މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,635 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9635 ޚަބަރުގެ ތެރެއިން
ވަށަފަރާއި ޅައިމަގު އަދި ކޮމަންޑޫގެ އަންހެނުން ކޮމިޓީގެ ބައި-އިލެކްޝަން ހުޅުވާލައިފި 📍 ހއ. ވަށަފަރު

ވަށަފަރާއި ޅައިމަގު އަދި ކޮމަންޑޫގެ އަންހެނުން ކޮމިޓީގެ ބައި-އިލެކްޝަން ހުޅުވާލައިފި

ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނީ އެ 5 ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ކޮމަންޑޫން އިންތިހާބުކުރަން ހުޅުވާ...

އަލީ އާދިލް
ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު ފާހަގަކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު ފާހަގަކޮށްފި

ހއ. ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު މިއަދު ފާހަގަކޮށްފިއެވެ. ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު ފާހަގަކޮށްފައި ވަނީ އެ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ފަރާތުންނެވެ. މިއަދު އެކައުންސިލްގައި ވަނީ މިކަމަށް ޚާއްޞަ ކޭކެއް ފަޅާފައެވެ. މި ކަމަށް މިއަދު އެ ކައުންސިލްގައި ބޭއްވި ހަފްލާއެއްގައި ހޯރަފުށީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ހޯރަފުށީ ކައުންސިލުން ވަނީ އެ ކައުންސިލ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ އެއާޕޯޓްގެ ޚިދުމަތް ހުއްޓުމަށް އަޔަކަ ނުދޭނަން: އަސްލަމް

ކުޅުދުއްފުށީ އެއާޕޯޓްގެ ޚިދުމަތް ހުއްޓުމަށް އަޔަކަ ނުދޭނަން: އަސްލަމް

ކުޅުދުއްފުށީ އެއާޕޯޓްގެ ޚިދުމަތް ހުއްޓުމަށް އަޔަކަ ނުދެއްވާނެކަމަށް ނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވަނީ ކުޅުުދުއްފުށީ އެއާޕޯޓާއި ގުޅިގެން ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. ޖަމްޝީދު ފާހަގަ ކުރެއްވި ގޮތުގައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ޑިމާންޑް ބޮޑު އެއާޕޯޓަކީ ކު...

އަލީ އާދިލް
ބޮޑު މުސާރަ އާއި ބޮޑެތި ބާރުތައް ލިބުނު ކައުންސިލްތަކަށް އަހަރެއް! ތިރަށުން ދޭނީ ކޮން ރިޕޯޓެއް؟

ބޮޑު މުސާރަ އާއި ބޮޑެތި ބާރުތައް ލިބުނު ކައުންސިލްތަކަށް އަހަރެއް! ތިރަށުން ދޭނީ ކޮން ރިޕޯޓެއް؟

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ މިއަދަށް މިވީ ބަރާބަރު އަހަރު ދުވަހެވެ. ރައްޔިތުންގެ ބައިވެރިވުން ކުރިއަށްވުރެ މާބޮޑަށް ޝާމިލުވާ ގޮތަށް، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒުކުރަން ފެށުމަކީ، އެދުވަހު ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެެދުވަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދިޔަ ދުވަހެއްކެވެ. ސަބަބަކީ، ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސި...

ތިލަދުން
މިއަހަރު "ވިޒިޓް ވައިކަރަދޫ" ބޮޑު ޢީދު ދަތުރު ފޯރިގަދަކޮށްލަނީ 📍 ހދ. ވައިކަރަދޫ

