މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން “ހަނިމާދޫ ކައުންސިލް ވޮލީ މުބާރާތް 2022” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަނިމާދޫގެ ދެ ޖިންސްގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 03 ޖޫން 2022 ވާ ހުކުރު ދުވަހުއެވެ. ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫގެ މުއައްސަސާތަކާއި ކ...

އިބްރާހިމް ޚަލީލް
ނޫމަރާ ސްކޫލުގައި 4 ކްލާސްރޫމް އަޅަން ހަވާލުކޮށްފި 📍 ށ. ނޫމަރާ

ނޫމަރާ ސްކޫލުގައި 4 ކްލާސްރޫމް އަޅަން ހަވާލުކޮށްފި

ށ. ނޫމަރާ ސްކޫލުގައި 4 ކްލާސްރޫމް އަޅަން ބަޔަކާއި އިއްޔެ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުޒްހިންއެވެ.  މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. މި މަސައްކަތް ހަވާލުކޮށް ފައި ވަނީ 4،681،385.59 ރުފިޔާ އަށް، 109 ދުވަސް ތެރޭ […]

ޔުމްނާ ޢަލީ
އިހަވަންދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތުގެ 88 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ބުންޏެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމެންޓް ވަނީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ […]

އަޙްމަދު ވަހީދު
ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލްގެ އަމަލީ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލްގެ އަމަލީ މަސައްކަތް ފަށައިފި

ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި އަޅާ ސްކޫލްލެކެވެ. ޕްރީސްކޫލްގެ އަމަލީ މަސައްކަތް ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި، ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަޙީދުގެ އިތުރުން ކައުންސިލަރުންނާއި، އެރަށުގައި ތިއްބެވި އެމްޓީޓީސީގެ ޓީމާއި، އެރަށުގެ މުއައްސަސާތަކާއި އާންމުން ވަނީ ބައިވ...

ޝިއުނާ އާދަމް
މުރައިދޫއަށް ދިމާވެފައިވާ އެމްބިއުލާންސްގެ ދަތިކަން ސަރުކާުރުން ހައްލު ކޮށްދެއްވައިފި 📍 ހއ. މުރައިދޫ

މުރައިދޫއަށް ދިމާވެފައިވާ އެމްބިއުލާންސްގެ ދަތިކަން ސަރުކާުރުން ހައްލު ކޮށްދެއްވައިފި

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކޮށް ރަނގަޅު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހއ.މުރައިދޫއަށް ފޮނުވުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް އެ ރަށަށް ފޮނުވައިފިއެވެ. މުރައިދޫއަށް އެ އެމްބިއުލާންސް ގެންގޮސްފައި ވަނީ 10 މެއި 2022 ވީ އަންގާރަ ދުވަހުއެވެ. އައު އެމްބިއުލާންސް ލިބުމާއި ގުޅިގެން މުރައިދޫ ހެލްތު ސެންޓަރުން ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ޒަމާނީ ވަސީލަތްތަކާއިއެކު ރާއްޖޭގެ ރަށްތަކަށް  ޒަ...

އިބްރާހިމް ޚަލީލް
ފުނަދޫގައި ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގަނީ 📍 ށ. ފުނަދޫ

ފުނަދޫގައި ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން އެ ރަށުގައި ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ ކައުންސިލާއި، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ވިދާ...

އިބްރާހިމް ޚަލީލް
އެހެންރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ދަނޑު ހަދަން ވެލި ގެނައުމަކީ އެދޭގޮތެއް ނޫން: ފުނަދޫ ކައުންސިލް 📍 ށ. ފުނަދޫ

އެހެންރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ދަނޑު ހަދަން ވެލި ގެނައުމަކީ އެދޭގޮތެއް ނޫން: ފުނަދޫ ކައުންސިލް

އެހެން ރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ފުނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އެރަށަށް ވެލި ގެނައުމަކީ ފުނަދޫ ރައްޔިތުންނާއި، އެ ކައުންސިލް ވެސް އެދޭގޮތެއް ނޫންކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ށ. ފޯކައިދޫ ބަނދަރު ސަރަހައްދުން ނަގާފައިވާ ވެލިން ވެލި އެހެން ރަށަކަށް ގެންދާތީ އެރަށުގެ ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެރަށުގެ ބައެއް މީހުން މީސްމީޑިއާގައި މިކަމާއި ނުރުހި ޝުޢޫރުފާޅުކުރަމުންދާއިރު، އަދި އެރަށު ބައެއް މީހުން ވަނީ ބަނދަރު ސަރަޙައްދެއް އެއް ވެ...

