މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި

ށ. މިލަންދޫ ކައުންސިލްއިން ރެކްރިއޭޝަން ކުލަބްއެއް އުފައްދަން ނިންމައިފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ 09 މާރޗް 2022 ގައި ބޭއްވުނު އެކައުންސިލުގެ 04 ވަނަ ދައުރުގެ 40 ވަނަ ޢާއްމު ޖަލްސާގައެވެ. މި ގޮތަށް ހުށައަޅާފައިވަނީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢާޠިފް އެވެ. އާޠިފްގެ މި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ތިން މެންބަރުންގެ ވޯޓުންނެވެ. އާތިފްގެ ހުށަހެޅުމުގައި ކައުންސިލުން އެފަދަ ކްލަބެއް އުފައްދަން ހުށަހަޅާ ބޭނުމެއްކަމަށް ވިދާޅުވެފައި ވަނީ، މިލަންދޫގަ...

އައިޝަތު ނަސާޔާ
"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ 📍 ހދ. ނޮޅިވަރަމް

"ނޮޅިވަރަމު ކައުންސިލް، ހުވާސް ވޮލީބޯޅަ މުބާރާތް" އަންނަ މޭ މަހު ފަށަނީ

ހދ. ނޮޅިވަރަމު ކައުންސިލް ހުވާސް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެ އެ ކައުންސިލުން ހުޅުވާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 09 މެއި 2022 ވާ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 09 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ލިސްޓު 24 އޭޕްރިލް 2022 ވަނަ ދުވަހުގެ 14:00 […]

އިބްރާހިމް ޚަލީލް
ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ "ޝާމިލްއަޑު" އިފްތިތާޙްކޮށްފި

ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ "ޝާމިލްއަޑު" އިފްތިތާޙްކޮށްފި

ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ “ޝާމިލުއަޑު” އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރެވި، ތަޢާރަފުކުރާ މިފަދަ ސްކްރީން-ރީޑިންގ ސޮފްޓްވެއަރ އެވެ. މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މި ސޮފްޓްވެއާ ތަޢާރަފްކޮށް، އިފްތިތާޙް ކުރުމާއިގުޅިގެން ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ މި މަސައްކަތް 2020 ފެށުނުކަމަށާއި...

ޝިއުނާ އާދަމް
ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ކުރިނބީގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ކުރިނބި ކައުންސިލާއި އެކު ސޮއި ކޮށްފައިވަނީ ހާވިލާ ކާޕެންޓްރީއެވެ. މިއެއްބަސްވުމުގައި ހާވިލާގެ ފަރާތުން ސޮއި ކޮށްފައިވަނީ އެކުންފުނީގެ ވެރިޔާ މުޙައްމަދު ސަލީމްއެވެ. ކުރިނބި ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހްއެވެ. ކުރިނބި ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކައުންސިލްގެ ބަޖެޓްއިން ހޭދަ...

އައިޝަތު ނަސާޔާ
އިހަވަންދޫ ކައުންސިލުން ރޯދަމަހު ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހިލޭ! 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލުން ރޯދަމަހު ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހިލޭ!

ރޯދަމަހާއި ގުޅިގެން ރައްޔިތުންނަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން ހއ. އިހަވަންދު ގޭބިސީ ތަކުން ކުނި ނެގުމުގެ މަސައްކަތް ހިލޭ ކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ މިއީ ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުން އެރަށު ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ކޮށްދޭ ޚިދުމަތެއް ކަމަށެވެ. އެގޮތުން މިޚިދުމަތް ބޭނުންވާ ފަރާތްތަކުން މާރޗް 29 ވާ އަންގާރަ ދުވަހުގެ ކުރިން އެކައުންސިލްގެ ނަންބަރ 6500013 އަށް ގުޅުއްވައިގެން ރަޖިސްޓްރީ...

އައިޝަތު ނަސާޔާ
ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން މި މުބާރާތުގައި ދިއްދޫގެ ރައްޔިތުންގެ އިތުރުން ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ. މި ބުރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ބައިވެރިވުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން މިމާރޗް މަހުގެ 30 ވާ ބުދަ ދުވަހުގެ 13:00 ގެ...