މިއަހަރު "ވިޒިޓް ވައިކަރަދޫ" ބޮޑު ޢީދު ދަތުރު ފޯރިގަދަކޮށްލަނީ

މީގެ 14 އަހަރު ކުރިން ހދ. ވައިކަރަދޫގައި ފޯރިއާއި އެކު ބާއްވަމުން އައި “ވިޒިޓް ވައިކަރަދޫ” ބޮޑު ޢީދު ދަތުރު ބާއްވަން ނިންމައިފި އެވެ. މީގެ ކުރިން އިލްހާރު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވައިކަރަދޫ ޔޫތު ކުލަބް (ވީވައިސީ) އިންނަނެވެ. މިއަހަރުގެ ބޮޑު އީދު އެރަށުގައި ފާހަގަ ކުރުމަށް ފޯރިގަދަ ކުޅިވަރުތަކާއި ގިނަ ހަރަކާތްތަކެއް ރާވަމުން އަންނަކަމަށް ވީވައިސީއިން މިނޫހަށް މަޢުލޫމާތުދެމުން ބުނެއެވެ. އީދު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި [...

އަލީ އާދިލް
ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު!

ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު!

މޫސުން ގޯސްވެ، ތިލަދުންމަތިން ފެށިގެން ދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 12:00 އިން ފެށިގެން ފަތިހު 06:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް […]

އިބްރާހިމް އަސްވާޤް
ނިމި ދިޔަ އެމްޑީޕީގެ އިންތިހާބުން ދޭހަވާ ކަންތައްތައް!

ނިމި ދިޔަ އެމްޑީޕީގެ އިންތިހާބުން ދޭހަވާ ކަންތައްތައް!

ނިމި ދިޔަ އެމްޑީޕީގެ އިންތިހާބުން ދޭހަވާ ކަންތައްތައް ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބުރޭ) ކިޔައިދެއްވައިފި އެވެ. އިބުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖްލިސް އިންތިހާބަށްފަހު މިސަރުކާރަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީކަމަށާއި ކޯވިޑް19ގެ ދަތި އުނދަގޫ ތަކާ އަދި މިޑް ޓާމް ތެރޭ އޮތް ސަރުކާރަކާ ބަލާ މިލިބުނު ކާމިޔާބީއަކީ ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަމުގަ އެވެ. މިއީ، މިސަރުކާރު ވަކިން ހާއްސަކޮށް ޕާޓީގެ […]

އަލީ އާދިލް
ބޮޑުތިލަދުންމަތީގެ 6 ރަށެއްގައި ހައި ސްޕީޑް ފެރީގެ އެކްސަސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމް ކުރަން އެމްޓީސީސީއަށް

ބޮޑުތިލަދުންމަތީގެ 6 ރަށެއްގައި ހައި ސްޕީޑް ފެރީގެ އެކްސަސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ގާއިމް ކުރަން އެމްޓީސީސީއަށް

ހައި ސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ބޮޑުތިލަދުންމަތީގެ 06 ރަށެއްގައި ގާއިމް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އެ މަޝްރޫއުގެ ދަށުން ޕްލެޓްފޯމް ގާއިމް ކުރާނީ، ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަންފަރާއި ހއ. ދިއްދޫ އާއި ހއ. ހޯރަފުށި އަދި ހއ. ކެލާގައެވެ. ޕްލޭނިން މިނިސްޓްރީއިން އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތް […]

އަޙްމަދު ވަހީދު
ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފި 📍 ހއ. ކެލާ

ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފި

ހއ. ކެލާގައި ހެލްތް އެވެއާނެސް އަދި ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ކެލާ ޞިއްހީ މަރުކަޒާއި، ޝެއިޚް އިބްރާހީމް ސްކޫލާއި، އަދި އިންސްޓްރަކްޓަރ އަހްމަދު ޝާމް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިއްޔެ ފެށި މި ޕްރޮގްރާމްގައި ފުރަތަމަ ސެޝަންގައި ދުޅަހެޔޮ ސިއްހަތާއި ހެދި ބޮޑުވުމާއި ގުޅޭ މައުލޫމާތު ދެއްވީ ކެލާ ސިއްހީ މަރުކަޒުގެ ހެޑް ނާރސް ސިރްމީލާ މުހައްމަދުއެވެ. އަދި އިންޓޮރޮޑަކްޓަރީ ސެލްފް ޑިފެންސް [...

