މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
''ބާރަށު ދިގު ބަތްޕެން'' ކައްކަނީ ފިރިހެނުން، ނަމޫނާ ސަގާފަތެއް ދިރުވުމުގައި ޒުވާނުން! 📍 ހއ. ބާރަށް

''ބާރަށު ދިގު ބަތްޕެން'' ކައްކަނީ ފިރިހެނުން، ނަމޫނާ ސަގާފަތެއް ދިރުވުމުގައި ޒުވާނުން!

ބާރަށު ދިގުބަތްޕެން ކައްކަން ފެށުނު ތާރީޚެއް ބުނެދޭން އެނގޭ މީހަކު މިހާރު އެރަށުގައި ނެތްކަމުގައި ވެއެވެ. ވުމާއެކު ތާރީޚީ މި ކެއްކުން އެންމެ އަހަރަކު ވެސް ނުކައްކާ ދޫކޮށްލުމަކީ މިހާރު އެ ރަށު ރައްޔިތުންނާއި އަދި ހާއްސަކޮށް ޒުވާނުން ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. ވުމާއެކު އެހެން އަހަރުތެކެކޭ އެއްގޮތަށް ބާރަށުގައި މި އަހަރު ވެސް ވަނީ ދިގު ބަތްޕެން ކައްކާފައެވެ. މި ބަތްޕެން ކެއްކުން އަބަދު ވެސް އޮންނާނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ އެންމެ […]

އިބްރާހިމް ޚަލީލް
ކޭއާރުއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް، އެސްޓީއޯއިން ހަދިޔާ ދޭންފަށައިފި

ކޭއާރުއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް، އެސްޓީއޯއިން ހަދިޔާ ދޭންފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އުފަންވާ ކޮންމެ ކުއްޖަކަށް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދޭންފަށައިފި އެވެ. މިކެންޕޭން ފަށާފައިވަނީ މިއަދު އެވެ. މިއީ، އެސްޓީއޯއިން ކުރިއަށް ގެންދާ “އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް” ކެމްޕެއިންގެ ތެރެއިން، ކުރިއަށް ގެންދާ ހަރަކާތެކެވެ. “މިއަދ⁦ު އާރުއެޗްގައި މި ކެމްޕެއިން ފަށާފައިވާކަން އަޅުގަނޑުމެން ވަރަށް އުފަލާއިއެކު ދަންނަވަން. މިކެމްޕޭން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ.” އެ...

އަލީ އާދިލް
މަކުނުދޫ ކައުންސިލްގެ ބަހެއް ނޭހި، "ޢީދަށް އަލިވިލުނު އިރު" މަގު މެދަށް ނުނެރޭ އެއްޗެއް ނެތް! 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލްގެ ބަހެއް ނޭހި، "ޢީދަށް އަލިވިލުނު އިރު" މަގު މެދަށް ނުނެރޭ އެއްޗެއް ނެތް!

މި އަހަރުގެ ރަމަޟާން މަސް ނިމުމަކާއި ކައިރިވެފައި ވަނިކޮށް ހދ.މަކުނުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ. އެ އިޢުލާނުގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި ޢީދުވިލޭރޭ އެ ރަށުގެ މަގުތަކަށް އެކި ބާވަތްތަކުގެ ސާމާނު ނެރެ ބެހެއްޓުމުގެ ސަބަބުން ތަފާތު ހާނީއްކަތައް ބައެއް ފަރާތްތަކަށް ލިބިފައިވާ ކަމަށާއި، ވުމާއެކު އެފަދަކަމެއް ނުކުރުމަށް މަކުނުދޫ ކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ. ކައުންސިލުން މިފަދަ އިލްތިމާސެއް ކުރިޔާލައި، ކުރި ނަމަވެސް، މަންޒަރު ފެނި...