އަލީ އާދިލް
ނޮޅިވަރަންފަރުގައި "މޫދު ކަސްރަތުން އުފާވެރިކަން" ނަމުގައި ކަސްރަތު ޕްރޮގްރާމެއް ފަށަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި "މޫދު ކަސްރަތުން އުފާވެރިކަން" ނަމުގައި ކަސްރަތު ޕްރޮގްރާމެއް ފަށަނީ

“މޫދު ކަސްރަތުން އުފާވެރިކަން” މި ނަމުގައި ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަސްރަތު ޕްރޮގްރާމް 11 މެއި 2022 ވާ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރަށުގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމުގެ އިތުރުނ ކަސްރަތު ކުރުމުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ. މި ޕްރޮގްރާމަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފ...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 02 ޖޫނ...

އިބްރާހިމް ޚަލީލް
ފަޔާ އާއި ރޮޒޭ މަކުނުދޫ ދާއިރާގެ 90 ޕަސެންޓް ވޯޓު ނަގާނެ: ރާޢީ 📍 ހދ. މަކުނުދޫ

ފަޔާ އާއި ރޮޒޭ މަކުނުދޫ ދާއިރާގެ 90 ޕަސެންޓް ވޯޓު ނަގާނެ: ރާޢީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އާއި، އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް (ރޮޒޭ)، އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެންބަރުންގެ 90 ޕަސެންޓް ވޯޓު ކާމިޔާބު ކުރާނެކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރ...

އަލީ އާދިލް
ފޭދޫ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ފޭދޫ

ފޭދޫ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ.ފޭދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުންނަ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް 2022” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފޭދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކުރުމާއި ހަށިހެޔޮ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި، ކުޅިވަރުގެ ރޮނގުން ހުނަރުވެރި މީހުން އެ ރަށުގައި އެފެއްދުމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހި...

އިބްރާހިމް ޚަލީލް
3 ބާޖު ވެލި ބޭރުކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް، ދެނީ 25 ލޮރީ ވެލި: ފޯކައިދޫ ކައުންސިލް 📍 ށ. ފޯކައިދޫ

3 ބާޖު ވެލި ބޭރުކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް، ދެނީ 25 ލޮރީ ވެލި: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫ އިން ގިނަ އަދަދެއްގެ ވެލި ވިއްކާ ކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. ކައުންސިލުން މިކަން ދޮގުކޮށްފައިވަނީ ރައްޔިތުންގެ މައުލޫމާތައްޓަކައި އެކައުންސިލްގެ ފޭސްކުބް ޕޭޖް ގައި ލިޔެފައިވާ މެސެޖެއްގަ އެވެ. އެމެސެޖުގައި ބުނެފައިވަނީ 3 ބާޖު ވެލި ބޭރުކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގު ހަބަރެއްކަމަށެވެ. “ކައުންސިލްގެ 2022 ވަނަ އަހަރުގެ 01 ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައި ވަނީ ޔޫތު މިނިސްޓްރީގެ ބޭނުމަށް 25 ލޮރ...

އިބްރާހިމް އަސްވާޤް
މާރާމާރީއަކާ ގުޅިގެން ހޯދަމުންދިޔަ އިތުރު ދެމީހަކު ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

މާރާމާރީއަކާ ގުޅިގެން ހޯދަމުންދިޔަ އިތުރު ދެމީހަކު ހައްޔަރުކޮށްފި

މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭގެ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތް މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މެއި 7 ވަނަ ދުވަހު މާލެއިންނެވެ. ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ […]

އަލީ އާދިލް
‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ފޭދޫ

‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތް އިން މައުލޫމާތު ދެއްވި ގޮތުގައި އެ މިނިސްޓްރީގެ ފަރާތުން މި މައްސައްކަތް ހަވާލުކޮށްފައި ވަނީ ރައިސަރ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތަށް 4,100,958.67 ރުފިޔާ ޚަރަދު ކުރާނެއެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ކޮންޓެކްޓަރަކާއި މިއަދު ހަވާލުކުރުމާއި ގުޅިގެން ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މި މަސައްކަ...

ޔުމްނާ ޢަލީ
ކުމުންދޫ ރައީސް އަމީންގެ ތާއީދު އިންތިއަށް 📍 ހދ. މަކުނުދޫ

ކުމުންދޫ ރައީސް އަމީންގެ ތާއީދު އިންތިއަށް

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދުކުރަށްވާކަން ހާމަކުރައްވައިފިއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރަށްވާ އިންތިއަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. ތިން ވަނަ ދައުރަކަށް ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމް ފުރުއްވަމުން ގެންދަވާ އަމީން ވަނީ، އިންތިއާއި އިންތިގެ “ތިލަ...

އަލީ އާދިލް