ޝިއުނާ އާދަމް
ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ކުޅުދުއްފުށީ ރައްޔިތުންނަށް ސިޓީ ކައުންސިލްގެ އިލްތިމާސްއެއް 📍 ހދ. ކުޅުދުއްފުށި

ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ކުޅުދުއްފުށީ ރައްޔިތުންނަށް ސިޓީ ކައުންސިލްގެ އިލްތިމާސްއެއް

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މަގުތަކަށް ތަކެތި ވެއްޓޭގޮތަށް ހުރި ރުއްތަކާއި ގަސްތައް ސާފުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފި ފަދަ ތަކެތި ވެއްޓެމުން އަންނަ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ އުސްކޮށް ހުރި ޢިމާރާތްތަކުގެ ޓެރަސް ނުވަތ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި

ހއ. އިހަވަންދޫ ފެރީ ޓަރމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި ފެރީ ޓަރމިނަލަކީ އިންޓަރގްރޭޓޭޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ޒޯން 1 އަށް ޚިދުމަތް ދިނުމަށް އިމާރާތްކުރެވިފައިވާ ޓަރމިނަލްއެކެވެ. މި ޓަރމިނަލުން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި، ޕޭރެންޓް ރޫމަކާއި، ލަގެޖް ރޫމަކާއި، ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނާ ވަ...

އަޙްމަދު ވަހީދު
ހޯރަފުށީ މަގުހެދުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހޯރަފުށީ މަގުހެދުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހއ. ހޯރަފުށީ މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ކާސްޓިންގ މަސައްކަތްތަކުގެ 84 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތުގެ 36 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކަރބްސްޓޯން ބެހެއްޓުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ. މި […]

އަޙްމަދު ވަހީދު
ދިއްދޫ ބަނދަރުގައި ހުރި ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރުގައި ހުރި ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރަނީ

ހއ. ދިއްދޫ އިރުމަތި ބަނދަރު ބުރުތަކުގައި ހުރި ރައްޔިތުންގެ ރުއްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެދިނުމަށް ދިއްދޫ ކައުންސިލުން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މެއި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅައި ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރެއްވުމަށް...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގެ އުތުރު ފައްޔާޒަށް، ދެކުނު އިންތިއަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ އުތުރު ފައްޔާޒަށް، ދެކުނު އިންތިއަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާރު ލިބިފައިވާ ވަގުތީ ނަތީޖާއިން ކުޅުދުއްފުށި ސިޓީގައި ބެހެއްޓި ފޮށިތަކުން ފައްޔާޒު ބޮޑުތަކުން ކުރި ހޯދައިފި އެވެ. ކުޅުދުއްފުށި ސިޓިގެ އެމްޑީޕީ މެންބަރުން ވޯޓު ލުމަށް ޖުމްލަ 4 ފޮއްޓެއް ބަހައްޓާފައިވެއެވެ. ނަތީޖާ ލިބިފައިވާ 4 ފޮށީގެ ނަތީޖާއަށް ބަލާއިރު އިމްތިޔާޒް ފަހުމީ އަށް 291 ވޯޓު ލިބިފައިވެއެވެ. ފައްޔާޒް އިސްމާޢީލް އަށް ލިބިފައިވަނީ 349 ވޯޓެވެ. ދެކެނޑިޑޭޓުންގެ މެދުގައި ފަރަގު ހުރީ 58 […]

އިބްރާހިމް އަސްވާޤް
މަކުނުދޫ ބަނދަރުގައި ހެދުމަށް ހަމަޖެހިފައިވާ މޮނިއުމެންޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ބަނދަރުގައި ހެދުމަށް ހަމަޖެހިފައިވާ މޮނިއުމެންޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.މަކުނުދޫ ބަނދަރު ސަރަހައްދުގައި، އެ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން، މިކަމަށް އެދި 12 މެއި 2022 ން 22 މެއި 2022 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް “ބިޑް ރަޖިސްޓްރީ ފޯމް” ފުރިހަމަކޮށް ރަޖިސްޓްރީގެ ކަންކަން ނިންމެވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު […]

އިބްރާހިމް ޚަލީލް