އައިޝަތު ނަސާޔާ
ނެޝަން ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯކަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުޅުދުއްފުށީގައި ސާވޭއެއް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ނެޝަން ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯކަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުޅުދުއްފުށީގައި ސާވޭއެއް ފަށައިފި

ނެޝަން ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯރކަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުޅުދުއްފުށީ ސިޓީގައި ސާވޭއެއް މިއަދު ފަށައިފިއެވެ. މި ސާވޭއަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ސާވޭއެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި، މި ސާވޭގެ ދަށުން ކުޅުދުއްފުށި ސިޓީގެ ގޭބިސީތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އަދި މިސާރވޭގެ އެންމެ ބޮޑު ބޭނުމަކީ ނެޝަން ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯރކަށް ބޭނުން...

އައިޝަތު ނަސާޔާ
އުތީމު ކައުންސިލުން އެރަށު ސްކޫލް މުދައްރިސުންނަށް ބޮޑު އެހީތެރިކަމެއް 📍 ހއ. އުތީމު

އުތީމު ކައުންސިލުން އެރަށު ސްކޫލް މުދައްރިސުންނަށް ބޮޑު އެހީތެރިކަމެއް

ހއ. އުތީމު ކައުންސިލްގެ ފަރާތުން އެރަށު ޣާޒީ ބަންޑާރައިން ސްކޫލްގެ މުދައްރިސުންނަށް ބެންޗް އޭރިއާއެއް ޤާއިމް ކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިމަސައްކަތަކީ 4 ވަނަ ދައުރު ފެށުނީއްސުރެ އެކައުންސިލްއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން މަސައްކަތް ފެށުން ލަސްވެފައިވީ ކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން 35000 ރުފިޔާގެ ބަޖެޓްއަކާއިއެކު މިމަސައްކަތް އެއްކޮށް ނިންމާލާ...

އައިޝަތު ނަސާޔާ
ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ލައިފްގާޑުން ތަމްރީން ކުރުމުގެ ކޯހުން 1 ވަނަ އަޙްމަދު ލައްމާހްއަށް

ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ލައިފްގާޑުން ތަމްރީން ކުރުމުގެ ކޯހުން 1 ވަނަ އަޙްމަދު ލައްމާހްއަށް

ހއ. އަތޮޅަށް ހުޅުުވާލައިގެން ކުރިއަށް ގެންދިޔަ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކްޓާއި ހަނދާނީ ފިލާ އަދި ލައިފްގާޑް ކާޑް ހަވާލުކޮށްފިއެވެ. މިކޯހުން އެއްވަނަ ހާސިލްކޮށްފައި ވަނީ، އަޙްމަދު ލައްމާހް އިބްރާހިމް، ހއ. ދިއްދޫ/ހަވީރީފިނި އެވެ. ދެވަނަ ހާސިލްކޮށްފައި ވަނީ އާސިމް ރަޝީދު ، ސަމިޓް/ހއ. ދިއްދޫ އެވެ. އަދި 3 ވަނަ ލިބިފައި ވަނީ ހުސެއިން ޒިމްޔާން ، ބޯށިހިޔާ/ހއ. ދިއްދޫ އަށެވެ. މި މާރޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން […]

އައިޝަތު ނަސާޔާ
މުމްބާއީ ފޯރަމްގައި ކުޅުދުއްފުށީ ގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތައް ކިޔައިދީފި 📍 ހދ. ކުޅުދުއްފުށި

މުމްބާއީ ފޯރަމްގައި ކުޅުދުއްފުށީ ގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތައް ކިޔައިދީފި

ކުޅުދުއްފުށީ ސިޓީގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތަކާއި އެކަމަށް ހާއްސަ ކުރެވިފައިވާ ބިންތަކުގެ މައުލޫމާތު އިންޑިޔާގެ މުމްބާއީގައި ކުރިއަށްދިޔަ “މޯލްޑިވްސް ޓޫރިޒަމް އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ ފޯރަމް”ގައި ބައިވެރިވި އިންވެސްޓަރުންނަށް ފޯރުކޮށްދީފިއެވެ. އެ ފޯރަމްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޢަލީ އަޙްމަދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ފޯރަމުގައި ކުޅުދުއްފުށީ ސިޓީގައި ހުރި ފަތުރުވެރިކަމުގެ ފުރުޞަޠުތައް އިންވެސްޓަރުންނަށް އަންގައިދިނުމަށް...

