދުން
ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިހާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި އެ އޮޕަރޭޝަނަކީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 7 ވަނަ ދުވަހު ހިންގި...

އަލީ އާދިލް