މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ "އިބަމަ" ޕްރޮގްރާމް ށ. އަތޮޅުގައި އިފްތިތާޙްކޮށްފި

ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ "އިބަމަ" ޕްރޮގްރާމް ށ. އަތޮޅުގައި އިފްތިތާޙްކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ދިވެހިރާއްޖޭގެ ހުރިހާ މުޖްތަމަޢުއެއްގައި ގާއިމު ކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމް ށ. އަތޮޅުގައި މިއަދު އިފްތިތާޙްކޮށްފިއެވެ. މިއަދު ހެނދުނު 11:00 ގައި ށ. އަތޮޅުވެހީގެ ކޮންފަރެންސް ހޯލުގައި މިކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައި އިބަމަ އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި 2022 މާރިޗު 20 އިން 23 އަށް […]

ޝިއުނާ އާދަމް
ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބުން މަނާކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބުން މަނާކޮށްފި

ށ. ކޮމަންޑޫ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް އަރާފޭބެނުން މަނާ ކޮށްފިއެވެ. ކޮމަންޑޫ ކައުންސިލުން މިއަދު އާންމު ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ހުއްދަނެތި މަތިކޮމަންޑޫއަށް މިއަދުން ފެށިގެން އަރާފޭބުމާއި، ކާށި އަދި ދަރުފަދަ ތަކެތި އެރަށުން ގެނައުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ކައުންސިލްގެ ހުއްދަ ނުނެގި ނަމަވެސް މަތިކޮމަންޑޫގައި އަލަށް ހިއްކި ސަރަހައްދަށް އަރާފޭބުމުގައި ހުރަހެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ. މަތިކޮމަންޑޫއިން ދަރު ގެންނަން ބޭނުންވާ ފަރާތްތަކުން ކޮމަންޑޫ...

ޔުމްނާ ޢަލީ
ވައްކަން ކުރިކަމަށްބުނެ ހޯދަން އިޢުލާންކުރި ސުކޫލު ދަރިވަރުންގެ ވީޑިއޯ ޑިލީޓްކޮށްފި، މަގުމަތިން ހޮވީ ކޭޝްކާޑެއް

ވައްކަން ކުރިކަމަށްބުނެ ހޯދަން އިޢުލާންކުރި ސުކޫލު ދަރިވަރުންގެ ވީޑިއޯ ޑިލީޓްކޮށްފި، މަގުމަތިން ހޮވީ ކޭޝްކާޑެއް

ވައްކަމުގެ މައްސަލައެއްގައި ފުލުހުން މިއަދު ހޯދަން އިޢުލާންކުރި ސުކޫލު ދަރިވަރުންގެ ވީޑިއޯ ޑިލީޓްކޮށްފި އެވެ. މަގުމައްޗަށް ވެއްޓިފައި އޮތް އެއްޗެއް ނަގައިގެން ދާ ތިން ކުދިން ހޯދަން ފުލުހުންގެ އިދާރާއިން ވަނީ ވީޑިއޯއަކާއި އެކު އިޢުލާނެއް ކޮށްފަ އެވެ. ނަމަވެސް މިހާރު ފުލުހުންގެ މީސްމީޑިޔާގެ މަންސަ ތަކުން މިވީޑިއޯ ވަނީ ފޮހެލާފަ އެވެ. ވެބްސައިޓުގައި އާންމުކުރި އިޢުލާންވެސް ވަނީ ނަގާފަ އެވެ. މިއަދު ހެނދުނު ފުލުހުން އާންމުކުރި އިޢުލާނުގައި ބުނެފައިވަނީ “ވީޑިއޯއިން ފެންނަ ތިން މީހުންނަކީ ވައްކަމުގެ މައ...

އަލީ އާދިލް
ކުޅުދުއްފުށީ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗްގައި ފިނިމައިޒާނެއް ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ ހުޅަނގު ބީޗް ސަރަހައްދުގައި ފިނިމައިޒާނެއް ތަރައްޤީކުރަން ހަވާލުކުރީ ފާހާނާއާއި، ބީޗްހަޓް، ޝަވަރ، ބެންޗް އަދި އުނދޯލި ހިމެނޭގޮތަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ. އިއްޔެ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ...

ޔުމްނާ ޢަލީ
އިހަވަންދޫ ސިއްހީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސިއްހީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ފަށަނީ

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ. މިގޮތުން އެ ޚިދުމަތް ފެށުމަށް މިއަދު ވަނީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އެރަށަށް ވަޑައިގެންފައެވެ. މެންދުރުފަހު 2:45 ހާއިރު އެ ޑޮކްޓަރު އިހަވަންދޫއަށް ވަޑައިގަތުމުން އޭނާއަށް ވަނީ އިހަވަންދޫ ކައުންސިލުންނާއި، ސިއްހީމަރުކަޒުންނާއި އަދި އެ ނޫންވެސް ބައެއް މުއައްސަސާތަކުން ހޫނު މަރުޙަބާއެއް ކިޔާފައެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ މެނޭޖަރު މުޙައްމަދު އަކްރަމް “ތިލަދުން”އަށް ވިދާޅ...

