މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ދިއްދޫގައި ޖޫނިއާ ކޮލެޖް ގާއިމުކުރަން 6 ފަރާތަކުން ބީލަން ހުށަހަޅައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ޖޫނިއާ ކޮލެޖް ގާއިމުކުރަން 6 ފަރާތަކުން ބީލަން ހުށަހަޅައިފި

ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނާއި ގުޅިގެން 6 ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް 6 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. މިއަހަރުތެރޭ ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއް ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއް ބާއްވަނީ

ކުޅުދުއްފުށީ ސިޓީ ގައި ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މިއީ އެ ހޮސްޕިޓަލާއި، މޯލްޑިވްސް ކެންސަރ ސޮސައިޓީ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ. އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދަން ނިންމާފައިވާ މި މިކޭމްޕުގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރު އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ދާނެކަމަށް ކޭއާރުއެޗުން ވަނީ ވިދާޅުވެފައެވެ. މިކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމާރޗް މަހުގެ 19 ވަނަ...

އައިޝަތު ނަސާޔާ
ބާރަށުގައި އައުޓްޑޯ ޖިމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި 📍 ހއ. ބާރަށް

ބާރަށުގައި އައުޓްޑޯ ޖިމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި

ހއ. ބާރަށުގައި އައުޓްޑޯ ޖިމެއް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތް ކުރަން ޖެހޭނީ އެކައުންސިލުން ދޭ ކޮންސެޕްޓާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މާރިޗް 2022 ވަނަ ދުވަހުގެ 11.00 ގެ...

އައިޝަތު ނަސާޔާ
ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލަފައިވާ ކަމަށެވެ. އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ 13 ފެބުރުވަރީ އިން 19 އެޕްރީލް ގ...

އައިޝަތު ނަސާޔާ
ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ހއ. އަތޮޅަށް ފަޚުރުވެރި ކާމިޔާބީއެއް

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ހއ. އަތޮޅަށް ފަޚުރުވެރި ކާމިޔާބީއެއް

ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ވަނަތަކެއް ހއ. އަތޮޅަށް ނިސްބަތްވާ ބައެއް ދަރިވަރުން ހޯދައިފިއެވެ. ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެކައުންސިލްގެ ފަރާތުން އެ މުބަރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 4 ދަރިވަރަކު ވަނީ އެދަރިވަރުން ބައިވެރިވި އުމުރުފުރާ ތަކުން ވަނަތައް ހޯދާފައެވެ. އަދި މިމުބާރާތުގެ އަތޮޅު ކައުންސިލްތަކުގެ ބައިން 3 ވަނައަށް ހއ. އަތޮޅު ކައުންސިލް ވަނީ ހޮވިފައެވެ. އެގޮތުން ވަނަތަކަށް ހޮވުނު 4 ދަރިވަރުންގެ ތެރެއިން 2 […]

އައިޝަތު ނަސާޔާ
ޅައިމަގު ބަނދަރު ނެރު ފުން ކުރުމުގެ ބޮޑުބައެއް ނިމިއްްޖެ 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރު ނެރު ފުން ކުރުމުގެ ބޮޑުބައެއް ނިމިއްްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ބަނދަރުގެ ނެރު ފުންކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، […]

އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް ކުރިނބީ ރައީސް އަސްލަމް 📍 ހދ. ކުރިނބީ

ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް ކުރިނބީ ރައީސް އަސްލަމް

ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް، ކައުންސިލް މެންބަރު، އަދި ކުރިނބީ ކައުންސިލްގެ ރައީސް ޢަބުދު ﷲ އަސްލަމް ހަމަޖައްސަވައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އަސްލަމް އެ މަޤާމަށް ހަމަޖައްސަވާފައިވަނީ މިމަހު 10 ވަނަ ދުވަހު ބޭއްވި ހދ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 38 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މީޑިޔާ ކޯޑިނޭޓަރަކަށް، އަސްލަމް ހަމަޖައްސަވާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާޤުންނެވެ. ހދ. އަތޮޅު ކައުންސިލަށ...

ޔުމްނާ ޢަލީ
ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން އަމުރުކޮށްފި

ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން އަމުރުކޮށްފި

ނ. ތޮޅެންދޫ ދަނޑުވެރިކަމުގެ ބޭނުމަށް 21 އަހަރަށް ކުއްޔަށް ދޭން ސަރުކާރުން ނިންމާފައިވާ ވަނިކޮށް އެކަން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ސިންގަލް ޕާސަލް އުސޫލުން ތޮޅެންދޫގެ ވަސީލަތްތައް ދަނޑުވެރިކަމުގެ ބޭނުމަށް އެހެން ފަރާތަކަށް ކުއްޔަށް ދޭން ފިޝަރީޒް މިނިސްޓްރީން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރުނީ އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހެޅުމުންނެވެ. އެރަށުގެ ވަސީލަތްތައް އެހެން އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ރަށް ކުއްޔަށް ދޭން […]

ހުސައިން ހަބީބް
ނޮޅިވަރަންފަރު ކައުންސިލްގެ ޤުރުއާން މުބާރާތް އަންނަ މަހު 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކައުންސިލްގެ ޤުރުއާން މުބާރާތް އަންނަ މަހު

ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ބާއްވާ ޤުރުއާން މުބާރާތް 2022، އަން އެޕްރީލް މަހު ފެށުމަށް ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤްޞަދުތަކުގެ ތެރޭގައި އެރަށުގެ ދަރިވަރުން ނާއި ޢާއްމުންގެ ހިތްތަކުގައި ކީރިތި ޤުރްޢާނަށް ލޯބިޖައްސައި ޤުރުޢާން ކިޔެވުމުގެ ފަންނު އަލާކޮށް، ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރުޢާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްޢާން ކިޔެވުމަށް ހިތްވަރުދިނުމާއި، ކީރިތި ޤުރުޢާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި އ...

