މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް އަންނަ ޖޫން މަހު 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް އަންނަ ޖޫން މަހު

ހދ. ހިރިމަރަދޫ ކައުންސިލްގެ ފަރާތުން ބާއްވާ، “ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް 2022” އަންނަ ޖޫން މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ހިރިމަރަދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލުން މި އަހަރު ބާއްވާ ޤުރުއާން މުބާރާތް މިއަހަރުގެ ޖޫން 24 އަދި 25 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިމުބާރާތް ހުޅުވާލާފައި ވަނީ ހިރިމަރަދޫ ރައްޔިތުންގެ ޤުރުއާން ކްލާހުގެ ދަރިވަރުންނަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިކުރައްވަން ބޭނުންވާ އެ ޤުރ...

ޔުމްނާ ޢަލީ
ދެމައިންނަށް ބަލި އެނދުން ތެދުވެވޭނެ ދުވަހެއްގެ އިންތިޒާރުގައި، އެދެނީ ދީލަތި އެހީ އާއި ހެޔޮ ދުއާ! 📍 ހދ. ކުޅުދުއްފުށި

ދެމައިންނަށް ބަލި އެނދުން ތެދުވެވޭނެ ދުވަހެއްގެ އިންތިޒާރުގައި، އެދެނީ ދީލަތި އެހީ އާއި ހެޔޮ ދުއާ!

މިއީ ގޮތް ނޭނގޭ ބަލިމަޑުކަމެއް ތަހަންމަލް ކުރަމުން އަންނަ އުމުރުން އެންމެ ވިހި އަހަރުގެ ހަނާ އުމަރާއި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހަނާގެ މަންމަ ހުސްނާ މުހައްމަދުގެ ވާހަކައެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީގެ އާއިލާއެކެވެ. ހަނާއަކީ އޭނާގެ އުމުރުން އެގާރަ އަހަރާ ހިސާބަށް ފޯރި އިރުވެސް ސިއްހީ ސީރިއަސް މައްސަލައެއް ފާހަގަ ކުރެވިފައިވާ ކުއްޖެއް ނޫނެވެ. ނަމަވެސް އުމުރުން އެގާރަ އަހަރުގައި ނޭފަތުން ކުޑަކޮށް ލޭއައުމުގެ މައްސަލައެއް ފާހަގަ ކުރެވުމުން ޑޮކްޓަރަށް ދައްކައި ފަރުވާ […]

އިބްރާހިމް ޚަލީލް
ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ އަތުން ހއ. މަޑުލު ވަކިކޮށް ފިޔަވަޅު އަޅަން ގޮވާލައިފި

ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ އަތުން ހއ. މަޑުލު ވަކިކޮށް ފިޔަވަޅު އަޅަން ގޮވާލައިފި

ހއ. މަޑުލުން ޤަވާޢިދާ ޚިލާފަށް ވެލިނަގާ މައްސަލާގައި ފިޔަވަޅު އަޅައި، އެރަށް ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ އަތުން ރަށް ވަކިކުރުމަށް ހއ. އަތޮޅު ކައުންސިލުން ގޮވައިލައިފިއެވެ. ހއ. އަތޮޅު ކައުންސިލުން މިއަދު އާންމު ކުރެއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދަނޑުވެރިކަންކުރުމަށް ދިގުމުއްދަތަކަށް ދޫކޮށްފައިވާ، އެ އަތޮޅު މަޑުލުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް، ޒަމާނީ އާލާތްތައްބޭނުންކޮށްގެން ރަށުގެ ގޮނޑުދޮށުން ވެލި ނ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ޑިޒައިން ކުރީ، ވެލިދޫ ޒުވާނެއް 📍 ނ. ވެލިދޫ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ޑިޒައިން ކުރީ، ވެލިދޫ ޒުވާނެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އާ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ހުޅައެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމަކަށް ނ. ވެލިދޫ ޒުވާނެއްކަމުގައިވާ އަޙްމަދު ޙާލިދުގެ ހުށައެޅުން ހޮވިއްޖެ އެވެ. ކޭއާރުއެޗުން ބުނީ މިއީ ހޮސްޕިޓަލު އުފެއްދައި ބޭނުން ކުރަން ފެށި ލޯގޯ ބަދަލު ކުރި ފުރަތަމަ ފަހަރު ކަމަށާއި އާލޯ އެއް ފަރުމާކުރުމަށް ހުޅިވާލީ ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުމާއި މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ. އާ ލޯގޯއިން ބުނެދޭ މެސެޖާއި އެއްގޮތަށް އިތުރު […...

އަލީ އާދިލް
ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ އެއްވަނަ އަފީފުއްދީންގެ ހުސެއިން ޔާނިމަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޤުރުއާން މުބާރާތުގެ އެއްވަނަ އަފީފުއްދީންގެ ހުސެއިން ޔާނިމަށް

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1446″ގެ އެއްވަނަ، ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ދަރިވަރު، ހދ. ނެއްލައިދޫ/ބުލްބުލްވިލާ، ހުސެއިން ޔާނިމް ހޯދައިފިއެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު 09:15 ގައި އަފީފުއްދީން ސްކޫލް ހޯލުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒް މުހައްމަދު އަނިލްއެވެ. މުޅި މުބާރާތުން އެއްވަނައަށް އަފީފުއ...