ޔުމްނާ ޢަލީ
މިފަހަރުވެސް ހދ. ކުޑަފަރު ފަސްގަނޑާއި ށ. ކުޑަޅައިމެންދުއަށް ކުރިމަތިލާނެ ބަޔަކު ނުވި

މިފަހަރުވެސް ހދ. ކުޑަފަރު ފަސްގަނޑާއި ށ. ކުޑަޅައިމެންދުއަށް ކުރިމަތިލާނެ ބަޔަކު ނުވި

ރިސޯޓުތައް ހަދަން އަލަށް ހުޅުވާލި ރަށްތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ތިލަދުންމަތިން ޝައުގުވެރިކަން ފާޅު ކުރީ ހަމައެކަނި ހއ. ދެ ރަށަށް ކަން ހާމަވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވިދާޅުވީ ހއ. ގެ ދެ ރަށަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ. އެ އަތޮޅުން ރިސޯޓް ހަދަން ހުޅުވާލީ މެދުފުއްޓާއި އަލިދުއްފަރު ފިނޮޅެވެ. ހއ. އަށް ތިން ބަޔަކު ޝައުގުވެރިކަން ފާޅު ކުރި އިރު ހދ. އާއި ށ. އަތޮޅުން […]

އަޙްމަދު ވަހީދު
ތައުލީމު ފޯރުކޮށްދިނުމަށް ކުޅުދުއްފުށިން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅައިފި 📍 ހދ. ކުޅުދުއްފުށި

ތައުލީމު ފޯރުކޮށްދިނުމަށް ކުޅުދުއްފުށިން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅައިފި

ތައުލީމު ފޯރުކޮށްދިނުމަށް ކުޅުދުއްފުށި ސިޓީއިން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ. މިގޮތުން ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދުގެ ދަށުން، ތައުލީމު ފޯރުކޮށްދިނުމަށް ކުޅުދުއްފުށި ސިޓީއިން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލީގެ ރޭޓެއް ކަމަށް ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 25 (ފަންސަވީސް) ލާރި އެވެ. މިގޮތަށް ކަނޑައަޅާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 41 ވަނަ […]

ޔުމްނާ ޢަލީ
ރެހެންދި އެވޯޑް އިއްޒަ ހިމެނޭހެން 9 ފަރާތަކަށް 📍 ހދ. މަކުނުދޫ

ރެހެންދި އެވޯޑް އިއްޒަ ހިމެނޭހެން 9 ފަރާތަކަށް

މިއަހަރުގެ ރެހެންދި އެވޯޑް ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދު (އިއްޒަ) ހިމެނޭހެން ނުވަ ފަރާތަކަށް ދީފި އެވެ. ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދޭ އެވޯޑެކެވެ. މިއަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ހާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު...

ޙުސައިން ޝަހުދީ
އައިހެވަން މަޝްރޫޢުގެ ނަމުގައި ފޮޓޯ ދައްކައިގެން ދެއްކީ ދަޅައެއް: ރިޟާ

އައިހެވަން މަޝްރޫޢުގެ ނަމުގައި ފޮޓޯ ދައްކައިގެން ދެއްކީ ދަޅައެއް: ރިޟާ

އައިހެވަން މަޝްރޫޢުގެ ނަމުގައި ކުރީ ސަރުކާރުން ތްރީޑީ ފޮޓޯ ދައްކައިގެން ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ދެއްކީ ދަޅައެއްކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ 20 އޮކްޓޯބަރު 2021 ގައި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން އެ ޤަރާރު ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ [...

އަލީ އާދިލް
އިހަވަންދިއްޕޮޅު ތަސައްވުރަށް ޖެހުނު މުސީބާތަކީ އިންޑިއާ: ޝިޔާމް

އިހަވަންދިއްޕޮޅު ތަސައްވުރަށް ޖެހުނު މުސީބާތަކީ އިންޑިއާ: ޝިޔާމް

އިހަވަންދިއްޕޮޅުގެ ތަސައްވުރަކީ ކުރީ ސަރުކާރުގައި ރައީސް ޔާމީން ގެންގުޅުއްވި ވަރަށް ފުރިހަމަ ތަސައްވުރެއްކަމަށާއި، ތަސައްވުރަށް ޖެހުނު “މުސީބާތަކީ” އިންޑިއާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމް އަވަށްޓެރި އިންޑިޔާގެ ބޮލުގައި މިފަދަ ތުހުމަތެއް އަޅުވާފައި ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނ...