އިބްރާހިމް ޚަލީލް
ހަނިމާދޫ ޑަބްލިއުޑީސީން އެ ރަށުގައި ބާބެކިއު ސަރަހައްދެއް ތަރައްޤީކޮށް ހުޅުވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޑަބްލިއުޑީސީން އެ ރަށުގައި ބާބެކިއު ސަރަހައްދެއް ތަރައްޤީކޮށް ހުޅުވައިފި

ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ  ކޮމެޓީގެ ފަރާތުން ހަނިމާދޫގައި ބާބެކިއު ސަރަހައްދެއް ތަރައްޤީކޮށް ހުޅުވައިފިއެވެ. ހަނިމަދޫ އުތުރު އަވަށު އަތިރިމަތީގައި ތަރައްޤީކޮށްފައިވާ ބާބެކިއު ސަރަހައްދު ރަސްމީކޮށް ހުޅުވާފައި ވަނީ މިއަދުއެވެ. އެ ސަރަހައްދު ރަސްމީކޮށް ހުޅުވައި ދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނެވެ. އެ ސަރަހައްދު ހުޅުވުމުގެ ގޮތުން މިއަދު މެންދުރު 13:00 ގައި އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫގެ ގިނަ އަދަދެއްގެ ބަޔަ...

އިބްރާހިމް ޚަލީލް
މަކުނުދޫ ދާއިރާގެ ރަށްތަކުން ހިންގާލަން ޓީމަށް ހޫނު ތަރުހީބެއް 📍 ހދ. މަކުނުދޫ

މަކުނުދޫ ދާއިރާގެ ރަށްތަކުން ހިންގާލަން ޓީމަށް ހޫނު ތަރުހީބެއް

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ)އާއި، އޭނާގެ ހިންގާލަން ޓީމަށް މަކުނުދޫ ދާއިރާގެ ރަށްތަކުން ހޫނު ތަރުހީބެއް ލިބިއްޖެއެވެ. ފައްޔާއާއި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ހިމެނޭ ހިންގާލަން ޓީމް މިއަދު ވަނީ ކެމްޕެއިންނަށް އުތުރުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއް ފަށާފައެވެ. މި ޓީމް މިއަދު މަކުނުދޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ވެސް ޒިޔާރަތްކޮށްފައިވާއިރު އެ ރަށްތަކުނ...

އަލީ އާދިލް
އުތީމު ކަރަންޓު ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް، ކޯރުކޮނެ ކޭބަލް ވަޅުލުމަށް އަންބަލަން ކޮންސްޓްރަކްޝަން އަށް 📍 ހއ. އުތީމު

އުތީމު ކަރަންޓު ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް، ކޯރުކޮނެ ކޭބަލް ވަޅުލުމަށް އަންބަލަން ކޮންސްޓްރަކްޝަން އަށް

ހއ. އުތީމު ކަރަންޓު ކޭބަލް ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ކޯރުކޮނެ ކޭބަލް ވަޅުލުމަށް އަންބަލަން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފި އެވެ. މިމަސައްކަތް ކުރުމަށް، އަންބަލަން ކޮންސްޓްރަކްޝަން އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު އެގްރިމެންޓްގައި ސޮއި ކުރެވިފައިވަނީ އިއްޔެ އެވެ. އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވީ، މިއީ މީގެ 30 އަހަރު ކުރިން އެރަށުގައި އަޅާފައިވާ ކޭބަލް ނެޓްވޯކް ބަދަކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ. “މިކަމަށްޓަކައި ރައީސް އިބްރާހި...

އަލީ އާދިލް
އެމްޑީޕީ އަނެއް ލެވެލްއަށް ގެންދިޔުމަށް އެ ތަޖުރިބާއާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ ފަޔާ: އަޙްމަދު

އެމްޑީޕީ އަނެއް ލެވެލްއަށް ގެންދިޔުމަށް އެ ތަޖުރިބާއާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ ފަޔާ: އަޙްމަދު

އެމްޑީޕީ އެހެން ލެވެލް އަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާއިރު އެ ތަޖުރިބާއާއި، އެ ހުނަރާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި އަޙްމަދު ވިދާޅުވީ، ފަޔާއަށް ތާއީދު ކުރަން ނިންމެވީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. ބެއްލެވީ ކުރަން މިއުޅެނީ...

