މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. އަތޮޅުގައި ތިއްބަވާ ފުލުހުންގެ އިސްވެރިނާއި، ހދ. ނެއްލައިދޫ ކައުންސިލުންނާއި މިއަދު ބައްދަލުކޮށް ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބް ރައީސް، އަޙްމަދު ރަޝީދު ވިދާޅުވީ މިބައްދަލުވުމަކީ ނެއްލައިދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވުމަށްޓަކައި، ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން ކުރިން އެރަށުގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ނިން...

އައިޝަތު ނަސާޔާ
މައިޒާން އިލެކްޓްރޯނިކްސްގެ ފަރާތުން އިހަވަންދޫ ކައުންސިލަށް އެހީތެރިވެއްޖެ 📍 ހއ. އިހަވަންދޫ

މައިޒާން އިލެކްޓްރޯނިކްސްގެ ފަރާތުން އިހަވަންދޫ ކައުންސިލަށް އެހީތެރިވެއްޖެ

މައިޒާން އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑްގެ ފާރާތުން ހއ. އިހަވަންދޫ ކައުންސިލަށް ފެން ހޫނުކޮށް ފިނިކުރުމަށް ބޭނުންކުރާ އާލާތެއް ހަދިޔާ ކޮށްފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާހް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކުންފުނީގެ ފަރާތުން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްފައިވަނީ މިއަދު ކަމަށެވެ. މި އާލާތް އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފައިވަނީ އެކޮމްޕެނީގެ ޗެއަރމަން އަހައްމާދީދީއެވެ. ކައުންސިލްގެ ފަރާތުން ޕްލާންޓާއި ހަވާލުވެފައިވަނީ ކައުންސިލްގެ ރައީސް އަޙްމަދު...

އައިޝަތު ނަސާޔާ
މިލަންދޫގައި ޔޫތު ލީޑާސް ފޯރަމެއް ކުރިއަށް ގެންދަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ޔޫތު ލީޑާސް ފޯރަމެއް ކުރިއަށް ގެންދަނީ

ށ. މިލަންދޫގައި ޔޫތު ލީޑާރސް ފޯރަމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިފޯރަމަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މިލަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެއް ކަމަށެވެ. މިފޯރަމަކީ ށ އަތޮޅުގެ ރަށްތަކުގެ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ފޯރަމެކެވެ. ފޯރަމް ކުރިއަށްދާނީ އަންނަ […]

އައިޝަތު ނަސާޔާ
ކޭއާރުއެޗް އިން ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ހަވީރެއް

ކޭއާރުއެޗް އިން ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ހަވީރެއް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރް.އެޗް) ގެ ފަރާތުން ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. އެހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި މިހަވީރުގައި ލޭގެ ޕްރެޝަރު ބެލުމާއި ލޮލުގެ ޗެކްއަޕް ހެދުން ކުރިއަށް ދާނެއެވެ. އަދި ގާތުން ދިނުމާއި، ކަށީގެ ބަލިތަކުގެ މައުލޫމާތުގެ އިތުރުން ދަތްފަނި ކެއުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން މި ހަވީރުގައި މައުލޫމާތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ...

އައިޝަތު ނަސާޔާ
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތް ފަށައިފި

ހދ.ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022” ފަށައިފިއެވެ. މި މުބާރާތް 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވައިސޫރިއާއި ޓީމް ލަޔަންއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ވައިސޫރި ޓީމުން ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމަށް ލަނޑުތައް ޖަހައި ދީފައި […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫ އަންހެނުން ކޮމެޓީގެ ބައި- އިލެކްޝަން: ޕީޕީއެމަށް ގޮނޑިއެއް، އެމްޑީޕީއަށް ގޮނޑިއެއް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ އަންހެނުން ކޮމެޓީގެ ބައި- އިލެކްޝަން: ޕީޕީއެމަށް ގޮނޑިއެއް، އެމްޑީޕީއަށް ގޮނޑިއެއް

މިއަދު ކުރިއަށް ދިޔަ ހދ. ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމް އެއް ގޮނޑި އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަނެއް ގޮނޑި ކާމިޔާބު ކޮށްފިއެވެ. ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ރައީސާއާއި، އިތުރު މެންބަރަކު އިސްތިއުފާ ދިނުމުން ކުރިއަށް ދިޔަ މި ބައި- އިލެކްޝަންގައި 6 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ އެމްޑީޕީގެ 2 ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ...

ޙުސައިން ޝަހުދީ
ނޭކުރެންދޫ "ބީސާދަ" ޤުރުއާން މުބާރާތް ފަށައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ "ބީސާދަ" ޤުރުއާން މުބާރާތް ފަށައިފި

ހދ. ނޭކުރެންދޫ ކައުންސިލުން ކުރިއަށްގެންދާ “ބީސާދަ” ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހާއްސަކޮށް އެކައުންސިލުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ: 6 އަހަރުން ދަށް 9 އަހަރުން ދަށް 11 އަހަރުން ދަށް 13 އަހަރުން ދަށް 19 އަހަރުން ދަށް 21 […]

އައިޝަތު ނަސާޔާ
ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން ކުރިއަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން ކުރިއަށް

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ދެ މަޤާމަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މިއަދު ކުރިއަށް އެބަ ދެއެވެ. ނޭކުރެންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބާއްވަންޖެހުނީ އެ ކޮމިޓީގެ ކުރިން ހުންނެވި ރައީސާ އަދި މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މިއަދު ވޯޓްލުން ފަށާފައި ވަނީ ހެނދުނު 08:00 ގައި ނޭކުރެންދޫ ސްކޫލްގައެވެ. އެގޮތުން މިހާތަނަށް 150 އެއްހާ ބޭފުޅުން ވަނީ އެރަށުގައި ބެހެއްޓިފައ...