ޔުމްނާ ޢަލީ
‎ތިލަދުންމަތީ ހުނަރުވެރިން: ނޭކުރެންދޫ ވިލްފް، ފުޓްސަލް ދަނޑުން ވިދުން ގަދަ ތަރިއެއް 📍 ހދ. ނޭކުރެންދޫ

‎ތިލަދުންމަތީ ހުނަރުވެރިން: ނޭކުރެންދޫ ވިލްފް، ފުޓްސަލް ދަނޑުން ވިދުން ގަދަ ތަރިއެއް

‎2004 ވަނައަހަރެވެ. 13 ނަމްބަރު ޖާރޒީލައިގެން ޓީމާއެކީ ދަނޑަށް ނުކުތީ އުއްމީދުތަކެއް ހުރުމުންނެވެ. އުއްމީދަކީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމެއްނޫނެވެ. އުންމީދު ގުޅިފައި އޮތީ ލިބިފައި ހުރި ތަޖުރިބާގެ ބޭނުން ޓީމުގައި ތިބި ޒުވާން ކުޅުންތެރިންލައްވާ ހެޔޮގޮތުގައި ހިފުމަށެވެ. އެ ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ ކާމިޔާބު މޮޅުބަޔަކަށް ހެދުމެވެ. އެ އުއްމީދުގައި ނިކުމެ ޒުވާން ޓީމާއެކު އަތޮޅު ޗެމްޕިއަންކަން ހޯދީ އެވެ. މި ދަންނަވާލީ ހދ. ނޭކުރެންދޫއަށް އުފަން ހަސަން ދާއޫދު އާއްމު ނަމުންނަމަ ހަސަންބެގެ [...

އަލީ ރިޔާޟް
އިންވެސްޓަރުންނާއެކު ނެޓްވާރކިން ޕްލެޓްފޯމެއް ޤާއިމުކުރެވިއްޖެ: ހދ. އަތޮޅު ކައުންސިލް

އިންވެސްޓަރުންނާއެކު ނެޓްވާރކިން ޕްލެޓްފޯމެއް ޤާއިމުކުރެވިއްޖެ: ހދ. އަތޮޅު ކައުންސިލް

އުތުރުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުންނާއިއެކު ނެޓްވާރކިން ޕްލެޓްފޯމެއް ޤާއިމް ކުރެވިއްޖެ ކަމަށް ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު 2022 މާރިޗު 15 ގައި އިންޑިޔާގެ މުމްބާއީގައި ބޭއްވި “ޓޫރިޒަމް އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ ފޯރަމް”ގައި ހދ. އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. ހދ. އަތޮޅު ކައުންސިލުން ވިދާޅުވީ، މި ފޯރަމްގައި ރާއްޖޭގެ، ޚާއްޞަކޮށް އުތުރުގެ އަތޮޅުތ...

އައިޝަތު ނަސާޔާ
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ށ. އަތޮޅަށް ބޮޑު ކާމިޔާބީއެއް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ށ. އަތޮޅަށް ބޮޑު ކާމިޔާބީއެއް

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވެ ށ. އަތޮޅުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މި މުބާރާތުގެ ވަނަތައް ޙާސިލްކުރި ފަރާތްތަކަށް އިނާމް ދިނުން އޮތީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ވެރިރަށް މާލެގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށް ބޭއްވި މި މުބާރާތުގައި ށ. އަތޮޅު ބައިވެރިވި ދަރިވަރުންގެ ތެރެއިން ށ. އަތޮޅުގެ ސްކޫލްތަކުން 4 ދަރިވަރަކު ވަނީ […]

އައިޝަތު ނަސާޔާ
ނާވައިދޫ ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނައިވާދޫ

ނާވައިދޫ ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނާވައިދޫ ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ  މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާކަމަށެވެ. އެގޮތުން މިމަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 27 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ޔޫތު މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައި...

އައިޝަތު ނަސާޔާ
ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް ހިރިމަރަދޫ ކައުންސިލުން އިލްތިމާސް ކޮށްފި 📍 ހދ. ހިރިމަރަދޫ

ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް ހިރިމަރަދޫ ކައުންސިލުން އިލްތިމާސް ކޮށްފި

ހދ. ހިރިމަރަދޫގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކަން ހާމަކޮށް ހިރިމަރަދޫ ކައުންސިލުން އިއްޔެ އާންމު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބައެއް ފަރާތްތަކުން ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތަކަށް ގެއްލުންދީ، ކަނޑައި ހަދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ކެނޑުމާއި، އެންދުމާއި، ގެއްލުން ދިނުމުގެ އިތުރުން ހޭޅިފަށް ހިމެނޭ ސަރަޙައްދުން ތަންތަނ...

އިބްރާހިމް ޚަލީލް