އަލީ އާދިލް
އެމްޓީސީސީގެ ހައިސްޕީޑް ފެރީގެ ހިދުމަތް ހދ. ގައި މިއަދު ފަށާނެ

އެމްޓީސީސީގެ ހައިސްޕީޑް ފެރީގެ ހިދުމަތް ހދ. ގައި މިއަދު ފަށާނެ

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހދ އަތޮޅުގެ ރަށްތަކުގައި މިއަދު ފަށަބް ތާވަލު ކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު މެންދުރުން ފެށުގެން އެ ދަތުރުތައް ފަށާނެ ކަމަށެވެ. އެގޮތުން ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓުގެ ދަތުރުތައް ފަށާނެއެވެ. މި މަޝްރޫއުގެ ޒޯން އެކެއްގައި ދެން ހިމެނޭ ރަށްތަކަކީ ހއ އަދި […]

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ދަމު ހިނގާ ލަވައާއި އޭގެ މާނަ

ކުޅުދުއްފުށީ ދަމު ހިނގާ ލަވައާއި އޭގެ މާނަ

މިއީ ކުޅުދުއްފުށްޓަށް ޚާއްޞަ ކުޅިވަރެކެވެ. އަމިއްލަވަންތަ ސަގާފަތަކާއި އާދަކާދައެކެވެ. ދިވެހިވަންތަ ރީތި ކުޅިވަރެކެވެ. ކުޅުދުއްފުށީގައި ދަމުހިނގުމުގެ ކުޅިވަރު ކުޅެމުން އައީ ބޮޑު ޢީދުގެ ފަހުރޭގައެވެ. ކުރީ ޒަމާނުގައި މި ކުޅިވަރު ކުޅެއުޅޭ ގޮތާއި މި ޒަމާނުގައި ކުޅޭ ގޮތުގައި ކުދިކުދި ތަފާތުތައް ހުއްޓަސް ދަމުހިނގުމުގެ އަސްލަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައީ މި ކުޅިވަރުގައި ބޭނުންކުރާ މާލިތަކަށާއި އެ މާލިތަކުގެ ހަރަކާތްތަކަށެވެ. ކުޅުދުއްފުށީގެ މަސައްކަތްތެރިންގެ މަސައްކަތްތައް ދައްކައިދޭގޮތާއި ވައްޓަ...

ޢަބްދުﷲ ސަޢީދު
ޅައިމަގު ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން ދަނީ އެއްގަމު ތޮށީގެ ބްލޮކް އިންސްޓޮލޭޝަން މަސައްކަތާއި ކޮންކުރީޓް މަސައްކަތްތަކެވެ. އެއްގަމު ތޮށީގެ ބްލޮކް އިންސްޓޮލޭޝަން މަސައްކަތުގެ 59 އިންސައްތަ މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަ...

އަޙްމަދު ވަހީދު
ނެއްލައިދޫ ކައުންސިލް ޤުރުއާން މުބާރާތް ނިންމާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ޤުރުއާން މުބާރާތް ނިންމާލައިފި

ހދ. ނެއްލައިދޫ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި، ވަނަވަނަ އަށް ހޮވުނު ބައިވެރިންނަށް އިނާމް ދީފައި ވަނީ އިއްޔެއެވެ. މި މުބާރާތުގައި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ދެ ބައިވެރިއަކު ހާސިލް ކޮށްފައި ވެއެވެ. އެއީ ޢިޝާ އަޙްމަދު އަޝްރަފް އަދި ފާޠިމަތު ނައުޝީން އެވެ. […]

