ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ބާއްވާ ޤުރުއާން މުބާރާތް 2022 އިއްޔެ ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މި މުބާރާތުގައި ވަނީ 96 ފަރާތަކުން ބައިވެރިވެފައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤްޞަދުތަކުގެ ތެރޭގައި އެރަށުގެ ދަރިވަރުން ނާއި ޢާއްމުންގެ ހިތްތަކުގައި ކީރިތި ޤުރްޢާނަށް ލޯބިޖައްސައި ޤުރުޢާން ކިޔެވުމުގެ ފަންނު އަލާކޮށް، ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރުޢާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްޢާން ކިޔެވުމަށް ހިތްވަރުދިނުމާއި، ކީރިތި ޤުރުޢާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި އަދި ޤުރުޢާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުން ނާއި ޢާއްމުންގެ މެދުގައި ވާދަވެރިކަން އުފެއްދުން ހިމެނެއެވެ.
މީގެ އިތުރުން ޤާރީންނާއި ޙާފި ޡުން އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުމާއި، ޤައުމީ މުބަރާތްތަކަށް ބޭނުންވާ ބައިވެރިންގެ ޢާރެއް އުފެއްދުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމަކީ ވެސް މި މުބާރާތް ކުރިއަށްގެންދާ މަޤްޞަދުތަކެވެ.
މި މުބާރާތުގެ އުމުރުފުރާތައް 6 ބަޔަކަށް ބަހާލާފައިވާއިރު، މި މުބާރާތް ބަހާލާފައިވާ ދެ ބަޔަކީ، ބަލައިގެން ކިޔުމުގެ ބައި އަދި ނުބަލާ ކިޔުމުގެ ބައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!