އަލީ އާދިލް
ކޯވިޑްގެ ހާލަތު ގޯސްވުން ނެއްލައިދޫ ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލައިފި 📍 ހދ. ނެއްލައިދޫ

ކޯވިޑްގެ ހާލަތު ގޯސްވުން ނެއްލައިދޫ ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލައިފި

ހދ. ނެއްލައިދޫގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން އެރަށު ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ރަޝީދު ވިދާޅުވީ ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލާފައި މިވަނީ ރަށުތެރޭގައި ކޯވިޑް ފެތުރެމުންދާތީ އަދި ހާއްސަކޮށް ކުޑަކުދިންނަށް މިބަލި ޖެހެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ކިޔެވުން ފެށޭނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށް އެކައުންސިލުން ވަނީ ވިިދާޅުވެފައެވެ...

އައިޝަތު ނަސާޔާ
އުތީމު ގަނޑުވަރުގެ ޚިދުމަތް މާދަމާއިން ފެށިގެން އަލުން ފަށަނީ 📍 ހއ. އުތީމު

އުތީމު ގަނޑުވަރުގެ ޚިދުމަތް މާދަމާއިން ފެށިގެން އަލުން ފަށަނީ

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ އުތީމު ގަނޑުވަރު މާދަމާއިން ފެށިގެން އަލުން ހުޅުވާލަން ނިންމައިފިއެވެ. އެކަން ހާމަކޮށް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެނދުރުފަހު 14:00 އަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ. ގަނޑުވަރު ބެލުމަށް ޓިކެޓް ވިއްކާނީ އެދުވަސްތަކުގެ ހެދުނު 8:15 އިން 13...

ޔުމްނާ ޢަލީ
ފެނަކައިން ފީވަކު ސިއްހީ މަރުކަޒަށާއި، ނޫމަރާ މިސްކިތަކަށާއި، ސްކޫލަށް އޭސީ ހަދިޔާކޮށްފި 📍 ށ. ނޫމަރާ

ފެނަކައިން ފީވަކު ސިއްހީ މަރުކަޒަށާއި، ނޫމަރާ މިސްކިތަކަށާއި، ސްކޫލަށް އޭސީ ހަދިޔާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ފީވަކު ސިއްހީ މަރުކަޒަށާއި، ނޫމަރާ މިސްކިތަކަށާއި، ސްކޫލަށް އޭސީ އަދި ޓީވީ ހަދިޔާކޮށްފިއެވެ. ފެނަކައިން އަންނަނީ އެ ކުންފުނީގެ ޚިދުމަތްދޭ ރަށްތަކުގެ ތަންތަނަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. މިގޮތުން ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ށ. ފީވަކު ސިއްހީ މަރުކަޒަށް ބޭނުންވާ ދެ އޭސީ އިއްޔެ ވަނީ ހަދިޔާކޮށްފައެވެ. މިއީ 18000 ބީޓީޔޫގެ އޭސީ އަކާއި އަދި 22000 ބީޓީޔޫގެ އޭސީކެވެ. މީގެ އިތުރުން ށ. […]

ޝިއުނާ އާދަމް
ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ކެލާ

ކެލާ ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ.ކެލާ ކައުންސިލްގެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، އެ ރަށު ފުޓްސަލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގައި ފުރުޞަތު ކުންފުނި ޕާޓްނަރޝިޕް ލޯކަލް އިންވެސްޓްމަންޓް، އަމިއ...

އިބްރާހިމް ޚަލީލް
ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީސްކޫލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި 📍 ށ. ފުނަދޫ

ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީސްކޫލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީ ސްކޫލް އަބްދުﷲ އަބްދުލް ކަރީމް (އޭއޭކޭ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިއެއްބަސްވުމަކީ ށ. ފުނަދޫ އަންހެނުންގެ ކޮމެޓީގެ ބެލުމުގެ ދަށުން ހިންގާ އަބްދުﷲ އަބްދުލް ކަރީމް (އޭއޭކޭ) ޕްރީ ސްކޫލާއި ދެމެދު ވެވުނު އެއްބަސް ވުމެއްކަމަށް ކޮއްކޮމެން ޕްރީ ސްކޫލުން ހާމަކުރެއެވެ. ކޮއްކޮމެން ޕްރީ ސްކޫލުން އިތުރަށް ވިދާޅުވީ މިއީ، ޕްރީ ސްކޫލުތަކަށް ޢިލްމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ސޮއި ކުރި އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމު...

އަލީ އާދިލް