ޔުމްނާ ޢަލީ
މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި

ށ. މިލަންދޫގެ ޖަމްޢިއްޔާއެއްކަމުގައިވާ މިލަންދޫ ޔޫތު މޫވްމަންޓުން ކުރިއަށްގެންދިޔަ އެމް.ވައި.އެމް ތުއްތުކުދިންގެ މަދަޙަ ކިޔުން 1443 ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އޭޕްރީލް 29 ، 30 މިދެދުވަހު ފަސް ސެޝަނަކަށް ބަހާލައިގެން ނެވެ. މި ހިނގާ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރި މި ހަރަކާތަށް އެރަށުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމް.ވައި.އެމް އިން ހާމަކުރެއެވެ. ޖުމްލަ 99 ކުދިން ބައިވެރި މިހަރަކާތަކީ މިހިނގާ އޭޕްރީލް މަހުގެ ނިޔަލަށް 7 އަހަރު ނުފު...

އަލީ އާދިލް
ޢީދު ބަންދުގައި ކޭއާރުއެޗްގެ އޯޕީޑީން ޚިދުމަތްދޭ ދުވަސްތައް އާންމުކޮށްފި 📍 ހދ. ކުޅުދުއްފުށި

ޢީދު ބަންދުގައި ކޭއާރުއެޗްގެ އޯޕީޑީން ޚިދުމަތްދޭ ދުވަސްތައް އާންމުކޮށްފި

އަންނަ ފިޠުރު ޢީދު ބަންދު ދުވަސްތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އޯޕީޑީގެ ޚިދުމަތް ދޭނެ ދުވަސްތައް އެ ހޮސްޕިޓަލުން އާންމުކޮށްފިއެވެ. އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ޢީދު ބަންދާއި ގުޅިގެން އޯޕީޑީ ބަންދު ދުވަސްތަކެއް ހަމަޖެއްސި ނަމަވެސް އިމަޖަންސީ ހާލަތުގައި ކޮންމެ ދުވަހެއްގައި ވެސް ފަރުވާ ދެވޭނެ ކަމަށެވެ. ޢީދު ބަންދާއި ގުޅިގެން  އެ ހޮސްޕިޓަލްގެ އޯޕީޑީ އަދި ކްލިކަލް ސާވިސް ބަންދު ދުވަސްތައް ގޮތުގައި ހަމަޖައްސާފައި ވަނީ، މެއި 1 ވަނަ ދުވަހާއި، 2 […]

ޝިއުނާ އާދަމް
ޅައިމަގުގެ ޢީދު ހަދިޔާ ށ. އަމާންވެއްޓަށް 📍 ށ. ޅައިމަގު

ޅައިމަގުގެ ޢީދު ހަދިޔާ ށ. އަމާންވެއްޓަށް

ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން “އެހީވަމާ” ޝިޔާރުގެ ދަށުން އެރަށުގައި ހިންގި ޕްރޮގުރާމް އިން ރައްޔިތުންގެ އެއްބާރުލުމާއި އެކު ލިބުނު އަންނައުނު ށ. އަމާންވެއްޓަށް ހަދިޔާ ކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު މި ހަދިޔާ ށ. އަމާންވެއްޓާއި ހަވާލުކޮށްފައި ވަނީ ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ. މި ހަދިޔާ ހަވާލުކުރެއްވުމަށްފަހު އެ ކޮމެޓީން ވިދާޅުވެފައި ވަނީ، އެކަމުގައި އެހީތެރި ވެދެއްވި ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މިފަދަ ހުރ...

ޔުމްނާ ޢަލީ
ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ ނާޔާ އަށް 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލް ޤުރުއާން މުބާރާތުގެ 1 ވަނަ ނާޔާ އަށް

ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިޔަ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ 1 ވަނަ އަށް ދިއްދޫ/ އަސްރިފާ ހައުސް، މަރްޔަމް ނާޔާ އަޙްމަދު ހޮވިއްޖެއެވެ. މި މުބާރާތުގައި ވަނީ ޖުމްލަ 237 ބައިވެރިން ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ، 9 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އަދި މިހުރިހާ އުމުރުފުރާއެއްގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން […]

ޙުސައިން ޝަހުދީ