އިބްރާހިމް ޚަލީލް
"ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްފި 📍 ހދ. ކުރިނބީ

"ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްފި

ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކޮށް، ފަރުދުން ބާރުވެރިކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އެބާވަތުގެ އުޅަނދުފަހަރު ބޭނުންކުރުމަށް ބާރުއެޅުމަށް ސަރުކާރުން ތައާރަފްކުރި “ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް” އިފްތިތާޙުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. ރޭގެ މޖަލްސާގައި ވަނީ “ގްރީނ...

ޙުސައިން ޝަހުދީ
ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ބައިވެރިން ހޮވައިފި 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ބައިވެރިން ހޮވައިފި

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ފައިނަލް ބުރުން ފުރުޞަތު ލިބުނު ބައިވެރިންގެ ނަންތައް ހާމަކޮށްފިއެވެ. މުބާރާތުގެ ފުރަތަމަ ބުރުން ދެވަނަ ބުރަށް ހޮވުނު ދިހަ ބައިވެރިންނާއިއެކު، ދެވަނަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ 07 އޭޕްރިލް 2022 ވީ ބުރާސްފަތި ދުވަހުގެ ރެއާއި 08 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރެއެވެ. މުބާރާތުގެ ދެވަނަ […]

އިބްރާހިމް ޚަލީލް
"ކައުންސިލް ރޯދަ ކުއިޒް 1443" ގެ ނަމުގައި މޮޅަދޫ ކައުންސިލުން ދީނީ ސުވާލު މުބާރާތެއް 📍 ހއ. މޮޅަދޫ

"ކައުންސިލް ރޯދަ ކުއިޒް 1443" ގެ ނަމުގައި މޮޅަދޫ ކައުންސިލުން ދީނީ ސުވާލު މުބާރާތެއް

ހއ. މޮޅަދޫގެ އާބާދީއަށް ދީނީ މަޢުލޫމާތު ލިބިފައިވާ މިންވަރު ވަޒަން ކުރުމަށާއި، ދީނީ މަޢުލޫމާތު ހޯދުމަށް ބާރު އެޅުމުގެ ގޮތުން “މޮޅަދޫ ކައުންސިލް ރޯދަ ކުއިޒް 1443” ގެ ނަމުގައި ކުއިޒެއް ބޭއްވުމަށް އެ ރަށު ކުއުންސިލުން ނިންމައިފިއެވެ. މި ކުއިޒް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ 9 ވަނަ ދުވަހުން ފެށިއިގެން ރަމަޟާން މަހުގެ ނިޔަލަށް އެ ކައުންސިލްގެ ފޭސްބުކް ޕޭޖާއި ކައުންސިލްގެ ރަސްމީ ވައިބަރ ގުރޫޕް މެދުވެރިކޮށް އޮންލައިންކޮށެވެ. ކަނޑައެޅިފައިވާ މުއްދަތުގެ […]

އިބްރާހިމް ޚަލީލް
މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ އިޙްޔާ ފޯރަމް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ އިޙްޔާ ފޯރަމް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފި

ރަމަޟާން މަހުގެ އިޙްޔާ ފޯރަމް ބާއްވަން ފެށިފަހުން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ އިޙްޔާ ފޯރަމް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފި އެވެ. މި އިޙްޔާ ފޯރަމް ބާއްވާފައިވަނީ ރޭ ކުޅުދުއްފުށީގެ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ރޭ 21:30އިން 22:30އަށް ކުރިއަށްދިޔަ މި ފޯރަމްގައި ތަޤުރީރުކުރެއްވީ ޑރ.ސަޢުދުﷲ ޢަލީ އަދި އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިނެވެ. މިބޭފުޅުން ވާހަކަފުޅު ދެއްކެވި މައުޟޫއުއަކީ “ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން” މި މައުޟޫއެވެ. މިފޯރަމްގައި ކުޅުދުއްފުށި ސިޓީގެ އިދާރާތަކުގެ...