ޔުމްނާ ޢަލީ
"ކުޅުދުއްފުށީ އައު ބަނދަރުގެ މައްސަލަ އެއްބަސްވިގޮތަށް ހައްލުކޮށްދޭނަން" 📍 ހދ. ކުޅުދުއްފުށި

"ކުޅުދުއްފުށީ އައު ބަނދަރުގެ މައްސަލަ އެއްބަސްވިގޮތަށް ހައްލުކޮށްދޭނަން"

ކުޅުދުއްފުށީ ސިޓީގެ އައު ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް އެއްބަސްވެވިފައިވާގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ އިތުރު ވަގުތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަތީފް ކުޅުދުއްފުށީ އައު ބަނދަރުގެ މައްސަލައާއި ގުޅިގެން ވަޒީރާ ކުރެއްވި ސުވާ...

އަލީ އާދިލް
ފިއްލަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާޢިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާޢިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ފިއްލަދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް ޤާޢިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް” ފުރުއްވުމަށްފަހު އެކައުންސިލް އިދާރާގެ އީމެއިލް info@filladhoo.gov.mv އަށް ފޮނުވައިގެން ނުވަތަ ކައުންސިލް އިދާރާއަށް ހުށައަޅައިގެން ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ވަގުތަކީ 23 މާރޗް 2022 ވަނަ ދުވަހުގެ 1...

އައިޝަތު ނަސާޔާ
އުތުރުގެ ޓޫރިޒަމް ފުޅާކުރުމަށް މުމްބައީގައި ކުރިއަށްދާ ފޯރަމްގައި، ހދ އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ

އުތުރުގެ ޓޫރިޒަމް ފުޅާކުރުމަށް މުމްބައީގައި ކުރިއަށްދާ ފޯރަމްގައި، ހދ އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ

އުތުރުގެ އަތޮޅުގެ ރަށްތަކުގައި ޓޫރިޒަމް ފުޅާކުރުމަށް، އިންވެސްޓު ކުރާނެ ފަރާތްތައް ހޯދުމަށް މުމްބާއީގައި ބޭއްވި ފޯރަމްގައި ހދ. އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ. ހދ އަތޮޅު ކައުންސިލުން ވިދާޅުވީ މި ފޯރަމްގައި ބައިވެރިވެފައި މިވަނީ އެއަތޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށާއި، ދަތުރުފަތުރު ފަހިކުރުމަށް އަދި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިމަހުގެ 14 އިން 16 އަށް އިންޑިޔާގެ މުމްބާއީގައި ބާއްވާ އައުޓްބައުންޑް ޓްރެވަލ...

އައިޝަތު ނަސާޔާ
ހައި ކޯޓުގެ އުތުރު ގޮތްޕަށް ފަނޑިޔާރުންގެ ވަފުދު ގޮސްގެން މައްސަލަ ބަލަނީ 📍 ހދ. ކުޅުދުއްފުށި

ހައި ކޯޓުގެ އުތުރު ގޮތްޕަށް ފަނޑިޔާރުންގެ ވަފުދު ގޮސްގެން މައްސަލަ ބަލަނީ

ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ އުތުރު ގޮފީގައި ހުރި މައްސަލަތައް ބަލަން ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދެއް ކުޅުދުއްފުށްޓަށް ވަޑައިގެންފި އެވެ. ހައި ކޯޓުން ވަޑައިގަތް ފަނޑިޔާރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. އޭގެ ތެރެއިން ފަނޑިޔާރު ނިޔާޒަކީ ކުރިން ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ހައި ކޯޓަށް […]

ހުސައިން ހަބީބް
ފީވަކު ފެނަކަ އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ފީވަކު ފެނަކަ އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ.ފީވަކު ފެނަކަ ބްރާންޗްގެ އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮސްފިއެވެ. މިކަމާއި ގުޅިގެން 14 މާޗް 2022 ވީ ހޯމަ ދުވަހު އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ފީވަކު އައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑުގައި ބައިވެރިވުމަށް […]

އިބްރާހިމް ޚަލީލް
ފެނަކައިގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އަދި މެއިންޓެނެންސް ކޯހުގެ އިމްތިހާން ނިންމާލައިފި

ފެނަކައިގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އަދި މެއިންޓެނެންސް ކޯހުގެ އިމްތިހާން ނިންމާލައިފި

ފެނަކަ ކޯޕަރޭޝަނުގެ ފެނަކަ އިންސްޓިއުޓުން ކުރިއަށްގެންދާ ސީ3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑއ މެއިންޓެނެންސްގެ ފުރަތަމަ ބެޗްގެ އިމްތިހާން ނިންމާލައިފިއެވެ. މި އިމްތިހާންތައް ނިންމާލީ އިއްޔެއެވެ. އެގޮތުން، ތިއަރީ އާއި ޕްރެކްޓިކަލް އިމްތިހާން ވެސް ވަނީ ބާއްވާފައެވެ. ފެނަކައިމް މި އިމްތިހާން ބާއްވާފައި ވަނީ އިއްޔެ އެވެ. ފެނަކައިން މި ކޯސް ހިންގީ ހދ. ކުޅުދުއްފުށި ސިޓީގައެވެ. އެ ކުންފުނިން އަންނަނީ އެކި ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ފެނަކަ އިންސްޓިއުޓްގެ ދަށުން ކޯސްތައް ހިންގަމުންނެވ...

އަޙްމަދު ވަހީދު