📍 ށ. މިލަންދޫ
މިލަންދޫ އިޖުތިމާއީ މަރުކަޒު ޔޫތު މިނިސްޓްރީއާއި ހަވާލުކުރަން ނިންމައިފި
ށ. މިލަންދޫގައި ގާއިމުކޮށްފައިވާ އިޖުތިމާއީ މަރުކަޒުގެ ހިންގުން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ހަވާލުކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމީ މިލަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 45 ވަނަ އާންމު ޖަލްސާއިންނެވެ. މިލަންދޫ ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ އެ މަރުކަޒުގެ ހިންގުން ޔޫތު މިނިސްޓްރީއާއި ހަވާލުކޮށް ދިނުމަށް އެދި އެ މިނިސްޓްރީން ހުށަހެޅުމުންނެވެ. އެހެންކަމުން މިލަންދޫ ކައުންސިލްގެ ފަސް މެންބަރުންގެ ވޯޓުން ފާސްކޮށްފައި ވަނީ ޔޫ...