އިބްރާހިމް އަސްވާޤް
އަންނަ އާދީއްތަ ދުވަހު ހޯރަފުށީ ކައުންސިލުން ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތްދޭން ފަށަނީ

އަންނަ އާދީއްތަ ދުވަހު ހޯރަފުށީ ކައުންސިލުން ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތްދޭން ފަށަނީ

ހޯރަފުށީ ކައުންސިލުން ދިނުމަށް ނިންމާފައިވާ އެއްގަމު އުޅަނދު ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތް 10 އޭޕްރިލް 2022 ވާ އާދީއްތަ ދުވަހުން ފެށިގެން، ދޭން ފެށުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ލައިސެންސް ކާރޑުގެ ޙިދުމަތް އަލަށް ހޯއްދަވާ ފަރާތްތަކަށާއި ލައިސެންސް ކާރޑުގެ ކެޓަގަރީ އިތުރުކުރުމުގެ ޙިދުމަތް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ދިހަ ފަރާތަށް ކަމަށެވެ. ލައިސެންސް […]

އިބްރާހިމް ޚަލީލް
ދިއްދޫ އަންހެނުން ކޮމެޓީން ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ދީފި 📍 ހއ. ދިއްދޫ

ދިއްދޫ އަންހެނުން ކޮމެޓީން ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ދީފި

ހއ. ދިއްދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ޕެކް ދީފިއެވެ. މިގޮތުން ގަދަ 10 އަށް ހޮވުނު ކޮންމެ ބައިވެރިއަކަށް އެ ކޮމެޓީން ހަދިޔާ ޕެކެއް ދީފައިވާއިރު، އެ ކޮމެޓީން ވަނީ އެ ބައިވެރިންނަށް ކާމިޔާބަށް އެދޭކަމަށް ބުނެފައެވެ. މިއީ އެ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކޮމެޓީން ދީފައިވާ ހަދިޔާ ޕެކް ތަކެކެވެ. މުބާރާތުގެ ދެވަނަ […]

ޙުސައިން ޝަހުދީ
ކޭއާރުއެޗްގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަނީ

ކޭއާރުއެޗްގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަނީ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަން ނިންމައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 7 މަޝްރޫޢުއެއް ފަށަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އިންޑިއާ ހައިކޮމިޝަނުން ބުނާ ގޮތުގައި މި މަޝްރޫޢުތަކަކީ، އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ސ. ޖައިޝަންކަރު ރާއްޖެއަށް އެންމެފަހުން ކުރެއްވެވި ދަތުރުފުޅުގައި އިޢުލާންކުރަށްވާފައިވާ މަޝްރޫޢުތަކެކެވެ. އިން...

އަލީ އާދިލް
ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް ކަނޑިތީމް ކައުންސިލުން އިލްތިމާސްކޮށްފި 📍 ށ. ކަނޑިތީމު

ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް ކަނޑިތީމް ކައުންސިލުން އިލްތިމާސްކޮށްފި

ށ. ކަނޑިތީމުގެ އެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް އެ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ރޯކުރުމުގެ ގިނަ މައްސަލަތަކެއް ހިނގަމުން އަންނަ ކަމުގައި ޝަކުވާ އެ ކައުންސިލަށް ހުށަހެޅެމުން އަންނަ ކަމަށެވެ. މިދުވަސްވަރަކީ އިރުވައި މޫސުމުގެ، ފެންދުރު ދުވަސްވަރަށްވެފައި، އެ ގޮތަށް ރޯކުރާނަމަ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ރަށުގެ ވެއްޓަށް، ކައިރި މުސްތަޤްބަލެއްގައި އިޔާ...

އިބްރާހިމް ޚަލީލް
ށ. މިލަންދޫއާއި ފޯކައިދޫގައި ކުނީގެ ޚިދުމަތަށް ނަގަމުންއަންނަ ފީ ރޯދަމަހު ނުނަގާނެ 📍 ށ. މިލަންދޫ

ށ. މިލަންދޫއާއި ފޯކައިދޫގައި ކުނީގެ ޚިދުމަތަށް ނަގަމުންއަންނަ ފީ ރޯދަމަހު ނުނަގާނެ

ށ. މިލަންދޫއާއި އެ އަތޮޅު ފޯކައިދޫއިން އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ރައްޔިތުންގެ އަތުން ކޮންމެ މަހަކު ވެސް ނަގަމުން އަންނަ “ކުނި ފީ” ރަމަޞާން މަހު ނުނަގަން އެ ރަށު ކައުންސިލްތަކުން ނިންމައިފިއެވެ. މިގޮތުން މިލަންދޫ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ނަގަމުން އަންނަ ކުނީގެ ފީ 1443 ވަނަ އަހަރުގެ ރަމަޟާން މަހު މިލަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭ ހާއްސަ އިނާޔަތެއްގެ ގޮތުގައި […]

އިބްރާހިމް ޚަލީލް
އިޙްޔާ ފޯރަމްގެ 3 ވަނަ ޕްރޮގްރާމް މާދަމާ ރޭ ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

އިޙްޔާ ފޯރަމްގެ 3 ވަނަ ޕްރޮގްރާމް މާދަމާ ރޭ ކުޅުދުއްފުށީގައި

1443 ވަނަ އަހަރުގެ ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހްޔާ ފޯރަމްގެ، ތިންވަނަ ޕްރޮގްރާމް ހދ. ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގުޅިގެން ދިނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދިނީ ޝިޢާރު އަށަގެންނެވުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ 08 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ރޭ 21:30 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައެވެ. “ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް […]

އިބްރާހިމް ޚަލީލް