📍 ހއ. ދިއްދޫ
ދިއްދޫގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް "ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތް ފަށައިފި
ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާއިރު، ފުރަތަމަ ބުރުގެ ކިޔެވުން ވަނީ 01 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައި ކުރިއަށް ގެންގޮސްފައެވެ. […]