އައިޝަތު ނަސާޔާ
"ދިއްދޫ އެންމެ އަލިގަދަ ތަރި" ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނަ ޝިޢުރާއަށް 📍 ހއ. ދިއްދޫ

"ދިއްދޫ އެންމެ އަލިގަދަ ތަރި" ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނަ ޝިޢުރާއަށް

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ދިއްދޫ، ޝެހެނާވިލާ/ އާމިނަތު ޝިޢުރާ އިބްރާހީމް ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް ބުރަށް ހޮވުނު ފަސް ބައިވެރިން ވާދަކުރި “ގްރާންޑް ފިނާލޭ” އިވެންޓް ބާއްވާފައި ވަނީ 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ހއ. […]

އިބްރާހިމް ޚަލީލް
އިމަގުން ބާއްވާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފި 📍 ހއ. އިހަވަންދޫ

އިމަގުން ބާއްވާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފި

ހއ.އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހު (މިއަދު) މެންދުރު ފަހު ފަށާފައިވާއިރު، މުބާރާތް ކުރިއަށް ދަނީ އިމަގު ހޯލުގައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި 100 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 […]

އިބްރާހިމް ޚަލީލް
އުތީމް ކައުންސިލްގެ ޤުރުއާން މުބާރާތް މާދަމާ ފަށަނީ 📍 ހއ. އުތީމު

އުތީމް ކައުންސިލްގެ ޤުރުއާން މުބާރާތް މާދަމާ ފަށަނީ

ހއ. އުތީމް ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކައުންސިލްގެ ހަތްވަނަ ޤުރުއާން މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. ކުރިން މިއަދު ފަށަން ނިންމާފައިވާ މި މުބާރާތް މާދާމާއަށް ފަސް ކުރެވިފައިވާ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ. މި މުބާރާތް ފަށާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި...

އިބްރާހިމް ޚަލީލް
އޭއީސީ ގެ އޮފީސް އިމާރާތުގެ މަސައްކަތް "އިވޯސަން މޯލްޑިވްސް" އާ ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

އޭއީސީ ގެ އޮފީސް އިމާރާތުގެ މަސައްކަތް "އިވޯސަން މޯލްޑިވްސް" އާ ހަވާލުކޮށްފި

ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރުމަށް ‘އިވޯސަން މޯލްޑިވްސް’ އާ ހަވާލުކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުންމުގެ ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގަ އެވެ. މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްރަ ޑރ. އައިސަތު އަލީގެ އިތުރުން ކުޅުދުއްފުށީގެ މަޖިލިސް މެންބަރުން ބައިވެރިވި އެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލު ކުރެވުނީ 8,355,517.18 ރއަށް، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނިމޭނެކަމަށް ލަފާކުރާ ތާރީޚް އަކީ 1 މާރިޗު 2023 […]

އިބްރާހިމް އަސްވާޤް
ހޯރަފުށީ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށީ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައި މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި. ލޯގޯއާއި ދިދަ ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަނީ ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. މިގޮތުން ހުށަހަޅާ ޑިޒައިނަކީ އޮރިޖިނަލް ޑިޒައިނަކަށް ވާންވާނެ ކަމަށާއި ލޯގޯ އެއްގެ ކޮޕީއަކަށް ނުވަތަ ލޯގޯއިން ބައެއްގެ ކޮޕީއެއް ހިމަނައިގެން ލޯގޯ ފަރުމާ ނުކުރުމަށާއި، އަދި...

އިބްރާހިމް ޚަލީލް
ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާއްސަ އެސެމްބްލީއެއް 📍 ހދ. ކުޅުދުއްފުށި

ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާއްސަ އެސެމްބްލީއެއް

މިއަދު ފާހަގަ ކުރަމުންދާ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ އެސެމްބްލީއެއް ބާއްވައިވެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދި ވަނީ އެ ކައުންސިލްގެ އިދާރާގައި ހާއްސަ އެސެމްބްލީއެއް ބާއްވާފައިއެވެ. މި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅުދުއްފުއްޓަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ އެސިސްޓ...

ޔުމްނާ ޢަލީ
އިހަވަންދޫ ކުލްބް ޕޯލްސްޓާގެ 20 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކުލްބް ޕޯލްސްޓާގެ 20 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުލަބް ޕޯލްސްޓާ 20 ވަނަ ޤުރުއާން މުބާރާތް 1443” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 13 އޭޕްރިލް 2022 ވީ ބުދަ ދުވަހުން ފެށިގެން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، މުބާރާތުގައު ބައިވެރިވުމަށް ތިރީގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ފޮނުވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ. ފޯމް: https://forms.gle/w2Yi58QZw6gTGsAz7 […]

އިބްރާހިމް ޚަލީލް